1332ހ ޖުމާދިލްއާހިރު 18(1914މ މޭ 14)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 12ވަނަ އަހަރު، އެ ރަދުންގެ ދަރުބާރުގާ، ނިލަންދެއަތޮޅު (ފ.)ދަރަނބޫދޫ މީހުން، އެމީހުންގެ ރަށުގާ ހުރި ދެ މިސްކިތް ބެލެހެއްޓޭނެ ގޮތެއް ނެތް ކަމުގާ ބުނެ، އެމިސްކިތަށް އެއްޗެއް ދެއްވުމަށް އެދުމުން، ދަރނަބޫދޫގެ އިހުގެ ފަތް ބެއްލެވުމުން އެފަތްތަކަކީ، ވަނީ އެރަށު ދެމީހެއްގެ ދަރިކޮޅަށް، އެދެމީހުންގެ ހުރި ރުއްގަސް ވަގުފްކޮށްފާވާ ކަމާއި، އަދި އޭރު ހުންނެވި ރަދުން، އެ ރުއްގަހުގެ ބިންބައި)ބިމުގައި ހައްދާތަކެތީން ބިންވެރިޔާއަށް އޮންނަބައި( ކަނޑުއްވާ، ބޯގަޔަށް ލިޔެދެއްވާފާވާ ފަތަކާއި، އޭގެފަހުން، އެ ދެ ދަރިކޮޅުގާ އަރާރުންވެ އުޅޭތީ، އެކަން ސުލްހަ ކޮށް ދެއްވާފާވާ ފަތް ކަމުގަޔާ، އަދި، އެޒަމާނަށް އާއިރު، އެދަރިކޮޅުގެ އެއްވެސް މައުލޫމާތެއް ނެތުމުންނާއި، އެ ދެ މިސްކިތް ބެލެހެއްޓިފާ ނެތްކަމުން، އެ ފަތްތައް އުވާލަށްވާ، އެރަށު ގޮއިފާލަށްބައިގެ ބިންބައިގެ ހުރިހާ ތަކެއްޗެއް، އެ ދެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެއިރެއްގާ ހުންނަވާ ރަސްގެފާނެއް، އެ ދެ މިސްކިތް ބަލަހަށްޓާނެ ބަޔަކު ކަނޑައަޅުއްވާނެ ކަމާއި، އެރަދުން، އެބޯގައިގެ ހަވާލުވެރިކަން، އެރަށުގެ ރައްޔިތުންނަށް ލަށްވައިފި ކަމުގެ ފަތް ލިޔުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ފުރަމާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެފާވާ ފަތެއް. Size; 19.9" X 11.9"
F.Dharan'boodhoo - Endowment for Shrine (ziyaaraiy)
1208ހ ރަބީލުއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރި ގެންނަވާ؛ މާލޭގެ މުންކަރާތަކާ(ކުއްފާފަތައް)، މިސްކިތުގެ ބޯގަތަކާ، ބައިތުލްމާލާ، ރައްޔިތުންގެ މިލްކުތަކާ، އެފަދަ އެންމެހާ ކަންތައްތައް ބަލާ އިންސާފުކުރުމަށް އެންގެވުމުން، އެދުރު ފަސްމަންދޫ ހުސެއިން، އަލްވަޒީރު ހާޖީ މޫސާ މާފަތް، އަލްވަޒީރު މުހައްމަދު ބޮޑުގަލު ދަހަރަދަ، މުހައްމަދު މާބަނޑޭރި، މާކޮށާރު ބަނޑޭރި މުހައްމަދު، އެތެރެ ބަނޑަހަލު ބަނޑޭރި ކިނޮޅޮހު އަލީ މޭނާ، ބޭރު ބަނޑަހަލަ ބަނޑޭރި އަލީ ސައިފުއްލާ، މުހައްމަދު ރައްފަޑި، ތޮއްޑޫ އިބްރާހީމް އަދި ރަސްކެތީމު ހުސެއިން ކުޑަބަނޑޭރި ހިމަނާ ކޮމިޓީ އެއް އެކުލަވާލާ، އެ ކޮމިޓީން، އައްސުލްތާނު އަލްގާޒި އަލްހާޖީ އިބްރާހީމް އިސްކަންދަރު މަހާރަދުން، ހުކުރުމިސްކިތުގެ 8 ދޮށުންގެ ކަންތައްތައް ބެއްލިއިރު، އެ މިސްކިތުގެ ބޯގަ، ހިންނަހިންނަ އޮންނަންވީ ވަރަށްވުރެ ބޮޑުކަމަށް ސާބިތުވުމުން، އެތަންތަން މިން ހަމަކުރުމުން، އެމިސްކިތުގެ ދޮށުން، އޭގެ އިތުރުން އެއްޗެއް ދެއްވުމަށް އެދުމުން؛ ހެންވޭރު ހިހޫވާ ނިކަގަސްދަށު ދެކުނަށް އޮތް، ލޮނުޒިޔާރަތް ހިންނަ އާއި އެހިންނައިގެ އުތުރަށް ހުރި މާމިސްކިތު ހިންނަ އާއި ދެމެދުގާ އޮތް 280ބަމަ ހުރި ބިމާ، ގާމަގު އިރުމަތިން 320ބަމައިގެ ބިމާ، ގަލޮޅު ބޮޑުމަގު ހުޅަނގުން އޮތް 138ބަމައިގެ ބިމާ، ރަށްދެބައިމަގު އިރުމަތިން 112ބަމައިގެ ބިމާ، ކެލާއެދުރު މަގު ހުޅަނގުން 374ބަމައިގެ ބިމާ، އީދުމިސްކިތަށް ހިނގާ މަގުގެ ދެކުނުން އޮތް، ވަށާ 270ބަމައިގެ ބިމާ، ކޮށްޓަށްހިނގާ މަގު ދެކުނުގާ އޮތް، ވަށާ 173ބަމައިގެ ބިން، ހުކުރުމިސްކިތަށް ލެއްވިކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، އަލްހާޒިން އަލް ކަބީރު މުހައްމަދު ހަނދޭގިރި ކިޔުމުން، ފަސްމަންދޫ އަލީ ހަކުރަވެތި ކަލޯގެ ދަރި ހުސެއިން ލިޔެފާވާ ފަތެއް. Size; 22.81" X 17.3"
K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1320ހ ސަފަރު 6(1902މ މޭ 14)ގާ، އައްސުލްތާނު އަލްހާއްޖަ މުހައްމަދު އިމާދުއްދީނުގެ ދަރުބާރުގާ، ހަސަން ދީދީގެ ދަރި އަލްހާއްޖަ އަލީ ދީދީ ފަނޑިޔާރުގެ ޝަރީއްޔަތު މަޖިލީހުގާ، ރިނބުދޫ ދޮންއަލީގެ ދަރި ދޮންމޫސާފުޅު، އެމީހުންގެ ގޯތީގެ ފަތް ބާވެގެން، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އާކޮށްދެއްވި ފަތްވެސް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އަލްގާޒި މޫސާ މުހިޔިއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތުގާ ވާގޮތުގެ މަތިން، ފާދިއްޕޮޅު ހަކުރާ ތަކުރުފާނުގެ ދަރި އަހުމަދު މަނިކުގެ ދަރި އިބްރާހީމް މަނިކު އާއި އޭނާގެ އެއްބަފާ ހުސެއިން މަނިކު، އެދެބެންގެ ބައްޕަގެ މިލްކުގާވާ، މައްޗަންގޯޅި.....(ކިޔަންނޭގޭ ބައެއް).. އިންވެގެން އުތުރުން އޮތް ގޯތި، ރިނބުދޫ މޫސާކަލޭގެ ދަރި ދޮންއަލީ ކަލޭގެޔަށް، ސިއްކަ އަހުމަދު ތަކުރުފާނުއާ، އެތަކުރުފާނުގެ އެއްބަފާ ހުސެއިން މަނިކު ބަންޑާރަ ނައިބު، ހެކިކޮށް، 50ކޮށްޓޭއަށް ވިއްކާ، އެގޯއްޗާއި، ގޯތީގާވާހާ ތަކެތި، ދޮންއަލީޔަށް މިލްކުވެފާވާ ކަމުގާ، އާފަތެއް ލިޔެދިނުމަށް އެންގެވުމުން، މުހައްމަދު މުލަކީ މަނިކުފާނުގެ ދަރި އައްނައިބު މޫސާ ދީދީ ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތިގާ ބުނެވިފާ އެވާ ގޯތި ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދީފާވާ ކަމުގާ ބަޔާންކޮށްފާވަ ލިޔުމެއް. (އެކަމު މަތީގާ އެވަނި ވަގުފް ފަތެއް ނޫން.)
List of private house in Machchangoalhi Kunnaarugoathi, Malé (Size: 13.2" X 9.5") Chief Justices - Al Haajja Ali Didi
K.Male' - Ma. Kunnaaru Goathi (Housing Plot) - Private Property
(ތާރީހެއް އިނގޭކަށް ނެތް) 4 ސިއްކަ ޖަހާފާވާ، ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ލޯކުރެންދޫ' ޖަހާފާވާ، ދިވެސްއަކުރު ފަތެއް. Size; 14.9" X 13.4"
Lh.Kurendhooi
(ތާރީހެއް އިނގޭކަށް ނެތް) ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'މާޅޮސްމަޑުލު ދަރަވަންދޫ' ޖަހާފާވާ، ދިވެސްއަކުރު ފަތެއް. Size: 18.2" X 14"
B.Dharavandhoo - Mosque built by Miriyabeykan'bulo - Endowment for Shrine (ziyaaraiy)
1207ހ(1793މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މާޅޮސްމަޑުލު ދަރަވަންދޫ މީހުން، އެމީހުންގެ ރަށުގާ މިރިއަބޭކަނބުލޯ ކިޔާ މީހަކު އިމާރާތްކުރި މިސްކިތަށް، ކުރީގެ ރަސްކަލުން ބޯގައަށް ދެއްވި ފަތް އަނދައިގެން އޭގެ ފަހުން ދެއްވި ފަތް މަލާބާރީން ހަލާކުކޮށްލައިފި ކަމުގާ ބުނެ، އާފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މިސްކިތުގެ ބޯގައަށްވީ ދަރަވަންދު ގޮއިފާލައްބައިގެ ½ އާ، އެރަށު ބައިބާރު؟؟(ރޯނު ބައި؟..ރޯނުން ނަގާ ޓެކްސް)ރޯނާ، ގޮއިމަހުގެ(ސަރުކާރަށް ނަގާ މަސް) ½އާ، ދެމީހުންގެ ރަލާ، އެރަށުގެ ކުޑަހިންނަ، އަލަދަނޑު، ބޮޑުމަގުދަނޑު، އަލަދަނޑު ދެކުނުން އޮތް ދަނޑު އަދޮ އެރަށުގެ ދެކުނުގައި އޮތް ދަނޑާ، ރަސްކާރުދައިން؟؟ ½އާ، މިއެއްޗެތިން ލިބޭ އެއްޗެއްގެ އުޖޫރަ، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން ދަރަވަންދޫ އެންމެހާ ރައްޔިތުންނަށް ދެއްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން މުހައްމަދު ހަނދޭގިރި ކިޔުމުން، ފަތްލިޔާ އަލީ ދިވެސްއަކުރުން ލިޔެފާވާ ފަތުގެ(F0-95)ގެ، 1378ހ ޒުލްގައިދު 9(1959 މޭ 18)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް.Size: 12.9" X 7.9"
B.Dharavandhoo - Mosque built by Miriyabeykan'bulo - Endowment for Shrine (ziyaaraiy)
(ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ދިޔަމިގިލި' ޖަހާފަވާ ދިވެސްއަކުރު ފަތެއް. Document written in Dhives Akuru with four seals on the front and the word 'Loakurendhoo' written in Thaana on the back, added in later times (Size; 21.5" X 12.2")
Th.Dhiyamin'gili
1193ހ ޝައްވާލް(1779މ އޮކްޓޯބަރު)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ ފުރަތަމަ އަހަރު، އެރަދުންގެ ދަރުބާރުގާ، ކޮޅުމަޑުލު ދިޔަމިގިލި މީހުން، އެމީހުންގެ ރަށު މިސްކިތަށް ބޯގައެއް ލަށްވާދެއްވުމަށް އެދުމުން، ފަހަލަ؟ ކިޔާ ރަށާ އެރަށުގެ ފަޅާ، (މ/ލ؟)މެދަފުއްށި އާއި އަދި ދިއަމިގިލިފަޅަށް، މަސްބާނައިގެން ވަތް ކޮންމެ ރަށެއްގެ އޮޑިއެއް ނަމަވެސް، އެ އޮޑިއަކުން މަސްބައަކާ، ވާރު މަހާ، ވާރުކާށްޓާއި، އަދި ދިޔަމިގިލި ފާލަށްބަ އަށް ވީހާ ތަކެއްޗަކުން، އެގަނޑުވަރަށާއި އެ މިސްކިތަށް ބައިއެޅުމަށާއި، އެ މިސްކިތުގެ މުދިމަށް ލުންގިފަށްޓަރު( މިއީ އިހުގައި ގަނޑުވަރު ތެރޭގެ ފިރިހެން ބޭފުޅުން އަނދެ ވަޑައިގަންނަވާ އެއްޗެއް)ހުއްދަވާނެ ކަމާއި، އެހެން ރަށެއްގާ އޮންނަ މަޖިލީހަކަށް ދާން، ދިޔަމިގިލީ މީހަކަށް ކިޔައިފި ނަމަ، އެމީހަކާ ނުލާ އެމަޖިލީހެއް ނުފެއްޓޭނެ ކަމާއި، އެހެންރަށެއްގެ މީހަކު އެރަށައް އައިސް، އެރަށު މީހެއް ގައިގާ ޖަހައިފި ނަމަ، އެމީހަކު ސަލާމަތުން ނުދާނެ ކަމާއި، ގަނޑުވަރުގެ ރުކުފާލަށްބައާއި، ދަނޑިމަސް(މަސްދޯނިފަހަރު ވަކިވަރަކަށް މަސްބާނައިގެން އައިމާ އެބޭނިމަހުން ގަނޑުވަރުތެރެއަށް ގެންދާމަސް) އޮންނާނީ ގަނޑުވަރަށް ކަމާއި، ފަހަލައިގެ ފަޅުން އެމިސްކިތައް މިލްކުވާނީ، ކަޅުފަރޭއަހަރެ ކިޔާ ހިސާބުން ކުޑަކޯރާ ހަމަޔަށް ކަމާއި، ދިޔަމިގިލި މީހަކު ކޮންމެރަށެއްގެ މީހަކާ އިނދެ، ލިބޭ ދަރިޔަކުވެސް ވާނީ ދިޔަމިގިލި ރައްޔިތެއްކަމަށާއި، ދިޔަމިގިލި މީހުން ކޮންމެ ފަޅަކުން އެން ހިފިޔަސް، ރާއްޖޭގެ ކޮންމެ ތަނެއްގާ އުޅުނަސް އެމީހުންނަށް އަނިޔާ ނުކުރުމަށާއި، މިކަންކަމަށް އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަހުމަދު ހަނދޭގިރިން ކިއުމުން، އުމަރު މާފަތްގެ ދަރި ހަސަން ލިޔެފާވާ ފަތެއް. Size: 17.5" X 15.8"
Th.Dhiyamin'gili - Dhiyamigili Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(ތާރީހެއް އިނގޭކަށް ނެތް)އަލްގާޒީ ހަސަން ތާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، އާއި، އެދެ ވަގުފްގެ ހަވާލުވެރިންކަމުގާ އިން، އެކުޑަދަހަރާ ތަކުރުފާނުގެ ކަދީދާ ފާނު ގެދަރި ތުއްބީފާނު، އެ ދެވަގުފްގެ މައްޗަށް އިހުގެ ހުރިހާ ފަތެއް، މުލަކަށް ދިޔަ ކިލެގެފާނުންނާ އެކީގާ އައި އިނގިރޭސިން ގެންގޮސް އަންދާ، ނަގައިލައިފި ކަމުގާ ބުނެ، އެ ދެ ވަގުފަށް އަލުން ފަތް ލިޔެދެއްވުމަށް އެދުމުން، އެކަން ބެއްލެވިއިރު، އެ ކުޑަދަހަރާ ތަކުރުގެ ވަގުފެއް ކަމުގާ ސާބިތުވެ އޮތީ، ހުވަދޫއަތޮޅު(ގއ.) މަދިރި ވިލިނގިލި އާއި ޖެހިގެން އޮތް ފޭންދޫ؟؟ އާއި، ގދ. ކާޑެއްދޫއާ ޖެހިގެން އޮތް ރަހަދޫ، ދެއްވަދޫ ރަސްގެފާނު ނަންގަވާފާ، ދެއްވި، މާޅޮސްމަޑުލު ދެކުނުބުރި(ބ.) ހިރުންދޫ(ހިރއްދޫ) އާއި، މިލަދުންމަޑުލު(ށ.)ފޯކައިދޫ ގަޔާ މާޅޮސްމަޑުލު(ބ.)ކަމަދޫގާ ހުރި، އެ ތަކުރުފާނުގެ މިލްކު ރުއްގަހާއި، ދަނޑުފަގަ(ގަސްގަހާގެހި ހައްދާ ދަނޑާއި އާމްދަނީ ލިބޭ، ހިންނަފަދަ ތަންތަން) އާއި، ފޭދޫގާ އޮތް ރައްކާފުތު ހިންނައާއި، އަރިއަތޮޅު(އދ.)އޮމަދޫ އާއި މިތަންތަން ކަމާއި، އަދި ދީދީ ފަޑިއްތަކުރުފާނުގެ ދަރި ދީދީ ތަކުރުފާނު ވަގުފްކުރިކަމުގާ ސާބިތުވީ ކިހާދޫގާ ހުށި އެތަކުރުފާނުގެ...(ދެންއޮތް ބައި، ހަލާކުވެ ކިޔަން އިނގޭވރެއް ނޫން.) މިމަގަށް އޮތް ފަތެއް. މިފަތް މިއީ،(R-16އަކީ، މީގެ އާކުރި ފަތް) Size: 11.2" X 7.9"
K.Male - Deed for housing plot - Housing Plot
(ތާރީހެއް އިނގޭކަށް ނެތް) ދިވެސްއަކުރު ފަތެއް. (F0-99Tއަކީ މިފަތުގެ ތަރުޖަމާ) Size; 36" X 8.6"
Mahumoodhu Ghaazee Miskiiy (Mosque)