-

Elements area

Taxonomy

Code

Scope note(s)

    Source note(s)

      Display note(s)

        Hierarchical terms

        -

          Equivalent terms

          -

            Associated terms

            -

              171 Archival description results for -

              171 results directly related Exclude narrower terms
              NAM DOC-MN-F0-48 · Item · -
              Part of Documents

              (ތާރީހެއް އިނގޭކަށް ނެތް) މިފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ހަންޏާމީދޫ މީހުން ގެނައި' މިހެން ޖަހާފާވޭ. Size: 15.1" X 11.5"
              A.Hangnyaameedhoo - A.Hangnyaameedhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy), Order

              National Archives of Maldives
              NAM DOC-MN-F0-47 · Item · -
              Part of Documents

              (ތާރީހެއް އިނގޭކަށް ނެތް) އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ދަރިކަލުން، އައްސުލްތާނު އިބްރާހީމް އިސްކަންދަރުގެ ސިއްކަޖަހާފާވާ ދިވެސް އަކުރުން ލިޔެފައިވާ ފަތެއް.
              ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ 'ކައްޗޭ މީދޫމިސްކިތުގެ ބޯގަ' އަދި 'ރ.މީދޫ' މިހެން ލިޔެފާވޭ.
              Size: 12.1" X 10.5"
              R.Meedhoo - Meedhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

              National Archives of Maldives
              NAM DOC-MN-F0-43T · Item · -
              Part of Documents

              (ތާރީހެއްނެތް) ފޮރި ހަސަންދީދީ ކުރަށްވާފާވާ، މި، (F0-43)ފަތުގެ ތަރުޖަމާއިން އެއްވެސް މާނައެއް ދޭހައެއްނުވޭ. Size: 9.9" X 7.9"

              National Archives of Maldives
              NAM DOC-MN-F0-36T · Item · -
              Part of Documents

              1071ހ(1661މ)ގާ، ސުވަސްތިސިރީ މަތަމަހާ ސިރީ ކުލަރަންމީބަ ކައްތިރި ބޮވަނަ މަހާރަދުން(އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1)ގެ ރަސްކަމުގެ 13ވަނަ އަހަރު، އަލްގާޒީ އިބްރާހީމް ފާށަނާކިލެގެފާނު(އައްސުލްތާނު އިބްރާހީމް 3 ކަލާފާނު)ގެ ޒިޔާރަތު(ކަލާފާނު ޒިޔާރަތް)ގެ ކިޔެވެނީން، އެރަދުންގެ ދަރުބާރުގާ، އެމީހުންގެ ވެރިއަކަށް ހުރި އަލްވަޒީރު ހުސެއިން ރަންނަބަނޑޭރި، ތުއްކަމަނާއަށް ދަރުމަކޮށް، ކަލާފާނު ޒިޔާރަތަށް ކޮށްފާވާ ވަގުފް އަތުލައިގަނެގެން އުޅޭކަމުގާ ބުނެ، އެވަގުފްގެ އިހުފަތުގާވާ މަގަށް އެކަން ހަމަޖަށްސާދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެތުއްކަމަނާ ނިޔާވިއިރު އޭނާގެ ފިރިއަކަށް ހުރި ފަރަށްޓެ ވެލާވަޅުނަ ތަކުރު އާއި އޭނާއަށް، އެތުއްކަމަނާއަށް ލިބުނު ތުއްކަލާ، އެކަމަނާއަށް ދަރުމަކޮށް ވަގުފްކޮށްފާ ވަނީ، ހަނިމާދޫ ނޫރައްދީނު ފަނޑިޔާރުގެ ދަރިން އަތުން އެކަމަނާ ގަނެފާވާ، މިލަދުންމަޑުލު (ނ.)މަނަދޫގާ އޮތް ހިންނައާއި، ކޮޅުމަޑުލު (ތ.)މާލިފުށި، އަރިއަތޮޅު(އދ.)މަންދޫގާ އޮތް އޭނާގެ ބެއި (ދެބެންގެދެދަރި)ކަލާފާނު ދެއްވާފާވާ، ކޮންމެ ބިތަކު 30ބަމަ ހުރި ބިމަކާ، އެބިމުގާ ހުރި ގޮއިދޫ ހުސެއިން އިންދާފާވާ ރުކާއި، (ފ.)ނިލަންދޫ މާޑުއް؟ އަތުން އެކަމަނާގެ ދެމަފިރިން ގަތް އަރިއަތޮޅު އެމްބުޅަލަފުށި؟(ބުޅާޅޮހި؟) ކިޔާ ރަށާއި، އެރަށުގާ ވީހާ ތަކެއްޗަކާ، އެކަމަނާ ރުއްއިންދަވާފާވާ އަރިއަތޮޅު(އދ.)ހިޔަފުށި އާއި، ތިލަދުންމަތިން އޭނާ، ކޮށަރިބެޔާގެ ދަރިންއަތުން ގަތް ބޮޑުހިންނައާއި، ކޮންމެއަހަރަކު އޭނާގެ އަހަރުމަތި ދުވަހު 8ފަހަރު ޔާސީން ސޫރަތް ކިޔަވާ، އޭނާގެ ޒިޔާރަތް އިމާރާތް ކޮށް، އަހަރުމަތި ފާތިހާ ކިޔަވާ، އެއެންމެހާ ކަންކަން ކުޅައުމަށް، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިން ކަން، އޭނާގެ ބެއި، ކަލާފާނުގެ ޒިޔާރަތުގެ ކިޔެވެނިންނަށް މަތިކުރަށްވާފާވާ ކަމުގާޔާ، އެއެންމެހާ ކަންކަން އޮންނަންވާނީ އެގޮތަށް ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އައްނައިބު އަބޫބަކުރު ލިޔެފާވާ ފަތުގެ(F0-36) ތާނަ ތަރުޖަމާ.
              މި ތަރުޖަމާގެ ސުރިހީއެއްގެ ގޮތުގާ، 'ގާޒީ އިބްރާހީމް ފާށަނާ ކިލެގެފާނުގެ ޒިޔާރަތް ބެހެއްޓުމަށް ވަގުފް ކުރި ތަކެތީގެ ފަތުގެ ތަރުޖަމާ' މިހެން ލިޔެފާވިޔަސް، މައިގަނޑުގ ލިޔެފާވަނީ، ތުއްކަމަނާ ޒިޔާރަތެ.
              Size: 9.9" X 7.8"
              ADh.Mahibadhoo - Thuhkamanaa (ziyaaraiy)

              National Archives of Maldives
              NAM DOC-MN-F0-27 · Item · -
              Part of Documents

              (ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ 'ބ. ކިހާދޫ' ޖަހާފާއޮތް ދިވެސްއަކުރު ފަތެއް. Document written in Dhives Akuru with 'BKihaadhoo' in Thaana on the second page (Size: 13.6" X 11.8")

              National Archives of Maldives
              NAM DOC-MN-F0-24T · Item · -
              Part of Documents

              (ތާރީހެއް ނެތް) ސިރީ ކުލަ ސަދައިރަ ސިއާކަ ސާސްތުރަ އައުދަ ކީރިތި ބަވަނަ މަހާރަދުން(އައްސުލްތާނު ހަސަން ނޫރައްދީނު)ގެ ދަރުބާރުގާ، ހުވަދޫއަތޮޅު މާތޮޑާގެ މަހަމޫދު ކަތީބުގެ ދަރިން، އެރަށުގާ މިސްކިތެއް އިމާރާތްކުރެވޭނެ ގޮތް ހަށްދަވާދެއްވުމަށް، އެދުމުން، މާލޭ މިސްކިތުން ފަންސަހަ؟ ލާރީގެ ކުނަލާ، ބޮޑީ؟ 8 ލާރި އާއި، ގޮއިކަން ލިއުވުމުން، މޫނުން މިނޭ(ރަށްމެދު މާލޫދު ކިޔާއިރު މީހުން އެހީއަކަށް ދޭފައިސާ ނުވަތަ ތަކެތި)ތަނުން 4 ލާރި އާއި، އެރަށުގެ ގޮއިބަޔަށް ލިބޭ އެއްޗަކުން 8 ލާރިޔަށްވުރެ އިތުރުވާ އެއްޗަކާ، އެރަށުގެ 'ހަންކަންދަލިދާގަ'؟ ގޮނޑުދޮށު 'މޫނުންބާނު'(ރަށްމެދު މާލޫދު ކިޔާއިރު މީހުން އެހީއަކަށް ދޭފައިސާ ނުވަތަ ތަކެތި، ވެދުމަށް ނުވަތަ ހަދިޔާއަށް ގެންދާ ތަކެތި)އާއި، އެރަށުން މަހަށް ދިޔަ ކޮންމެ އޮޑިއެއްގެ ރަށު މަހާއި، އެރަށުގެ ދެކޮޅުގާ އޮތް ފަޅާއި، މަސްބަޔަކާއި، އެއެންމެހާ އެއްޗެއް އެ މިސްކިތް މައްޗަށް ލަށްވާ، ލިޔެފާވާ ދިވެސްއަކުރު ފަތުގެ(F0-24)، ތާނަ ތަރުޖަމާއެއް. Size: 13.2" X 8.2"
              G.DH - Lhohi

              National Archives of Maldives