1208ހ ރަބީލްއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރު، އަލްހާޒިން މުހައްމަދު ހަނދޭގިރިން ނާއި، މުހައްމަދު މާބަނޑޭރި އާއި، މާކޮށާރު ބަނޑޭރި މުހައްމަދު އާއި، ބަނޑޭރި އަލީ މޭނާއި، ބަނޑޭރި އަލީ ސައިފުއްލާ އާއި، ތޮއްޑޫ އިބްރާހީމް އާއި އަދި މުހައްމަދު ރަންފަޑިއަތް، މި މީސްމީހުން އެކުލެވޭ ކޮމިޓީއެއް ހައްދަވާ، މާލޭގެ ހަތަރު އަވަށުގާ ހުރި ބަންޑާރަ ގޯއްޗާއި އަދި މީސްމީހުންގެ މިލްކު ގޯތިތަށް ވަކިކޮށް އިނގޭނޭގޮތް ހެދުމަށް އެންގެވި އެންގެވުމުގެ ދަށުން، ގަލޮޅު މައިދާނުގެ އިރުން އޮތް ގޯތީގެ ކަންތައް ބަލުމަށް، މުސްކުޅި ހާޖީއާއި އެއްބަނޑު ހުސެއިންގެ ދަރިން މި ކޮމިޓީއަށް ހާޒިރު ކުރުމުން، އެކަން ބެއްލެވުމަށް އެއިރުތިބި ދުވަސްވީ މީހުން ގެންގޮސް، އެމީހުންގެ ބަހުގެ މައްޗަށް، އެގޯތި އެއީ އެ ހުސެއިންގެ ދަރިންނަށް މިލްކުވެއޮތް ގޯއްޗެއް ކަމުގާ ނިޔާކުރަށްވާ، އެމަޖިލީހުން ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން މަތީގާވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ލިޔެފާވާ ކަމުގާ، ބުނެފާވާ ލިޔުމެއް.
Size:12" X 8
K.Male' - order"
1356ހ ސަފަރު 22(1937މ މޭ 4)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 3ވަނަ އަހަރު، ހުވަދޫންމަތި(ހުވަދޫއަތޮޅު) ހަވަރުތިނަދޫ، ކާޑެއްދޫ، ކުބުއްޑޫ، ތިނަދޫ މާފުށި، ތިނަދޫ ދަނޑުކޮޅު އަދި ކަންނިގިލިކޮޅު އާއި، މިއެއެންމެހާ ރަށްރަށުގެ ވަރުވާއަކަށް، އެއަހަރުގެ ރަޖަބް މަހުން ފެށިގެން، ކޮންމެ އަހަރަކު -/3000 ރުފިއާއާއި، ހުދުކުނަލުގެ 944 ކުނަލާއި ފުޅަހިކުނަލުގެ 48 ކުނަލާއި، ތިންފަލުކުނަލުގެ 48 ކުނާ، ހަވަރު(ހަގުބޭކަލުން ބެހިފައި އޮންނަ ހަބައި، ރަދުންގެ ލަޝްކަރު)އަށް ދެއްކުމަށާއި، ދެން ލިބޭ މަންފާ ހަވަރު ތިނަދޫ ރައްޔިތުންނަށް ލަށްވާ، ގަވައިދުން އެ ވަރުވާ، ހަވަރަށް ދެއްކުމަށް، އެރަށު އަލީގެ ދަރި އަބޫބަކުރު ހަތީބު އިސްކޮށް، އޭނާ ދިއުމުން، ގޮއިވެރިން ދަންކަންޖެހޭ އެއްޗެއް، ހަމަޔަށް ދައްކާ، އޭނާއާ ނުލައި އެއްވެސް ދުއާ މައުލޫދެއް ކަށުކަމާ ކެމީގެ ކަމެއް ނުކުރުމަށާއި، މީނާގެ ބަހަކާއި ނުލާ، ދަނޑުކޮޅަށް ވަނުމަކީ މަނާކަމެއް ކަމާ، އެއްވެސް ފަނެއް އެއްޗެއް ނުކެނޑޭނެ ކަމާއި، މިއެންމެހާ ކަންކަން ތަސްދީގުކޮށް، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ހުރާ ހަސަން ގެދރި މާލޭ ފަތްލިޔާ މޫސާ މަލިން ލިޔެފާވާ ފަތެއް. List of items that can be obtained in exchange for islands and land (Size: 13.2" X 8.4")
G.DH.Thinadhoo - Thinadhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1205ހ(1791މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ދަރުބާރަށް، ވާދޫ އަހުމަދު މަނިކުފާނު، ވެދުން ހިފައިގެން އައުމުން، ވާދޫ ހުކުރު މިސްކިތައް ލަށްވާފާވާ ބޯގަ ފަތް، ހަމަ އެގޮތަށް ބޭއްވުމަށާއި، އެއްވެސް އުނިއިތުރެއް ނުގެނެވޭނެކަމުގާ އަމުރުކުރެއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އެމަގަށް، އަލްހާޒިން އަލްކަބީރު ހަނދޭގިރި މުހައްމަދު، ކިއުމުން، މަލިން ހަސަން ލިއެފާވާ ފަތެއް . Size: 13.4" X 10.6"
G.A/G.DH.Vaadhoo - Vaadhoo Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1207ހ މުހައްރަމް(1792މ ސެޕްޓެންބަރު)ގައި، އަލްގާޒީ ހަސަން އިއްޒުއްދީނު ގެދަރި އައްސުލްތާނު ހާޖީ ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ކުރަމަތީ މީހުން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، އެއަތޮޅު ހަންޏާމީދޫ ޒިޔާރަތުގެ ކިޔެވެނިންނަށް ދެއްވެވި ފަތުގާވާ އެއްޗެއް އޮޅުންފިލުވާދެއްވާ، އެގޮތުގެ މަތިން އެރަށުގެ ކަންތައް ހަމަޖަށްސާދެއްވުމަށް އެދުމުން، އެފަތް ބަށްލަވާ، ކުރަމަތީ ގޮއިފާލަށްބައިން ލިބޭ ތަކެތީގެ 2/1 އާއި، އެރަށުން އަޅާ ކޮންމެ ރުކެއްގެ ރުކުރަލާ، ލަށްވާފާވަނީ ކުރަމަތީ މިސްކިތަށް ކަމުގަޔާ، ބިންބަޔަށް ނުކުންނަތަކެތީގެ 2/1އާއި، ހަންޏާމީދޫ ކަލާފާނު ޒިޔާރަތަށް ހުރިބައިން ލާރިއަކާ، ބަންޑާރަޔަށްވީ ބައިން ލާރިއަކާ، ހަންޏާމީދޫ ކަލާފާނު ޒިޔާރަތަށް ލަށްވާފާވާ ކަމާ، އަދި މަށްޗަންގޯޅި ގަނޑުވަރަށްވީ ބައިން ލާރިއަކާ، ކުރަމަތީ މިސްކިތަށްވީ ބައިން ލާރިއެއް، މާލޭ މާމިސްކިތަށް ލަށްވާފާވާ ކަމާ، އެތަނުން ކޮންމެ ތަނެއްގާ، ރުކެއް، ގަހެއް، ކޭލެއް، ފަލަމަޑިއެއް އިންދި މީހަކަށް، 2/1 އޮންނަންވާނެ ކަމުގާ، ނިންމަވާ، އެކަންކަމުގެ އަމުރު ނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާއްޖަ އަލްކަބީރު މުހައްމަދު ހަނދޭގިރިންނާއި، ފެހެންދޫ އަލީ ހަކުރުވެތީގެ ދަރި އެދުރު ހުސެއިން ލިޔެފާވާ ފަތެއް. Size: 15" X 9.5"
A.Hangnyaameedhoo - Kalaafaanu Shrine, Kuramathi Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1208ހ ރަބީލްއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރު، ހާޒިނު މުހައްމަދު ހަދޭގިރި، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި އަލީ މޭނާ، ބޭރުބަނޑަހަލު ބަނޑޭރި އަލީ ސައިފުއްލޯ، ތޮއްޑޫ އިބްރާހީމް އަދި މުހައްމަދު ރަންފަޑިއަތް ހިމަނާ، އުފެއްދެވި، މާލޭގާ ހުރި ބަންޑާރަ ގޯތިތަކާއި އަމިއްލަ ގޯތިތައް ބަލާ ވަކިކުރުމުގެ މަޖިލީހުން، ގަތްގޯތި އައިޝާގެ އިބްރާހީމްގެ ދަރީންނާއި، އައިޝާގެ ފާތުމާގެ ދަރީންނަށް، ގަލޮޅު ޖަހާހަގުބިމުގާ އޮތް ގޯތީގެ ކަންތަކުގާ، އޭރުގެ ދުވަސްވީ މީހުންގެ ބަހުން އެގޯއްޗަކީ އެމީހުންގެ މިލްކެއް ކަމުގާ ސާބިތުވުމުން، އެ އައިޝާ އެގޯތި، ވަގުފްކޮށް، އޭނާއަށާ، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ކަމުގާ، އެމީހުން ބުނުމުން، އެކަން ގަބޫލުކޮށް، އެމަގަށް، އެހަނދޭގިރިން ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
(ތާރީހެއް ނެތް) މަތީގާ ބުނެވިފާވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދީފާވެއްޖެ ކަމުގާވާ ލިޔުމެއް.
Size: 16" X 8.9"
K.Male' - G.Daisyfehi (Housing Plot) -Deed for housing plot
1208ހ މުހައްރަމް(1793މ އޯގަސްޓް)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރުބާރުގާ ދޮށުންގެ 8 މީހުން، މަހިބަދޫގާ، އަލްގާޒީ ހުސެއިން ވެލާނާކިލެގެފާނު ހުންނަވައިގެން ދެއްވި ފަތްކޮޅު ބާވެގެން، އާކޮށްދެއްވުމަށް އެދުމުން، މިފަތް ބަށްލަވާ، އެފަތަކީ، މާލޭ ހުކުރު މިސްކިތަށް ބޯގައެއް ނެތުމުން، އޭރުގާވެސް ދޮށުންގެ 8 މީހުން ދެންނެވި ދެންނެވުމުން، އޭރުގެ ވަޒީރުންނާއި، ބަނޑޭރިން ގެންނަވާ އެމިސްކިތަށް ލާނެ ބޯގައެއް ބެލުމަށް އެންގެވުމުން، އެމީހުން އެކަން ބަލާ، ފުރަބަންޑާރައިން އެކަމަށް ލާނެ އެއްޗެއް ނެތޭ ބުނުމުން، ވޭވަށުގެ ރަސްބޮލިން، 4ކޮށްޓޭ ބޮލި ހަތީބު(ކަތީބު)އަށް ނަގާފާ، ދެންހުރި ހުރިހާ އެއްޗެއް އެ މިސްކިތަށް ލެއްވިކަމަށާއި، އެއްވެސް މީހަކު، މި ވޭވަށުގެ ރަސްބޮލި އެނޫން އެހެން ގޮތަކަށް ބޭނުން ނުކުރުމަށް އަމުރުކޮށްފާވާ، އަލީ ވެލާނާގެ ދަރި މާބަނޑޭރި، ރަންނަބަނޑޭރިގެ ދަރި އަލީ ހަކުރާވެތި، ހަސަން ފާމުލަދޭރިގެ ދަރި އަލީ، ހަކުރަވެތީގެ ދަރި މުހައްމަދު އަދި މުހައްމަދުގެ ދަރި ހަސަން ރަނަހަމާދި؛ މިމީސްމީހުން ހެކިކޮށް ލިޔެދެއްވާފާވާ ފަތެއްކަމަށް ވުމާއެކު، ހަމަ އެގޮތަށް މިފަތް އާކޮށްދިނުމުގެ އަމުރަށް، އަލް ހާޒިން އަލް ކަބީރު މުހައްމަދު ހަނދޭގިރި ކިއުމުން، ފަސްމަންދޫ އަލީ ހަކުރަވެތިގެ ދަރި ފުރަމާލޭ އެދުރު ހުސެއިން ލިޔެފާވާ ފަތެއް. Size: 17.2" X 11.7"
K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1213ހ(1798މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު، މިލަދުންމަޑުލު(ށ.) ފީވަކު 'ފަގީރުތަކުން' ލައްވާ، ފުރެއްދި އޮޑި(ބޭރުދަތުރުކުރާ އޮޑި)ފަހަރުގެ ހަރުގެ އަޅުވަން އަންގާ ކުރެއްވި އަމުރަށް ލިޔެފާވާ ފަތެއް.
އަދި ފަތުގެ ނުފުށުގާ: 'ސުލޭމާނު ނަބީ ކަލޭފާނުގެ ހައްގު ގައި އާދޭސް އާދޭސް އާދޭސް' މިހެން ލިޔެފާވެއެ.
Royal decree regarding the construction of shipyard on Foakaidhoo Island (Size: 8.4" X 5.1")
Sh.Feevaku - Order
1208ހ ޖުމާދިލްއާހިރު 17(1794މ ޖަނަވަރީ 19)ގާ، އައްސުލްތާނު ގާޒީ ހަސަން އިއްޒުއްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރުބާރަށް؛ މާންދޫ ބޮޑު ބަނޑޭރިތަކުރުފާނުގެ ދަރި ކުޑަބަނޑޭރި ތަކުރުފާނުގެ ދަރި މަރިޔަމް މަނިކެގެ ދަރި އަލިމަނިކު ހާޒިރުވެ ހުރެ؛ އޭނާގެ މަތިފުށުންއައިސް އޭނާޔަށް މިލްކުވެފާވާ، ރައްދެބައިމަގުގެ ދެކުނުގާ އޮތް މާންދޫ ގޯއްޗާއި އެގޯއްޗާ އިންވެގެން 'ނޮރިންމަކަނު'(ދެކުނުހުޅަނގު)ކަނުގާ އޮތް، ފަށަވާޅު ކޮށްޓާއި، އެދެގޯތި ވަށާ އޮންނަ 119ބަމަ ހިންނަ ބިމާއި، އެބިމަށް އޮތްހާ ތަކެއްޗާއި، އެގޯތީގެ އުތުރުން އިންވެގެން، ބިހުރޯޒު މިސްކިތުގެ ދެކުނުން އޮތް 54ބަމަ ހިންނަ ބިމާއި، އެބިމުގާ ވާހާ ތަކެއްޗާއި، މާންދޫގޯތި ދެކުނުން އޮތް ކޮލިހިނގާ މަގާ އިންވެގެން، ވަށާ 48ބަމަ އޮތް ހިންނަބިމާއި، އެތަނުގާ ވީހާ ތަކެއްޗާއި، އެ ގޯއްޗާ އިންވެ އުތުރަށް އޮތް ކަދުކޮށްޓާއި ޖެހިގެން އިންވެ ދެކުނަށް އޮތް ބަންޑާރަ ބިމާއި އިންވެގެން ފޫރުއްބަ(އިރުމަތިން) އޮތް، ބަންޑާރަ ބިމާއި، ދޮށުންގެ ބިމާއި މިދެބިމާއި އިންވެ، އުތުރަށް އޮތް ކަލާފާނު މިސްކިތު ބިމާއި، ފާމުލަދޭރި ކިލެގެފާނު މިސްކިތު ބިމާއި، އެދެބިމާއި އިންވެ ދެމެދުގާ އޮތް، ފަށަވާޅުކޮށިން ބޮޑު ބަންޑާރައިންގެ ބިމަށް 61ބަމަ ލައި، ވަށަމިނުގާ 193ބަމަ ހުރި މާންދޫގޭ ބިމާއި، އެބިމުގާވާހާ ތަކެއްޗާއި، އެ އަލިމަނިކުގެ މިލްކުން ކަނޑާ، އައްސުލްތާނު ހަސަން ނޫރައްދީނަށާއި، އެރަދުންގެ މައިކަމަނާ އައިމިނަ މަނިކުފާނަށާއި، ބައްޕާފުޅު އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނަށް ވަގުފްކޮށް، ހަވާލުވެރިކަން އެ ރަދުންގެ ދަރިކޮޅަށް ދީ، އަދި، އެ އަލިމަނިކުގެ، ހައްދުއްމަތީ ގަމުގެ މަތިމަރަދޫގާ ހުރި މިސްކިތު ބޯގަ އާއ، މުކުރު ހިންނައާއި، އަދި އެ މިސްކިތުގެ ބޯގަޔަށް ވާހާ ތަކެއްޗާއި، އެމިސްކިތް ހުރި ހިންނައާއި، ގަމުން އަލީމަނިކަށް މިލްކުވާހާ ބިމާއި، އެބިންބިމުގަ ވާހާ ތަކެއްޗާއި، މާންދޫ އާއި ފޮނަދޫއިން އޭނަޔަށް ވާހާ ތަކެއްޗާއި، ކުޑަފެންރެހާ އާއި އައްލަންދޫ އާއި، އެތާނގާ ހުރިހާ ތަކެއްޗަކާއި، މިހުރިހާ ހިންނައާއި ތަކެތި 'ފޫރުއްބަ ރަސްބައި'(ޓެކްސް) ކަނޑާ، ގަމުގެ މަތިމަރަދޫ މިސްކިތައް ވަގުފަށް ލަށްވާ، އެ އަލީމަނުކު މައްޗަށް އޮތް ހަވާލުވެރިކަން 'ރަންދިޔަގެފާނު'(ރަދުންގެ އަނބި/އަންހެން ދަރި؟؟)ޔަށް ވަގުފަށް ލަށްވާ، ހަވާލުވެރިކަން ރަދުންނާއި ރަދުންގެ ދަރިކޮޅަށް ލަށްވައިފިކަމަށާއި، އެ މިސްކިތުގެ މުދިމަށް 'ވާރުކޮޑި'(ވާރު އޮޑި؟؟/ވާރުން އިސްތިސްނާވުން؟) ލަށްވައިފި ކަމުގާ، އެއަލީމަނުމު ބުނުމުން، އެމަގަށް ފަތް ލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިން ކިޔުއްވުމުން، ފުރަމާލޭ ފަތެއްލިޔާ އަލީ ލިޔެފާވާ ފަތެއް. Size; 35.5" X 14.7"
K.Male' - Maandhoo Goathi (Housing Plot) - Deed for housing plot
1208ހ ރަބީލުއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރި ގެންނަވާ؛ މާލޭގެ މުންކަރާތަކާ(ކުއްފާފަތައް)، މިސްކިތުގެ ބޯގަތަކާ، ބައިތުލްމާލާ، ރައްޔިތުންގެ މިލްކުތަކާ، އެފަދަ އެންމެހާ ކަންތައްތައް ބަލާ އިންސާފުކުރުމަށް އެންގެވުމުން، އެދުރު ފަސްމަންދޫ ހުސެއިން، އަލްވަޒީރު ހާޖީ މޫސާ މާފަތް، އަލްވަޒީރު މުހައްމަދު ބޮޑުގަލު ދަހަރަދަ، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި ކިނޮޅޮހު އަލީ މޭނާ، ބޭރު ބަނޑަހަލަ ބަނޑޭރި އަލީ ސައިފުއްލާ، މުހައްމަދު ރައްފަޑި، ތޮއްޑޫ އިބްރާހީމް އަދި ރަސްކެތީމު ހުސެއިން ކުޑަބަނޑޭރި ހިމަނާ ކޮމިޓީ އެއް އެކުލަވާލާ، އެ ކޮމިޓީން، އައްސުލްތާނު އަލްގާޒި އަލްހާޖީ އިބްރާހީމް އިސްކަންދަރު މަހާރަދުން، ހުކުރުމިސްކިތުގެ 8 ދޮށުންގެ ކަންތައްތައް ބެއްލިއިރު، އެ މިސްކިތުގެ ބޯގަ، ހިންނަހިންނަ އޮންނަންވީ ވަރަށްވުރެ ބޮޑުކަމަށް ސާބިތުވުމުން، އެތަންތަން މިން ހަމަކުރުމުން، އެމިސްކިތުގެ ދޮށުން، އޭގެ އިތުރުން އެއްޗެއް ދެއްވުމަށް އެދުމުން؛ ހެންވޭރު ހިހޫވާ ނިކަގަސްދަށު ދެކުނަށް އޮތް، ލޮނުޒިޔާރަތް ހިންނަ އާއި އެހިންނައިގެ އުތުރަށް ހުރި މާމިސްކިތު ހިންނަ އާއި ދެމެދުގާ އޮތް 280ބަމަ ހުރި ބިމާ، ގާމަގު އިރުމަތިން 320ބަމައިގެ ބިމާ، ގަލޮޅު ބޮޑުމަގު ހުޅަނގުން އޮތް 138ބަމައިގެ ބިމާ، ރަށްދެބައިމަގު އިރުމަތިން 112ބަމައިގެ ބިމާ، ކެލާއެދުރު މަގު ހުޅަނގުން 374ބަމައިގެ ބިމާ، އީދުމިސްކިތަށް ހިނގާ މަގުގެ ދެކުނުން އޮތް، ވަށާ 270ބަމައިގެ ބިމާ، ކޮށްޓަށްހިނގާ މަގު ދެކުނުގާ އޮތް، ވަށާ 173ބަމައިގެ ބިން، ހުކުރުމިސްކިތަށް ލެއްވިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، އަލްހާޒިން އަލް ކަބީރު މުހައްމަދު ހަނދޭގިރި ކިޔުމުން، ފަސްމަންދޫ އަލީ ހަކުރަވެތި ކަލޯގެ ދަރި ހުސެއިން ލިޔެފާވާ ފަތެއް. Size; 22.81" X 17.3"
K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1207ހ(1793މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މާޅޮސްމަޑުލު ދަރަވަންދޫ މީހުން، އެމީހުންގެ ރަށުގާ މިރިއަބޭކަނބުލޯ ކިޔާ މީހަކު އިމާރާތްކުރި މިސްކިތަށް، ކުރީގެ ރަސްކަލުން ބޯގައަށް ދެއްވި ފަތް އަނދައިގެން އޭގެ ފަހުން ދެއްވި ފަތް މަލާބާރީން ހަލާކުކޮށްލައިފި ކަމުގާ ބުނެ، އާފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މިސްކިތުގެ ބޯގައަށްވީ ދަރަވަންދު ގޮއިފާލައްބައިގެ ½ އާ، އެރަށު ބައިބާރު؟؟(ރޯނު ބައި؟..ރޯނުން ނަގާ ޓެކްސް)ރޯނާ، ގޮއިމަހުގެ(ސަރުކާރަށް ނަގާ މަސް) ½އާ، ދެމީހުންގެ ރަލާ، އެރަށުގެ ކުޑަހިންނަ، އަލަދަނޑު، ބޮޑުމަގުދަނޑު، އަލަދަނޑު ދެކުނުން އޮތް ދަނޑު އަދޮ އެރަށުގެ ދެކުނުގައި އޮތް ދަނޑާ، ރަސްކާރުދައިން؟؟ ½އާ، މިއެއްޗެތިން ލިބޭ އެއްޗެއްގެ އުޖޫރަ، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން ދަރަވަންދޫ އެންމެހާ ރައްޔިތުންނަށް ދެއްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން މުހައްމަދު ހަނދޭގިރި ކިޔުމުން، ފަތްލިޔާ އަލީ ދިވެސްއަކުރުން ލިޔެފާވާ ފަތުގެ(F0-95)ގެ، 1378ހ ޒުލްގައިދު 9(1959 މޭ 18)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް.Size: 12.9" X 7.9"
B.Dharavandhoo - Mosque built by Miriyabeykan'bulo - Endowment for Shrine (ziyaaraiy)