(ލިޔެފާވާ ތާރީހެއް، ފަރާތެއް ނެތް)، 'އަހުރެމެންގެ ސާހިބު – މާތް- ރަދުންގެ ފުތް ރަދުން – އެއީ އިބްރާހީމް އިސްކަންދަރު ރަދުންނެވެ ކިޔޭ ރަދުނެވެ-' މިހެން ފަށްޓާ، އަދި މިސްކިތާ ބެހޭ ކުޑަ ހަދީސް އެއް ލިޔެ، 'ލިޔުންތެރިޔާ' އެރަދުންނަށް ދެންނެވި ހަދީސެއް އައްސަވާ، އެކަމާ ވިސްނަވާ، އެރަދުންނާއި އެރަދުންގެ ބައްޕަގެ ކުއްފާފަތަކުން މިންޖުކުރެއްވުމަށް އެދި، އެ ބަރަކާތްތެރި ބޮޑު ހުކުރު މިސްކިތް ބިނާކުރަށްވަން ފެއްޓެވި ކަމާއި، އެ، ބިނާކުރަން ފެއްޓެވީ، ކުރީގާ އެތާގާހުރި، އައްސުލްތާނު ދަރްސަން؟؟(ދަރުމަވަންތަ)ރަދުން، އަޅުއްވާފާ ހުރި ހުކުރު މިސްކިތް ބާވެގެން ކަމުގަޔާ، އެ މިސްކިތް ބިނާކުރައްވަން ފެއްޓެވީ، 1066ހ ޝައުބާން 22(1656މ ޖޫނު 15)ވަނަ ހުކުރުދުވަހު ކަމާއި، ދިގުމިނުގާ 120މުށް(180ފޫޓު) ހުރި ކަމާ، ބޭނުންކޮށްފާވާ ލަކުޑިއާއި، މިސްކިތުގެ އެކި އެކި ތަންތަނާއި ލިޔުންތަކުގެ ވާހަކަޔާ އަދި އެ އެންމެހާ ކަންތައް އެކުލަވާ ހެއްދެވީ އެރަދުންގެ ބެއްލެވުމުގެ ދަށުން ކަމުގާ ލިޔެފާވާ ލިޔުމެއް.
ފަތުގެ ނިމުން ނެއްކަމުގާ ބެލެވޭ... އަދި މިއީ ދިވެސްއަކުރުގެ ތަރުޖަމާއެއް ކަމުގާ ހީވޭ.
Update on construction work for a new mosque(Size:13.35" × 8.4")
K.Male' - Hukuru Miskiiy (Mosque) -Writing(Report)
-
171 Archival description results for -
(ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، 'މުޒްހިރުއްދީނު މިސްކިތް' މިހެން ތާނައިން ޖަހާފާވާ، އަރަބިން ލިޔެފާވާ ފަތެއް. (މިފަތުގެ ތަރުޖަމާއަކީ F0-100ކަމުގާ ބެލެވޭ)(Size: 17" × 12.2")
K.Male' - Muzhiruddeen Mosque
(ތާރީހެއް އިނގޭކަށް ނެތް) 10ވަނަ ފޮޅުވަތުގާ، 'އައްސުލްތާނު މުހައްމަދު އިމާދުއްދީނު' އަދި، 11ވަނަ ފޮޅުވަތުގާ 'ރަމްލޯނު މަހު' އަދި އެކިތަންތަންކޮޅުގާ 'ވަގުފް'، އަރަބިން ލިޔެފާވާ ދިވެސްއަކުރު ފަތެއް.(Size: 15.65" × 12.4")
National Archives of Maldives(ތާރީހެއް އިނގޭކަށް ނެތް)3 ސިއްކަ ޖަހާފާވާ ދިވެސްއަކުރު ފަތެއް.(Size: 11.65" × 8.2")
National Archives of Maldives(ތާރީހެއް އިނގޭކަށް ނެތް) މައިގަނޑުގާ، ކަނބާ އައިޝާ އަދި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އާއި ދެބޭފުޅުންގެ ނަން ލިޔެފާވާ، ތާނަ އަކުރުން އެހެނަސް މާނަކުރަން އުނދަގޫ ބަހުރުވަޔަކުން(ހީވާ ގޮތުގާ، ޝަމްސުއްދީނު ރަދުންނަށް ރަސްކަންލިބުމުން) ލިޔެ، ކާރިކުރަހާފާވާ(ބޯޑަރު އަޅާފާވާ) ފަތެއް.
އަދި ބޯޑަރުގެ ތިރީގާ، ތަފާތު ލިޔުމަކުން، ފަންސުރުން ' މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު (އަހަރު އޮތް ތަންކޮޅު ވީދި ގޮސްފާ.... ޖުމާދިލް އައްވަލު މަހު 3 ވީ ބުރާސްފަތި ދުވަހު' މިހެން ޖަހާފާވެއެ.
(Size: 17.25" × 6.65")
K.Male'
(ތާރީހެއް އިނގޭކަށް ނެތް)، އައްނައިބު ހުސެއިން އަފީފުއްދީނު ގެދަރި އަލްގާޒީ މުހައްމަދު މުހިބުއްދީނުގެ ޝަރީޔަތު މަޖިލީހުގާ، އައްޑޫ ހިތަދޫ، ހާޖީ މޫސާ ކުޑަބނޑޭރި ތަކުރުފާނުގެ ދަރި އުމަރު ފަޑިއަތްތަކުރުގެ ދަރި ބަބުރު ހަސަން ތަކުރުފާނުގެ ދަރި ހައްވާފާނުގެ ދަރި މޫސާ ކުޑަބަނޑޭރި ތަކުރުފާނު، އޭނާގެ ކާފަ ކުޑަބަނޑޭރި ތަކުރުފާނު، އައްޑޫ ހިތަދޫ ކޮރުވަލު ކިޔާތާގާ އެޅި މިސްކިތް މައްޗަށް ދެއްވި ވަގުފް ފަތް، އޭނާ އަތުގާ އޮއްވާ، ހޮޅިން އަރާ މާލެ އަންދާލިއިރު، އެފަތް ނެތިގޮސްފާ ވާތީ، އެ ވަގުފް އޮތްގޮތް ބައްލަވާދެއްވުމަށް އެދުމުން، މީސްމީހުން ކާރިން އެ ވަގުފްގެ އަސްލު އޮތްގޮތް އައްސަވާ، ހެކިހޯއްދަވާ، އަދި ފަތްލިޔާ އުމަރު ގަދަހަމާތިކަލޭފާނު އެ މަޖިލީހަށް ހާޒިކުރަށްވާ، އެކަން ބެއްލެވިއިރު، އެފަތަކީ، އައްޑޫ ހިތަދޫ ހާޖީ މޫސާ ކޮރުވަލު ކިޔާތާގާ އެޅި މިސްކިތައް ދެއްވި ފަތް ބާވެގެން، ދެއްވަދޫ ރަސްގެފާނު އާކޮށްދެއްވާފާވާ ފަތެއް ކަމާ، އެފަތުގާ ވަނީ، ސ.ފޭދޫ ކައިރީގާ އޮންނަ ދިގުހަރުހެރާ(ދިގިހެރާ)، ހިތަދޫ ކައިރީގާ އޮންނަ މާހުރާ(މާހެރަ)، ފޭދޫ އާއި ހިތަދޫ އަދި ފުވައްމުލަކުގާވާ، އެ ހާޖީގެ އެންމެހާ މިލްކު ތަކެއްޗެއް، ކޮޅުމަޑުލު ބަދިފުށި، މާލެގެ ގަލޮޅު ދޮންތުއްކަލާ މަގުގާ އޮތް އޭނާގެ މިލްކުވެ އޮތް ހިންނަ، ކޮންމެ ތަނެއްގާ އޮތަސް އޭނާގެ މިލްކުގާވާހާ އެންމެ ތަކެއްޗާއި، އޭނާގެ ނޯކަރުންނާއި، ރުއްގަހާ، ދަނޑުފަގާ، އޭނާގެ އެއްބަނޑުއެއްބަފާ 4 ފިރިހެން ބެއިންގެ މިލްކުގާވާހާ ރުއްގަހާ، ދަނޑުފަގާ، ނޯކަރުންނާ، އަޅުންނާއި، އަދި އެ މީސްމީހުން މިމިސްކިތަށް ނޫން އެހެން ތާކަށް ހިދުމަތް ނުކުރުމުގެ ޝަރުތު އާއި، އެތަނުން އަންހެން ނޯކަރަކާ، ރާއަރާ ނޯކަރަކާ، މަސްވެރި ނޯކަރަކާ، މި 3 މީހުން ވާރުންކެނޑޭނެ(ޓެކްސް ދައްކަންނުޖެހޭ)ކަމާ، މިތަކެތީގެ މަންފާއިން، އެމިސްކިތް ބަލާ، މަރާމާތުކުރުމަށާ، އަދި އެ ހަރަދުކޮށް ބާކީއޮތް އެއްޗެއްގެ ހަވާލުވެރިކަމާއި، އެ މިސްކިތް ބެލެހެއްޓުން އެ މޫސާ ކުޑަބަނޑޭރި އާއި އޭނާގެ ދަރިކޮޅަށް ލައްވާ، އެރަދުންގެ ސިއްކަ ޖަހާ، އެ އުމަރު ގަދަހަމާތި ލިޔެފާވާ ވަގުފް ފަތެއް ކަމުގާ ސާބިތުވުމުން، އެފަތް އޮތް މަގަށް، އެމަޖިލީހުން ލިޔެދިފާވާ ފަތެއް. (Size: 19.1" × 16.15")
S.Hithadhoo - Koruvalu Miskiiy (Mosque) - Endowment for Mosque
(ތާރީހެއް އިނގޭކަށް ނެތް)، ދިވެސްއަކުރު ފަތެއް.(Size: 28.8" × 10.6")
National Archives of Maldives(ތާރީހެއް އިނގޭކަށް ނެތް) 12ވަނަ ފޮޅުވަތުގާ 'އައްސުލްތާނު އިބްރާހީމް އިސްކަންދަރު' މިހެން އަރަބިއަކުރުން ޖަހާފާވާ، ދިވެސްއަކުރު ފަތެއް.(Size: 28.7" × 14.4")
National Archives of Maldives(Size: 23.6" X 18") -- (ތާރީހެއް އިނގޭކަށް ނެތް)9ވަނަ ފޮޅުވަތުގާ، 'އައްސުލްތާނު މުހައްމަދު އިމާދުއްދީނު' އަދި 16ވަނަ ފޮޅުވަތުގާ، 'ޒުލްގައިދު'، އަރަބިން ލިޔެފާވާ، ބަކަރިހަމުގެ ފަތެއް.
އަދި މިފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ނަންބަރު 89، ކޮޅުމަޑުލު ދިޔަމިގިލި، މާލިޔާ ށ.1-59/89' މިހެން ލިޔެ، މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ ތައްގަނޑު ޖަހާފާވާ ދިވެސްއަކުރު
ފަތެއް
Th.Dhiyamingili
(Size: 21.3" × 16.5") -- (ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'އުތީމް މިސްކިތު ބޯގަ، ނަންބރު 79'، މިހެން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
H.A.Utheem - Endowment for Shrine (ziyaaraiy)