(ތާރީހެއް އިނގޭކަށް ނެތް) ފަތުގެ ނުފުށުގާ، 'ކައްޗޭމީދޫ މިސްކިތަށް އޮތް ފަތެއް' މިހެން ތާނައިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް. Size: 16.2" X 12.7"
R.Meedhoo - Mosque - Endowment for Shrine (ziyaaraiy)
-
171 Archival description results for -
1208ހ މުހައްރަމް(1793މ އޯގަސްޓް)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރުބާރުގާ ދޮށުންގެ 8 މީހުން، މަހިބަދޫގާ، އަލްގާޒީ ހުސެއިން ވެލާނާކިލެގެފާނު ހުންނަވައިގެން ދެއްވި ފަތްކޮޅު ބާވެގެން، އާކޮށްދެއްވުމަށް އެދުމުން، މިފަތް ބަށްލަވާ، އެފަތަކީ، މާލޭ ހުކުރު މިސްކިތަށް ބޯގައެއް ނެތުމުން، އޭރުގާވެސް ދޮށުންގެ 8 މީހުން ދެންނެވި ދެންނެވުމުން، އޭރުގެ ވަޒީރުންނާއި، ބަނޑޭރިން ގެންނަވާ އެމިސްކިތަށް ލާނެ ބޯގައެއް ބެލުމަށް އެންގެވުމުން، އެމީހުން އެކަން ބަލާ، ފުރަބަންޑާރައިން އެކަމަށް ލާނެ އެއްޗެއް ނެތޭ ބުނުމުން، ވޭވަށުގެ ރަސްބޮލިން، 4ކޮށްޓޭ ބޮލި ހަތީބު(ކަތީބު)އަށް ނަގާފާ، ދެންހުރި ހުރިހާ އެއްޗެއް އެ މިސްކިތަށް ލެއްވިކަމަށާއި، އެއްވެސް މީހަކު، މި ވޭވަށުގެ ރަސްބޮލި އެނޫން އެހެން ގޮތަކަށް ބޭނުން ނުކުރުމަށް އަމުރުކޮށްފާވާ، އަލީ ވެލާނާގެ ދަރި މާބަނޑޭރި، ރަންނަބަނޑޭރިގެ ދަރި އަލީ ހަކުރާވެތި، ހަސަން ފާމުލަދޭރިގެ ދަރި އަލީ، ހަކުރަވެތީގެ ދަރި މުހައްމަދު އަދި މުހައްމަދުގެ ދަރި ހަސަން ރަނަހަމާދި؛ މިމީސްމީހުން ހެކިކޮށް ލިޔެދެއްވާފާވާ ފަތެއްކަމަށް ވުމާއެކު، ހަމަ އެގޮތަށް މިފަތް އާކޮށްދިނުމުގެ އަމުރަށް، އަލް ހާޒިން އަލް ކަބީރު މުހައްމަދު ހަނދޭގިރި ކިއުމުން، ފަސްމަންދޫ އަލީ ހަކުރަވެތިގެ ދަރި ފުރަމާލޭ އެދުރު ހުސެއިން ލިޔެފާވާ ފަތެއް. Size: 17.2" X 11.7"
K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1357ހ ރަބީލްއައްވަލް 4(1938މ މޭ 5)ގާ، މަތީ ސުރުހީއަކަށް، 'އައްތާރަފަނީން'، މިހެން ޖަހާ، ހަތަރު ކޮލަމަކަށް ބަހާ، ފުރަތަމަ ކޮލަމުގާ 'ނެވިކަލުންގެ ވަރު'ގެ ދަށުގާ: ފާމުދޭރި ތަކުރުފާނު، ހިޔަލަގެ އަހުމަދު ކަލޭފާނު، މައްޗަންގޯޅި ކޮއި، ހިރުދޫ ދޮންތުއްތު، ތުލުސްދޫ މުހައްމަދުފުޅު، ކާޅުގޭ ދޮންތުއްތު އަދި ހުސެއިންފުޅުގެ އީސާފުޅު، އޭގެ ތިރީގާ، 'ނެވިކަލުންގެ ވަރުބައިމަތި'ގެ ދަށުގާ: ލޯޖެހި ޅަތުއްތު، ފުއްލާ އިބްރާހީމްފުޅު، ހޯޑިން ދޮންކޮއި، މާދުގޭ ދޮންތުއްތު، މުންޑު ކުޑަފުތު، ކުޅުދުފުށީ ދޮންތުއްތު އަދި މަގޫދޫ ދޮންކަލޯ، ދެވަނަބައިގާ، 'ސަރަނގުންގެ ވަރު'ގެ ދަށުގާ؛ ދައްޕަރު އިބްރާހީމް ދީދީ، މުދިން ޅަކޮއި، ދޮންބަބުރު ދޮންކޮއްކޮ، ދައްޕަރު އަލިމަނިކު، ދައްޕަރު މޫސާ މަނިކު، ދުންބޮއިތަ އަލިފުޅު، ސީވަލު ދޮންތުއްތު އަދި ބޮއި ދޮންކޮއްކޮ، އޭގެ ތިރީގާ، 'ސަރަނގުންގެ ވަރުބައިމަތި'ގެ ދަށުގާ: ސިންދަ އުމަރުފުޅު، މީދޫ މޫސާ ތައްހާނު، ޒައިނަބުފުޅު ދޮންމަނިކު، ހުޅުދަލީ ދޮންކަލޭފާނު ތުއްތު އަދި ސިނީ ކުޑަމަނިކު، ތިންވަނަ ބައިގާ، 'މަލިމުންގެ ވަރު'ގެ ދަށުގާ: މާދޫގޭ އަހުމަދު ކަލޭފާނު، ފަހާގޭ އާދަމްފުޅު، މާދޫގޭ ކުޑަތުއްތު، ޑިންހަޑޭ އާދަމްފުޅު، ފެލިދޫ އިބްރާހީމް، ކަނޑޫދޫ ދޮންމޫސާ އަދި ފޭދޫ ޅަތުއްތު، އޭގެ ތިރީގާ، 'މަލިމުންގެ ވަރުބައިމަތި'ދަށުގާ: ސިއްކަ އަލިމަނިކުފާނު، ކާޅުގޭ ދޮންކޮއްކޮ، ފޭދޫ މުހައްމަދުފުޅު، ފާމުދޭރި އަހުމަދު މަނިކު، ނައިބުގޭ ދޮންތުއްތު، ކަނޑޫދޫ ހަސަންފުޅު އަދި ތަލޯ އަލީ، އަދި ހަތަރުވަނަ ބައިގާ، 'ސާއްބުންގެވަރު'ގެ ދަށުގާ: ކަތީބު މަނިކުފާނު ތުއްތުދީދީ، ސިނީ ދޮންމަނިކު، ރަތްމަސް އިސްމާއީލް މަނިކު، ގިރާވަރު ޔޫސުފްފުޅު، ގޯނބިލި ދޮންކަލޭފާނު އަދި ފޫޅު އާދަމްފުޅު، އަދި އޭގެ ތިރީގާ، 'ސާއްބުންގެ ވަރުބައިމަތި'ގެ ދަށުގާ: ހޯޑިން އާދަމް ކަލޭފާނު، ގާފަރު ހުސެއިންފުޅު، އެގޭ ދޮންމަނިކު، ނައިވާދޫ ދޮންތުއްތު، ހުޅުދޫ ހުސެއިން، މާންބެ އަދި ކަނޑޫދޫގޭ މެދުތުއްތު، މިނަންތައް، މިގޮތަށް ޖަހާފާވާ ލިސްޓެއް. List of names (Size: 13.4" X 16.5")
K.Male' - List
(ތާރީހެއް ނެތް) މަތީ ސުރުހީއަކަށް، 'އަސްކަރުން'، މިހެން ޖަހާ، ފަސް ބަޔަކަށް ބަހާ، ފުރަތަމަ ހަތަރުބައި، 'މާފަތްގެ އަގުރަންނައޮޅި މި ނަމުގާ: މުހިއްދީނު އާދަމް ކަލޭފާނު، ކައިރު ދަންޑެހިލު ތައްހާނު، ހުވަރަފުށީ ކާސިން ތައްހާނު، ހައްދުންމަތީގޭ އަލިމަނިކު، ޅަކަލޯ، މުރައިދޫ ކާސިން ތައްހާނު، ލަންދޫ މޫސާ ކޮއި، މިރުސް ތުއްތު، މިރުސް މޫސާ ކަލޭފާނުގެ ދޮންތުއްތު، ހިކަނދި އީސާފުޅު، ކޮއްޔަ ތައްހާނު، މިރުސް އީސާފުޅުގެ ދޮންތުއްތު އަދި ގުއިކަރު އާދަމްފުޅު، ދެވަނަ ބައި، ހަކުރާގޭ އޮމާއޮޅި މި ނަމުގާ؛ ފާމުދޭރިގޭ ތުއްތުދީދީ، މާމާގެ އިދުރީސް ތައްހާނު، ދަލޭކާފުޅު ދޮންތުއްތު، ވަޑިކޮއި ދޮންތުއްތު، ޅަކޮއި އާދަމް ތައްހާނު، ކާށިދޫ އިބްރާހީމް ތައްހާނު، ބަބުރުކޮއި މޫސާފުޅު އަދި އުބުށެން ތައްހާނު، ތިންވަނަ ބައިގާ، ވެލާނާގޭ މުސްކުޅި އޮޅި، މިނަމުގާ: ފެންތަށި އާދަމް ކަލޭފާނު، މިރުސް ދޮންތުއްތު، ހޭނަ ޔަހުޔާ، ސިއްކަ އަލީ ދީދީ، ސިއްކަ މޫސާ ދީދީ، ފައްކާ މުހައްމަދު މަނިކު، ހޮޅިކޮށީ އެދުރު މަނިކު، ހިމިތީ ދޮށީކޮއި އަދި އޮޅިތެރި ދޮންތުއްތު، އަދި ހަތަރުވަނަ ބައި، ދޮށިމޭނާގެ މި ނަމުގާ: ހިތާދޫ ދޮން ތައްހާނު، މިރުސް އާދަމް ފުޅު، ސޯޅިޔާ ދޮންހުސެއިން، ބިލާލު އިސްމާއީލް ދީދީ، ހަނީފާ ދޮންކަލޭފާނު، ގާފަރު އަލީ، އަދި ބުޅި ހާޖީ، އަދި ފަސްވަނަބައިގާ(ބައިގެ ނަމެއްނެތް)، ކާފޯގޭ އިސްމާއީލް މަނިކު، ބަނޑިދޫ އުމަރު ތައްހާނު، ދައްޕަރު ތުއްތުދީދީ، ސީވަލު ކުޑަތުއްތު، ކަޅުފުތު އިސްމާއީލްފުޅު، ފިނދަނު އަލިފުޅު، ކުކުޅުކޮއި އަދި ކޮލިގޭ އީސާފުޅު، އެމީސްމީހުންގެ ނަން ޖަހާފާވާ ލިސްޓެއް. List of names of royal guards listed in five columns. The first Maafaige Aguranna'olhi, lists: 1. Muhhidheen Adamkaleyfaan 2. Kairu Dhandahilu Thahhaan 3. Huvarafushee Kaasain Thahhaan 4. Hadhunmatheegey Alimanku 5. Lhakalo 6. Muraidhoo Kaasin Thahhaan 7. Landhoo Moosaakoi 8. Mirus Thuthu 9. Mirus Moosa Kaleyfaanuge Dhonthuthu 10. Hikandhi Easaafulhu 11. Koyya Thahhaan 12. Mirus Easaafulhuge Dhonthuthu 13. Guikaru Adamfulhu. The second column “Hakuraagey Omaan'olhi” lists: 1. Faamudheyrigey Thuthu Dīdī 2. Maamaage Idhurees Thahhhaan 3. Kaashidhoo Ibrahim Thahhaan 5. Baburukoi Moosaafulhu 6. Ubushen Thahhaan. The third column “Velaanaage Muskulhi'olhi”: 1. Fenthashi Adamkaleyfaanu 2. Mirus Dhonthuthu 3. Heynaa Yahya 4. Sikka Ali Dīdī 5. Sikka Moosaa Dīdī 6. Fakka Muhammed Manik 7. Holhikoshee Edhuru Maniku 8. Himithee Dhosheekoi 9. Olhitheri Dhonthuthu. The fourth column “Dhoshimeynaage” lists: 1. Hithaadhoo Dhon Thahhaan 2. Mirus Adamfulhu 3. Soalhiyaa Dhon Hussein 4. Bilal Ismail Dīdī 5. Haneefaa Dhonkaleyfaanu 6. Gaafaru Ali 7. Bulhi Haajii. The fifth column is untitled, listing the names of: 1. Kaafoage Ismail Maniku 2. Banddidhoo Umaru Thahhaan 3. Dhapparu Thuthu Dīdī 4. Kalhufuthu Ismailfulhu 5. Finndhanu Alifulhu 5. Kukulhukoi 6. Koligey Easafulhu. (Size: 13.4" X 16.5")
K.Male' - list (Royal Gaurds)
(ތާރީހު އެގެންނެތް) އިސްކަންދަރު ރަސްގެފާނު، ރައްޔިތުންނަށް އައިނިއްޔަ ފަރުލުގެ އިލްމު ކިއަވާދިނުމަށް، ފިގުހުވެރިއެއް، އެދޮރޯއްޓަށް ލަށްވާ، އެއީ މަދަރުސާއެއް ކަމުގާ ހަށްދަވާ، އެފިގުހުވެރިޔާއަށް މުސާރައަކަށް އޮތް ތަކެއްޗަކީ، ވަށާ 50ބަމަ ހުންނަ ފަސް ހިންނަ، 200ބަމަ ހުންނަ ތިން ހިންނަ، 100ބަމަ ހުންނަ ތިން ހިންނައާއި، ދ.ދެބައިދޫ އާއި ފ/ދ.؟މާފުށިއާއި، ލެއްވިކަމުގާ، މާލޭ ހުކުރުމިސްކިތު ދެކުނު ދޮރާށީގެ އިރުމަތީ ބިތުގާ، އަރަބިން ލިޔެފާވާ ލިއުމުގެ، ތާނަ ތަރުޖަމާ.
އަދި މަތީގާވާ ލިއުމުގެ ތިރީގާ:
އެތަކެތި ހަވާލުކޮށްފާ ވަނީ ދޮށުންނަށް ކަމާ، އޭރު އެތަކެތި ދޮށުން އަތުގާ ވީނަމަ، އެއީ ބޮޑުބަނޑޭރިގެއަށް ހުންނަންވީ ތަކެތި ކަމުގާ، ތާނައިން ލިއެފާވެއެ.(މީ އެއަރަބި ލިއުމުގެ ބައެއް ކަމެއް އިނގޭކަށް ނެތެ)
Statement of the wages and assets of a person appointed as a Fiqh scholar of Malé Hukuru Miskiyy (Size: 10.1" X 8.1")
K.Male' - list (Trees)
(ތާރީހެއް އިނގޭކަށް ނެތް) މި ފަތް ވީރާނާވެފާ އޮތް ވަރުން، ކިޔަން އިނގެނީ ތަންތަން ކޮޅެ. އިންގެން އޮތްވަރަކީ އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ޝެއިހުލް އިސްލާމުގެ މަޖިލީހުން ލިޔެފާވާ ފަތެއް ކަމެ. Size: 10.7" X 8.8"
National Archives of Maldives(ތާރީހެއް ނެތް) މަތީ ސުރުހީއަކަށް، 'ހަކުރާގޭ، ވަރުހަގުން'، މިހެން ޖަހާ، ކޮންމެ އަވަށެއްގެ ވަރުހަނގުންގެ ނަން ވަކިވަކި ކޮލަމެއްގާ ޖަހާ، ހެންވޭރުގާ، އެއްގަމުގޭ އިބްރާހީމް ދީދީ، ދޮންމަނިކުގެ އިސްމާއީލް ދީދީ، ސިއްކަ އިސްމާއީލް ދީދީ، ނަލަ ހުސެއިން މަނިކު، ފުއްލާ އިބްރާހީމް ފުޅު، މާދޫގޭ އަހުމަދު ކަލޭފާނު، ސިއްކަ އަލިމަނިކުފާނު، މާދޫގޭ ދޮންތުއްތު، ބިލާލު އިސްމާއީލް ދީދީ، ބުޗާ މުހައްމަދު ފުޅު، ސިއްކަ ދޮންތުއްތު، ބުޗާ ދޮންތުއްތު، ހަސަން ތުއްތު، ޅަކޮއި ހާޖީ، ޅަރީތި އާދަމްފުޅު، އަނދުންގޭ ދޮންއަލިފުޅު، ފަހާގޭ އާދަމް ފުޅު، ބަބާގޭ ދޮންކޮއްކޮ، ހޮޅިކޮށީ ދޮންމަނިކު، އުމަރު ދޮންއަލީ، މާވަޑި އިބްރާހީމްގެ މުހައމަދު ފުޅު، ބުޗާ ކަޅުތުއްތުގެ ދޮންމަނިކު އަދި ރަންވިއްކާ އަލީ ކޮއި، އަދި މާފަންނުގާ، އެއްގަމުގޭ މުހައްމަދު ދީދީ، ބޮނޑިބަތްގޭ އިބްރާހީމް މަނިކު، ކާފޯގޭ އިސްމާއީލް މަނިކު، ފަށަވާޅުގޭ ކުޑަދޮންތުއްތު، ހަވައްޑޭ ތުއްތު ދީދީ، ކަނޑޫދޫގޭ ހާޖީ ކަލޭފާނު، ފުރަހަނީ މުހައްމަދު ހާޖީ ކަލޭފާނު، އެދުރުފުތު މުހައްމަދު މަނިކު، ކަނޑޫދޫ އަލީ ދީދީ، ކަރުކެހޭ ޅަކޮއި އަދި ކަނޑި ހުސެއިން މަނިކުގެ ދޮންމަނިކު، އަދި މައްޗަންގޯޅީގާ، ސޯޅިޔާ ދޮންހުސެއިން، ބާގަ މުހައްމަދުފުޅު، ކަބީލާ؟، އަދި ބާގަ މުހައްމަދުފުޅުގެ ދޮންތުއްތު، އަދި ގަލޮޅުގާ، މުލީގޭ ތުއްތުދީދީގެ އަބްދުއްލޯ ދީދީ، ސައިކުރާ ހަސަން ކަލޭފާނު، ކަތްދަކޮއި އިސްމާއީލްފުޅު، މުލަކު އަހުމަދުކަލޭފާނު، ސަތަރު ކުޑަތައްހާނު، ހަފޮޅު ދޮންކޮއި، ގިރާވަރު ޔޫސުފް އަދި ނާވައިދޫ އިބްރާހީމްގެ މުހައްމަދު، މިނަންތައް ޖަހާފާވާ ލިސްޓެއް. List of personal names (Size: 13.3" X 16.3")
K.Male' - Hakuraage - List
(ތާރީހެއް އިނގޭކަށް ނެތް) ފަތުގެ ނުފުށުގާ: 'އައްޑޫ ހުޅުދޫ ފުރަބަންޑާރައި ރާވެރީންނާއި އެރަށު މާމިސްކިތް ހަވާލުކުރެއްވި ފަތްކޮޅޫ' މިހެން، ތާނައިން ޖަހާފާވޭ. Size: 15.4" X 11.7"
S.Hulhudhoo - Hulhudhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(ތާރީހެއް ނެތް ރަސްކަމުގެ އަހަރަށް ބަލާފާ)1081ހ ރަމްލޯނު(1671މ ޖަނަވަރީ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު I ގެ ރަސްކަމުގެ 23ވަނަ އަހަރު، އެރަސްގެފާނު، ހުވަދޫއަތޮޅަށް ރަސްބަންޑާރަ ކަންތަކު ދާ މީހުންނަށާ، އެއަތޮޅު ތިނަދޫ ހުރިހާ ރައްޔިތުންނަށާ އަދި އެއަތޮޅު އެންމެހާ ރައްޔިތުންނަށް، މާފަރު ކިޔާ ފަރު، އެއަތޮޅު ހައޮއްޑޭ؟(ހަވޮށްޑާ؟) މީހުނަށް ދެއްވި ކަމާއި، އަދި އެ ހަވޮށްޑާގެ އެއްވެސް މީހަކަށް އަދި އެއްޗަކަށް، އެއްވެސް މީހެއް، ގެއްލުމެއް ދީގެން ނުވާނެކަމާ، ދީފިނަމަ އަދަބުލިބޭނެ ކަމުގާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި އިބްރާހީމް އާއި އުމަރު ގަދަހަމާދި ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-50)ގެ، 1962މ މާޗް 28(1381ހ ޝައްވާލް 21)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާ. Transcription from Dhives Akuru into Thaana script of stating ownership of the deserted island (Size: 9.8" X 7.8")
G.Havo'ddaa - Maafaru - Order
(ތާރީހެއް އިނގޭކަށް ނެތް) ދިވެސްއަކުރު ފަތެއް... މީގެ ތާނަ ތަރުޖަމާއަކީ، F0-50T Size:13.6" X 9.6"
G.Havo'ddaa - Maafaru - Order