Early Modern History; The 1730's

Área de elementos

Taxonomia

Código

Nota(s) de âmbito

    Nota(s) da fonte

      Mostrar nota(s)

        Termos hierárquicos

        Early Modern History; The 1730's

          Termos equivalentes

          Early Modern History; The 1730's

            Termos associados

            Early Modern History; The 1730's

              3 Descrição arquivística resultados para Early Modern History; The 1730's

              3 resultados diretamente relacionados Excluir termos específicos
              NAM DOC-MN-F0-5/R-48 · Item · 1732
              Parte de Documents

              1144ހ(1732މ)ގާ؛ އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 11ވަނަ އަހަރު، ފާދިއްޕޮޅު އޮޅުވެލިފުށީގެ މީހުން، އެމީހުން ބޮލިހިލާނެ ފަރެއް ބޭނުންވެގެން ދެންނެވުމުން، ތިލަމާފުށި ދެކުނުން ފަށައިގެން، އޫކޮޅުފިނޮޅު އުތުރުން އޮތް މާލީކަނާއި ދެމެދު އޮތް ތާ ފަޅު، އެމީހުންނަށް ލަށްވައިފިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ވަތަބަނޑޭރި ލިޔެފާވާ ފަތެއް. Size:5.12" X 10.4
              Lh.Olhuvelifushi - Lagoon - gift

              Sem título
              NAM DOC-MN-F0-2/R-24 · Item · 1733
              Parte de Documents

              1146ހ ޖުމާދިލްއާހިރު(1733މ ނޮވެންބަރު)ގާ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނުގެ ޝަރީއްޔަތު މަޖިލީހުގާ، ނައިފަރު ކަދީދާ، އޭނާ އާއި، މާފިލާފުށީ ޔަހުޔާ އާއި ދެމީހުންނަށް އީދުމިސްކިތް ދޮރުއެޅި ކޮށިން އޮތް ތަނުން، އޭނާއަށް ވީތަނުގާ ހުރިހާ ރުއްގަހާކާއި އެހެނިހެން އެއްޗެތިން، ބަންޑާރަ ނައިބު ހުސެއިން ތަކުރުފާނުގެ މަދްރަސާއަށް ބައިނާޅި ތެޔޮ ދީފާ، ދެން އޮތް ފައިދާއެއް، އެ ހުސެއިން ތަކުރުފާނުގެ ދަރި އައްނައިބު މުހައްމަދު ތަކުރުފާނު ނާއި އޭނާގެ ދަރިކޮޅަށް، އަދި މި ދަރިކޮޅު ނެތްނަމަ، މިތަކުރުފާނުގެ އެއްބަފާ ހައްވަ އާއި މަރިޔަމް ބީފާނާއި، މިދެބެންގެ ދަރިކޮޅަށް، އަދި މިދަރިކޮޅު ނެތްނަމަ، މުހައްމަދު ތަކުރުފާނުގެ އެއްބަނޑު ހުސެއިން ތަކުރުފާނުގެ ދަރިކޮޅަށް، އަދި މިދަރިކޮޅު ނެތްނަމަ އެދެތަކުރުފާނުގެ މަދްރަސާގާ ދަންނަކަން ކިޔަވާދޭ މީހަކަށް، އަދި އެމީހަކު ނެތްނަމަ، ދެންތިބި ދަންނަބަޔަކަށް ލަށްވާ، އެތަން ވަގުފް ކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން، އެގާޒީ ލިޔެފާވާ ފަތެއް. (Size: 7.2" X 11.7") Chief Justices - Al Ghaazee Mohamed Shamsuddin

              K- Male' - M.Eid Miskiiy Dhoruelhi Koshiige baeh - Deed for housing plot

              Sem título
              NAM DOC-MN-F0-113 · Item · 1735
              Parte de Documents

              1148ހރަބީލްއައްވަލް(1735މ އޯގަސްޓް)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 2ގެ 15ވަނަ އަހަރު، މިރަދުންގެ މަންމަ ބޮޑުމަނިކުފާނާއި، އެ ކަނބަލުންގެ ހުރިހާ ދަރިން، އެ ކަނބަލުންގެ މާމަ، ކަނބާ މަރިޔަމް ރަނިކިލަގެ، މާލޭގެ ގަލޮޅު އާމިސްކިތުގެ ދެކުނު ފާރާ އިންވެ އޮތް، ދޭވާނީ އަލީގެ އަންހެން ދަރީގެ އަތުން ގަނެ، އެގޯއްޗާ، އެތާގަ ވާހާ ތަކެއްޗެއް، ފެންފުށީ ހަސަން ހަތީބުގެ ދަރި އައިޝާބީއަށް ހަވާލުވެރިކަން ލަށްވާ ވަގުފްކޮށްފާވާ ގޯތީގެ ވަގުފްގެ ހަވާލުވެރިކަން، އަހަރުން އަހަރަށް، އެކަނބާފާނާއި، އޭނަގެ މަންމަގެ ފާތިހާދުވަހު، ޔާސީން ކިޔަވާ، ކޮންމެ ހުކުރުވިއްލޭރެއަކު ފާތިހާފަރިއްކޮޅު ކިޔެވުމަށް ޝަރުތުކޮށް، އެ އައިސާބީގެ ދަރި ދޮންއަލީ އާއި، އޭނަގެ ދަރިކޮޅަށް ލަށްވާފި ކަމުގާ އިގުރާރުވެ، އެކަމުގެ މައްޗަށް ފަތްލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1378ހ ޝައުބާން 12(1959 ފެބްރުވަރީ 20)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 23.8" X 8"
              F0-113 ( K.Male' - Kakaage (Housing Plot) - Deed for housing plot - Thaana - 1 Page

              Sem título