1108ހ(1697މ)ގާ، އައްސުލްތާނު މުހައްމަދު ރަދުން(ރަސްކަލެއްގެ ނަމެއް... ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ 4 ވަނަ އަހަރު، ލ.ގަމުގެ ރައްޔިތުން، އެރަދުންގެ ދަރުބާރަށް އައިސް، އެރަށުގެ ހުކުރު މިސަކިތް ބާވެ ހުކުރު ކުރެވޭނެގޮތެއް ނެތް ކަމަށާ، އެހެންވެ ހުކުރުމިސްކިތެއް ބިނާކޮށްދެއްވުމަށް އެދުމުން، އެކަން ކުރުމުގެ ހުއްދަދެއްވުމުން، އެ މިސްކިތް ބިނާކުރުމަށް ފަހު، ކުރީގެ މިސްކިތަށް، އިހު ރަސަކަލުން ދެއްވާފާވާ ލޯމާފާނު(އިހުގާ ލޮއި ގަނޑުގަނޑުގާ ކަނޑާނަގާފާވާ ލިޔުން..)ގާވާ ބޯގަ، މި މިސްކިތަށްވެސް ދެއްވެވުމަށް އެދުމުން، އެލޯމާފާނުގާ ބުނެފާވާ އެންމެހާ ކަންކަމެއް އެމިސްކިތައް ލަށްވާ... (މިފަތް ހަލާކުވެގެން ކިޔަން އުނދަގޫ) (Size: 15.3" × 9.8")
L.Gan - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1107ހ(1696މ)ގާ، (ރަދުންގެ ނަމެއް ނެތް... ތާރީހަށް ބަލާފާ)، މުހައްމަދު ރަސްގެފާނު(ދެއްވަދޫ)ގެ ދަރުބާރުގާ، ފީވަކު އަލީ ބަނޑޭރި، އެރަށުގެ މިސްކިތަށް، ބޯގަޔަކަށް އެދުމުން، އެ އަލީ ބަނޑޭރި، ފީވަކު ރައްޔިތުން އަތުން، 200ލާރި(2ރުފިޔާ)އަށް ގަތް، ރަށުގެ ދެކުނަށް އޮތް ހިންނަގެ ހުޅަގުން ހަރުގެމަގާ އިންވެ މައިމަގުގެ ދެކުނުން އޮޅި މަގާ އިންވެ ދެކުނުން އޮތް ހިންނަޔާ، މިދެ ހިންނަގެ ދެމެދު އޮތް ބިމާއި، އެބިމުގާ ވާހާ ތަކެއްޗަކާއި، އެ މިސްކިތުގެ ވަށާ، 3ބަމަ ފުޅާމިނުގެ ބިމާއި، އެބިމުގާ ވާހާ ތަކެއްޗަކާއި، ރާ އަޑުބަޔަކާއި، އެރަށުގެ މަސްވެރިކަންކުރާ ކޮންމެ އުޅަދަކުން މަސް ބަޔަކާއި، މި ތަކެތި އެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެ އަލީ ބަނޑޭރީގެ އެއްބަފާ ބޭބެ/ކޮއްކޮގެ ދަރި ވަތަބަނޑޭރި އާއި، އެ ވަތަބަނޑޭރީގެ ދަރި ހަސަން އާއި، އެ ރަށުގެ ރައްޔިތުންނަށް، ހަވާލުވެރިކަން ލަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، އަލީ ހަތީބު ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1378ހ ޒުލްހައްޖު 7(1959މ ޖޫނު 14)ގާ، ހުސެއިން ފަހުމީ ކޮށްވާފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 8"
Sh.Feevaku -Feevaku Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1107ހ(1696މ)ގާ؛ މުހައްމަދު ރަސްގެފާނު(ދެއްވަދޫ)ގެ(ރަސްކަލެއްގެ ނަމެއްނެތް... ތާރީހަށް ބަލާފާ)ރަސްކަމުގެ 5ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ތިލަދުންމަތީ ފިނޭ މީހުން، އެރަށުގާ މިސްކިތެއް އަޅުއްވާދެއްވުމަށާއި، އެ މިސްކިތް ބަލަހަށްޓުމަށް ބޯގައެއް ދެއްވުމަށް އެދުމުން، އެމިސްކިތް ބިނާކުރުމުން، އެ ރަށުގެ ގޮއި ކަނޑުލުން(ސަރުކާރަށް އޮންނަ ކަނޑބައި) 3/1އާ ގޮއިފާލައްބައިން 3/1، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އަދި، އެމިސްކިތުގެ މުދިމަކަށް ހުންނަ މީހަކަށް، އެތަނުގެ ކަށްބިމުގާ(ގަބުރުސްތާނުގާ) ވޮށް ބަހެއްޓުމަށާ، އެތާ ވަޅުލި ކޮންމެ މީހަކަށް ދެއިރު ފާތިހާ ކިޔެވުމަށް، ޝަރުތުކޮށް، އާދައިގެ މަތިން ގަނޑުވަރަށް ކޮންމެ މަހަކު ދޭ 3 އަޑުބާ ހަކުރުން 3 ބާގަ(އަޑުބައަކީ 2ބާގަ)ހަކުރާ، މަހަށްދާ ކޮންމެ އުޅަނދަކުން، މަސް އަރުގަ(އަރުގައަކީ މަސް ބައެއްގެ 2/1)އަކާވެސް އެމިސްކިތުގެ މުދިމަށް ލަށްވާ، އަދި އެހަކުރުން ދެން އޮތް ބައި، އެމިސްކިތަށް ލަށްވާ، އެ ބޯގައިން މިސްކިތް ކުނިކަހާ، ފޮޅާސާފުކޮށް، މަރާމާތުކުރުމުގެ ކަންކަން ކޮށް ބެލެހެއްޓުމަށް، އެމިސްކިތުގެ ހަވާލުވެރިކަން ފިނޭ އެންމެހާ ރައްޔިތުންގެ މައްޗަށް ލަށްވައިފި ކަމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، މުހައްމަދު ހަތީބު ލިޔެފާވާ، ދިވެސްއަކުރު ފަތުގެ، 1378ހ ރަޖަބް 20(1959މ ޖަނަވަރީ 30)ގާ، ހުސެއިން ފަހުމީ ތަރުޖަމާކުރުމުން، ބޮޑުފެންވަޅުގެ ސީދީ ސައްހަކޮށްފާވާ، ތާނަ ތަރުޖަމާއެއް. Size: 13" X 8"
H.Dh.Finey - Finey Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1106ހ ރަބީލްއައްވަލް 29(1694މ ނޮވެންބަރު 17)ގާ، އައްސުލްތާނު މުހައްމަދު(ދެއްވަދޫ ރަސްގެފާނުން - ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ 3ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މުލަކުއަތޮޅު ވޭވަށު މީހުން، އެރަށުގާ މިސްކިތް ބިނާކޮށްފިކަމާއި، އެމިސްކިތަށް ބޯގަޔެއް ނުދެއްވިއްޔާ އެމިސްކިތް ނުބެލެހެއްޓޭނެކަން ދެއްނެވުމުން، އެބަސް އައްސަވާ، ބޮލި މުލަކު ކަތީބު މަލިން މުދިން އެދަރުބާރަށް ގެންދަވާ، ރަތްމަންދޫ އޭ ކިޔާރަށް، ބޮލިމުލަކު މާމިސްކިތް މައްޗަށް ލަށްވާ، ވޭވަށު މިސްކިތުގެ ބޯގަޔަށް، ވެއޮއްމޮ؟؟؟(ވޭވަށް ކަމަށް ބެލެވޭ)ލަށްވާ، އަދި އެރަށުގެ ބިމުން ފަޅާހާ އެއްޗެއްގެ ގޮއިފާލައްބައަށް ވީބައި، ވޭވަށު މިސްކިތުގެ ބޯގަޔަށް ލަށްވައިފިކަމާއި، މާލޭ ހަތީބު ބޭކަލުންނަށް، 4 ކޮއްޓޭ ބޮއްޔަށް ވުރެ އިތުރަށް އަދި ދޮށުންނަށް 4 ލާރި ރޯނާއި، 4ކޮއްޓޭ ބޮއްޔަށްވުރެ އިތުރަށް ނުގަނެވޭނޭ ކަމާއި، ބޮލިމުލަކު މީހުން ކޮންމެ އަހަރަކު، އެރަށު މާމިސްކިތަށް، ވޭވަށުން ގަންނަ އެއްޗެތީގެ ބަދަލުގާ، ރަތްމަންދޫއިން ބަންޑާރައިން ގަންނަ ރޯނުގެ ލާރިޔާއި، 6 ކޮއްޓޭ ބޮއްޔާއި، އޮޑިއެއް މަހަށް ދާނަމަ، އެއޮޑިއެއްގެ ގޮއިމަސް(ޓެކްސަށްނަގާ މަސް)ވިއްކާފާ ލިބޭ ލާރިޔާ، މިހުރިހާއެއްޗެއްވެސް، ވޭވަށު މިސްކިތަށް ލަށްވާފި ކަމާއި، އަދި، ވޭވަށު މީހުން، ވޭވަށް، އެރަދުންނަށް އެރުވިކަމާއި، އަދި ބޮޑުވެލި؟؟؟؟ ކިޔާ ރަށްވެސް، ވޭވަށު މިސްކިތަށް ލެއްވިކަމާއި، މިމިސްކިތުގެ ހަވާލުވެރިކަން ވޭވަށު ރައްޔިތުންނަށް ދެއްވާ، އެކަންކަން އެގަތަށް އަމުރުކުރެއްވުމުން، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، މުހައްމަދު ހަތީބު ލިޔެފާވާ (ދިވެސްއަކުރުކަމުގާ ބެލެވޭ) ފަތެއްގެ، 79/3/6(ބެލެވެނީ) 1379ހ ރަބީލްއައްވަލް 6(1959މ ސެޕްޓެންބަރު 9)ގާ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 9" X 7.4"
M.Veyvah - Veyvah Miskiiy (Mosque) - Endowment for Shrine (ziyaaraiy)