1957މ ސެޕްޓެންބަރު 10(1377ހ ސަފަރު 15)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އެމެރިކާގެ ވޮޝިންޓަން ޑީސީގެ 'ބްރަޔަން ހެންޑަރޝޮޓް އެންޑް ސަން' ކުންފުނިން، އެމީހުންނަކީ މާލީ އަދި ވިޔަފާރީގެ ކަންކަމުގާ ބޭރުގައުމުތަކަށް އެހީ ފޯރުކޮށްދޭ ބަޔެއްކަމުގާ ތައާރަފްވެ އަދި އެކަހަލަ އެހީއެއް ބޭނުންވޭތޯ އަހާ، ފޮނުވާފާވާ ސިޓީއެއް. Letter sent by Bryan Hendershott to Sultan Mohamed Fareed Didi on September 10, 1975; it states Bryan Hendershott & Son, Inc offer their services as a government and public relations counselor (Size: 13.95" X 8.5")
America - letter (Foriegn)
1956މ އޮކްޓޯބަރު 27(1376ހ ރަބީލްއައްވަލް 22)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް 'އެމް.ޓީ ހާން' ކިޔާ މީހަކު/ކުއްޖަކު، ރަދުންގެ ސޮއިކޮށްފައިވާ ފޮޓޯއަކަށް އެދި، ލަންޑަނުން ފޮނުވާފާވާ ސިޓީއެއް. Letter sent by MT Khanon, London on October 17, 1956, requesting for an autograph of Sultan Mohamed Fareed Didi (Size: 8" X 5")
United Kingdom - letter (Foriegn)
1958މ އޭޕްރިލް 28(1377ހ ޝައްވާލް 8)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، ޔަހޫދީ ދީނުން، ނަސޯރާ ދީނަށް ބަދަލުވެފާވާ ނިއުޒީލޭންޑުގެ ރައްޔިތެއް ކަމުގާވާ 'ފްރޭންކް ވިލިމެންޓް'، 'ޖޯގްރެފިކް މެގަޒިން' އިން ގަނޑުވަރާއި، ގަނޑުވަރުގެ ތެރޭގެ އާދަކާދަތަކާ ބެހޭގޮތުން ލިޔެފާވާ ލިޔުމެއް ފެނިގެން، ރަދުނދްނަށް، އީސާގެފާނު މިދުނިޔެއަށް އަލުން ފާޅުވުމުގެ ކަންތަކުގެ ލިޔުންތަކެއް ފޮނުވި ކަމާ، އަދި ދިވެހިރާއްޖެއާ ރަސްކަމަށް ތައުރީފުކޮށް، ފޮނުވާފާވާ ސިޓީއެއް. Letter sent by Frank Williment to Sultan Mohamed Fareed Didi on April 28, 1958, after reading National Geographic magazine on Sultan and his palace in Malé. As a self-described Christian convert, Williment presents his views on the Second Coming of Christ to the Sultan. (Size: 8.9" X 7")
New Zealand - letter (Foriegn)
1958މ ޖުލައި 9(1377ހ ޒުލްހައްޖު 21)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، 'ޑޭވިޑް އާރް. ސްމިތު'، އޭނާ، ދުނިޔޭގެ ހުރިހާ ގައުމެއްގެ ވެރިންގެ 'އޮޓޯގްރާފް'(ނިސްބަތް ވާ މީހާގެ އަތުން ސޮއިކޮށްފާވާ ކޮންމެ އެއްޗެއްވިޔަސް...) އެއްކުރަމުން ދާތީ، އެރަދުންގެ އޯޓޯގްރާފް އަށް އެދި، އަދި އެކަމަށް ހުސް ގަނޑަކާ، އޭނާގެ އެޑްރެސް ޖަހާފަވާ ސިޓީއުރައެއް ހިމަނާ، ފޮނުވާފާވާ ސިޓީއެއް. Letter sent by David R Smith, California on July 9, 1958, requesting an autograph of Sultan Mohamed Fareed Didi; the sender encloses a sheet of letterhead and an envelop addressed to himself (Size: 8.4" X 5.5")
America - letter (Foriegn)
1959މ ޑިސެންބަރު 30(1379މ ޖުމާދިލްއާހިރު 29)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އެމެރިކާގެ ނިއުޔޯކްގެ 'އެލަން ގްރޮޕާރ' ކިޔާ ކުއްޖަކު، އޭނާ އެއްކޮށްފާވާ، 'އޮޓޯގްރާފް' ތަކަށް، 1959ގާ ތިބި ދުނިޔޭގެ ވެރިންގެ އޮޓޯގްރާފް އެއަކުރަން އުޅޭތީވެ، އެރަދުންގެ އޮޓޯގްރާފަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by a boy named Allen Gropper, New York on December 30, 1959, requesting for an autograph of Sultan Mohamed Fareed Didi (Size: 10.5" X 7.2")
America - letter (Foriegn)
1958މ އޯގަސްޓް 5(1378ހ މުހައްރަމް 19)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދިއަށް، ޖަރުމަނުވިލާތުގެ 'ކާލް ހައިންޒް މައިކަލް'، ރާއްޖޭގެ ސްޓޭންޕްއަށް އެދި އެކިއެކި އޮފީހަށް ސިޓީ ފޮނުވާ އަދި އެއްވެސް ޖަވާބެއް ލިބިފާނުވާ ކަމާ، އެހެންވެ ދިވެހި ސްޓޭންޕް އެއްކުރާ މީހެއްގެ އެޑްރެހަކަށް އެދި، އަދި މުއާމަލާތަކީ، މައުލޫމާތު އިތުރުވެ އެއްޗެތި ދަސްވާނެ ކަންތައްތައްކަން އެއީ އޭނާ ގަބޫލުކުރާ ކަމެއްކަމުގާ ބަޔާންކޮށް، އޭނާޔަށް އެކަހަލަ ދިވެހި ބައިވެރިޔެއް ހޯދާދެއްވުމަށްވެސް އެދި، ފޮނުވާފާވާ ސިޓީއެއް. After several unsuccessful attempts to contact the various offices in the Maldives, Karl Heinz Michael sent this l etter to Amir Amin Didi on August 5, 1958, requesting Maldivian stamps. He was looking for a correspondent with whom he could exchange stamps and books; President Amin Didi had passed away in 1954 and when the letter was delivered to Malé, the Maldives was under the government of Sultan Fareed Didi (Size: 11.6" X 8.1")
Germany - letter (Foriegn)
1958މ އޭޕްރިލް 30(1377ހ ޝައްވާލް 10)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އުމުރުން 19 އަހަރުގެ ނުކުޅެދޭކުއްޖެއް ލިއޮނާރޑް، އޭނާގެ ބަލިހާލު ބަޔާންކޮށް، ރަދުންނަކީ އޭނާ ވަރަށް ގަދަރާ އިހްތިރާމު ކުރާ ބޭފުޅެއްކަން ބުނެ، ރަދުންގެ ސޮއި(އޮޓޯގްރާފް)އަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by a boy named Leonard, New Jersey on April 30, 1958, requesting an autograph of Sultan Mohamed Fareed Didi (Size: 12" X 8.5")
America - letter (Foriegn)
1957މ ޑިސެންބަރު 20(1377ހ ޖުމާދިލްއައްވަލް 28)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އުމުރުން 16 އަހަރުގެ ލޯރެންސް ލޫސީނާ، އޭނާއަކީ، އިރުމަތީ ގައުމުތަކަށް ޝައުގުވެރިކަން ހުންނަ ކުއްޖެއްކަމާ، ދިވެހި 'ގަލަމު ރައްޓެއްސެއް'(ޕެންފްރެންޑް) ހުންނަކަމާއި، އެކިގައުމުގެ ވެރިންގެ (އޮޓޯގްރާފް)އެއްކުރާ ކަމުގާ ބަޔާންކޮށް، ރަދުންގެ އޮޓޯގްރާފަކަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Lawrence Lucina, New York on December 20, 1957, requesting an autograph of Sultan Mohamed Fareed Didi (Size: 10.5" X 7.5")
America - letter (Foriegn)
1957މ ޖުލައި 21(1326ހ ޒުލްހައްޖު 23)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، 'ފްރައި ފިލޭޓަލީ' ކިޔާ ސްޓޭންޕް އެއްކުރާ ޖަމިއްޔާއަކުން 'އެންޓަން ސްޓޮފް ވައިން'، ކިޔާ މީހަކު، އެޖަމިއްޔާއިން ވަރަށް ބޮޑު ސްޓޭންޕް މައުރިޒެއް ބާއްވަން އުޅޭ ކަމާ، އެ މައުރަޒުގާ، އޮސްޓްރިޔާ ރައްޔިތުންނަށް ރާއްޖެ ތައާރަފް ކޮއްދެންވެސް ބޭނުންވާ ކަމާއި، އެހެންވެ އެންމެ ފަހުގެ ސްޓޭންޕް ފޮނުއްވާދެއްވުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Anton Stoff, Vienna to Sultan Mohamed Fareed Didi on July 21, 1957. Stoff was a member of the Freie Philatelie and was looking for stamps from the Maldives (Size: 5.9" X 8.2")
Australia - letter (Foriegn)
1956މ އޭޕްރިލް 25(1375ހ ރަމްލޯނު 14)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އެމެރިކާގެ މިސޫރީން، 12އަހަރުގެ ކިޔަވާ ކުއްޖެއްކަމަށްވާ ކެރޮލީން ޝޫލް، އޭނާ، އެކިއެކި ގައުމުގެ ބުދު(ކުޅޭކުޅޭ) އެއްކުރާ ވާހަކަ ބުނެ، ދިވެހިރާއްޖޭގެ ބުދެއް ފޮނުއްވާދިނުމަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Carolyn Shull, Missouri to Sultan Mohamed Fareed Didi on April 25, 1956, She was a 12-year-old girl who collects dolls from different countries and asked him to send her a doll from the Maldives (Size: 10.9" X 8.5")
America - letter (Foriegn)