(ތާރީހެއް އިނގޭކަށް ނެތް)، 'އައްއްސުލްތާނު މުހައްމަދު އިމާދުއްދީނު'، މިނަން 11ވަނަ ފޮޅުވަތުގާ، އަދި 'އައްސުލްތާނު މުހައްމަދު'، މިނަން، ފަހަތުން 5ވަނަ ފޮޅުވަތުގާ، އަރިބިން،ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
Dh.Hulhudheli - Endowment for Shrine (ziyaaraiy)(Size: 21.8" x 16.55")
-
171 Archival description results for -
(ތާރީހެއްނެތް) އައްސުލްތާނު ހަސަން ނޫރައްދީނު، ކައްތިރި ބަވަނަ މަހާރަދުންގެ ދަރުބާރުގާ، އަރިއަތޮޅު ދަނގެތި ރައްޔިތުން، އެރަށުގާ ބޮޑުކަނބާފާނު ބިނާކުރެއްވި ދަނާރު(މިސްކިތް)އަށް، އައްސުލްތާނު އިބްރާހީމް އިސްކަންދަރު ނަވަލޯކަ މަހާ ރަދުން ދެއްވި ފަތްކޮޅު ވަނީ އުވިފާކަމުގާ ބުނެ، އެ މިސްކިތް ބެލޭނޭ ފަދަ ގޮތެއް ހައްދަވާދެއްވުމަށް އެދުމުން، އެމިސްކިތަށް ބޮޑުކަނބާފާނުންވެސް ލެއްވި ވަގުފްކަމުގާވާ، ރަށު ގޮއިރުކާ...(މިފޮޅުވަތުގާ މެދުބައި އޮތީ ހުހަށް... ލިޔެފާވާ އެއްޗެއް ތަރުޖަމާނަށް ނޭގިފަކަމުގާ ދެކެން).. އަދި ރުއްއަރައިފި ދުވަހަކުވެއްޖެއްޔާ، ރާ އަޑުބައެއް، ބީރަށްޓެއްސަކު ރުއް އެރިއްޔާ ރާ ކުޅަ(ކުޅައި..ރުނބާއެއް)ލެއް، އެރަށު މީހަކު އެހެން ރަށެއްގެ ރުއްއަރައިފިއްޔާ ބޮލި ކޮއްޓޭއެއް ދޭންޖެހޭނެ ކަމާ، އެރަށާ ޖެހިގެން އޮތް ކުޑަފުށި ކިޔާ ރަށް ލަށްވާ، އެރަށުގެ ކަތީބު އަލީ އާއި އޭނާގެ ދަރިކޮޅު މަތިކޮށް، އަދި ކަނބާފާނުގެ ދަރިކަލަކު ނުވަތ ދަރިކަނބަލަކު ވިޔަސް، އެ ވަގުފްއާ ދެކޮޅުހަދައިގެން ނުވާނެ ކަމުގެ އަމުރުނެރުއްވުމުން، އަހުމަދު ހަނދޭގިރި ކިޔުމުން، ފަތްލިޔާ ހަސަން ދިވެސްއަކުރުން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ، ދިވެސްއަކުރު ފަތުގެ، 1340ހ ޝައުބާން 25(1922މ އޭޕްރިލް 23)ގާ ކޮށްފާވާ ތާނަ ތަރުޖަމާއެއް.
A.Dh.Dhan'gethi - Mosque - Endowment for Shrine (ziyaaraiy)
(Size: 12.2" x 16.2")
(ތާރީހެއް އިނގޭކަށް ނެތް)،'އަލް ހަތީބު އަލް ގާޒީ މުހައްމަދު'، 15ވަނަ ފޮޅުވަތުގާ އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
މިފަތުގެ ނުފުށުގާ:
'ރ.މަޑުއްވަރި، ހޮނުށްފުށި،(އަ..ދިޔަ ހަދޭގިރިންގެ ވަގުފް)' އަދި، ވަޒީރުލް އައުޒަމް އޮފީހުގެ ސިޓީއަކާ އެކު، 24/9/79ހ(1960މ މާޗް 22)ގާ މިފަތް، މާލިއްޔާއަށް ފޮނުވި ކަމުގާ ލިޔެފާވެއެ.
(Size:16.85" x 13.2")
R.Maduvvari - Endowment (of Han'dheygiri Vizier)
(ތާރީހެއް އިނގޭކަށް ނެތް)، ފަހަތުން 14ވަނަ ފޮޅުވަތުގާ، 'އައްސުލްތާނު އިސްކަންދަރު އިބްރާހީމް' މިނަން، އަދި އެންމެ ފަހު ފޮޅުވަތުގާ، މުހައްމަދު ހަތީބު، އަލް ވަޒީރު ހާޖީ މުހައްމަދު، މިދެނަން އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.(Size:20.3" x 13")
National Archives of Maldives(ތާރީހެއް އިނގޭކަށް ނެތް)، 13ވަނަ ފޮޅުވަތުގާ، 'އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރު' މިނަން، 15ވަނަ ފޮޅުވަތުގާ ނަސްރަތު އާއި ކަބާއާއިޝަތު އަދި ފަހަތުން 6ވަނަ ފޮޅުވަތުގާ، 'އައްސުލްތާނު މުހައްމަދު' މިނަން، އަދި އެންމެ ފަހުފޮޅުވަތުގާ ހަސަން، މިނަން އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
(Size:14.85" x 12.2")
National Archives of Maldives(ތާރީހެއް އިނގޭކަށް ނެތް)، 11ވަނަ ފޮޅުވަތުގާ، 'އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުދީނު' މިނަން، އަދި ފަހަތުން 6 ވަނަ ފޮޅުވަތުގާ، 'އައްސުލްތާނު މުހައްމަދު'، މިނަން އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.(Size:23.05" x 14.5")
National Archives of Maldives1332ހ ޖުމާދިލްއައްވަލް 16(1914މ އޭޕްރިލް 12)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު، މާލެ މެދު ޒިޔާރަތް ދެމިއޮންނަނިވި ރަނގަޅު ގޮތުގާ ބެލެހެއްޓުމަށްޓަކާ، ކ.ގާފަރު އާއި އަދި ރާއަތޮޅު، ކޮންމެސް ރަށެއްގެ(ނަމެއް ނެތް) ގޮއިފާލައްބައާ، އެ ޒިޔާރަތަށް ނަދުރަށް ގެންނަހާ ތަކެއްޗެއް، އެޒިޔާރަތުގެ ބޯގަޔަށް ލައްވާ، އެއިރަކު ތަހުތުގާ އިންނެވި ރަސްކަލަކު އެޒިޔާރަތް ބަލަހަށްޓާ މީހަކު އިސްކުރަށްވަން ޖެހޭނެ ކަމާ، ކޮންމެ ހުކުރުހޯމަ ވިއްލޭރޭ، ޒިޔާރަތުގެ ދޮރޯށީގެ ދެ ބަނޑިޔާ ކޮޅާ، އެތެރެ ވޮއްކޮޅު އަދި ބޭރު ފާރު ވަށާ ހުރި 7 ލަންޓަނު ދިއްލާ، ކޮންމެ ފަސްހެއުރެއަކު، އެތެރެ 7 ފާނޫޒު އަދި ހުޅަނގު އުތުރުކޮޅުގާ ހުންނަ ބަނޑިޔާކޮޅު ދިއްލާ، ހެންވޭރު ބޮޑުހިތި، އަދި ކުޑަހިތި ވިލޭރޭ، ކުރީގާ ބުނެވި ކަންތައްތަކުގެ އިތުރުން، ބޭރުފާރުގާ 150 ލެންޓަން އާއި، ދޮރޯށީގާ 6 ބަނޑިޔާ ދިއްލާ، ހަނދުވަރު ނުދޭ ކޮންމެ ރެޔަކު ބޭރު އުތުރު ފާރުގެ ދެކަނުގާ ހުރި ދެ ލެންޓަނު ދިއްލާ، ކޮންމެ އަހަރަކު، ފާރުތަކުގާ ހުދުއުވަލާ، ކޮންމެ އަހަރުމަތިފުޅުދުވަހަކު، އަސުރު ނަމާދަށް ފަހު 10 މީހުން ލައްވާ ޒިޔާރަތް ކާރީގާ ގުރުއާން، އަދި އެރޭ، 40 މީހުން ލައްވާ ފާތިހާ، ކިޔަވާ، ކޮންމެ ހުކުރުހޯމަ ވިލޭރޭ، ޒިޔާރަތް ދޮށުގާ ޔާސީން ފާތިހާ ކިޔާ، ކޮންމެ ހުކުރު ދުވަހަކު، މުޅި ޒިޔާރަތް ސާފުކުރުމާ، ބައިތުލްމާލުން، ޒިޔާރަތުގެ ދިދަ އާއި ދަވާދު އަދި، ބާވެއްޖެ ކޮންމެ އެއްޗެއް އާކުރުމާއި، އަދި، ކުރަންވި ކޮންމެ މަރާމާތު ކުރަންޖެހޭނެ ކަމާއި، ގާފަރު މީހުން ކޮންމެ އަހަރަކު 2ކަނޑި އުވަޔާ، ދޮންވެލި، ޒިޔާރަތަށް ގެނެސް ދޭންޖެހޭނެ ކަމާއި، ގާފަރުގާ ފުރާތަދަތުރުއޮޑި އޮންނަންޖެހޭނެ ކަމާއި، މިއެންމެކަންކަން، ދާއިމަށް އޮންނަން ޖެހޭނެ ކަމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް.
K.Male' - Medhu Ziyaaraiy (Mausoleum) - Endowment for Shrine (ziyaaraiy)
(Size:19.05" × 12")
(ތާރީހެއް ނެތް) ސުވަސްތިސިރީ މަތމަހާސިރީ ކުލަ ސުންދުރަ ސިއާކ ސާސްތުރަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުން(ރަދުންގެ ނަމެއްނެތް)ގެ ދަރުބާރަށް، އަލްގާޒީ އިބްރާހީމް ބޮޑު ކިލަގެފާނުންގެ ޒިޔާރަތުގެ ކިޔެވެނީން(ރަސްމީ ކިޔެވުންތައް ކިޔަވާން ދައުލަތުން ލައްވައިފައިވާ ޖަމާޢަތުގެ މީހުން) އައިސް، އެ ޒިޔާރަތުގެ ބޯގަ މަދުވެ، އެތަން ބަލަހަށްޓާ، މަރާމާތު ކުރެވޭވަރު ނުވާތީ، އެކަން ކުރެވޭފަދަ ކޮށްދެއްވުމަށް އެދުމުން، ބޮޑުކިލެގެފާނުގެ ވާރު(އަމިއްލަ މިލްކު)ން ބައްލަވައިގަތްފާވާ، ކޮޅުވަންދިންމަޑުލު(ކޮޅުމަޑުލު) ތ.ކަނޑޫދޫ ބޮޑުހިންނަ އާއި، އަރިދެއަތޮޅު(އަރިއަތޮޅު) އދ.އަރިއަދޫގެ އިރުން އޮތް އދ.ދިއްދޫ، އެ ޒިޔާރަތުގެ ބޯގަޔަށް ލައްވާ، އަދި އެދެތަން، އެނޫން އެހެން ކަމަކަށް، ބޭނުންކޮށްގެން ނުވަނެކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އަލީ ކިޔުމުން، އަލީ މާފަތް ލިޔުނު ފަތުގެ ނަކަލެއް. (Size:8.85" × 7.8")
A.Hangnyaameedhoo - Kalaafaanu Miskiiy (Mosque) - Deed(Housing Plot)
(ތާރިހެއް، ރަދުންގެ ނަމެއް ނެތް... އަދި ރަދުންގެ ލަގަބުވެސް ވަނީ ބައިބައި ފޮހެވިފަ) އެރަދުންގެ ބޭއި(ހީވާގޮތުގާ ދެބެންގެދެދަރި) އަލްގާޒީ އިބްރާހީމް ފާށަނާ ކިލެގެފާނު ޒިޔާރަތުގެ ބޯގަޔަށް، އަރިއަތޮޅު ހަންޏާމީދޫ ބަންޑާކިބައަށް(ބަންޑާރަޔަށް) ހުރި ބިންބިމާ، އެއަތޮޅު ދިއްދޫއާއި، މިލަދުންމަޑުލު(ނ.)މަނަދޫގާ އޮތް، ހަ(ނި)މާދޫ ދޮންއަހައްމަދު ކަލޭގެ ދަރިން އަތުން ބައްލަވައިގެންފާވާ، ބޮޑު ހިންނަ އާއި، ދެއްވާ، އެބޯގައިގެ ހަވާލުވެރިކަން، ހަންޏާމީދޫ، ދޮންއަލީ މުގުރި ކަލޭގެ ދަރިކޮޅަށް ލެއްވި ކަމާއި، މިކަންކަމަށް އަމުރުކުރެއްވުމުން، އެރަދުންގެ ސިއްކަ ޖަހާ ލިޔެފާވާ(ލިޔުމުގެ ފަހަތްކޮޅު ނެތުމުން،ލިޔުނު މީހެއް ނޭނގެ) ފަތުގެ ނަކަލެއް.(Size:9.9" × 6.65")
A.Hangnyaameedhoo - Kalaafaanu Shrine - Endowment for Shrine (ziyaaraiy)
(ތާރީހެއް ނެތް)، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، ނިލަންދެ(ފ.،ދ.)އަތޮޅު ރައްޔިތުންނަށް، އެއަތޮޅު(ދ.)މަތިމުރުކާލި ކިޔާ ފަޅުން، (ދ.)ބަނޑިދޫގެ ރައްޔިތުން، ބޮލިހިލާ އަދި މަސް ބާނާ ހެދިޔަސް، އެއްވެސް މީހަކު އެމީހުންނާ ބެހި، ދެކޮޅުވެރިކަމެއް ނުވުމަށް، އަމުރުކުރައްވާފާ ފަތެއް.
A royal decree written in thaanascript stating that Dhaalu Mathimurakaali reef is open for fishing and other uses for Dhaalu Ba'ndidhoo people (Size:5.05" × 4.35")
Dh.Ban'didhoo - Mathi Muraka Lagoon - Order (Falhu)