-

Zone des éléments

Référentiel

Code

Note(s) sur la portée et contenu

    Note(s) sur la source

      Note(s) d'affichage

        Termes hiérarchiques

        -

          Termes équivalents

          -

            Termes associés

            -

              171 Description archivistique résultats pour -

              171 résultats directement liés Exclure les termes spécifiques
              NAM DOC-MN-R-2 · Pièce · 1914
              Fait partie de Documents

              1332ހ ޖުމާދިލްއައްވަލް 16(1914މ އޭޕްރިލް 12)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު، މާލެ މެދު ޒިޔާރަތް ދެމިއޮންނަނިވި ރަނގަޅު ގޮތުގާ ބެލެހެއްޓުމަށްޓަކާ، ކ.ގާފަރު އާއި އަދި ރާއަތޮޅު، ކޮންމެސް ރަށެއްގެ(ނަމެއް ނެތް) ގޮއިފާލައްބައާ، އެ ޒިޔާރަތަށް ނަދުރަށް ގެންނަހާ ތަކެއްޗެއް، އެޒިޔާރަތުގެ ބޯގަޔަށް ލައްވާ، އެއިރަކު ތަހުތުގާ އިންނެވި ރަސްކަލަކު އެޒިޔާރަތް ބަލަހަށްޓާ މީހަކު އިސްކުރަށްވަން ޖެހޭނެ ކަމާ، ކޮންމެ ހުކުރުހޯމަ ވިއްލޭރޭ، ޒިޔާރަތުގެ ދޮރޯށީގެ ދެ ބަނޑިޔާ ކޮޅާ، އެތެރެ ވޮއްކޮޅު އަދި ބޭރު ފާރު ވަށާ ހުރި 7 ލަންޓަނު ދިއްލާ، ކޮންމެ ފަސްހެއުރެއަކު، އެތެރެ 7 ފާނޫޒު އަދި ހުޅަނގު އުތުރުކޮޅުގާ ހުންނަ ބަނޑިޔާކޮޅު ދިއްލާ، ހެންވޭރު ބޮޑުހިތި، އަދި ކުޑަހިތި ވިލޭރޭ، ކުރީގާ ބުނެވި ކަންތައްތަކުގެ އިތުރުން، ބޭރުފާރުގާ 150 ލެންޓަން އާއި، ދޮރޯށީގާ 6 ބަނޑިޔާ ދިއްލާ، ހަނދުވަރު ނުދޭ ކޮންމެ ރެޔަކު ބޭރު އުތުރު ފާރުގެ ދެކަނުގާ ހުރި ދެ ލެންޓަނު ދިއްލާ، ކޮންމެ އަހަރަކު، ފާރުތަކުގާ ހުދުއުވަލާ، ކޮންމެ އަހަރުމަތިފުޅުދުވަހަކު، އަސުރު ނަމާދަށް ފަހު 10 މީހުން ލައްވާ ޒިޔާރަތް ކާރީގާ ގުރުއާން، އަދި އެރޭ، 40 މީހުން ލައްވާ ފާތިހާ، ކިޔަވާ، ކޮންމެ ހުކުރުހޯމަ ވިލޭރޭ، ޒިޔާރަތް ދޮށުގާ ޔާސީން ފާތިހާ ކިޔާ، ކޮންމެ ހުކުރު ދުވަހަކު، މުޅި ޒިޔާރަތް ސާފުކުރުމާ، ބައިތުލްމާލުން، ޒިޔާރަތުގެ ދިދަ އާއި ދަވާދު އަދި، ބާވެއްޖެ ކޮންމެ އެއްޗެއް އާކުރުމާއި، އަދި، ކުރަންވި ކޮންމެ މަރާމާތު ކުރަންޖެހޭނެ ކަމާއި، ގާފަރު މީހުން ކޮންމެ އަހަރަކު 2ކަނޑި އުވަޔާ، ދޮންވެލި، ޒިޔާރަތަށް ގެނެސް ދޭންޖެހޭނެ ކަމާއި، ގާފަރުގާ ފުރާތަދަތުރުއޮޑި އޮންނަންޖެހޭނެ ކަމާއި، މިއެންމެކަންކަން، ދާއިމަށް އޮންނަން ޖެހޭނެ ކަމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް.
              K.Male' - Medhu Ziyaaraiy (Mausoleum) - Endowment for Shrine (ziyaaraiy)
              (Size:19.05" × 12")

              Sans titre
              NAM DOC-MN-R-9 · Pièce · -
              Fait partie de Documents

              (ތާރީހެއް ނެތް)، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، ނިލަންދެ(ފ.،ދ.)އަތޮޅު ރައްޔިތުންނަށް، އެއަތޮޅު(ދ.)މަތިމުރުކާލި ކިޔާ ފަޅުން، (ދ.)ބަނޑިދޫގެ ރައްޔިތުން، ބޮލިހިލާ އަދި މަސް ބާނާ ހެދިޔަސް، އެއްވެސް މީހަކު އެމީހުންނާ ބެހި، ދެކޮޅުވެރިކަމެއް ނުވުމަށް، އަމުރުކުރައްވާފާ ފަތެއް.
              A royal decree written in thaanascript stating that Dhaalu Mathimurakaali reef is open for fishing and other uses for Dhaalu Ba'ndidhoo people (Size:5.05" × 4.35")
              Dh.Ban'didhoo - Mathi Muraka Lagoon - Order (Falhu)

              Sans titre
              NAM DOC-MN-R-31 · Pièce · -
              Fait partie de Documents

              (ތާރީހެއް އިނގޭކަށް ނެތް) 10ވަނަ ފޮޅުވަތުގާ، 'އައްސުލްތާނު މުހައްމަދު އިމާދުއްދީނު' އަދި، 11ވަނަ ފޮޅުވަތުގާ 'ރަމްލޯނު މަހު' އަދި އެކިތަންތަންކޮޅުގާ 'ވަގުފް'، އަރަބިން ލިޔެފާވާ ދިވެސްއަކުރު ފަތެއް.(Size: 15.65" × 12.4")

              Sans titre
              NAM DOC-MN-D-7 · Pièce · -
              Fait partie de Documents

              A royal decree of protection for Ha'oddey Dhamana Kanbulo(Size: 7.4" × 4.1") -- (ތާރީހެއް އިނގޭކަށް ނެތް) އަލްވަޒީރު ދޮށިމޭނާ މަނިކުފާނު، ހައޮއްޑޭ ދަމަނު؟ ކަނބުލޯއަށް އެކި ފަރާތްފަރާތުން ދީފާވާ ފަތް ބަލާ، އޭގާއޮތް ފަދައިން، އެމީހުންނަށް އަނިޔާކޮށް، ގެދޮރަށް ވަދެ ނެހެދޭނެ ކަމުގާ ލިޔެފާ ފަތެއް. (މިފަތުގެ ފަހުބައި ހަލާކުވެ ކިޔަން އިނގޭވަރެއް ނޫން)
              G.Hao'ddaa - Order

              Sans titre
              NAM DOC-MN-R-25 · Pièce · -
              Fait partie de Documents

              (ލިޔެފާވާ ތާރީހެއް، ފަރާތެއް ނެތް)، 'އަހުރެމެންގެ ސާހިބު – މާތް- ރަދުންގެ ފުތް ރަދުން – އެއީ އިބްރާހީމް އިސްކަންދަރު ރަދުންނެވެ ކިޔޭ ރަދުނެވެ-' މިހެން ފަށްޓާ، އަދި މިސްކިތާ ބެހޭ ކުޑަ ހަދީސް އެއް ލިޔެ، 'ލިޔުންތެރިޔާ' އެރަދުންނަށް ދެންނެވި ހަދީސެއް އައްސަވާ، އެކަމާ ވިސްނަވާ، އެރަދުންނާއި އެރަދުންގެ ބައްޕަގެ ކުއްފާފަތަކުން މިންޖުކުރެއްވުމަށް އެދި، އެ ބަރަކާތްތެރި ބޮޑު ހުކުރު މިސްކިތް ބިނާކުރަށްވަން ފެއްޓެވި ކަމާއި، އެ، ބިނާކުރަން ފެއްޓެވީ، ކުރީގާ އެތާގާހުރި، އައްސުލްތާނު ދަރްސަން؟؟(ދަރުމަވަންތަ)ރަދުން، އަޅުއްވާފާ ހުރި ހުކުރު މިސްކިތް ބާވެގެން ކަމުގަޔާ، އެ މިސްކިތް ބިނާކުރައްވަން ފެއްޓެވީ، 1066ހ ޝައުބާން 22(1656މ ޖޫނު 15)ވަނަ ހުކުރުދުވަހު ކަމާއި، ދިގުމިނުގާ 120މުށް(180ފޫޓު) ހުރި ކަމާ، ބޭނުންކޮށްފާވާ ލަކުޑިއާއި، މިސްކިތުގެ އެކި އެކި ތަންތަނާއި ލިޔުންތަކުގެ ވާހަކަޔާ އަދި އެ އެންމެހާ ކަންތައް އެކުލަވާ ހެއްދެވީ އެރަދުންގެ ބެއްލެވުމުގެ ދަށުން ކަމުގާ ލިޔެފާވާ ލިޔުމެއް.
              ފަތުގެ ނިމުން ނެއްކަމުގާ ބެލެވޭ... އަދި މިއީ ދިވެސްއަކުރުގެ ތަރުޖަމާއެއް ކަމުގާ ހީވޭ.
              Update on construction work for a new mosque(Size:13.35" × 8.4")
              K.Male' - Hukuru Miskiiy (Mosque) -Writing(Report)

              Sans titre
              NAM DOC-MN-F0-36T · Pièce · -
              Fait partie de Documents

              1071ހ(1661މ)ގާ، ސުވަސްތިސިރީ މަތަމަހާ ސިރީ ކުލަރަންމީބަ ކައްތިރި ބޮވަނަ މަހާރަދުން(އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1)ގެ ރަސްކަމުގެ 13ވަނަ އަހަރު، އަލްގާޒީ އިބްރާހީމް ފާށަނާކިލެގެފާނު(އައްސުލްތާނު އިބްރާހީމް 3 ކަލާފާނު)ގެ ޒިޔާރަތު(ކަލާފާނު ޒިޔާރަތް)ގެ ކިޔެވެނީން، އެރަދުންގެ ދަރުބާރުގާ، އެމީހުންގެ ވެރިއަކަށް ހުރި އަލްވަޒީރު ހުސެއިން ރަންނަބަނޑޭރި، ތުއްކަމަނާއަށް ދަރުމަކޮށް، ކަލާފާނު ޒިޔާރަތަށް ކޮށްފާވާ ވަގުފް އަތުލައިގަނެގެން އުޅޭކަމުގާ ބުނެ، އެވަގުފްގެ އިހުފަތުގާވާ މަގަށް އެކަން ހަމަޖަށްސާދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެތުއްކަމަނާ ނިޔާވިއިރު އޭނާގެ ފިރިއަކަށް ހުރި ފަރަށްޓެ ވެލާވަޅުނަ ތަކުރު އާއި އޭނާއަށް، އެތުއްކަމަނާއަށް ލިބުނު ތުއްކަލާ، އެކަމަނާއަށް ދަރުމަކޮށް ވަގުފްކޮށްފާ ވަނީ، ހަނިމާދޫ ނޫރައްދީނު ފަނޑިޔާރުގެ ދަރިން އަތުން އެކަމަނާ ގަނެފާވާ، މިލަދުންމަޑުލު (ނ.)މަނަދޫގާ އޮތް ހިންނައާއި، ކޮޅުމަޑުލު (ތ.)މާލިފުށި، އަރިއަތޮޅު(އދ.)މަންދޫގާ އޮތް އޭނާގެ ބެއި (ދެބެންގެދެދަރި)ކަލާފާނު ދެއްވާފާވާ، ކޮންމެ ބިތަކު 30ބަމަ ހުރި ބިމަކާ، އެބިމުގާ ހުރި ގޮއިދޫ ހުސެއިން އިންދާފާވާ ރުކާއި، (ފ.)ނިލަންދޫ މާޑުއް؟ އަތުން އެކަމަނާގެ ދެމަފިރިން ގަތް އަރިއަތޮޅު އެމްބުޅަލަފުށި؟(ބުޅާޅޮހި؟) ކިޔާ ރަށާއި، އެރަށުގާ ވީހާ ތަކެއްޗަކާ، އެކަމަނާ ރުއްއިންދަވާފާވާ އަރިއަތޮޅު(އދ.)ހިޔަފުށި އާއި، ތިލަދުންމަތިން އޭނާ، ކޮށަރިބެޔާގެ ދަރިންއަތުން ގަތް ބޮޑުހިންނައާއި، ކޮންމެއަހަރަކު އޭނާގެ އަހަރުމަތި ދުވަހު 8ފަހަރު ޔާސީން ސޫރަތް ކިޔަވާ، އޭނާގެ ޒިޔާރަތް އިމާރާތް ކޮށް، އަހަރުމަތި ފާތިހާ ކިޔަވާ، އެއެންމެހާ ކަންކަން ކުޅައުމަށް، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިން ކަން، އޭނާގެ ބެއި، ކަލާފާނުގެ ޒިޔާރަތުގެ ކިޔެވެނިންނަށް މަތިކުރަށްވާފާވާ ކަމުގާޔާ، އެއެންމެހާ ކަންކަން އޮންނަންވާނީ އެގޮތަށް ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އައްނައިބު އަބޫބަކުރު ލިޔެފާވާ ފަތުގެ(F0-36) ތާނަ ތަރުޖަމާ.
              މި ތަރުޖަމާގެ ސުރިހީއެއްގެ ގޮތުގާ، 'ގާޒީ އިބްރާހީމް ފާށަނާ ކިލެގެފާނުގެ ޒިޔާރަތް ބެހެއްޓުމަށް ވަގުފް ކުރި ތަކެތީގެ ފަތުގެ ތަރުޖަމާ' މިހެން ލިޔެފާވިޔަސް، މައިގަނޑުގ ލިޔެފާވަނީ، ތުއްކަމަނާ ޒިޔާރަތެ.
              Size: 9.9" X 7.8"
              ADh.Mahibadhoo - Thuhkamanaa (ziyaaraiy)

              Sans titre
              NAM DOC-MN-F0-114 · Pièce
              Fait partie de Documents

              (ތާރީހެއް ނެތް) މަތީ ސުރުހީއަކަށް، 'ވެލާނާގޭ ވަރުހަގުން'، މިހެން ޖަހާ، ކޮންމެ އަވަށެއްގެ ވަރުހަނގުންގެ ނަން ވަކިވަކި ކޮލަމްގާ ޖަހާ، ހެންވޭރުގާ، ވެލާނާގެ މުހައްމަދު ދީދި، ލޯޖެހި ދޮށީ ތުއްތު، ހޮޅިގޭ އިބްރާހީމް ދީދީ، ހޮޅިކޮށީ އެދުރު މަނިކު، ދޮށީގޭ އިބްރާހީމް މަނިކު، ކެއޮޅުބޭ އަލީ ތައްހާނު، މުލަކު ކޮއްޔަ ތައްހާނު، ވައްބެރު ދޮންތުއްތު، ކަޅުފުތު އިސްމާއީލްފުޅު، ދޮންފަޅޯ ދޮންމަނިކު، ނެލު ކުޑަމަނިކު، ގުޅީ ކުޑަކޮއި، ގޯނބިލި ކަލޭފާނު، ކޮޓަރި ހަސަން ތައްހާނު އަދި ގުޅީ ހަސަން ފުޅު؛ އަދި މާފަންނުގާ، ފުރަހަނީ ދަންޑެހެލު ތައްހާނު، ދިގު އީސާ ތައްހާނު މުހައްމަދު ފުޅު، ލޯހުދު ޔޫސުފް ފުޅު، އެޅަބެ، ތުޅާދޫގެ ދޮންމަނިކު، ކޮލިގޭ ހާޖީގެ ދޮންކޮއްކޮ، ކަނޑޫދޫ ކުޑަކޮއްކޮގެ ދޮން އާދަމް، ނޮޅިވަރަމު ކަނަ އިސްމާއީލްގެ ހުސެއިން، މަރުކަބު އަލީ ކަލޭފާނު، ތުޅާދޫ މޫސާ މަނިކުގެ އިބްރާހީމް މަނިކު، މިރުސް ދޮންތުއްތު؛ އަދި މައްޗަންގޯޅީގާ، ވެލިދޫ ޅަކޮއި ކަލޭފާނު، ތަކަންދޫ އުބުށެން ތައްހާނު، ފިނދަނު އިސްމާއީލް ފުޅު، ކަފި ހަސަން ތައްހާނު، ވެލިދޫ ޅަކޮއި ކަލޭފާނުގެ ދޮންތުއްތު، ފީބޯ ކާސިން ކަލޭފާނު، އުނބުހޮވާ ޔޫސުފް ފުޅު، ދޮންމަނިކު ޅަތުއްތު، ސިނީ ކުޑަމަނިކު އަދި އަބާ މުހައްމަދު ފުޅު؛ އަދި ގަލޮޅުގާ، ބޮނޑިބަތް ކާސިން ކަލޭފާނު، ފެންތަށި އާދަމް ކަލޭފާނު، މަލަން އާދަމް ކަލޭފާނު، ކެރަފާ އަލިފުޅު، މިނާގޭ ހަސަން ފުޅު، ރާގޭ ދޮންމޫސާފުޅު، ހިޔަލަގޭ އަހުމަދު ކަލޭފަނު، ކާޅު އިބްރާހީމްފުޅުގެ ދޮންތުއްތު، ވައްބެރު އީސާ ފުޅު، ކުކުޅު ކޮއި އަދި މިނާގޭ ހަސަންފުޅުގެ ދަރިފުޅު، މިނަންތައް ޖަހާފާވާ ލިސްޓެއް. List of personal names (Size: 13.4" X 10.5")
              K.Male' - Velaanaage (Housing Plot) - list (varuhan'gun)

              Sans titre
              NAM DOC-MN-F0-134 · Pièce · -
              Fait partie de Documents

              (ތާރީހެއް ނެތް) އައްސުލްތާނު މުހައްމަދު ފަރީދު ދީދީ، 'އަރިއަތޮޅު ފެންފުށި މޫސާ''(މިބައި ފުރާފާ).. ރައްޔިތުންނަށް، މަތީގާ ދިވެހިރާއްޖޭގެ ނިޝާން ޖަހާފާ، 'ދިވެހިރާއްޖޭގެ ކީރިތި މަހާރަދުންގެ ކިބައިން، .......... ރައްޔިތު އެންމެން ތަކަށް ބަހެއް.' މިހެން ފަށްޓާފާވާ، ރާއްޖެތެރޭގެ އެކިއެކި މަގާމް ދިންކަމާއި، އެމަގާމްގެ ޒިންމާއާ، އެރަށެއްގެ މީހުން އެކަން ގަބޫލުކޮށް، އޭނާގެ އެންގާ އެންގުމަށް ކިޔަމަންވާން ޖެހޭނެކަމާ، އޭނާޔާ ނުލާ ޖަމާއަތު ކަންކަން ނުކުރެވޭނެކަމާ، އެކަންކަމާ ހިލާފްވެއްޖެއްޔާ، އަދަބު އޮންނާނެކަމުގާ ލިޔެ، ފުރާލުމަށް ހުސްތަން ދޫކޮށް، ސޮއިވެރިއަކަށް އައްސުލްތާނު މުހައްމަދު ފަރީދުލްއައްވަލުގެ ނަން ޖަހާ، ޗާޕް ކޮށްފާވާ، ފުރިހަމައަށް ނުފުރާ އޮތް، ސިޓީ ފޯމެޓެއް. Letter from Al Sultan Muhammed Fareed Didi to the people of Fenfushi (Size: 13.3" X 8.4")
              A.Dh.Fenfushi - Appointment letter (Format)

              Sans titre