1357ހ ޖުމާދިލްއައްވަލް 22(1938މ ޖުލައި 20)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު އަށް، މާލޭގާ ވިޔަފާރިކުރާ، ސޯޅިޔާއިން ނާއި މަލަބާރީން(އިންޑިޔާ ބަޔެއް)؛ އެރަދުންގެ ރަސްކަން ދެމިހުރަމަށް ދުއާކޮށް އެމީހުންނަކީ ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގާ، މާލޭގާ ވަރަށް ގިނަ ޒަމާންވަންދެން ވިޔަފާރިކުރަމުންދާ ބަޔެއްކަމާއި، އެމީހުންނަށް ރާއްޖޭގެ ސަރުކާރުން ބަހަށްޓާ ހެޔޮކަމަށް ޝުކުރުކޮށް، އަދި އެރަދުންނަށާއި، ރަސްކަމުގެ ބޮޑުންނަށާއި އަދި އެންމެހާ ރައްޔިތުންނަށް، އުފަލާއި ބާއްޖަވެރިކަން ލެއްވުމަށް ދުއާކުރާކަމާއި، މި އެންމެހާ ކަންކަން ލިޔެ، ލިޔުންގަނޑު ވަށާ ކުރެހުން އަޅާ ތައްޔާރުކޮށްފާވާ ހަނދާނީ ފަތެއް.Letter expressing best wishes(Size:11.4" × 8.85")
K.Male' - Writing(Commemoration)
1215ހ(1800މ)ގާ، އައްއްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރު، މިނަން، 2ވަނަ ފޮޅުވަތުގާ، އަދި، ފަހު ފޮޅުވަތުގާ، އަލްހާޒިނު އަލްކަބީރު މުހައްމަދު، މިނަން، އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
(Size:14.85" x 12.2")
(ތާރީހެއްނެތް) އައްސުލްތާނު ހަސަން ނޫރައްދީނު، ކައްތިރި ބަވަނަ މަހާރަދުންގެ ދަރުބާރުގާ، އަރިއަތޮޅު ދަނގެތި ރައްޔިތުން، އެރަށުގާ ބޮޑުކަނބާފާނު ބިނާކުރެއްވި ދަނާރު(މިސްކިތް)އަށް، އައްސުލްތާނު އިބްރާހީމް އިސްކަންދަރު ނަވަލޯކަ މަހާ ރަދުން ދެއްވި ފަތްކޮޅު ވަނީ އުވިފާކަމުގާ ބުނެ، އެ މިސްކިތް ބެލޭނޭ ފަދަ ގޮތެއް ހައްދަވާދެއްވުމަށް އެދުމުން، އެމިސްކިތަށް ބޮޑުކަނބާފާނުންވެސް ލެއްވި ވަގުފްކަމުގާވާ، ރަށު ގޮއިރުކާ...(މިފޮޅުވަތުގާ މެދުބައި އޮތީ ހުހަށް... ލިޔެފާވާ އެއްޗެއް ތަރުޖަމާނަށް ނޭގިފަކަމުގާ ދެކެން).. އަދި ރުއްއަރައިފި ދުވަހަކުވެއްޖެއްޔާ، ރާ އަޑުބައެއް، ބީރަށްޓެއްސަކު ރުއް އެރިއްޔާ ރާ ކުޅަ(ކުޅައި..ރުނބާއެއް)ލެއް، އެރަށު މީހަކު އެހެން ރަށެއްގެ ރުއްއަރައިފިއްޔާ ބޮލި ކޮއްޓޭއެއް ދޭންޖެހޭނެ ކަމާ، އެރަށާ ޖެހިގެން އޮތް ކުޑަފުށި ކިޔާ ރަށް ލަށްވާ، އެރަށުގެ ކަތީބު އަލީ އާއި އޭނާގެ ދަރިކޮޅު މަތިކޮށް، އަދި ކަނބާފާނުގެ ދަރިކަލަކު ނުވަތ ދަރިކަނބަލަކު ވިޔަސް، އެ ވަގުފްއާ ދެކޮޅުހަދައިގެން ނުވާނެ ކަމުގެ އަމުރުނެރުއްވުމުން، އަހުމަދު ހަނދޭގިރި ކިޔުމުން، ފަތްލިޔާ ހަސަން ދިވެސްއަކުރުން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ، ދިވެސްއަކުރު ފަތުގެ، 1340ހ ޝައުބާން 25(1922މ އޭޕްރިލް 23)ގާ ކޮށްފާވާ ތާނަ ތަރުޖަމާއެއް.
A.Dh.Dhan'gethi - Mosque - Endowment for Shrine (ziyaaraiy)
(Size: 12.2" x 16.2")
1213ހ ރަބީލްއައްވަލް(1798މ އޯގަސްޓް)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ނައިބުބޭކަލުންގެ ޝަރީއަތު މަޖިލީހަށް، ދާނާ އިބްރާހީމް ކަލޭފާނުން؛ ދެބޭރަނީ ޒިޔާރަތުގެ ދެކުނުންއޮތް، ދިގުމިނުގާ 42، ފުޅާ މިނުގާ 41 ރިޔަން ހުރި، މާވަންކަޑަގެއޭ ކިޔާ ގޯތި، ދިޔަދޫ ދޮންމަނިކުގެ އަތުން 60ކޮއްޓޭ އަށް ގަނެ، އެޝަރީއްޔަތު މަޖިލީހުގާ، 2 ހެކިންގެ ހާޒިރުގާ، އެ އަގުދީ ހަލާސްކޮށްފި ކަމާ، އަދި ގޯތި ގަނެފާވަނީ، ގޯތީގެ ވެރި އެހެން މީހުންގެ ވެސް އިޒްނަޔާ ލައިގެން ކަމުގާ ބުނެ، އެތަނަށް ފަތެއް ދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، ސާބިތުވުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް. ފަތެއް.
K.Male' - Maavankadage (Housing Plot) - letter(Housing Plot)
(Size: 7.85" x 6.3")
1357ހ ރަބީލްއާހިރު 3(1938މ ޖޫނު 2)ގާ، ހަސަން ނޫރައްދީނު، އޭނާގެ 'ބޭބެ'، އަބްދުލް މަޖީދުއަށް، އޭނާ ރަސްކަމަށް ކޮލިލާދުވަހަކީ، ޖުމާދިލްއައްވަލް މަހު 22 ނުވަތަ 23 ދުވަހު ކަމުގާ ކަނޑައަޅައިފި ކަމާއި، އެދުވަހަށް، އަބްދުލް މަޖީދު މާލެ ވަޑައިގަތުން އެއީ އޭނާގެ ވަރަށްބޮޑު އެދުމެއް ކަމުގާ ލިޔެފާވާ ސިޓީއެއް.(Size: 10.12" x 6.8")
K - Male' - Royal Palace - Coronation(letter)
1353ހ ޒުލްހައްޖު 26(1935މ ފެބްރުވަރީ 1)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު(ޝާނީ)ގެ ރަސްކަމުގެ 1ވަނަ އަހަރު، ކޮޅުމަޑުލު0ތ.) ދިޔަމިގިލި، އަބޫބަކުރު ގެދަރި ހަސަން މަނިކުއަށް ދިޔަމިގިލީގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for a deputy island chief (Size: 13.2" X 8.15")
N - Dhiyamigili - Shrine endowment letter
1354ހ ސަފަރު 4(1935މ މޭ 7)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު(ޝާނީ)ގެ ރަސްކަމުގެ 1ވަނަ އަހަރު، މިލަދުންމަޑުލު(ނ.) ދެކުނުބުރި ކުޑަފަރި، ކަތީބު އަލީގެ ގެދަރި މުހައްމަދުކޮއިއަށް ކުޑަފަރީގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.2" X 8.15")
N - Kudafari - Shrine endowment letter
1354ހ ޖުމާދިލްއައްވަލް 27(1935މ އޯގަސްޓް 27)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު(ޝާނީ)ގެ ރަސްކަމުގެ 1ވަނަ އަހަރު، ކޮޅުމަޑުލު(ތ.) ކިނބިދޫ، ހުސެއިން ގެދަރި އިބްރާހީމްއަށް ކިނބިދޫގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for a island chief (Size: 13.2" X 8.15")
Th - Kin'bidhoo - Shrine endowment letter
1354ހ ޝައުބާން 15(1935މ ނޮވެންބަރު 12)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު(ޝާނީ)ގެ ރަސްކަމުގެ 1ވަނަ އަހަރު، ހައްދުންމަތީ(ލ.) ދަނބިދޫ، އަބްދުލްރަހުމާނު ގެދަރި ގާސިމްފުޅުއަށް ދަނބިދޫގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.2" X 8.15")
L - Dhan'bidhoo - Shrine endowment letter
1354ހ ރަމްލޯނު 4(1935މ ނޮވެންބަރު 30)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު(ޝާނީ)ގެ ރަސްކަމުގެ 2ވަނަ އަހަރު، ކޮޅުމަޑުލު(ތ.) ހިރިލަންދޫ، ހަސަން ގެދަރި އިބްރާހީމްއަށް ހިރިލަންދޫގެ ކުޑަކަތީބު ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް. Letter of appointment for a deputy island chief (Size: 13.2" X 8.15")
Th - Hirilandhoo - Shrine endowment letter