(އަހަރެއް ނެތް)ރަޖަބް މަހުގެ އެކި ދުވަސް ޖަހާ، އެއްފުށުގާ 'ސިއްތިފުޅުއަށް' މުސްކުޅިފާނު ބަދިގޭ މީހުނަނަށް' ' ގަނޑު މާލޫދު ކިޔާ މީހުންނަށް' އދވސ، ތަކެތި ހޯދަން ފައިސާ ދިން ކަމާއި، ވަރު ޖަހާ، އަނެއްފުށުގާ، އެކިތަންތަނަށް އެކި ކަންކަމު ހަނޑޫ ދިންވަރު ޖަހާފާވާ ކަރުދާހެއް.
މިކަރުދާސް ވަނީ ފުދޭވަރަކަށް ހަލާކުވެފަ.
List of people who were given money to purchase supplies, and a rice distribution list (Size: 7.7" X 6.3")
-
171 Descrição arquivística resultados para -
(ތާރީހެއް ނެތް)ބޮޑުބަދިގެ، ކައްކާބަދިގެ، ކުޑަކިބާ ބަދިގެ އަދި ރަންބަދިގެ، މީން ކޮންމެ ބަދިގެޔަކަށް ލާރީގެ އަދަދެއް ޖަހާފާވާ، ނުފުށުގާ 'ތެލިމުށިދޭގޮތް' މިހެން ޖަހާފާވާ ކަރުދާހެއް.
List of kitchen expenses (Size: 4.6" X 4.2")
K - Male' - Royal Palace - Writing
(ތާރީހެއް ނެތް) އެކިއެކި ބަދިގެއާއި ގަނޑުވަރުތަކާއި، ބޭބޭކަލުންނާއި، ތަކެތީގެ އަދަދު ޖަހާ، ލިސްޓުކޮށްފާވާ ކަރުދާހެއް.
List of palace kitchens and their staff (Size: 6.9" X 3.85")
(ތާރީހެއް ނެތް)"ބަޑަހަލު ދޮންކޮއްކޮ އަތަށް" މިހެން ޖަހާފާވާ ސިޓީއުރައެއް.
Envelope addressed to Ba'ndahala Dhonkokko (Size: 3.5" X 6.2")
(Size: 15" × 0.55D") ފަތްކޮޅުފަދަ ލިޔެކިޔުން އޮޅާލަން ގެންގުޅޭ ދަނޑިފޯއްޔެއް.
wooden stick
މަސްއަލަ ބައްލަވައިދެއްވުމަށް ޝަރުއިއްޔާގައި ދެންނެވުނު ގޯތިތަކާއި ގޯތި ތަކުގެމަސްއަލަ ނިމެމުންދާގޮތް' ނަމަކަށް ޖަހާ، ވައަތު ތިރީ ކަނުގާ 'ވަޒީރުލް އައުޒަމްގެ އޮފީސް' ޖަހާފާވާ، ފޮތެއްގެ ބަނޑޭރިގަނޑެއް ކަހަލަ ކަރުދާހެއް.
Book cover (Size: 12.9" X 8.1")
ރޯދަ އާއި އީދު ގޮވާލުމަށް، މުޅި އަދި ނާޅީގެ އަދަދު ނޯޓްކޮށްލާފާވާ ކަރުދާހެއް.Size: 6.6" X 4.1"
K - Male' - Writing
(ފަތް ލިޔުނު ތާރީހެއް އިނގޭކަށް ނެތް)1076ހ ޝައުބާން 9(1666މ ފެބްރުވަރީ 14)ގެ ފަހު ތާރީހެއްގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު ރަދުންގެ ރަސްކަމުގާ؛ 1027ހ(1618މ)ގާ، (އައްސުލްތާނު)ހުސެއިން ފާމުލަދޭރި ކިލެގެފާނާ، ސަސްކަފުރަދާނަ(އެންމެންކުރެ އިސްމީހާ) ކަނބާ އައިޝާ ރަނި ކިލެގެފާނާއި ދެމަފިރިކަނބަލުން، އެދެމަފިރިންނަށް ހެއޮރަހުމަތާ ޝިފާލިބުމަށް ދުވާކުރުމަށްޓަކާ، އެ ދެމަފިރިންގެ މިލްކު މުދަލުން، މިސްކިތެއް ބިނާކުރަށްވަން ފައްޓަވާ(ކޮން/ކޮންތާކުހުރި މިސްކިތެއް ކަމެއް އިނގޭކަށް ނެތް)، އެތަން ނުނިމެނީސް، 1029ހ(1620މ)ގާ، އެކިލެގެފާނުން ފުރައައްތަވެ (ނިޔާވެ)، އޭގެ ފަހުން، ސުވާސްތިސިރީ މަތަމަހާސިރީ ކުލަސުންދުރަ ސިޔާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރި ބޮވަނަ މަހާރަދުން{(ނަމެއްނެތް...ތާރީހަށް ބަލާ ބުނެވޭނީ، މިއީ އައްސުލްތާނު މުހައްމަދު އިމާދުއްދީނު 1 (ބޮޑުރަސްގެފާނު/ކަޅުތުއްކަލާ)}ނާ މިކަނބާފާނު ކައިވެނިބައްލަވައިގަނެ، އެ މިސްކިތުގެ 4 ތަޅުން(ދުވާރު) އަޅާ، ފުރަމާރަ(ދޮރޯށި)ލާ، ފެންވަޅު ކޮނެ، ދަނާވަތި(ކަށްބިން) ހަށްދަވާފާ ވަނިކޮށް، އެރަދުންވެސް ނިޔާވެ، އެރަދުންނަށް ރާދަކިހުންދިއަ ފުރަސޫތާވެ(އަށަގަނެ) ލިބުނު ރަސްދަރިކަލުން، ސުވަސްތިސިރީ މަތަމަހާސިރީ ބަރިކުސަދާނަ ސިރީކުލަ ރަންބި ބަދަނާލަވި ރަސިންގަ ނަވަރަންނަ ކީރިތި އައުދާނަ ކައްތިރި ބޮވަނަ މަހާރަދުން(މިއީ އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ކޮލިނަމެ...)ގެ ދަރުބާރުގާ އެކަމަނާ އެދިވަޑައިގެން، އެމިސްކިތުގެ ކަށްބިމުގާ ބަޑިކު(ވެވު)އެއް ހައްދަވާ، އެ މިސްކިތަށް ބޯގަޔަށް ވާނެ އެއްޗިއްސާ، އެއްޗެހިން ކުރައްވާނޭހާ ކަންކަން އެދަރުބާރުގާ ވިދާޅުވެފާ، ފަތެއް ނުލިޔެވި ވަނިކޮށް، އެކަމަނާ އަވަހާރަވެ{1076ހ ޝައުބާން 9(1666ހ ފެބްރުވަރީ 14)}، އޭނާ ފަސްދާނުވޮޑިގަނެ(ވަޅުލާ)، ދުއާކުރުމުގެ ކަންތައް ނިމުމުން، ހަމަ އެތާމެ ތިއްބަވައިގެން، އޭނާގެ ދަރިންކުރެ، އިސްކަންދަރު ރަސްގެފާނާ، ހުސެއިން ފާމުލަދޭރިކިލެގެފާނުންނަށް ލިބިވަޑައިގެން އަލްވަޒީރު ހަސަން ފާށިނާ ކިލެގެޔާ، އެކިލެގެ ދަރި ދޮންމުހައްމަދު މަނިކުއާ، އެކަމަނާގެ އަނެއް ދަރި އަލްވަޒީރު މުހައްމަދު ދޮށިމޭނާ ކިލެގެ ގެދަރި ހަސަން ރަންނަބަނޑޭރި ކިލެގެޔާ، އެކަމަނާގެ އައިމިނާ މަނިކެއާއި، ދެންހުންނެވި ދަރި އަލްވަޒީރު އަލީ ރަންނަބަނޑޭރިކިލެގެ ގެދަރި އަލްވަޒީރު ހުސެއިން ފާމުލަދޭރިކިލެގެޔާ، މުހައްމަދު މަނިކު(ބެލެވެނީ އިބްރާހީމް އިސްކަންދަރުގެ ދަރި ކަމުގާ)އާ، މިއެންމެ ބޭފުޅުން، މާލެ އަލްހަތީބު އިބްރާހީމް ބަންޑާރަނައިބު ތަކުރު މަނިކު އާއި މަޝްވަރާކުރަށްވާ، އަދި އިސްކަންދަރު ރަދުން، އެމިސްކިތުގެ ހަވާލުވެރިކަން ލެއްވުމަށް އެންމެ އެކަށިގެންވަނީ، އެރަދުންނާ އެއްބަނޑު، ދޮށީ، ތިން ފިރިހެން ބޭފުޅުންގެ ދަރިކޮޅަށް ކަމުގާ ވިދާޅުވުމުން އެގޮތަށް އެންމެހާ ބޭފުޅުން އެއްބަސްވެވަޑައިގަނެ، އެ ޝަރީއަތު މަޖިލީހުން އެކަން ގަބޫލުކޮށް، އެރަނީންގެ ވަސީއްއަތުގެ ހެކި ސާބިތު ކުރުމުން، ކަނބާއައިސަ ވިދާޅުވެފާވާ ގޮތަށް އެމިސްކިތުގެ ބޯގަކަމުގާ: އެރަނީން، އިސްމާއީލް ފާމުލަދޭރި އަތުން ބައްލަވައިގަތް ކުޑައައްލާމަގު ހިންނަޔާ، ބޮޑުތަކުރުފާނުގެ ދަރި އަލްގާޒީ އިބްރާހީމް ފާށިނާކިލެގެ މިސްކިތު ކިޔެވެނީންއަތުން ބައްލަވައިގެން ކަހާ ކޮށީ ހުޅަނގު ހިންނަޔާ، މި ހިންނައިން އުތުރަށްގޮސް، ފަކުސަމަ(ހުޅަނގުން) މާލޭ މާމިސްކިތު ހިންނަޔާ އިންވެ ދަކުސަނަ(ދެކުނުން) އަލްގާޒީ އިބްރާހީމް ފާށިނާކިލެގެ މިސްކިތާ އިންވެ، އެދެމެދު އޮތް އެ މިސްކިތް ހުރި ހިންނަ އާއި އެބިމުގާ ވާހާ ތަކެއްޗާ، މާފިލާފުށީ ފާތުމާ ރަނިކިލަގެ ހިންނަގެ ފޫރުއްބައިން(އިރުން) މާމިސްކިތު ބިމާ އިންވެ، ހުޅަގު އުތުރުން އައިމިނާ މާވާކިލަގެ މިސްކިތު ހިންނައާ އިންވެ އޮތް އެގަނޑުވަރުގެ އޮޅި ހިންނަޔާ، ކަނބާއައިސަ، ފަގީގެ؟؟ދަރިން އަތުން ބައްލަވައިގެތްފާވާ، އިރުން، ފަގީގެ ވަގުފް ގޯއްޗާ އިންވެ، އުތުރުން، ކެބުއަޅާ މަގާ އިންވެ، ހުޅަނގުން، ބަދަރު ދޮށިމޭނާކަލޯގެ ކިޔެވެނިކަމު ހިންނަޔާ އިންވެ، ދެކުނުން މައްޗަންގޯޅި އާއި އިންވެ އޮތް ހިންނަޔާ، ސަންފާރަނިކިލަގެ ގަނޑުވަރާ ޖެހިގެން އޮތް އޮޅި ހިންނަޔާ، އެބިމުގާ ވާހަ ތަކެއްޗާއި، އެކަބާފާނުގެ ނޯކަރެއްކަމުގާވާ ނިލަންދޫ ޔަހުޔާ ތަކުރު، އެކަނބާފާނަށް ހިބައިންދިން އޭނާގެ މިލްކުގާވާހާ ދަޑާ، ރުއްގަހާ، ހިންނަބިމުގެ ތެރެއިން، ގަލޮޅު ހިންނައިގެ އިރުން ބޮޑުމަގަށް؟؟ ދާންއޮތް މަގާ އިންވެ، އުތުރުން ދިއްލީރަނިކިލަގެ ކިޔަވަނިކަމު ހިންނަޔާ އިންވެ، ހުޅަނގުން ދެބޭރަނި މިސްކިތު ފާރާ އިންވެ، ދެކުނުން ކޮލިހިނގާ މަގު(މަޖީދީ މަގު)ން ފަންކޮޅުލާމަގާ އިންވެ، އޮތް ބަން ހިންނަޔާ، އެ ބިމުގާވާހާ ތަކެއްޗާއި، އަރިއަތޮޅު މާޅޮހު މާނަގަރާއި އެބިމުގާ ވާހާ ތަކެއްޗަކާ، ފެރިދޫ މާފަތްކަލޯގެ ދަރިން އަތުން އެކަނބާ ބައްލަވައިގަތްފާވާ އ.އަރިއަދޫއާ، އެރަށުގާވާހަ ތަކެއްޗާ، ހަސަން މުސްކުޅި ތަކުރު އަތުން ބައްލަވައިގަތްފާވާ ނަގޫމާފުށި(ކ.މާފުށި) އާ، އެރަށުގާވާހާ ތަކެއްޗާ، މިއެންމެހާ ތަކެއްޗެއް، އެމިސްކިތުގެ ބޯގަޔަކަށް ލައްވާ، އެމިސްކިތުގެ މަރާމާތުކޮށް، ސާފުކޮށް، ބަންގި ސޮލަވާތްކިޔާ ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ހަވާލުވެރިކަން އެ ތިންބޭކަލުންގެ ދަރިކޮޅަށް ލަށްވާ، ބޯގަޔަށް ލެއްވި ތަކެތިން، މާޅޮހާއި، މާފަންނުގާ އޮތް ފާތިމާރަނިކިލަގެ ގަނޑުވަރު އޮޅި ހިންނަ، އަލްވަޒީރު މުހައްމަދު ދޮށިމޭނާކިލެގެ ދަރިކޮޅަށް، އަރިއަދޫ އާއި މާފަންނު ހަދި މުހައްމަދު ރަސްގެ ގެދަރި ސަންފާރަނިކިލަގެ ގަނޑުވަރު އޮޅި ހިންނަ، އަލްވަޒީރު އަލީ ރަންނަބަނޑޭރިކިލގެ ދަރިކޮޅަށް އަދި ގަލޮޅުގާ އޮތް ބަން ހިންނަ އާއި މާފުށި، އަލްވަޒީރު ހަސަން ފާށިނާކިލަގެ ދަރިކޮޅަށް ކަމުގާ ނިޔާކުރައްވާ؛ އެރަދުންގެ ސިއްކަޖަހާ، ފަތް ލިޔުމުގެ އަމުރުނެރުއްވުމުން؛ ބަނޑޭރި ހުސެއިން ހަނދޭގިރި ކިޔުމުން،ފިއިއުލި(ފީއަލި؟؟) ހަތީބު ލިޔުނު ދިވެސްއަކުރު ފަތުގެ(F0-111)ގެ ތާނަ ތަރުޖަމާއެއް. Size: 58.5" X 11.6"
Kanbaa Aisa Miskiiy (Mosque) - Endowment for Mosque
(ތާރީހެއް އިނގޭކަށް ނެތް) ދިވެސްއަކުރު ފަތެއް. (F0-99Tއަކީ މިފަތުގެ ތަރުޖަމާ) Size; 36" X 8.6"
Mahumoodhu Ghaazee Miskiiy (Mosque)
(ތާރީހެއް އިނގޭކަށް ނެތް) މި ދިވެސްއަކުރު ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ސ.ހިތދޫ ހުކުރު މިސްކިތުގެ ދިވެސް' ލިޔެފާވެއެ. Size; 34.2' X 11.2'
S.Hithadhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)