Mostrando 145 resultados

Descripción archivística
145 resultados con objetos digitales Muestra los resultados con objetos digitales
NAM DOC-MN-N-53 · Unidad documental simple · -
Parte de Documents

(ތާރީހެއް ނެތް) 'ދިވަހިރާއްޖޭ ރައްތަކުގެ ވެރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު މާތްރަދުންނަށް އެރަދުންގެ ދަރިކަލުން ކޮޅުބަށް ބޭސްކޮޅުކުރެއްވުމަށް ފޮނުއްވާން އުޅުއްވާ ދަތުރުފުޅާ ދޭތެރޭ އިބްރާހީމްދީދީގެ ދަރި އަބްދުލް މަޖީދު ފޮނުވި ސިޓީގެ ނަކަލު' މިހެން ލިޔެފާވާ، ސްޓޭންޕް ނުޖަހާ އޮތް، (N-49ގާ އެވާ ސިޓީ ލާފާވާ) އޮތް ސިޓީއުރައެއް.
(Size: 3.55" x 6")
Envelope

Sin título
NAM DOC-MN-N-52 · Unidad documental simple · -
Parte de Documents

(ތާރީހެއް ނެތް) 'ދިވެހިރާއްޖޭ ރައްތަކުގެ ވެރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު މާތް ރަދުންނަށް އެރަދުންގެ ދަރިކަލުން ކޮޅުބަށް ބޭސްކޮޅުކުރެއްވުމަށް ފޮނުއްވަވާން އުޅުއްވާ ދަތުރުފުޅާ ދޭތެރޭ އިބްރާހީމް ދީދީގެ ދަރި އަބްދުލް މަޖީދު ފޮނުވިސިޓީގެ އިނގިރޭސި ނަކަލް' މިހެން ލިޔެފާވާ، ސްޓޭންޕް ނުޖަހާ އޮތް، ސިޓީއުރައެއް.
(Size: 9" x 3.95")
Envelope

Sin título
NAM DOC-MN-N-106 · Unidad documental simple · 1903
Parte de Documents

1321ހ(1903މ އޮކްޓޯބަރު 7)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު، ކުލަސުންދުރަ ކައްތިރި ބޮވަނަ މަހާރަދުން؛ ޝްރީލަންކާގާ ހުންނަ ރާއްޖޭގެ މަރައްކާރުކަން(އިހުގާ، ޝްރީލަންކާގާ ހުންނަ ދިވެހިރާއްޖޭގެ ވިޔަފާރިއާބެހޭ އެޖެންޓް) އެގައުމުގެ އެން.އެމް އަބްދުލްކަރީމު އަށް، ދެއްވައިފި ކަމާ، އަދި، ދިވެހި އޮޑި އަދި ނާ ފަހަރުން އެ މަގާމްގާ ހުންނަ މީހަކަށް، އިހުއްސުރެ، އޮންނަ ކޮންމެ ކަމެއް އޮންނާނެ ކަމާ، އަދި ދިވެހިރާއްޖޭގެ މީހަކު ކޮޅުނބުގަ ހާލުގާ ޖެހިގެން އުޅޭނަމަ، އެބަޔަކު ކޮޅުނބުގާ ތިބިހާ ދުވަހަކު، އެކަށީގެންވާ ގޮތުގާ، ވެވެންހުރި އެންމެ ރަންގަޅަކަށް، އެ މަރައްކާރުގެ އެހީ ލިބި، ބެހިގެން ދިޔަ ބަޔެއްނަމަ އެމީހުން މާލެ ފޮނުވާދޭން ޖެހޭނެ ކަމާއި، މި އެންމެ ކަންކަމުގެ އަމުރަށް ލިޔެފާވާ ފަތެއް..
Sri Lanka - Designation
(Size: 7.95" x 5")

Sin título
NAM DOC-MN-R-2 · Unidad documental simple · 1914
Parte de Documents

1332ހ ޖުމާދިލްއައްވަލް 16(1914މ އޭޕްރިލް 12)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު، މާލެ މެދު ޒިޔާރަތް ދެމިއޮންނަނިވި ރަނގަޅު ގޮތުގާ ބެލެހެއްޓުމަށްޓަކާ، ކ.ގާފަރު އާއި އަދި ރާއަތޮޅު، ކޮންމެސް ރަށެއްގެ(ނަމެއް ނެތް) ގޮއިފާލައްބައާ، އެ ޒިޔާރަތަށް ނަދުރަށް ގެންނަހާ ތަކެއްޗެއް، އެޒިޔާރަތުގެ ބޯގަޔަށް ލައްވާ، އެއިރަކު ތަހުތުގާ އިންނެވި ރަސްކަލަކު އެޒިޔާރަތް ބަލަހަށްޓާ މީހަކު އިސްކުރަށްވަން ޖެހޭނެ ކަމާ، ކޮންމެ ހުކުރުހޯމަ ވިއްލޭރޭ، ޒިޔާރަތުގެ ދޮރޯށީގެ ދެ ބަނޑިޔާ ކޮޅާ، އެތެރެ ވޮއްކޮޅު އަދި ބޭރު ފާރު ވަށާ ހުރި 7 ލަންޓަނު ދިއްލާ، ކޮންމެ ފަސްހެއުރެއަކު، އެތެރެ 7 ފާނޫޒު އަދި ހުޅަނގު އުތުރުކޮޅުގާ ހުންނަ ބަނޑިޔާކޮޅު ދިއްލާ، ހެންވޭރު ބޮޑުހިތި، އަދި ކުޑަހިތި ވިލޭރޭ، ކުރީގާ ބުނެވި ކަންތައްތަކުގެ އިތުރުން، ބޭރުފާރުގާ 150 ލެންޓަން އާއި، ދޮރޯށީގާ 6 ބަނޑިޔާ ދިއްލާ، ހަނދުވަރު ނުދޭ ކޮންމެ ރެޔަކު ބޭރު އުތުރު ފާރުގެ ދެކަނުގާ ހުރި ދެ ލެންޓަނު ދިއްލާ، ކޮންމެ އަހަރަކު، ފާރުތަކުގާ ހުދުއުވަލާ، ކޮންމެ އަހަރުމަތިފުޅުދުވަހަކު، އަސުރު ނަމާދަށް ފަހު 10 މީހުން ލައްވާ ޒިޔާރަތް ކާރީގާ ގުރުއާން، އަދި އެރޭ، 40 މީހުން ލައްވާ ފާތިހާ، ކިޔަވާ، ކޮންމެ ހުކުރުހޯމަ ވިލޭރޭ، ޒިޔާރަތް ދޮށުގާ ޔާސީން ފާތިހާ ކިޔާ، ކޮންމެ ހުކުރު ދުވަހަކު، މުޅި ޒިޔާރަތް ސާފުކުރުމާ، ބައިތުލްމާލުން، ޒިޔާރަތުގެ ދިދަ އާއި ދަވާދު އަދި، ބާވެއްޖެ ކޮންމެ އެއްޗެއް އާކުރުމާއި، އަދި، ކުރަންވި ކޮންމެ މަރާމާތު ކުރަންޖެހޭނެ ކަމާއި، ގާފަރު މީހުން ކޮންމެ އަހަރަކު 2ކަނޑި އުވަޔާ، ދޮންވެލި، ޒިޔާރަތަށް ގެނެސް ދޭންޖެހޭނެ ކަމާއި، ގާފަރުގާ ފުރާތަދަތުރުއޮޑި އޮންނަންޖެހޭނެ ކަމާއި، މިއެންމެކަންކަން، ދާއިމަށް އޮންނަން ޖެހޭނެ ކަމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް.
K.Male' - Medhu Ziyaaraiy (Mausoleum) - Endowment for Shrine (ziyaaraiy)
(Size:19.05" × 12")

Sin título
NAM DOC-MN-R-15 · Unidad documental simple · 1927
Parte de Documents

1346ހ ޖުމާދިލްއައްވަލް 22(1927ހ ނޮވެންބަރު 17)ގާ، އައްސުލްތާނު މުހައމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 26ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މާލެ ހުކުރު މިސްކިތުގެ ދޮށުން، 1066ހ(1656މ)ގާ، އިސްކަންދަރު އިބްރާހީމް، އާކުރައްވާ ބިނާކުރެއްވި އެ މިސްކިތުގެ ބޯގަފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދިމުން؛ ކުރީގެ ފަތް ބައްލަވާ، އެމިސްކިތުގެ ބޯގަޔަށް ހުރީ، ތިލަދުންމަތިން: (ހއ.)ކެލާ މާމުދާގަނޑު، ވަށަފަރު، ކުނބުރުދޫ ރުއް، ނެއްލާދޫ، މާރަންދޫއިން 4/1، އިހަވަންދޫ، ހުވަރަފުށި، ހަތިފުށި، ބެރިންމަދޫ، ގާމަތިގަނޑު، މަނަފަރު، މެދަފުށި، އުލިގަމުގެ ކުޑަދޫ ކިޔާ ބިންގަނޑު، އަދި މިލަދުންމަޑުލު އިން: (ށ.)ފޭދޫއިން ހިންނައެއް، (ށ.)މަތި ކޮމަންޑޫ، (ނ.)ކެނދިކޮޅުން ހިންނައަކާ، (ނ.)މަނަދޫން ވާރު ރޯނުން 3 ބައި ރޯނު، މާޅޮސްމަޑުލުން: (ރ.)ވާދޫގެ ހުކުރު މިސްކިތުން ފަށައިގެން އުތުރަށް އޮތްތާ ބިމާ، (ރ.)އަނގޮޅިތީމުގެ 3/2، (ރ.)ރަސްމާދޫގެ 2/1، (ރ.)ވަންދޫ، (ރ.)މަހިދޫ، (ބ.)ފުޅަދޫގެ އިރުމަތީ ކޮޅު އަދި ފާދިއްޕޮޅުން: ދިއްދޫ، މައުމަގާ، މާލެ އަތޮޅުން ދޫނިދޫ، ޅޮހިމާފުށި (ޅޮހިފުށި އަދި މާފުށި)، އަރިއަތޮޅުން: މާފޮޅުދޫ (ބޮޑުފޮޅުދޫ)، (އދ.)ކުނބުރުދޫ، ދަނގެތި، ހީންފުށި(ހީންފަރު)، ވޭވަށް އިން 8ކޮއްޓެ، ނިލަންދެ އަތޮޅުއިން: ޅޮހި، ކޮޅުމަޑުލުން: ބުރުނިން ބޮލި ކޮއްޓޭއެއް، މާގުޅި، ހިކަނދި ޅޮހި، މަޑިފުށިން 2 ކޮއްޓޭ، ތިންކޮޅުފުށި(ކޮޅުފުށި)ން ބަމުފުހި ކިޔާ ތަނާ، ކަކޮޅަސް އިން ބިމަކާ، ކަނޑޫދޫއިން 3 ބިމާ،، ހައްދުންމަތީން: އިސްދޫކަލައިދޫ އިން 3 ބިން، ބަރެސްދޫ، ގަމުން 2 ބިން، ހުޅިމެންދޫ، މާފުށި، މާވަށު އަތްފޮޅު، ހަންހުށި އަދި ހުވަދޫއަތޮޅުން: (ގއ.)ކޮނޑޭ، (ގދ.)ކޮޑެރަޓަ، ދޮނުންރެހާ (ދޫނިރެހާ)، ރެއްދަފުށި(ގދ.ރެއްދަހުއްޓާ)، (ގދ.)ވާރެއާދުވާ، (ގދ.)ވާދޫއިން ބިމަކާ، މާތޮޑާއިން ބިމަކާއި، (ގދ.)ބޮލިމަތައިދޫ އާއި، ކަޅުފުށި(ގދ.ކަޅަހުއްޓާ)، ފުވައްމުލަކުން ބިމަކާ، ހުކުރުމިސްކިތުގެ ހުޅަނގުގާ އޮތް ގޯއްޗާއި އެތާގާވާހާ އެއްޗެތި ކަމާއި، އެބޯގައިގެ ހަވާލުވެރިންނަކީ، އެމިސްކިތް ބަލަހަށްޓާ މީހުންކަން ސާބިތުވެ ފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، މާލެ މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް.(Size:20.35" × 10.9")
K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sin título
NAM DOC-MN-R-12 · Unidad documental simple · 1926
Parte de Documents

1344ހ(1926މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 25ވަނަ އަހަރު، ރާއްޖޭގެ ހުރިހާ ރަށްރަށަކަށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ގެދަރި އައްސުލްތާނު އިބްރާހީމް ނޫރައްދީނު، ދެއްވި ވާރު(ޓެކްސް) ފަތްކޮޅުތަކުގާ ހިމަނާފާވާ ބޮލުގެ އަދަދު، ބަޔެއް ރަށްރަށުގާ ތަފާތުވެ، ވާރު އަދި ވާރުދުރޯ(ވާރުނެގި ޒަމާނުގައި ވާރު ނުދައްކާމީހާ އަތުން ނަގާ ޖޫރިމަނާ)ގެ ކަންކަން އޮޅުންބޮޅުން ވުމުން، އެ ރަށްރަށް އަލުން ބޯހިމެނުމުން، ނިލަންދެ އަތޮޅު ދެކުނުބުރި(ދ.)ބަނޑިދޫގާ ވާރު ދޭން ޖެހެނީ، ޖުމްލަ ފތ(24)މީހުން ކަމުގާ ގާއިމުކޮށް، ވެދުން ބަރުތީލައަށާ މާލޫދު ފަދަ ކަންކަމަށް، ބޮލި ކޮއްޓޭއިން، ދޭން ޖެހޭނެ ވާރު އާއި އަދި، ރޯނުގެ ބާވަތްތަކުން، މަސްވެރިކަމުން، ރުކުގެ ބާވަތް ތަކުން، ކުކުޅުން، ކާށިން، ފަނުގެ އެކިއެކި ބާވަތުން، މަދަން(ފުނަ ނުވަތަ ކަނދުއޮށް މަދު ދަވައިގެން ފުނޑައިގެން އޮޑިދޯނި ފަހަރުގެ ހިންމި ބެލުމަށް ހަދާފުޓުންޏެއް)ން، ފަލިތަންޑު(ފަލީގެ ދޫ ހަރުކޮށްފައި އޮންނަ ދަނޑި)ން، މިތަކެތިން ނަގާނެ ވާރާއި، އަދި މުޅި އަތޮޅަށާއި، ވަކިން މިރަށަށް ނިސްބަތްކޮށް، އެކި އެކި އޮޑި ފަހަރުގެ(ވާރުއޮޑި، ކަފުއޮޑި، އދވސ)އާއި، އެ އެއްޗެތީގެ ފަޅުވެރިންގެ ކަންކަން އޮންނަންވާނެ ގޮތާއި، އަތޮޅުގެ އާއި ވާރުގެ ފަދަ ތަންތަނުގެ ކަންކަމާއި، އެކަންކަމުގާ ވާރު ނެގޭނޭ ގޮތާއި، ވާރު ނުދެއްކިއްޖެއްޔާ ކުރާނެ ޖޫރިމަނާ އާއި، ވާރު ނަގޭނީ، އުމުރުން 15 އަހަރު ވެފާވާ ކޮންމެ ފިރިހެނަކުން ކަމާ، ވާރުން އިސްތިސްނާވާ މީހުންނާއި، ރަށްރަށުން ހިޖްރަކުރުމުން ވާރު ދައްކަންޖެހޭނީ ކޮންގޮތްގޮތަކަށް ކަމާއި، މިއެންމެހާ، ވާރުނެގުމުގެ އުސޫލުތަށް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފާވާ ވާރު ފަތެއް.
މިފަތުގާ ހިސާބުއަކުރު ޖަހާފާވަނީ ތާނަ އަކުރުން(މ-1، ފ-2، ދ-3، ތ-4، ލ-5، ގ-6، ޖ-7، ސ-8، ޑ-9، 0-0)ނެ.
Detailed tax assesment (Size:21.95" × 14.9")
Dh.Ban'didhoo - Tax

Sin título
NAM DOC-MN-R-27 · Unidad documental simple · 1928
Parte de Documents

1347ހ ސަފަރު 27(1928މ އޯގަސްޓް 14)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 26ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހދ. ނައިވާދޫ ރައްޔިތުން، އެރަށުގެ މާމިސްކިތް ބަލަހެއްޓޭނެ ގޮތެއް ހަށްދަވާދެއްވުމަށް އެދުމުން؛ އެރަށުގެ ފާލަށްބައިން ސަރުކާރަށް އޮންނަ އެއްޗެއްގެ 2/1، އެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެ އެއްޗެތިން އެމިސްކިތުގެ އެންމެހާ ކަންކަން ކުރުމަށާ، އަދި އެބޯގައިގެ ތައުލީއްޔަމޫލަ ވެރިކަމުގެ ނާޒިރުކަން(ހަވާލުވެރިކަން) އެ ރަށުގެ އެންމެހާ ރައްޔިތުންނަށް ލަށްވާ، އަދި އެއިރަކު ދިވެހި ރަސްކަމުގެ ތަހުތުގާ އިންނެވި ކޮންމެ ރަދުނަކުވެސް އެކަމަށް އިހުތިރާމް ކުރައްވަންވާނެ ކަމުގާ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަ(ބޮޑު، މައި)މާލޭ ޔޫސުފް ގެދަރި އަލީ ލިޔެފާވާ ފަތެއް
(Size: 15" × 9.95")
H.Dh.Naivaadhoo - Maa Miskiiy (Mosque)Endowment for Shrine (ziyaaraiy)

Sin título
NAM DOC-MN-S2-25 · Unidad documental simple · 1914
Parte de Documents

1332ހ(1914މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 12ވަނަ އަހަރު، ތިލަދުންމަތި އުތުރުބުރި(ހއ.) ވައިކަރަދޫ، އިސްމާއީލް ގެދަރި އާދަމްއަށް ވައިކަރަދޫގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an island chief (Size: 13.2" X 8.2")

Sin título
NAM DOC-MN-S2-24 · Unidad documental simple · 1914
Parte de Documents

1332ހ(1914މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 12ވަނަ އަހަރު، ތިލަދުންމަތި އުތުރުބުރި(ހއ.) ވައިކަރަދޫ، މުހައްމަދު ގެދަރި އަހުމަދުއަށް ވައިކަރަދޫގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.2" X 8.2")
Hdh - Vaikaradhoo - Shrine endowment letter

Sin título
NAM DOC-MN-S2-33 · Unidad documental simple · 1907
Parte de Documents

1325ހ(1907މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 5ވަނަ އަހަރު، ފާދިއްޕޮޅު(ޅ.) ހިންނަވަރު، ހަސަން ގެދަރި އަބްދުއްރަހްމާނުއަށް ހިންނަވރުގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
Letter of appointment for an island chief (Size: 13.2" X 8.2")
Lh - Hinnavaru - Shrine endowment letter

Sin título