1356ހ ރަބީލްއާހިރު 10(1937މ ޖޫނު 19)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ކެރަފާގޭ އަލިފުޅު، ގަލޮޅު ބިހުރޯޒު މިސްކިތާ އިންވެގެން އޮތް، ހަނދުބަލާ ގޯއްޗޭ ކިޔާ ގޯތިން، އޭނާގެ މައިފުށު މާމަ، މުދިން ޝެއިހު ކަލޭފާނުގެ ދަރި ފާތުމާފުޅު، އޭނާގެ ދަރިކޮޅަށް ވަގުކޮށްފާވާ، ގަލޮޅު ބަންޑާރައެދުރުގޭ ފާރު ތެދުކުރުމުން، އެ ގޯތީގެ މިން ކުޑަވެއްޖެ ކަމުގާ ބުނެ، އެބައި ހަމަކޮށްދެއްވާ ފަތެއް ލިއެދެއްވުމަށް އެދުމުން، އެ ގޯތީގެ، 1298ހ(1881މ)ގާ، އައްނައިބު އިސްމާއީލް ބަންޑާރަނައިބު ތަކުރުފާނުގެ މަޖިލީހުން ލިޔެފާވާ ފަތަކުން(F0-131)، އެ ގޯތީގެ ބޮޑުމިން ސާބިތުވުމުން، ތަން ހަމަކޮށް، އެ މަހްކަމާއިން، އއައްސައްޔިދު އިބްރާހީމް ލިޔެފާވާ ފަތެއް. (Size: 13.1" X 8") Chief Justices - Al Ghaazee Hussain Salahuddin
K.Male' - G.Maandhoo Goathi (Housing Plot), G.Han'dhubalaa Goathi (Housing Plot) - Deed for housing plot
1303ހ މުހައްރަމް 21(1885މ އޮކްޓޯބަރު 30)ގާ؛ އަލްގާޒީ އިސްމާއީލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ޝަރީޔަތު މަޖިލީހުން؛ އައްނައިބު އަހުމަދު ބަންޑާރަނައިބު މަނިކުފާނުންގެ ދަރި، އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ އަނބިކަނބަލުން، ދޮންދީދީ، އީދު މިސްކިތަށް ހިނގާ މައިމަގާ އިންވެގެން ދެކުނުން އޮތް، އޭނާގެ ކާފަ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނުގެ ގޯތި ބަހައިގެން، އެގޯތީގެ ދެކުނުކޮޅުން، އޭނާއަށް މިލްކުވެފާވާ ބައި، އައްސުލްތާނު އިބްރާހީމް ނޫރައްދީނަށް ވެދުމަށް އަރުވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެރަދުންނަށް އެތަން މިލްކުވެއްޖެ ކަމުގާ، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތެއް. Formal statement of a gift (Hiba) of private property (Size: 13.2" X 8.2") Chief Justices - Al Ghaazee Ismail Bahaauddin
K.Male' - Housing Plot of Ibrahim Sirajuddin - gift -
5.....(އަހަރު ލިޔެފާވަނީ މިހެން) ޑިސެންބަރު 17ގާ، ސްރީލަންކާގާ ހުންނަ ދިވެހި ސަފީރު(ނަމެއް ނެތް)، ކޮޅުނބުގާ ހުންނަ ކޮލޯނިއަލް ސެކެޓްރީއަށް(ނަމެއް ނެތް)؛ ޝްރީލަންކާގެ ކަސްޓަމުން، ރާއްޖޭގެ އޮޑިފަހަރު، 'ބޮއިކުލި'(ބަނދަރުގާ އޮންނައިރު ދައްކާ) ނުދައްކަނީސް، ފުރަން ހުއްދަދޭން އިންކާރުކުރާ ކަން، ރާއްޖޭގެ ސިލޯނު އެޖެންޓު، އަންގާފާވާ ކަމާ، އޭގެ ތޭރަވަރަކަށް އަހަރު ކުރިން، ޝްރީލަންކާގެ ސަރުކާރާ ވާހަކަދައްކައިގެން، އޮޑިފަހުރުތަކަކީ، ފަހި ވަޔެއް ނުޖެހެނީސް ނުފުރޭނެ އުޅަނދަށްވާތީވެ، އެކުލި ނުދައްކާގޮތަށް ހަމަޖަށްސާފާވާ ކަމާ، ކަސްޓަމާ ވާހަކަދައްކައިގެން، އޮޑިފަހަރަށް، އެކުލި ނުދައްކާ ފުރޭނޭގޮތް ހަމަޖަށްސާދިނުމަށް އެދި؛ ލިޔެފާވާ ސިޓީއެއްގެ ކޮޕީއެއް.
މިސިޓީގެ ވައަތު ތިރީ ކަނުގާ:
މި ސިޓީގެ މަހުފޫމުގެ ސުރުހީއަކާ، އަދި ވާހަކަދައްކައިގެން އެ ކުލި ނުދަށްކާގޮތަށް ހަމަޖެހުނުކަން، ތާނައިން ލިޔެފާވެއެ.
(Size: 9.8" x 7.9")
Sri Lanka - Maldivian Embassy - letter(Official)
1905މ ޖޫނު 27(1323ހ ރަބީލްއާހިރު 21) 'ގުންޖާ ނައިޑްރީ'؟؟(ލިޔުން ކިޔަން އުދަނގޫ)ގާ، ޝެލް ޓްރާންސްޕޯޓް އެންޑް ޓްރޭޑިންގް ކޮންޕެނީގެ އެޖެންޓުން ކަމުގާވާ، މެސާޒް ޑެލްމެގޭ ފޯސީތު ކޮންޕެނީގެ ހިސާބުގާ، ފޮނުވާފާވާ 250 ކޭސް ޕެޓްރޯލްގެ ހިސާބު ކޮށްފާވާ، ޖުމްލަ ބާކީ އަދަދަކަށް(ބެލަންސް) 543.00 ރުޕީޒް އޮތް، ހިސާބުކިތާބު ކަރުދާހެއް. (Size: 10.25" x 7.95")
Sri Lanka - Account
(ތާރީހެއް ނެތް) 'ރަސްކަމަށް ކޮލިލާދުވަހަށް ދިދަނަގާނޭ ތަންތަނާއި ދިދަ ނަގާނޭ ބާވަތާއި ކުލަކުލ' މިހެން، ސުރުހީއަކަށް ޖަހާ، އެ ކުލަތަކާ ތަންތަން ބަޔާންކޮށް، ހިސާބުއަކުރުން ސިލްސިލާ ނަންބަރު ދީ، 5 ނުކުތާއަކަށް އެކުލަވާލާފާވާ ލިސްޓެއް.(Size: 10.1" x 8.5")
K - Male' - Royal Palace - Coronation Day(list)
1353ހ ޝައްވާލް 23(1935މ ޖަނަވަރީ 29)ގާ، ސައްޔިދު މުހައްމަދު މަހައްލީ ގެދަރި އަލްގާޒީ ސައްޔިދު ހުސެއިން އަފީފުއްދީނު ޝަރީއަތު މަޖިލީހުގާ، ކުރެދިވަރު މޫސާފުޅު، އިބްރާހީމްފުޅު އަދި ފާތުމާފުޅުއާއި، މިތިންމީހުންގެ ވާރުތަވެރިން، ކުރެދިވަރުގޯތި ބައިވެފާ އޮތްގޮތް އޮޅުންފިލުވުމަށް އެދުމުން؛ އެކަން ބެއްލެވިއިރު، އެތިންމީހުންގެ ބައިވެސް، ބޯނުބާލާ އާދަމް ތައްހާނު، 160ރުފިޔާ އަށް ގަނެފަ އޮށްވާ، ކުރެދިވަރު މޫސާފުޅުގެ ކާފަ ދަރި، ދިއްދޫގޮއްޔެ އާއި ކަޅުއަލިމަނިކުގެ ދޮންމަނިކުގެ ކުޑަތުއްތު އާއި ދެމަފިރިންގެ ދަރި، ޅަތުއްތު، އާދަމް ތައްހާނު އަތުން، އެތިންބަޔާއި އެތާގައިވާހާ ތަކެއްޗެއް ގަނެ، ހަވާލުވީކަމަށް، 1335ހ(1917މ)ގާ، ހުސެއިން ސަލާހުއްދީނުގެ ޝަރިއްޔަތުގެ މަޖިލީހުގައި ލިޔެފާވާ ސިޓީއަކުން ސާބިތުވެ، އަދި، ކުރެދިވަރު ދޮންކޮއްކޮ އެ ޅަތުއްތުއަށް 180ރުފިޔާ ދީފާ އެގޯތީގެ ތިންބަޔާ، އެތާގާވާ ރުއްގަސް ގަތްކަމުގާ، ކަމަނަތުއްތުގެ ހުސެއިން މަނިކު އާއި ގެމެންދޫ ދޮންމުހައްމަދުގެ އިސްމާއީލް ހެކިކޮށް ލިއެފާވާ ލިއުމަކުން ސާބިތުވުމުން، އެ ތިންބައިވެސް އޮތީ ކުރެދިވަރު ދޮންކޮށްކޮގެ ކުދިންނަށް ކަމުގާ އެމީހުންނަށް އެންގެވުމުން، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް، ދޮންކޮއްކޮ ހުރިހާ ދަރިންގެ ފަރާތުން، އޭނާގެ ދަރި މުހައްމަދުފުޅު އެދުމުން، ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Al Ghaazee Sayyid Hussain Afeefuddin
K.Male' - Kuredhivaru Goathi (Housing Plot) - Private Property
1344ހ ޖުމާދިލްއައްވަލް 19(1925މ ޑިސެންބަރު 6)ގާ، އައްނައިބު ހުސެން ސަލާހުދީނު ބަންޑާރަ ނައިބު މަނިކުފާނުންގެ ޝަރީއަތުގެ މަޖިލީހުގާ، އަތިރިގޭ އަބްދުލް މަޖީދު ދީދީ، އޭނާގެ އަމިއްލަ މުދަލުން ގަނެ މިލްކުކުރި، ގަލޮޅު ރަށްދެބައިމަގުގެ އިރުން އޮތްމަގާއި އިންވެގެން އޮތް މަރަދޫ ހަތީބުމަނިކުގެ ގޯތި(F3-10ފަތް) ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް އެވަގުފްގެ ހަވާލުވެރިކަން ދެއްވި ކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، މި ކަން ބަށްލަވާ، މިވަގުފް ސައްހަކަމަށް ނިޔާކުރައްވާ، އޭނާ އެދުނުގޮތަށް ފަތެއް ލިޔެދެއްވުމަށް ޝަރީއަތުގެ މަޖިލީހުން އަމުރު ކުރެއްވުމުން، އަބްދުލޯ މަހައްލީގެ ދަރި ސައީދު ލިޔުނު ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' - G.Maradhoo Khatheebu Maniku Goathi (Housing Plot) - Deed for housing plot
1908މ އޭޕްރިލް 9(1326ހ ރަބީލްއައްވަލް 7)ގާ، ކޮޅުނބުން، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، މޭރީ ކިޔާ ބޯޓަކުން، ރާއްޖެޔަށް ފޮނުވި މުދަލެއްގެ އެކްސްޕޯޓް ފޯމެއްގެ، އެޒަމާނުގެ ކޮޕީއެއް.(Size: 9.95" x 7.8")
Sri Lanka - Walker Sons & Co. Ltd - Form(Package)
1907މ ޑިސެންބަރު 31(1325ހ ޒުލްގައިދު 25)ގާ، ސްރީލަންކާގާ ހުންނަ ދިވެހި ސަފީރުގެ ނަމުގާ ހަދާފާއޮތް، އެސް.ޑަބްލިއު.ވޮލަސް އެންޑް ކޮންޕެނީ ކިޔާ ކުންފުންޏެއްގެ ހިސާބުކިތާބު ބަލަހަށްޓާފާވާ، ބާކީ(ބެލަންސް)އަށް،45/926 ރުޕީޒް އޮތް، ހިސާބުކިތާބު ކަރުދާހެއް.(Size:7.5" x 8.95")
Sri Lanka - S.W.Wallis & Company - Account
1908މ އޭޕްރިލް 7(1326ހ ރަބީލްއައްވަލް 5)ގާ، ކޮޅުނބުން، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، މޭރީ ކިޔާ ބޯޓަކުން، ރާއްޖެޔަށް ފޮނުވި މުދަލެއްގެ އެކްސްޕޯޓް ފޯމެއް.(Size: 7.5" x 8.95")
Sri Lanka - Walker Sons & Co. Ltd - Form(Package)