Showing 83 results

Archival description
83 results with digital objects Show results with digital objects
NAM DOC-MN-F8-4 · Item · -
Part of Documents

ދިވެހިރާއްޖޭގެ ނިޝާން މަތީގާ ޖަހާ، 'ދިވެހި ރާއްޖޭގެ ކީރިތި މަހާރަ ރަދުންގެ ކިބައިން،، ރާއްޖޭގެ އެކި ކަންކޮޅުގެ މީހުންނަށް މަގާމް ދިން ކަމުގާ، އަތޮޅާ، ރަށާ، މީހާގެ ނަމާ އަދި މަގާމް ލިޔެ، ފުރާލުމަށާ، އަދ އެމީހުންނަށް އޮތް އިގްރާރެއް ލިޔެ، އައްސުލްތާނު މުހައްމަދު ފަރީދުދީދީގެ ނަން، ސޮއިވެރިއަކަށް ޖަހާ، ....137ހ، ތާރީހު ޖަހާ ފުރަން އޮތް ބައިގާ، ލިޔެ، ޗާޕްކޮށްފާވާ، (ބޭނުންނުކޮށް އޮތް، ހުސް) ކަރުދާހެއް.
މީގެ 25 ފޯމު އެބައޮތް.
Announcement letter on the appointment of a new government official (Size: 8.25" X 6.4")

National Archives of Maldives
NAM DOC-MN-F1-99 · Item · 1957
Part of Documents

1957މ ނޮވެންބަރު 7(1377ހ ރަބީލްއާހިރު 13)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދި އަށް، ޕޯލް އެލް.ނެލަންސް ކިޔާ މީހަކު، ބައިނިލްއަގްވާމީ ސުލްހައާ އަދި ރައްކާތެރިކަމާ، އިގްތިސާދީ އަދި އިޖްތިމާއި ކަންކަމުގާ، އ.ދ ގެންގުޅޭ ސިޔާސަތުތަކާ މެދު ރާއްޖޭގެ ނަޒަރަކީ ކޮބައިތޯ އަހާ، އަދި ރާއްޖޭގެ މައްސަލަތަކާ، ސިއްހަތާ ބެހޭ ކަންކަމާ، ރާއްޖެ ހޯދާފާވާ ކާމިޔާބީ ގެ މައުލޫމާތަށް އެދި، އަދި ރާއްޖޭގާ އުފައްދާ އެއްޗެތި، ބޭރުގައުމުތަކަށް ދޭ ދައުވަތު އަދި ހަދިޔާ ކަހަލަ އެއްޗެހީގެ ސާންޕަލް ލިބޭތޯ އަހާ، އަދިވެސް އެހެނިން މައުލޫމާތަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Paul L Nellons on November 7, 1957, inquiring about the sultan's opinion on the United Nations, and the secret of rapid ecnomic growth of Maldivian economy; he also requests samples of products from the Maldives (Size: 11.95" X 8.45")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-98 · Item · 1959
Part of Documents

1959މ ފެބްރުވަރީ 21(1378ހ ޝައުބާން 13)ގާ، ދިވެހިރާއްޖޭގެ ރަދުންނަށް، ރޮބާރޓް ޖޯން ކިޔާ މީހަކު، އިނގިރޭސި ވިލާތުގެ 'ހައުސް އޮފް ކޮމަންޒް'ގާ ޖަނަވަރީ 20ގާ ޖާމަނީއާ ބެހޭ ބަހުސެއްގާ 'މރ. މެކްމިލަން' ހުށައެޅި ވާހަކަޔަށް ތާއީދުކުރާ ވާހަކަޔާ، އެކަމަކު ރާއްޖެޔާ އަދި މޯލްޓާޔާ ޖެހުނީމާ އެމީހުން އެ މިންގަނޑު ނުބާއްވާ ކަމާ، ކުރީގާ އޭނާޔަކީ، 'ކޮންޒަވޭޓިވް ޕާޓީ" އިންތިހާބުވެފާވާ ދާއިރީ 'ޗެއާމަން'އެއް ކަމާ، 1957ގާ އިނގިރޭސިވިލާތާ އަދި އެ ޕާޓީ ދޫކޮށްފާ ދިޔައީ 'ސައިޕްރަސް އަދި ސުވޭޒްކެނެލް' އާއި ބެހޭ ސިޔާސަތާ ހެދިކަމާ، އޭގެ ކުރީ އޭނާ އުޅުނީ 'ލޭބާ ޕާޓީ'ގާ ކަމާ، އެ ޕާޓީން ވަކިވީ، 'ޕޮޓްސްޑޭމް-ޔޯލްޓާ' މުއާހަދާޔަށް އެ ޕާޓީ ތާއީދުކުރާތީއާ، އޭނާޔަކީ މިހާރު އެއްވެސް ޕާޓީއެއްގާ ނޫޅެ، މިނިވަންކަން ހޯދުމުގެ އެކްޓިވިސްޓެއްކަމާ، އަންނަ މަހު، އޭނާ ރަހުމަތްތެރި، އިނގިރޭސި ޕާލިމެންޓްގެ މެންބަރެއް ނިއުޔޯކަށް އަންނާތީ، ދިވެހި ރައްޔިތުންގެ ހައްގުތަކާ، މިނިވަންކަމާ ބެހޭ އެއްވެސްކަމެއް އޮތިއްޔާ އޭނާޔަށް އަންގާދެއްވުމުން، އޭނާޔަށް ކޮށްދެވެން އޮތް ކަމެއް ކޮށްދޭނެ ކަމުގަޔާ، އޭނާ އެއީ ހިލޭސާބަސްތެރިއެއްކަމުގާ ދެކިވަޑައިތުމަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Robert Johns on February 21, 1959, regarding political decisions and opinions (Size: 11" X 8.5")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-96 · Item · 1956
Part of Documents

1956މ މޭ 4(1375ހ ރަމްލޯނު 23)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ކެތްރީން އެމް ކުއީން، ކިޔާ މީހަކު، އެރަދުންގެ ސޮއެ (އޮޓޯގްރާފް)އަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Kathryn MQuinn to Sultan Muhammed Fareed Didi on May 4, 1956, requesting his autograph (Size: 7.8" X 6.2")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-95 · Item · 1957
Part of Documents

1957މ މޭ 29(1376ހ ޝައްވާލް 27)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދި އަށް، މައިކަލް އޭ. ޕޮވިލްސް ކިޔާ 'ކޮއިން'(ފައިސާފޮތި)އެއްކުރާ މީހަކު، ޖޫނު 1957ގެ 'ނެޝަނަލް ޖިއޯގްރަފިކް މެގަޒިން'ގާ އޮތް 'ދަ މާވަލަސް މޯލްޑިވްޒް' ޝުރުހީގާވާ ލިޔުމެއް ކިޔާ، ރާއްޖޭގެ ފައިސާފޮތި(ލާރި)، ރާއްޖޭގެ ތާރީހީ ފޮތް އަދި ރަދުންގެ 'އޮޓޮގްރާފަށް' އަދި އޭނާގެ ލިޔުމެއް އޮތް ނޫހެއްގެ ސަފްހާއެއް(F1-94) އެ ސިޓީއާއެކު އޮންނާނެ ވާހަކަ ލިޔެ ފޮނުވާފާވާ ސިޓީއެއް. Letter sent by Michael A Povils on May 29, 1957, requesting the Sultan's autograph and a history book (Size: 11" X 8.5")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-94 · Item · 1948
Part of Documents

1948މ ފެބްރުވަރީ 27(1367ހ ރަބީލްއާހިރު 16)ގާ، ރާއްޖޭގެ ރަދުންނަށް، ޓައިޑް ކިޔާ، އިޝްތިހާރީ ނޫސްމަޖައްލާއެއްގެ ދުނިޔޭގެ 'ލީގަލް ޓެންޑާ' އާއި ބެހޭ ލިޔުމެއް އޮތް ގަނޑެއް...މިއީ F1-95))ގާވާ ސިޓީއާއެކު ފޮނުވާފާވާ ލިއުމެކެ. Newspaper article sent to the sultan of the Maldives (Size: 10.9" X 8.5")
America - Newspaper (foriegn)

National Archives of Maldives
NAM DOC-MN-F1-93 · Item · -
Part of Documents

(އަހަރެއް ނެތް) ޖަނަވަރީ 9ގާ، ގާނޫނީ ވަކީލުކަން ކިޔަވާ ހެލްމުޓް ކޮކް، ރާއްޖޭގެ ރަދުންނަށް، އޭނާގެ ސްޓޭންޕް އެއްކުރުމުގާ ހިމަނާލަން، ރާއްޖޭގެ ސްޓޭމްޕެއް ލިބޭނޭގޮތް ހަށްދަވާދެއްވުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Hellmut Koch to the sultan of the Maldives, requesting Maldivian stamps (Size: 7.95" X 5.9")
Germany - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-92 · Item · 1958
Part of Documents

1958މ ޖުލައި 26(1378ހ މުހައްރަމް 9)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ބެސިލް ޑަބްލިޔު. ކެޕްޓެއިން ކިޔާ މީހަކު، އެރަދުންނަށް ތައުރީފުކޮށް، އޭނާ ރަދުންގެ ސޮޔަކަށް އެދި، ފޮނުވާފާ ސިޓީއެއް. Letter sent by Basil WKaptain to Sultan Muhammed Fareed Didi on July 26, 1958, requesting his autograph (Size: 11" X 8.55")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-91 · Item · 1960
Part of Documents

1960މ ފެބްރުވަރީ 6)1377ހ ޝައުބާން 8)ގާ، އައްސުލްތާނު މުހއްމަދު ފަރީދު ދީދި އަށް، ގެރީ މައޮލެޓް ކިޔަ ދަރިވަރަކު، ދިވެހިރާއްޖޭގެ އެކިއެކި މައުލޫމާތު އަހާ، ރާއްޖޭގެ ޗާޓަކާ، ރަދުންގެ ސޮއިކުރި ފޮޓޮއަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Gary Mollet to Sultan Muhammed Fareed Didi on February 6, 1960, requesting information about the Maldives, a map of the country and an autographed photograph of the sultan (Size: 10.9" X 8.4")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-90 · Item · 1958
Part of Documents

1958މ ޖޫނު 4(1377ހ ޒުލގައިދު 16)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، އެމެރިކާގެ "ހޫ އިޒް ހޫ އިނު މިޔުޒިކް އިންޓަނެޝަނަލް" ކުންފުނީގެ ކޯ އެޑިޓަރު، ޑޭވިޑް އެލް ބަކްލީ، އެމީހުންގެ ދެންއަންނަ އަދަދަކީ، ދުނިޔޭގެ މިއުޒިކާ ބެހޭ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ނެރެވޭނެ އަދަދަކަށް ވާތީޔާ، އެއަދަދުގާ، މިއުޒިކާ ބެހޭ ކޮންމެކަހަލަ އ ހަރަކާތެއް އޮންނަ، ދުނިޔޭގެ ކޮންމެ ރަށެއްވެސް ހިމަނާނެކަމުގާ ބުނެ، ރާއްޖެ، ވީހާވެސް ބޮޑަކަށް ރަމްޒުކުރަން ގަސްތުކޮށްފާވާތީ، ރާއްޖޭގެ މިޔުޒިކީ ހަޔާތުގެ ވާހަކަ: އެންމެ ކުރީސަފުގާ ތިބި މިޔުޒިކުތެރިން، އެމީހުންގެ މިހާރުގެ ހަރަކާތްތައް، މިޔުޒިކު ގުރޫޕް ތަކުގެ ވައްތަރުތައް، އެއްވެސް އަހަރީ މިއުޒިކީ އީދެއް އޮންނަނަމަ، އެޔާ ބެހޭ މައުލޫމާތު އަދި އިތުރު ކޮންމެ މިޔުޒިކީ މައުލޫމާތު ފޮނުއްވުމަށް އެދި ލިޔެފާވާ ސިޓީއެއް. Letter sent by Co-editor of "Who is Who in Music International" to Sultan Muhammed Fareed Didi, inquiring about the music industry and preferences in the Maldives (Size: 10.9" X 8.45"
America - letter (Foriegn) )

National Archives of Maldives