Early Modern History; The 1660's

Área de elementos

Taxonomia

Código

Nota(s) de âmbito

    Nota(s) da fonte

      Mostrar nota(s)

        Termos hierárquicos

        Early Modern History; The 1660's

          Termos equivalentes

          Early Modern History; The 1660's

            Termos associados

            Early Modern History; The 1660's

              4 Descrição arquivística resultados para Early Modern History; The 1660's

              4 resultados diretamente relacionados Excluir termos específicos
              NAM DOC-MN-F0-103T · Item · 1666
              Parte de Documents

              1077ހ(1667މ)ގާ، (ރަދުންގެ ނަމެއް ނެތް، ތާރީހަށް ބަލާފާ)އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 19ވަނަ އަހަރު، އައްޑު އަތޮޅު ހިތަދޫ އަށް ވަޑައިގަތުމުން، އެރަށު މީހުން، މިސްކިތަކަށް އެދުމުން، އެތަނުގެ މާމިސްކިތް އަލުން އަޅުއްވާ، އެރަދުންގެ ބައްޕަގެ ދަރުބާރަށް، ރަންދިޔާފާނަށް(ރަދުނެއްގެ ފުރަތަމަ ލިބޭ އަންހެން ދަރިކަނބަލުން) މުދި(ގަހަނާ) ގެންދިޔަ، އައްޑޫ މީދޫ ވަތަބަނޑޭރިގެ ދަރި އަދަރަހަން ދިއުމުން، އެރަށު މީހުންނަށް ލެއްވި، ހިތަދޫ ކޮރުވެލެ ކިޔާތަން، އެމިސްކިތު ބޯގައަށް ލަށްވާ، އެ އަދަރަހަން އާއި އޭނާގެ ދެ ދަރިންނާއި، އެމީހުންގެ އެއްބަނޑު މޫސާ ކުޑަބަނޑޭރިއާ، ދަލޭކައާ، މިފަސް މީހުންނަށާއި އެމީހުންގެ ދަރިކޮޅަށް، އެތަނުގެ ހަވާލުވެރިކަން ލަށްވާ، އެ ރަދުންނާއި، އެރަދުންގެ ބައްޕާފުޅާއި، މަންމާފުޅަށް ކޮންމެ ރަބީލްއައްވަލް މަހު 4 ދުވަހު، ފަސް މީހުން ލަށްވާ ބާރަ ދުއާ ކިއުމަށް ޝަރުތުކުރަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ހުސެއިން ހަނދޭގިރި ކިޔުމުން އަލީ މާމުދިން ދިވެސްއަކުރުން ލިއެފާވާ ފަތުގެ(F0-103)ގެ، 1378ހ ޒުލްގައިދު 11(1959މ މޭ 19)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 7.9"
              S.Hithadhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              Sem título
              NAM DOC-MN-F0-120 · Item · 1668
              Parte de Documents

              1079ހ(1668މ)ގާ،(ތާރީހި، ރަދުނަށް ބަލާފާ)، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 21ވަނަ އަހަރު، އެރަދުން، އޭނާގެ ދަރި މަރިޔަމް ކަނބާފާނު، އެ ކަނބާފާނުގެ ދަރި މުހައްމަދުއަށް ދެއްވި ގަލީ ގަނޑުވަރާއި، އެތާގާވާހާ ސާމާނަކާއި، ބިމާއި، ރުއްގަހާއި، ދިޔަމިގިލީ 'ފަންފަނާއި'(ހީވަނީ – 'ތަންތަނާއި' ހެން) އަހުމަދު ބޭބެއާ ދެއަގެ؟(ދެބެންގެ؟) ހުރިހާ ތަކެއްޗެއް، ވަގުފްކުރެއްވުމަކީ ރަންގަޅު ކަމެއްކަމަށް ވިދާޅުވުމުން، އެ އެންމެހާ ތަކެތި ވަގުފްކުރަށްވާ، މަރިޔަމް ކަނބާއަށާ، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާ، އަބަދުވެސް އެ ގަނޑުވަރު އެގޮތަށް ބޭއްވުމަށާ، އެރަށު މީހުންގެ އޮޑިދޯނީގާ 'ރިއްސެއުދިދަ'(ރީނދޫ ދިދަ؟؟؟ރަސްދިދަ؟) ނެގުމުގެ ހުއްދަދެއްވާ، އެރަދުންގެ ދަރި(މުހައްމަދު މަނިކުފާނު ގިޔާސުއްދީނު؟)އަށާ، ގަލީ ގަނޑުވަރުގެ މައްޗަށް ދިއަމިގިލީން ހަތީބަކު(ކަތީބަކު)ކަނޑައަޅުއްވާ، އެތަން އަމާނާތެއްގެ ގޮތުގާ، ބަލެހެށްޓުމަށް އޭނާޔަށް، ހަވާލުކުރަށްވާ، އިހުއްސުރެ އޮތް އާދައިގެ މަތިން، އެރަށު ކަތީބަކަށް އޮންނަ ކޮންމެ ކަމެއް، އެގަނޑުވަރުގެ ހަވާލުވެރިޔަކަށް އޮންނަންވާނެ ކަމާއި، ދުއާ، މާލޫދު، ސޮލަވާތްފާތިހާ، ކަށުކަމާކެމީގެ ކަންކަމާއި، މިފަދަ ޖަމާއަތީ ކަންކަން، އޭނާ ކުރާނަމަ، އެކަމުގެ އުޖޫރަ ދޭންވާނެކަމާ، އަދި އެރަށު ކޮންމެ ދޯންޏަކުން، އެގަނޑުވަރަށް 10 މަސްބައި، އަދި އެރަށުގެ ކޮންމެ ރާވެރިއަކުވެސް އެކަތީބުންނަށް ބައިއަޅަންޖެހޭނެ ކަމާ، އެ ގަނޑުވަރުން ކެއުމާއި ބުއިންވެސް ކަތީބުންނަށް ހުންނަންވާނެ ކަމާ، އެމީހުންނަށް ވާރު އިސްތިސްނާވާނެ ކަމާ، މިކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، ފެންފުށީ މުދިން އަހުމަދު ލިޔެދފާވާ ދިވެސްއަކުރު ފަތުގެ، 1962 އޭޕްރިލް 1(1381ހ ޝައްވާލް 25)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 11" X 8.5"
              Th.Dhiyamin'gili - Galee Palace - Deed for housing plot, Endowment for property

              Sem título
              NAM DOC-MN-F0-62 · Item · 1660
              Parte de Documents

              1070ހ ޝައުބާން 9(1660މ އޭޕްރިލް 19)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1(ތާރީހަށް ބަލާފާ)، މާފިލާފުށީ ހަތީބު އުމަރު (ފަތުގާ އޮތީ 'ކިމަރު')އަށް، މާފިލާފުށީ މުހައްމަދު ފާށަނާކިލެގެ ސިއްތި ބޮޑުކަމަނާއިން ލިބުނު ދަރި، ދުނިޔެހުންނެވި އޮނަހަތްތެރި(69)އަހަރުގެ ތެރެއިން 63 އަހަރު ރަނިކަން ކުރަށްވާފާވާ، ކަނބާ އައިސަ ކިލެގި އަވަހާރަވުމުން، އޭނާގެ ދަރިކަލުން، އިސްކަންދަރު ރަދުން، ހުކުރު މިސްކިތުގާ ހެއްދެވި ޒިޔާރަތުގާ(ކަނބާ އައިސަ ޒިޔާރަތް)ވަޅުލެވިފާވާ ކަމާއި، އަދި މި ޒިޔާރަތުގާ، އެއްމަސް ދުވަހު ކިޔަވާ، ހައިރާތު ދެއްވާ، ހުރިހާ ރައްޔިތުންނަށް މާކެއުން ދެއްވި ކަމާއި، އަދި އެކަންކަން ކުރަން 5 މީހުން އައްޔަން ކުރަށްވާ، މީގެ ތެރެއިން އެކަކު ބަންގީގޮވަން އިސްކުރަށްވާ، އެ ޒިޔާރަތުގެ ފަންގިއަށް، ކ.ހިންމަފުށީން ސަތޭކަ ރުށް ލަށްވާ، އަދި ކޮޅުމަޑުލުގާ އޮތް ކަނބާ އައިސަގެ އަމިއްލަ ރަށް ކަމުގާވާ، ދޫރިހާފުށި އާއި ފުޅައުރިހާ ކިއާ ފުށްޓާއި، މި ދެ ރަށް، އެ ޒިޔާރަތުގެ ބޯގަޔަށް ލަށްވާ، މި ތަންތަނުން، އެ ރާނީ އަށާ، އޭނާގެ ދަރިން، އިސްކަންދަރު ރަދުންނާއި، ވަޒީރު ހަސަން ފާށަނާކިލެގެ އަށް، ކޮންމެ ދުވަހަކު ޔާސީން ސޫރަތް ކިޔަވާ، ކޮންމެ އަހަރަކު އަންނަ 'ހޮބަފަސްދާ'؟އަކު، ފަރިވަޅުކަށްކާ ފާތިހާ ކިޔަވާ، އެކަންކަން ކުރުމަށް އަމުރުކުރެއްވި ކަމުގެ ހަނދާނަށް، މާލޭ ހުކުރު މިސްކިތުގެ އުތުރަގާ އޮތް ކަނބާ އައިސަ ޒިޔާރަތުގެ ތަނބެއްގާ، ދިވެސްއަކުރުން ލިޔެފާވާ ލިޔުމެއްގެ، ހުސެއިން ފަހުމީ ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް.
              އަދި މި ކަރުދާހުގާ އެވާ ތަރުޖަމާގެ ތިރީގާ:
              (ތާރީހެއް ނެތް) މަތީގާ ބުނެވިފާވާ ލިއުމުގާ އޮތް އެއްޗެއް މާނަކޮށް، ހުސެއިން ފަހުމީ ދީދީގެ ސޮއި ކޮށްފާވާ ލިޔުމެއް.
              Size; 10.3" X 8.2"
              K.Male' - Kan'baa Aisa Shrine, Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              Sem título
              NAM DOC-MN-F0-48T · Item · 1665
              Parte de Documents

              1075ހ(1665މ)(ތާރީހެއް ނެތް، ރަސްކަމުގެ އަހަރަށް ބަލާފާ)އައްސުލްތާނު އިބްރާހީމް އިސްކަންދަރުގެ، ރަސްކަމުގެ 17ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ އަރިއަތޮޅު (އދ.)ހަންޏާމީދޫ މީހުން، އެމީހުންގެ ރަށުމަސައްކަތާ ހުރެ، އެރަށުގެ މިސްކިތް ބެލެހެއްޓެން ނެތްކަމުން، ރަށުމަސައްކަތް މަދު ކޮށްދެއްވުމަށް އެދުމުން، މިސްކިތް ބަލަހަށްޓާ މީހުންނަށް ރަށުމަސައްކަތް ކުރަން ނުޖެހޭގޮތަށް ނިންމަވާ އަދި، އެމިސްކިތުގެ ބޯގަޔަށް އޮންނަ އެއްލައިދޫއަށް، ހަންޏާމީދޫ މީހުން ނޫން އެހެން މީހަކަށް، އަރާ އެއްވެސް އެއްޗެއް ނުގެންދެވޭނެ ކަމުގެ އަމުރުނެރުއްވުމުން، އުމަރު ގަދަ ހަމާދި ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-84)ގެ، 1962މ މާޗް 27(1381ހ ޝައްވާލް 20)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 9.8" X 7.8"
              A.Hangnyaameedhoo - A.Hangnyaameedhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy), Order

              Sem título