-

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        -

          Equivalent terms

          -

            Associated terms

            -

              171 Archival description results for -

              171 results directly related Exclude narrower terms
              NAM DOC-MN-F0-132 · Item · -
              Part of Documents

              (ތާރީހެއް ނެތް) އައްސުލްތާނު މުހައްމަދު ފަރީދު ދީދީ، 'ފާދިއްޕޮޅު ނައިފަރު ރައްޔިތުންނަށް، ޅ.ނައިފަރު އަލްމުހްތަރަމް އަލްމަރްހޫމް ތަންހަޅި ޔޫސުފްގެ ދަރި އްލަމުހްތަރަމް'(މިބައި ފުރާފާ)، މަތީގާ ދިވެހިރާއްޖޭގެ ނިޝާން ޖަހާފާ، 'ދިވެހިރާއްޖޭގެ ކީރިތި މަހާރަދުންގެ ކިބައިން، ރައްޔިތު އެންމެން ތަކަށް ބަހެއް.' މިހެން ފަށްޓާފާވާ، ރާއްޖެތެރޭގެ އެކިއެކި މަގާމް ދިންކަމާއި، އެމަގާމްގެ ޒިންމާއާ، އެރަށެއްގެ މީހުން އެކަން ގަބޫލުކޮށް، އޭނާގެ އެންގާ އެންގުމަށް ކިޔަމަންވާން ޖެހޭނެކަމާ، އޭނާޔާ ނުލާ ޖަމާއަތު ކަންކަން ނުކުރެވޭނެކަމާ، އެކަންކަމާ ހިލާފްވެއްޖެއްޔާ، އަދަބު އޮންނާނެކަމުގާ ލިޔެ، ފުރާލުމަށް ހުސްތަން ދޫކޮށް، ސޮއިވެރިއަކަށް އައްސުލްތާނު މުހައްމަދު ފަރީދުލްއައްވަލުގެ ނަން ޖަހާ، ޗާޕް ކޮށްފާވާ، ފުރިހަމައަށް ނުފުރާ އޮތް، ސިޓީ ފޯމެޓެއް. Letter from Al Sultan Muhammed Fareed Didi to the people of Naifaru (Size: 13.3" X 8.4")
              Lh.Naifaru - Appointment letter (Format)

              National Archives of Maldives
              NAM DOC-MN-F0-118 · Item · -
              Part of Documents

              (ތާރީހެއް ނެތް) މަތީ ސުރުހީއަކަށް، 'ދޮށިމޭނާގޭ ވަރުހަގުން'، މިހެން ޖަހާ، ކޮންމެ އަވަށެއްގެ ވަރުހަނގުންގެ ނަން ވަކިވަކި ކޮލަމްގާ ޖަހާ، ހެންވޭރުގާ، މާދޫ ދަންޑެހެލު ތައްހާނު، ކަޅުބޭ ދަންޑެހެލު ތައްހާނު، މާބަނޑޭރިގޭ ހަސަން މަނިކު، މުރައިދޫ ކާސިމް، ބުރަކި ދޮންކޮއްކޮ، އަނގަ މަރިޔަނބުގެ މުހައްމަދު ނަސީރު، ތަންޑު މޫސާފުޅު، ދޮންހުސެއިން ދޮންތުއްތު ހާޖީ، މާދޫގޭ ކުޑަތުއްތު؛ އަދި މާފަންނުގާ، ހިތާދޫ ދޮންތައްހާނު، ގުޅީ އީސާ ކަލޭފާނު، ދެކުނުގޭ ތުއްތުދީދީ، ކުޑަނެވި ހަސަން މަނިކު، މާމަގޭ އިދުރީސް، ހިޔަލަ އިބްރާހީމްފުޅު، ނެލުގޭ މޫސާ ދީދީ، ކުނޑި މުހައްމަދު ކަލޭފަނު، ރަތްމަސް މޫސާ ކަލޭފާނު، ފީބޯ ޔޫސުފްފުޅު، ބަތްވިއްކާ ދޮންކަލޭފާނު، ރީނދޫ ދޮންކޮއްކޮ، ހިޔަލަ އާދަމްފުޅު، ސިނީ ދޮންމަނިކު، ދީނުގޭ ދޮށީކޮއި، ރިނބުދޫގޭ ދޮންމޫސާ ފުޅުގެ ތުއްތު، ދަންވަރު ދޮންކަލޭފާނު؛ އަދި މައްޗަންގޯޅީގާ، ދައްޕަރު އިބްރާހީމް ދީދީ، މިގޭ؟(ދައްޕަރު؟) އަލިމަނިކު، ދަންވަރު ދޮންމޫސާ ކަލޭފާނު، ވަޑިކޮއިގެ ދޮންތުއްތު، މިގޭ؟(ވަޑިކޮއިގެ؟) އަލިފުޅު، ވެލިދޫ ޅަކޮއި ކަލޭފާނުގެ ކުޑަތުއްތު، މިރުސް އީސާފުޅުގެ ދޮންތުއްތު، މިރުސްގޭ މޫސާ، ސިނީ ހަސަން ތަކުރުފާނުގެ ކުޑަކޮއްކޮ، ގާފަރު އަލީ، ކަބީލާގޭ މޫސާފުޅުގެ އަހުމަދު ދީދީ، މުޅަދޫ ދޮންކަލޯ؛ އަދި ގަލޮޅުގާ، މުހިއްދީނު އާދަމް ކަލޭފާނު، ގޮއިދޫގޭ ދޮންކޮއްކޮ، ފޫޅު އާދަމްފުޅު، މަސްއޮޑި އަލިފުޅު، ކެރަފާ ދޮންމަނިކު، ހިންމަފުށީ އިބްރާހީމް، މިނާގޭ ހަސަންފުޅުގެ އިބްރާހީމްފުޅު، ހިކަނދި އީސާފުޅު، ގޯނބިލި ޒަކަރިއްޔާ، ފުށުވެރި ދޮންމޫސާފުޅު، ނޮޅިވަރަމު ދަނބުގޭ މޫސާ، މިނަންތައް ޖަހާފާވާ ލިސްޓެއް. List of personal names (Size: 13.4" X 10.5")
              K.Male' - Dhoshimeynaage (Housing Plot) - list (varuhan'gun)

              National Archives of Maldives
              NAM DOC-MN-F0-114 · Item
              Part of Documents

              (ތާރީހެއް ނެތް) މަތީ ސުރުހީއަކަށް، 'ވެލާނާގޭ ވަރުހަގުން'، މިހެން ޖަހާ، ކޮންމެ އަވަށެއްގެ ވަރުހަނގުންގެ ނަން ވަކިވަކި ކޮލަމްގާ ޖަހާ، ހެންވޭރުގާ، ވެލާނާގެ މުހައްމަދު ދީދި، ލޯޖެހި ދޮށީ ތުއްތު، ހޮޅިގޭ އިބްރާހީމް ދީދީ، ހޮޅިކޮށީ އެދުރު މަނިކު، ދޮށީގޭ އިބްރާހީމް މަނިކު، ކެއޮޅުބޭ އަލީ ތައްހާނު، މުލަކު ކޮއްޔަ ތައްހާނު، ވައްބެރު ދޮންތުއްތު، ކަޅުފުތު އިސްމާއީލްފުޅު، ދޮންފަޅޯ ދޮންމަނިކު، ނެލު ކުޑަމަނިކު، ގުޅީ ކުޑަކޮއި، ގޯނބިލި ކަލޭފާނު، ކޮޓަރި ހަސަން ތައްހާނު އަދި ގުޅީ ހަސަން ފުޅު؛ އަދި މާފަންނުގާ، ފުރަހަނީ ދަންޑެހެލު ތައްހާނު، ދިގު އީސާ ތައްހާނު މުހައްމަދު ފުޅު، ލޯހުދު ޔޫސުފް ފުޅު، އެޅަބެ، ތުޅާދޫގެ ދޮންމަނިކު، ކޮލިގޭ ހާޖީގެ ދޮންކޮއްކޮ، ކަނޑޫދޫ ކުޑަކޮއްކޮގެ ދޮން އާދަމް، ނޮޅިވަރަމު ކަނަ އިސްމާއީލްގެ ހުސެއިން، މަރުކަބު އަލީ ކަލޭފާނު، ތުޅާދޫ މޫސާ މަނިކުގެ އިބްރާހީމް މަނިކު، މިރުސް ދޮންތުއްތު؛ އަދި މައްޗަންގޯޅީގާ، ވެލިދޫ ޅަކޮއި ކަލޭފާނު، ތަކަންދޫ އުބުށެން ތައްހާނު، ފިނދަނު އިސްމާއީލް ފުޅު، ކަފި ހަސަން ތައްހާނު، ވެލިދޫ ޅަކޮއި ކަލޭފާނުގެ ދޮންތުއްތު، ފީބޯ ކާސިން ކަލޭފާނު، އުނބުހޮވާ ޔޫސުފް ފުޅު، ދޮންމަނިކު ޅަތުއްތު، ސިނީ ކުޑަމަނިކު އަދި އަބާ މުހައްމަދު ފުޅު؛ އަދި ގަލޮޅުގާ، ބޮނޑިބަތް ކާސިން ކަލޭފާނު، ފެންތަށި އާދަމް ކަލޭފާނު، މަލަން އާދަމް ކަލޭފާނު، ކެރަފާ އަލިފުޅު، މިނާގޭ ހަސަން ފުޅު، ރާގޭ ދޮންމޫސާފުޅު، ހިޔަލަގޭ އަހުމަދު ކަލޭފަނު، ކާޅު އިބްރާހީމްފުޅުގެ ދޮންތުއްތު، ވައްބެރު އީސާ ފުޅު، ކުކުޅު ކޮއި އަދި މިނާގޭ ހަސަންފުޅުގެ ދަރިފުޅު، މިނަންތައް ޖަހާފާވާ ލިސްޓެއް. List of personal names (Size: 13.4" X 10.5")
              K.Male' - Velaanaage (Housing Plot) - list (varuhan'gun)

              National Archives of Maldives
              NAM DOC-MN-F0-111T/ R-11 · Item · -
              Part of Documents

              (ފަތް ލިޔުނު ތާރީހެއް އިނގޭކަށް ނެތް)1076ހ ޝައުބާން 9(1666މ ފެބްރުވަރީ 14)ގެ ފަހު ތާރީހެއްގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު ރަދުންގެ ރަސްކަމުގާ؛ 1027ހ(1618މ)ގާ، (އައްސުލްތާނު)ހުސެއިން ފާމުލަދޭރި ކިލެގެފާނާ، ސަސްކަފުރަދާނަ(އެންމެންކުރެ އިސްމީހާ) ކަނބާ އައިޝާ ރަނި ކިލެގެފާނާއި ދެމަފިރިކަނބަލުން، އެދެމަފިރިންނަށް ހެއޮރަހުމަތާ ޝިފާލިބުމަށް ދުވާކުރުމަށްޓަކާ، އެ ދެމަފިރިންގެ މިލްކު މުދަލުން، މިސްކިތެއް ބިނާކުރަށްވަން ފައްޓަވާ(ކޮން/ކޮންތާކުހުރި މިސްކިތެއް ކަމެއް އިނގޭކަށް ނެތް)، އެތަން ނުނިމެނީސް، 1029ހ(1620މ)ގާ، އެކިލެގެފާނުން ފުރައައްތަވެ (ނިޔާވެ)، އޭގެ ފަހުން، ސުވާސްތިސިރީ މަތަމަހާސިރީ ކުލަސުންދުރަ ސިޔާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރި ބޮވަނަ މަހާރަދުން{(ނަމެއްނެތް...ތާރީހަށް ބަލާ ބުނެވޭނީ، މިއީ އައްސުލްތާނު މުހައްމަދު އިމާދުއްދީނު 1 (ބޮޑުރަސްގެފާނު/ކަޅުތުއްކަލާ)}ނާ މިކަނބާފާނު ކައިވެނިބައްލަވައިގަނެ، އެ މިސްކިތުގެ 4 ތަޅުން(ދުވާރު) އަޅާ، ފުރަމާރަ(ދޮރޯށި)ލާ، ފެންވަޅު ކޮނެ، ދަނާވަތި(ކަށްބިން) ހަށްދަވާފާ ވަނިކޮށް، އެރަދުންވެސް ނިޔާވެ، އެރަދުންނަށް ރާދަކިހުންދިއަ ފުރަސޫތާވެ(އަށަގަނެ) ލިބުނު ރަސްދަރިކަލުން، ސުވަސްތިސިރީ މަތަމަހާސިރީ ބަރިކުސަދާނަ ސިރީކުލަ ރަންބި ބަދަނާލަވި ރަސިންގަ ނަވަރަންނަ ކީރިތި އައުދާނަ ކައްތިރި ބޮވަނަ މަހާރަދުން(މިއީ އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ކޮލިނަމެ...)ގެ ދަރުބާރުގާ އެކަމަނާ އެދިވަޑައިގެން، އެމިސްކިތުގެ ކަށްބިމުގާ ބަޑިކު(ވެވު)އެއް ހައްދަވާ، އެ މިސްކިތަށް ބޯގަޔަށް ވާނެ އެއްޗިއްސާ، އެއްޗެހިން ކުރައްވާނޭހާ ކަންކަން އެދަރުބާރުގާ ވިދާޅުވެފާ، ފަތެއް ނުލިޔެވި ވަނިކޮށް، އެކަމަނާ އަވަހާރަވެ{1076ހ ޝައުބާން 9(1666ހ ފެބްރުވަރީ 14)}، އޭނާ ފަސްދާނުވޮޑިގަނެ(ވަޅުލާ)، ދުއާކުރުމުގެ ކަންތައް ނިމުމުން، ހަމަ އެތާމެ ތިއްބަވައިގެން، އޭނާގެ ދަރިންކުރެ، އިސްކަންދަރު ރަސްގެފާނާ، ހުސެއިން ފާމުލަދޭރިކިލެގެފާނުންނަށް ލިބިވަޑައިގެން އަލްވަޒީރު ހަސަން ފާށިނާ ކިލެގެޔާ، އެކިލެގެ ދަރި ދޮންމުހައްމަދު މަނިކުއާ، އެކަމަނާގެ އަނެއް ދަރި އަލްވަޒީރު މުހައްމަދު ދޮށިމޭނާ ކިލެގެ ގެދަރި ހަސަން ރަންނަބަނޑޭރި ކިލެގެޔާ، އެކަމަނާގެ އައިމިނާ މަނިކެއާއި، ދެންހުންނެވި ދަރި އަލްވަޒީރު އަލީ ރަންނަބަނޑޭރިކިލެގެ ގެދަރި އަލްވަޒީރު ހުސެއިން ފާމުލަދޭރިކިލެގެޔާ، މުހައްމަދު މަނިކު(ބެލެވެނީ އިބްރާހީމް އިސްކަންދަރުގެ ދަރި ކަމުގާ)އާ، މިއެންމެ ބޭފުޅުން، މާލެ އަލްހަތީބު އިބްރާހީމް ބަންޑާރަނައިބު ތަކުރު މަނިކު އާއި މަޝްވަރާކުރަށްވާ، އަދި އިސްކަންދަރު ރަދުން، އެމިސްކިތުގެ ހަވާލުވެރިކަން ލެއްވުމަށް އެންމެ އެކަށިގެންވަނީ، އެރަދުންނާ އެއްބަނޑު، ދޮށީ، ތިން ފިރިހެން ބޭފުޅުންގެ ދަރިކޮޅަށް ކަމުގާ ވިދާޅުވުމުން އެގޮތަށް އެންމެހާ ބޭފުޅުން އެއްބަސްވެވަޑައިގަނެ، އެ ޝަރީއަތު މަޖިލީހުން އެކަން ގަބޫލުކޮށް، އެރަނީންގެ ވަސީއްއަތުގެ ހެކި ސާބިތު ކުރުމުން، ކަނބާއައިސަ ވިދާޅުވެފާވާ ގޮތަށް އެމިސްކިތުގެ ބޯގަކަމުގާ: އެރަނީން، އިސްމާއީލް ފާމުލަދޭރި އަތުން ބައްލަވައިގަތް ކުޑައައްލާމަގު ހިންނަޔާ، ބޮޑުތަކުރުފާނުގެ ދަރި އަލްގާޒީ އިބްރާހީމް ފާށިނާކިލެގެ މިސްކިތު ކިޔެވެނީންއަތުން ބައްލަވައިގެން ކަހާ ކޮށީ ހުޅަނގު ހިންނަޔާ، މި ހިންނައިން އުތުރަށްގޮސް، ފަކުސަމަ(ހުޅަނގުން) މާލޭ މާމިސްކިތު ހިންނަޔާ އިންވެ ދަކުސަނަ(ދެކުނުން) އަލްގާޒީ އިބްރާހީމް ފާށިނާކިލެގެ މިސްކިތާ އިންވެ، އެދެމެދު އޮތް އެ މިސްކިތް ހުރި ހިންނަ އާއި އެބިމުގާ ވާހާ ތަކެއްޗާ، މާފިލާފުށީ ފާތުމާ ރަނިކިލަގެ ހިންނަގެ ފޫރުއްބައިން(އިރުން) މާމިސްކިތު ބިމާ އިންވެ، ހުޅަގު އުތުރުން އައިމިނާ މާވާކިލަގެ މިސްކިތު ހިންނައާ އިންވެ އޮތް އެގަނޑުވަރުގެ އޮޅި ހިންނަޔާ، ކަނބާއައިސަ، ފަގީގެ؟؟ދަރިން އަތުން ބައްލަވައިގެތްފާވާ، އިރުން، ފަގީގެ ވަގުފް ގޯއްޗާ އިންވެ، އުތުރުން، ކެބުއަޅާ މަގާ އިންވެ، ހުޅަނގުން، ބަދަރު ދޮށިމޭނާކަލޯގެ ކިޔެވެނިކަމު ހިންނަޔާ އިންވެ، ދެކުނުން މައްޗަންގޯޅި އާއި އިންވެ އޮތް ހިންނަޔާ، ސަންފާރަނިކިލަގެ ގަނޑުވަރާ ޖެހިގެން އޮތް އޮޅި ހިންނަޔާ، އެބިމުގާ ވާހަ ތަކެއްޗާއި، އެކަބާފާނުގެ ނޯކަރެއްކަމުގާވާ ނިލަންދޫ ޔަހުޔާ ތަކުރު، އެކަނބާފާނަށް ހިބައިންދިން އޭނާގެ މިލްކުގާވާހާ ދަޑާ، ރުއްގަހާ، ހިންނަބިމުގެ ތެރެއިން، ގަލޮޅު ހިންނައިގެ އިރުން ބޮޑުމަގަށް؟؟ ދާންއޮތް މަގާ އިންވެ، އުތުރުން ދިއްލީރަނިކިލަގެ ކިޔަވަނިކަމު ހިންނަޔާ އިންވެ، ހުޅަނގުން ދެބޭރަނި މިސްކިތު ފާރާ އިންވެ، ދެކުނުން ކޮލިހިނގާ މަގު(މަޖީދީ މަގު)ން ފަންކޮޅުލާމަގާ އިންވެ، އޮތް ބަން ހިންނަޔާ، އެ ބިމުގާވާހާ ތަކެއްޗާއި، އަރިއަތޮޅު މާޅޮހު މާނަގަރާއި އެބިމުގާ ވާހާ ތަކެއްޗަކާ، ފެރިދޫ މާފަތްކަލޯގެ ދަރިން އަތުން އެކަނބާ ބައްލަވައިގަތްފާވާ އ.އަރިއަދޫއާ، އެރަށުގާވާހަ ތަކެއްޗާ، ހަސަން މުސްކުޅި ތަކުރު އަތުން ބައްލަވައިގަތްފާވާ ނަގޫމާފުށި(ކ.މާފުށި) އާ، އެރަށުގާވާހާ ތަކެއްޗާ، މިއެންމެހާ ތަކެއްޗެއް، އެމިސްކިތުގެ ބޯގަޔަކަށް ލައްވާ، އެމިސްކިތުގެ މަރާމާތުކޮށް، ސާފުކޮށް، ބަންގި ސޮލަވާތްކިޔާ ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ހަވާލުވެރިކަން އެ ތިންބޭކަލުންގެ ދަރިކޮޅަށް ލަށްވާ، ބޯގަޔަށް ލެއްވި ތަކެތިން، މާޅޮހާއި، މާފަންނުގާ އޮތް ފާތިމާރަނިކިލަގެ ގަނޑުވަރު އޮޅި ހިންނަ، އަލްވަޒީރު މުހައްމަދު ދޮށިމޭނާކިލެގެ ދަރިކޮޅަށް، އަރިއަދޫ އާއި މާފަންނު ހަދި މުހައްމަދު ރަސްގެ ގެދަރި ސަންފާރަނިކިލަގެ ގަނޑުވަރު އޮޅި ހިންނަ، އަލްވަޒީރު އަލީ ރަންނަބަނޑޭރިކިލގެ ދަރިކޮޅަށް އަދި ގަލޮޅުގާ އޮތް ބަން ހިންނަ އާއި މާފުށި، އަލްވަޒީރު ހަސަން ފާށިނާކިލަގެ ދަރިކޮޅަށް ކަމުގާ ނިޔާކުރައްވާ؛ އެރަދުންގެ ސިއްކަޖަހާ، ފަތް ލިޔުމުގެ އަމުރުނެރުއްވުމުން؛ ބަނޑޭރި ހުސެއިން ހަނދޭގިރި ކިޔުމުން،ފިއިއުލި(ފީއަލި؟؟) ހަތީބު ލިޔުނު ދިވެސްއަކުރު ފަތުގެ(F0-111)ގެ ތާނަ ތަރުޖަމާއެއް. Size: 58.5" X 11.6"
              Kanbaa Aisa Miskiiy (Mosque) - Endowment for Mosque

              National Archives of Maldives
              NAM DOC-MN-F0-110(R-7) · Item · -
              Part of Documents

              މިއީ F0-112ގެ އަސްލު ފަތެ. އަދި މި ފަތް ވީދި ބައިބައި ވެފާ އޮތުމުން، މަރާމާތްކޮށް، R-7/F0-110 ނަންބަރު ކޮށްފާވާ ފަތެއް. Size: 19.5" X 12"
              A.Hangnyaameedhoo - Kalaafaanu Shrine, Thuhkamanaa Shrine - Endowment for Shrine (ziyaaraiy)

              National Archives of Maldives
              NAM DOC-MN-F0-108 · Item · -
              Part of Documents

              1251ހ ރަބީލްއާހިރު(1835މ އޯގަސްޓް)، ފަތުގެ ތިރީގާ ތާރީހުކޮށް، އަރަބިން ލިޔެފާވާ ފަތެއް.
              ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ބޮލިމުލަކު މިސްކިތުފަތްކޮޅު' މިހެން ލިޔެފާވޭ.
              Size: 20.8" X 13.9"
              M.Mula (Boli) - Mula Miskiiy (Mosque)) - Endowment for Shrine

              National Archives of Maldives
              NAM DOC-MN-F0-107 · Item · -
              Part of Documents

              (ތާރީހެއް އިނގޭކަށް ނެތް) ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ކައްޗޭމީދޫ ފަތް' މިހެން ލިޔެފާވާ، ދިވެސްއަކުރު ފަތެއް. Document written in Dhives Akuru with the word 'Kachchey Meedhoo' written in Thaana on the reverse (Size: 10.8" X 8.1")
              R.Meedhoo - kahchei

              National Archives of Maldives