(ތާރީހެއް ނެތް) 'ފުރަމާލޭގެ އަމިއްލަ ގޯތިތައް' މަތީގާ ޖަހާފާވާ، 8 ފަށްޗަކަށް ބަހާ، ފަތީގެ ސުރުހީއަށް، 'ނަންބަރު'، 'އަވަށް'، 'އިމާރާތުގެ ވެރިޔާ'، 'ގޯތީގެ ވެރިޔާ'، 'ފަތުގެ ނަންބަރު'، 'އިމާރާތް ހުރިގޮތް'، 'ގޯތިއޮތް ގޮތް'، މިނަންނަނަން ދީ، ސީރިއަލް ނަންބަރު 1-130 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް. List of private properties in Malé, with details on the property name, district, building owner, land owner, and condition of the land and building (Size: 13" x 8.3")
K.Male' - list(Private Property)
-
171 Archival description results for -
(ތާރީހެއް ނެތް) 'މާލޭގެ މީސްމީހުންގެ ވަގުފް ގޯތިތައް' މަތީގާ ޖަހާފާވާ، 8 ފަށްޗަކަށް ބަހާ، ފަތީގެ ސުރުހީއަށް، 'ނަންބަރު'، 'އަވަށް'، 'އިމާރާތުގެ ވެރިޔާ'، 'ގޯތީގެ ވެރިޔާ'، 'ފަތުގެ ނަންބަރު'، 'އިމާރާތް ހުރިގޮތް'، 'ގޯތިއޮތް ގޮތް'، މިނަންނަނަން ދީ، ސީރިއަލް ނަންބަރު 1-64 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް.
މިލިސްޓުގާ، ނަންބަރު 43ން 47ށް ވަނީ އުނިކޮށެ.
List of residential lands in Malé (Size: 13" x 8.3")
K.Male' - list (Endowed housing plot)
(އަހަރެއް ނެތް) މާޗް 11އެއްގާ، އުމުރުން 23 އަހަރުގެ މުހައްމަދު ރޯޝީ(ކުރީގާ ކިޔާނަން ލެސލީ ޕްރައިސް)ކިޔާ މީހަކު، 'އިސްލާމީ އަހާޔަށް' މުހާތިބުކޮށް، އޭނާ 1958މ ގައި އިސްލާމްދީނަށް ވަދެފިކަމުގަޔާ، އޭނާޔަށް ރާއްޖެއިން ޓީޗަރެއްގެ ވަޒީފާ ލިބިދާނެތޯ އަހާ، އޭނާޔަކީ އޭރުވެސް ޓީޗަރެއް ކަމާއި، އޭނާ ރާއްޖެއިން ވަޒީފާ ހޯދަން އުޅޭ ސަބަބަކީ، އިސްލާމްދީނާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށްޓަކާ ކަމުގާ ބުނެ، ފޮނުވާފާވާ ސިޓީއެއް. Letter sent by 23-year-old Muhammed Roashy (previous name: Lesly Price), declaring his conversion to Islam and inquiring about a teaching job to learn more about Islam (Size: 7.1" X 5.35")
(America - Stamp (foriegn)
(ތާރީހެއް ނެތް) އެމެރިކާގެ 3ސެންޓުގެ ސްޓޭމްޕެއް. US 3-cent stamp with no date (Size: 1" X 1.6")
America - Stamp (foriegn)
(ތަރީހެއް ނެތް) އެމެރިކާގެ އެޑްރެހަކަށް އެޑްރެސްކޮށްފައިވާ(ސްޓޭމްޕެއް، ޕޯސްޓުމާކެއްވެސް ނެތް) ސިޓީއުރައެއް. Envelop with an address from the US (Size: 3.8" X 5.8")
America - Envelope (foriegn)
(އަހަރެއް ނެތް) ޖަނަވަރީ 9ގާ، ގާނޫނީ ވަކީލުކަން ކިޔަވާ ހެލްމުޓް ކޮކް، ރާއްޖޭގެ ރަދުންނަށް، އޭނާގެ ސްޓޭންޕް އެއްކުރުމުގާ ހިމަނާލަން، ރާއްޖޭގެ ސްޓޭމްޕެއް ލިބޭނޭގޮތް ހަށްދަވާދެއްވުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Hellmut Koch to the sultan of the Maldives, requesting Maldivian stamps (Size: 7.95" X 5.9")
Germany - letter (Foriegn)
(ތާރީހެއް ނެތް)(ސިޓީއަކާއެކު ހިމަނާފާވާ ކަރުދާހެއް) މަޖައްލާއެއްގާ، ދުނިޔޭގެ މިއުޒިކާ، ދުނިޔޭގެ އެކި ގައުމުތަކުގެ މިއުޒިކީ ފަންނީ މީސްމީހުން(ލަވަ/ޅެން/ރާގު ހެދުން، ނެށުން، މިއުޒިކީ ތަމްސީލު، ޓީޗރުން، ރޭވުންތެރިން އދވސ.) އާއި އެކަމާ ބެހޭ އެކިއެކި ތާރީހީ ތަންތަނުގެ މައުލޫމާތާއި ބެހޭ ފޮތެއް އެކުލަވާލަން އުޅޭތީ، އެފަދަ މީހުންގެ ލިސްޓަކަށް އެދި، އަދި މައުލޫމާތު އެއްކުރަމަށް ގަސްތުކޮށްފާވާ ގައުމުތަކުގެ ލިސްޓެއް ހިމަނާ، ފޮނުވާފާވާ ސިޓީއެއް. Article on cultural activities in each country and a list of countries (Size: 11" X 8.5")
Writing (foriegn)
(ތާރީހެއް ނެތް) ދިވެހިރާއްޖޭގެ ރަދުންނަށް، އުމުރުން 10 އަހަރުގެ ޕީޓަރ ޖޯރޖް ވަލްކަން، އޭނާޔަށް ރާއްޖޭގެ ސްޓޭންޕް ކޮޅެއް ފޮނުއްވާދެއްވުމަށް އެދި ލިޔެފައިވާ ސިޓީއެއް. Letter sent by 10-year-old Peter George Wulkan, requesting Maldivian stamps (Size: 8.5" X 5.5")
America - letter (Foriegn)
(ތާރީހެއް ނެތް) ރޫބީ ކެލްޓަން ފޮނުވާފާވާ "ދަ މެޗްލަސް ޕާރލް" ކިޔާ ދީނީ(އީސާއީ) ކުރު ވާހަކަޔެއް. Size: 6.1" X 10.55"
South Africa - Writing (foriegn)
(ތާރީހެއް ނެތް) ދިވެހިރާއްޖެގެ ރަދުންނަށް، ސައުތު-އެފްރިކާގެ، އިނގިރޭސިދރިކޮޅު ރައްޔިތެއްކަމުގާވާ، ސްޓޭންލީ ޕެސްކެވިޗް، އޭނާ އެރަށުގެ އެދުވަހުގެ ނޫހުގާ ޝާއިއުކޮށްފާވާ ދިވެހިރާއްޖެޔާ ބެހޭ ލިޔުމެއް ފެނި، ދިވެހިރާއްޖެޔަށް ހިތްކިޔާ، އޭނާގެ އުމުރުގެ ދެންއޮތްބައި، ރާއްޖޭގެ ކުޑަ ފަޅުރަށެއް ގަނެގެން ނުވަތަ ކުއްޔަށް ހިފައިގެން، އެރަށުގާ ރުއް އިންދާހަދައިގެން، މަޑުމާތްތެރިކަމާއެކު ހޭދަކޮށްލުމަށް ބޭނުންވެގެން، ރަދުން އަރިހުން އެކަމުގެ ހުއްދަޔަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Stanly Peskevich, inquiring about purchasing a deserted island in the Maldives to spend the rest of his life gardening and living in peace (Size: 10" X 8")
South Africa - letter (Foriegn)