Mostrando 867 resultados

Descripción archivística
865 resultados con objetos digitales Muestra los resultados con objetos digitales
NAM DOC-MN-F6-34 · Unidad documental simple · 1962
Parte de Documents

1962މ މޭ 23(1381ހ ޒުލްހައްޖު 18)ގާ، ހދ. ނޮޅިވަރަމުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް؛ އެއަތޮޅު ކަނަމަނަ އަކީ އެރަށުގެ، އިހުޒަމާނުގާ، ބޮޑުގަލު މިސްކިތް ކިޔާ، ހުކުރު މިސްކިތަށް ވަގުފްކޮށްފާވާ ރަށެއް ކަމާ، އެރަށުގެ މުސްކުޅިން ބުނާ ގޮތުގާ އެކަމުގެ މައްޗަށް އޮތް ލޯފަތްކޮޅެއް، ޝަމްސުއްދީނު ރަސްކަމުގެ ދުވަސްވަރު މާލެ ގެންގޮސްފާވާ ކަމާ، އަދި އެރަށުގެ އެހެން އެއްވެސް ވަގުފެއް، އަމިއްލަ ބިމެއް އޮތްކަން އިނގެންނެތްކަމުގާ ބަޔާންކޮށް؛ ހދ. އަތޮޅުވެރިޔާ، އިސްމާއީލް ނަސީރު ލިޔެފާވާ ސިޓީ/ނަކަލެއް؟ Letter sent by the chief of Haa Dhaalu Atoll stating that Hdh. Kanaman is a waqf endowment distributed to Bodugalu (Hukuru) Miskiy, but that Hdh. Nolhivaramu is not endowed to any mosque (Size: 8.2" X 6.5")
H.Dh.Naivaadhoo - Hukuru Miskiiy (Mosque) - letter(Mosque)

Sin título
NAM DOC-MN-F6-29 · Unidad documental simple · 1923
Parte de Documents

1342ހ ސަފަރު 11(1923މ ސެޕްޓެންބަރު 22)ގާ، މަހްކަމަތުލް ޝަރީޔާއިން، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ނޮޅިވަރަމު ބޮޑުމޫސާގެ ދަރި އާދަމް އައިސް، އޭނަޔާ އޭނާގެ އަނބި ހިޔަލަޔާ ދެމީހުންގެ މުދަލުން، އޭނާއަށް ވީ ބަޔާ، ދެންވެސް އޭނާގެ މިލްކުގާ ވީހާ މުދަލެއް، ވަގުފްކޮށް، އެކަމުގެ ހަވާލުވެރިކަން، އޭނާއަށާ، އޭނާނެތުމުން އޭނާގެ ދަރިން ދަލޭކާ، އައިމިނަ އާއި އަދި އޭނާގެ ދަރި އިބްރާހީމްއަށް ލިބިހުރި ދަރިއަށާ އަދި އޭނާގެ އަނބި ހިޔަލައަށް މަތިކޮށްފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން، އެމަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް. (Size: 11" X 8.5") Chief Justices - Al Naaibu Hussain Salahuddin
H.Dh.Nolhivaram - Endowment for property

Sin título
NAM DOC-MN-F6-27 · Unidad documental simple · -
Parte de Documents

(ތާރީހެއް ނެތް)'ހދ. އަތޮޅުއޮފީސް، ނޮޅިވަރަންފަރު'(ލިޔުނުފަރާތު އެޑްރެސް ޖަހާގޮތަށް ޖަހާފާ)، 'ނަންބަރު ހ3-62/13 ސިޓީއާ ގުޅޭ' މިހެން ސުރުހީކޮށް، ރުކާ، އެކިވަށްތަރުގެ ގަސް، ހިފާގެންގުޅޭ ސާމާނު، ފޮށި، ފިލާ، ރަން އަދި ރިހި ގަހަނާ، އަދަދާއެކީ ޖަހާ، އަދި، ބޮޑުމިނާއެކު 1ގެ، ޖަހާފާވާ ލިސްޓެއް.(F6-27Aއާއިމި ކަރުދާހާ އެއްކޮށް ހީރަސްކޮށްފާ އޮތީތީވެ، މިއީ އޭގާ އެބުނާ ވަގުފްގެ ލިސްޓެއް ކަމުގާ ބެލެވޭ)Size: 9.1" X 4.2"

Sin título
NAM DOC-MN-F6-55 · Unidad documental simple · 1928
Parte de Documents

1346ހ ރަޖަބް 9(1928މ ޖަނަވަރީ 3)ގާ، ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އައްޑޫ، މީދޫ ފަންނިއަރު ހުސެއިންގެ ދަރި މުހައްމަދު ތަކުރުފާނު، އޭނާގެ މިލްކިއްޔާތުން، ވަގުފްސައްހަވެގެންވާ އެންމެހާ ތަކެތި ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިންކަން އޭނާއަށާއި އޭނާ ނެތުމުން އޭނާގެ ދަރިކޮޅަށް މަތިކޮށްދީފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތަކަށް އެދުމުން؛ އެމަގަށް، ނައިބު މުހައްމަދު ލިއެފާވާ ފަތުގެ ނަކަލެއް.(Size:10" X 8") Chief Justices - Al Naaibu Hussain Salahuddin
S.Meedhoo - Deed for housing plot, Endowment for property

Sin título
NAM DOC-MN-F6-54 · Unidad documental simple · 1962
Parte de Documents

1962މ މޭ 21(1381ހ ޒުލްހައްޖު 16)ގާ، ނ.އަތޮޅު މަނަދޫގާ ހުންނަ، އެއަތޮޅުގެ އަތޮޅު އޮފީހުގެ(ހ)އިން، ވުޒާރަތުލް ދާހިލިއްޔާގެ(ހ)އަށް، އެވުޒާރާގެ، ހ.3-62/61ނަންބަރު ސިޓީގެ ޖަވާބެއްގެ ގޮތުގާ؛ އެއަތޮޅުން، މީސްމީހުންގެ އެއްވެސްކަހަލަ ވަގުފެއް، އަދި އެޒާތުގެ އެއްވެސް ލިޔުމެއް އެހާތަނަށް ފެނިފާނުވާކަމާ، އެފަދަ މައުލޫމާތެއް ލިބުނުވަރަކުން އަންގަމުންދާނެ ކަމުގާ، ބަޔާންކޮށް؛ އަތޮޅުވެރިޔާ، އ.ދ.ތ މުހައްމަދުފުޅު ސޮއިކޮށްފާވާ، ސިޓީއެއް.Letter sent by the N. Manadhoo Atoll Office on missing documentation for waqf endowments (Size: 8.2" X 6.5")
N.Manadhoo - Maa Letter (Endowed housing plot), letter(Endowment for property)

Sin título
NAM DOC-MN-F6-43 · Unidad documental simple · 1952
Parte de Documents

1371ހ ރަޖަބް 9(1952މ އޭޕްރިލް 4)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ ވަލުގަނޑުވަރު އިސްމާއިލް ދީދީ ގެނައި މައްޗަށްގޮޅި ބޮޑުގަލުގެ އުބުރާހީމް މަނިކު ވަގުފްކުރި މުދަލާއި ގޯތީގެ، 1215ހ(1800މ)ގާ، އަލްގާޒީ މޫސާ ބަދުރުއްދީނު އުއްތަމަ ފަޑިޔާރު މަނިކުފާނު ލިޔުއްވާދެއްވި ފަތް ބަލައިގެންފައި ދިން، އާފަތެއް ހަދާ އަތުލާފާވާ ރަސީދެއް..Receipt of real estate documents: Machchangoalhi Bodugaluge (Size: 7.9" X 4.5")
K - Male' -Ma.Bodugaluge (Housing Plot) - Accounts (housing plot)

Sin título
NAM DOC-MN-F6-59 · Unidad documental simple · 1959
Parte de Documents

1379ހ ރަބީލްއައްވަލް 25(1959ހ ސެޕްޓެންބަރު 29)ގާ، ވުޒާރަތުލް މާލިއްޔާގެ(ހ)އިން؛ 1259ހ(1843މ)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނުގެ ސިއްކަޖަހާފާވާ، ބ.އަތޮޅު ކުޑަރިކިލް މިސްކިތުގެ ބޯގަޔަށް، އެއަތޮޅު ވޯވަށް އަދި ވިނެންފަރު(ވިނަނެތްފަރު) ދެއްވާފާވާ، ދިވެސްއަކުރު ފަތްކޮޅެއް، އެ ވުޒާރާއަށް ލިބުނުކަމުގާ؛ އާދަމް އަހުމަދު ނަސީރު، ސޮއިކޮށްފާވާ، ލިޔުމެއް.Letter stating that Wuzārath Al-Maaliyya received a waqf endowment of assets to Kudarikilu Rashu Miskiyy, which was written in Dhives Akuru (Size: 8.4" X 5.7")
B.Kudarikilu - Island Mosque - Account

Sin título
NAM DOC-MN-F6-42 · Unidad documental simple · 1951
Parte de Documents

1370ހ ޖުލްހައްޖު 15(1951މ އޯގަސްޓް 18)ގާ، މަހްކަމަތުލް ދާހިލިއްޔާއިން؛ ދައްޕަރު އިބްރާހީމް ދީދީ ގެނައި ބަނޑޭރިތަކުރު ގޯތީގެ(ރަންހަދާގެ)ގެ، 1356ހ(1937މ)ގެ ފަތް ބަލައިގެންފާ؛ ދިން ދިން، އާފަތެއް ހަދާ އަތުލާފާވާ ރަސީދެއް.Receipt of real estate documents: Henveiru Garabu Goathi (Size: 4.2" X 4.6")
K - Male' - H.Garabu Goathi (Housing Plot) - Accounts (housing plot)

Sin título
NAM DOC-MN-F9-12 · Unidad documental simple · 1953
Parte de Documents

1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އަލްގާޒީ މޫސާ ނަޖުމުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން، ފެންފުށި މުދިން ކަލޭފާނުގެ ދަރި ހަސަން އެދުރު މަނިކު އަށް ލިޔެދެއްވާފާވާ ވަގުފް ފަތް ބާވެގެން، 1219 ޒުލްގައިދު 17(1805މ ފެބްރުވަރީ 17)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނު އުއްތަމަ ފަނޑިޔާރު، ކުޑަފަރީ މުދިން ތަކުރުފާނުގެ ދަރި މަރިޔަމްފާނު، ވަގުފްކޮށް އޭނާގެ ދަރި ހަސަން މުދިންނަށާއި އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ، ޅޮހީގެ އާއި ކުރެދިމާގެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - H.Kuredhimaage (6th Housing Plot), Lhohige (6th Housing Plot) - Deed for housing plot (Th.Elaa)
(Size: 10" X 7.5") Chief Justices - Al Ghaazee Moosa Najmuddin

Sin título
NAM DOC-MN-F10-53 · Unidad documental simple · 1952
Parte de Documents

1952މ ފެބްރުވަރީ 6(1371ހ ޖުމާދިލްއައްވަލް 10)ތާރީހުކޮށް، މަތިގެއިން، ކަކާ ބޭކަލުން ކަމުގާވާ،(ނަމުގެކުރިޔަށް 'ކަކާ' ޖަހާ)، އަލިފުޅު، ހަސަން މަނިކު، ދޮންމޫސާ ކަލޭފާނު، މުލީ ހަސަންފުޅު، މި މީސްމީހުންގެ ނަންޖަހާ، އެއިން ކޮންމެ ބޭކަލެއް ފޮނުއްވަން ވީ އެއްޗެތި ކަމުގާ ތިރީގާ ދުފާ ސާމާނުގެ ބާވަތްތައް ޖަހާ، އެއެއްޗެތި، ހުކުރުދުވަހު ހަވީރު 4ޖަހަން ވާއިރަށް ފޮނުވަން އެދިފާވާ، ކަރުދާހެއް.List of ingredients and their costs (Size: 6.3" X 4.05")
K - Male' - Royal Palace (Mathige) - Note

Sin título