1302ހ(1884މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 4ވަނަ އަހަރު، މާޅޮސްމަޑުލު ދެކުނުބުރީ އައިދޫގެ ޒިޔާރަތުގެ ބޯގައަށް، އެއައިދޫ ލަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، މާލެ ފަތްލިޔާ އުމަރު ލިޔެފާވާ ފަތެއް. Document on the consecration of Boaga Ziyaarat on Aidhoo Island (Size: 7.6" X 5.5") Ba.Aidhoo - Aidhoo Shrine - Endowment for Shrine (ziyaaraiy)
National Archives of Maldives1146ހ ޖުމާދިލްއާހިރު(1733މ ނޮވެންބަރު)ގާ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނުގެ ޝަރީއްޔަތު މަޖިލީހުގާ، ނައިފަރު ކަދީދާ، އޭނާ އާއި، މާފިލާފުށީ ޔަހުޔާ އާއި ދެމީހުންނަށް އީދުމިސްކިތް ދޮރުއެޅި ކޮށިން އޮތް ތަނުން، އޭނާއަށް ވީތަނުގާ ހުރިހާ ރުއްގަހާކާއި އެހެނިހެން އެއްޗެތިން، ބަންޑާރަ ނައިބު ހުސެއިން ތަކުރުފާނުގެ މަދްރަސާއަށް ބައިނާޅި ތެޔޮ ދީފާ، ދެން އޮތް ފައިދާއެއް، އެ ހުސެއިން ތަކުރުފާނުގެ ދަރި އައްނައިބު މުހައްމަދު ތަކުރުފާނު ނާއި އޭނާގެ ދަރިކޮޅަށް، އަދި މި ދަރިކޮޅު ނެތްނަމަ، މިތަކުރުފާނުގެ އެއްބަފާ ހައްވަ އާއި މަރިޔަމް ބީފާނާއި، މިދެބެންގެ ދަރިކޮޅަށް، އަދި މިދަރިކޮޅު ނެތްނަމަ، މުހައްމަދު ތަކުރުފާނުގެ އެއްބަނޑު ހުސެއިން ތަކުރުފާނުގެ ދަރިކޮޅަށް، އަދި މިދަރިކޮޅު ނެތްނަމަ އެދެތަކުރުފާނުގެ މަދްރަސާގާ ދަންނަކަން ކިޔަވާދޭ މީހަކަށް، އަދި އެމީހަކު ނެތްނަމަ، ދެންތިބި ދަންނަބަޔަކަށް ލަށްވާ، އެތަން ވަގުފް ކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން، އެގާޒީ ލިޔެފާވާ ފަތެއް. (Size: 7.2" X 11.7") Chief Justices - Al Ghaazee Mohamed Shamsuddin
K- Male' - M.Eid Miskiiy Dhoruelhi Koshiige baeh - Deed for housing plot
1304ހ ރަޖަބް 22(1887މ އޭޕްރިލް 16)ގާ؛ އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ރަސްކަމުގާ، ފަނޑިޔާރު އައްޝައިހުލް އަލީ އަށްނަސްކީ އަލްގާހިރިއްޔާގެ ޝަރީއަތު މަޖިލީހުގާ، މަލިންގޭ ހަސަންދީދީ، ވާދޫ ދަންޑެހެލުގެ، ވަގުފް ގޯތި، ވެޔޮދޮށު ގޯތިން ވަށްބެރުގޭ އެންމެންނަށް ވީބަޔާއި، ހައްދުންމަތީ ހަސަން މަނިކުގެ ދަރިއަށްވީ ބަޔާއި، ހުރާ އިސްމާއީލްފުޅުގެ ދަރިންނަށް ވީބަޔާއި، އައްޔަފުޅު ދޮންކޮއްކޮގެ ދަރިޔަށް ވީބަޔާއި؛ މިހުރިހާތަނެއް، އޭނާ -/111 ރުފިޔާއަށް ގަނެ، އެތަނުގެ ހަވާލުވެރިކަން އޭނައަށް ލިބިއްޖެކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ ފަނޑިޔާރު، ލިޔެފާވާ ފަތެއް. Size: 10.2" X 5.8 "
K.Male' - Part of H.Veyodhoshu goathi (housing plot) - Deed for housing plot
1308ހ ރަބީއުލްއަށްވަލް 21(1890މ ނޮވެންބަރު 4)ގާ؛ އަބްދުލް ގާދިރު އައްނަސްކީ އަލްގާހިރިއްޔާ އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ދަރި އަލްގާޒީ އަލީ ހުޝާމުއްދީނުގެ މަޖީލުހުގާ، ހެންވޭރު ކޮލިހިނގާ މަގުގެ ދެކުނުން އަތިރީ ހަކުރާގެއާ އިންވެ އިރުން އަތިރީގެގެ ހުޅަނގުން އޮތް، ހުކުރުމިސްކިތު މަލިންމަނިކުފާނުގެ ދަރި އަލްވަޒީރު ހަސަން ޝާހު ބަންދަރު ވެލަވަޅުނާ(ވެލާނާ) މަނިކުފާނު، ވާދޫ ދަންޑެހެލުގެ، ވެޔޮދޮށު ގޯތި، އެ ދަންޑެހެލުގެ ދަރިން ކުރެން، ވަށްޓާލާ އިބްރާހީމް ކަލޭފާނު އިނދެގެން އުޅުނު ކެޔޮޅު ހުސެއިން ކަލޭފާނުގެ އަންހެންދަރިޔަށް ވީބައި ނޫން، އެހެން ހުރިހާ ބައެއް، އެބައިބައިގެ ބެހެނިވެރިން، އޭނާޔަށް -/211ރުފިއާއަށް ވިއްކާފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެއީ ވަގުފް ގޯއްޗެއް ކަމާއި އަދި އެ ފައިސާ ދީ ހަލާސްކޮށްފިކަމުގާ ސާބިތުވި ނަމަވެސް، އެވިޔަފާރި ސައްހަ ނޫންކަމުގަޔާ، އަދި އެފައިސާ އަނބުރާ އެމަނިކުފާނަށް ދިނުމަށް އަންގަވާ، އަދި އެފައިސާ ދެއްކެންދެން އެތަނުގެ ހަވާލުވެރިއަކީ، ވެލާވަޅުނާ މަނިކުފާނުކަމުގާ ނިޔާކުރެއްވުމުން؛ އެތަނުގެ އިމާއި މިން ހިމަނާ، ހަސަންލް މުލައްގަބް މާރާދަލް މުލަކީ ގެދަރި އައްނައިބު އަލްކަބީރު މުހައްމަދު ލިޔެފާވާ ފަތެއް. (Size: 11.7" X 8.6") Chief Justices - Al Ghaazee Ali Husamuddin
K.Male' - Part of H.Veyodhoshu goathi (housing plot) - Deed for housing plot
1144ހ(1732މ)ގާ؛ އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 11ވަނަ އަހަރު، ފާދިއްޕޮޅު އޮޅުވެލިފުށީގެ މީހުން، އެމީހުން ބޮލިހިލާނެ ފަރެއް ބޭނުންވެގެން ދެންނެވުމުން، ތިލަމާފުށި ދެކުނުން ފަށައިގެން، އޫކޮޅުފިނޮޅު އުތުރުން އޮތް މާލީކަނާއި ދެމެދު އޮތް ތާ ފަޅު، އެމީހުންނަށް ލަށްވައިފިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ވަތަބަނޑޭރި ލިޔެފާވާ ފަތެއް. Size:5.12" X 10.4
Lh.Olhuvelifushi - Lagoon - gift
1233ހޝައްވާލް(1818މ އޯގަސްޓް)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރިއްޔަތު މަޖިލީހުގާ، ފީވަކު ހަސަން ތަކުރުގެ ދަރީންނާއި ގޮއިދޫ އުމަރު ތަކުރުފާނުގެ މީހުންނާއި، އެ ދެބައި މީހުންނަށް އޮތް، ހެންވޭރު ލޮނުޒިޔާރަތް ދޮށަށް އެރެންއޮތް މަގުގެ ކަނާތްފަރާތުގާ އޮތް، ތުނބުޅިކޮށި ކިޔާތަނުގެ ވަގުފްގެ ހަވާލުވެރިކަމުގެ މައްސަލ ހުށައެޅުމުން، އެކަން ބަށްލަވާ، އެވަގުފް، އުމަރު ތަކުރުފާނުގެ ހަވާލުގާ އޮށްވާ، ތުބުޅި ހަސަން ތަކުރުފާނުގެ ދަރިންނަށް ލެއްވިކަމާއި، އެދަރިން، އެތަނުގެ ހަވާލުވެރިކަން، ފައިނު ފަށަވާޅު އަހުމަދު ކަލޭފާނާއި ހަވާލުކުރި ކަމުގާ ނިޔާކުރުއްވުމުން، ނައިބު މުހައްމަދު ލިޔެފާވާ ފަތެއް. Letter written by Naibu Muḥammad to al-Ghāzī Ibrahīm Sirāj Uthama Fandiyāru, in order to settle a dispute over land ownership of Themnbulhikoshi Goathi, which is located on the right side of the road leading to Henveyru Lonu Ziyaarat. The dispute arose between the children of Feevaku Ḥasan Thakuru and the relatives of Goidhuu Umar Thakurufānu. Upon investigation of the matter, it was found that ownership had passed from Umar Thakurufānu to the children of Thunbulhi Thaturufānu. (Size: 6.7" X 6.5) Chief Justices - Al Ghaazee Ibrahim Sirajuddin
K.Male' - H.Thun'bulhi Koshi housing plot - Deed for housing plot
1163ހ ރަބީލްއާހިރު(1750މ މާޗް)ގާ، އަލްގާޒީ ހަސަން ތާޖުއްދީނުގެ ދަރި އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ފަނޑިޔާރު މަނިކުފާނުގެ ޝަރިއްޔަތުގެ މަޖިލީހުގާ، ފ.އަތޮޅު ހިމިތީ މީހުން، އެރަށުގެ މިސްކިތުގެ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ދެއްވާފާވާ، ވަގުފް ފަތް ބާވެގެން އާކޮށް ދެއްވިމަށް އެދުމުން، އެފަތް ބަށްލަވާ، އޭގާވީ ގޮތުގެ މަތިން؛ ޝަމްސުއްދީނުގެ ޝަރީއަތު މަޖިލީހަށް، ހިމިތީ މީހުން ގޮސް، އެމިސްކިތުގެ ވަގުފެއް ކަމުގާ ލަށްވާފާވާ، އަތަހަރަ އޭކިޔާ ރަށުގާ، ގެމެންދޫ މީހުން އިންދި ރުއް ހުންނާނޭ ކިޔާ، ވަރުވާ ނުދަށްކާތަ 6 އަހަރު ވެއްޖެއޭ ކިއާ ދައުވާ ކުރުމުން، ގެމެންދޫ މީހުން އެ މަޖިލީހަށް ހާޒިރުކުރަށްވާ، އެމީހުން އެތާ ރުއް އިންދި ކަމުގެ އެއްވެސް ހެއްކެތް ނެތް ކަމުގާ އެމީހުން އިގުރާރުވުމުން، ހިމިތީ މީހުންނަށް، އެ ހަ އަހަރަށް ވީ ވަރުވާ ކަމުގާވާ، 6ކޮށްޓޭ ބޮއްޔާ 6ލާރިއާ ގެމެންދޫ މީހުން ދަށްކާ، އެ ރަށް އެ ހިމިތީ މިސްކިތް މައްޗަށް ލަށްވާ، ލިޔެފާވާ ފަތެއް. (Size:11" X 8") Chief Justices - Al Ghaazee Mohamed Shamsuddin
F.Himithi - Himithi Mosque - Endowment for Mosque
(ތާރީހެއް ނެތް) މިފަތުގެ މަތީގާ، 'އަލްހަތީބުލް މުހައްމަދުލް މަޝްހޫރު އަލްހަތީބުލްގާޒީ މުހައްމަދުލް އިބުނުލްހާޖީ އަލީ' ، އަދި ތިރީގާ، 'އައްނައިބު އިބްރާހީމް އިބްނު އަލްގާޒީ ހަސަންލް މަޝްހޫރު'، މިހެން، އަރަބިން ލިޔެފާވެއެ. Size:9.4" X 7.5" Endowment for Shrine (ziyaaraiy)
National Archives of Maldives1289ހ ރަޖަބް 13(1872މ ސެޕްޓެންބަރު 16)ގާ؛ އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ މަޖިލީހުގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު ގެދަރި އައްސުލްތާނު މުހައްމަދު އިމާދުއްދީނު އާއި، ރަންނަބަނޑޭރި އިބްރާހީމް މަނިކުފާނުގެ ދަރި ރަންނަބަނޑޭރި އަލީ ކިލަގެފާނު، ގަލޮޅު ބޮޑުމަގު ހުޅަނގުން ދަނޑިދިރުބާގޭ އިރުން ނޮޅިވަރަމު މުހައްމަދު މާލިމީގެ ގޯތީގެ ދެކުނުން އޮތް، ދިދިގެ ކުދިންނާއި، ބޮޑުގަލުގެ ކުދިން އަތުން މަލިކު ހުސެއިން ތަކުރު ގަނެ މިލްކުކޮށްފާވާ ގޯތިން، ހުސެއިން ތަކުރުގެ ދަރި ހަސަންއަށް ވީތަން، ގަނެފިކަމުގަޔާ، އަދި އެތަން ވަގުފްކޮށް، އެތަނުގެ ހަވާލުރިކަން އެދެމީހުންގެ ދަރިކޮޅަށް ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެވިޔަފާރިއާ އެ ވަގުފް ސައްހަ ކަމުގާ ނިޔާކުރަށްވާ، އެތަނުގެ އިމާއި މިން ހިމަނާ، އެފަނޑިޔާރު މަނިކުފާނު ލިޔެފާވާ ފަތެއް.
އަދި ފަތުގެ ނުފުށުގާ:
1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާވާ، މަލިކު ހުސެއިން ތަކުރުގެ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެފާވާ ކަމުގާ؛ ލިޔެފާވާ ލިޔުމެއް.
(Size:12.6" X 8.5") Chief Justices - Al Ghaazee Moosa BadhuruddinK.
Male' - Deed for housing plot
1214ހ ސަފަރު(1799މ ޖުލައި)ގާ؛ އަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ ޝަރީއްޔަތު މަޖިލީހުގާ، ފާދިއްޕޮޅު ހަކުރާ ތަކުރުފާނުގެ ދަރި އަހުމަދު މަނިކުގެ ދަރިން އިބްރާހީމް މަނިކު އާއި ހުސެއިން މަނިކު، އެމީހުންގެ ބައްޕަގެ މިލްކު، މައްޗަންގޯޅި ރަށްދެބައިމަގު ކަނާއަތުން އަތިރިޔަށް އެރޭތާ، ތާޅަފިލިކަލޭގެ ހުރި ގޯއްޗާ އިންވެ އުތުރުން އޮތް ގޯތި، ރިނބުދޫ މޫސާކަލޭގެގެ ދަރި ދޮންއަލީ ކަލޭގެއަށް ވިއްކައިފި ކަމުގަޔާ، އެތާ ތިބި ހެކިންނަކީ، ސިއްކަ އަހުމަދު ތަކުރުފާނު، ފާދިއްޕޮޅު އަހުމަދު މަނިކުގެ އެއްބަފާ ހުސެއިން މަނިކު، އަދި ބަންޑާރަނައިބު މުހައްމަދު ކަލޭފާނު ކަމާއި، އަދި މި އަހުމަދު މަނިކުގެ ދަރިން، އިބްރާހީމް މަނިކާ، ފާތުމާމަނިކެއާ އަދި ހުސެއިން މަނިކު، މި މުއާމަލާތު ގަބޫލުކުރާ ކަމާއި، އެތަނުގެ ދިގުމިނުގާ 36ރިޔަން އަދި ފުޅާމިނުގާ 25ރިޔަން ހުންނާނެ ކަމުގާ ބުނެ، ދޮންއަލީ ކަލޭގެއަށް އެގޯތި މިލްކުވެއްޖެ ކަމުގާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެމަގަށް، އެއުއްތަމަ ފަނޑިޔާރު ލިޔެދެއްވާފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
(ތާރީހެއް ނެތް) ވުޒާރަތުލް ދާހިލިއްޔާއިން؛ މަތީގާވާ، މަލިކު ހުސެއިން ތަކުރުގެ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެފާވާ ކަމުގާ؛ ބުނެފާވާ ލިޔުމެއް.
(Size:8.9" X 7.5") Chief Justices - Al Ghaazee Moosa Muhyiddin
K.Male' - Deed for housing plot