1903މ ސެޕްޓެންބަރު 28(1321ހ ރަޖަބް 6)ގާ، ޝްރީލަންކާ ސަރުކާރުން، ތައްޔިބު އަލީ ޖީވަންޖީ ނޫރުބާއީއަށް، އޭނާގެ ބޯޓު 'އިލްއާފީ'، 15 މޭ 1903ގާ މާލެއަށް ކޮށްފާވާ ދަތުރަކަށް، ޝްރީލަންކާ ސަރުކާރުން ދިން -/2000 ރުޕީޒް، އިބްރާހީމް ދީދީ މެދުވެރިކޮށް، އެ ސަރުކާރަށް ދެއްކުމުން ދީފާވާ، 1241ނަންބަރުގެ ރަސީދު(އިނގިރޭސިން)އެއް. އަދި ނުފުށުގާ، މި ރަސީދުގެ ދިވެހި ތަރުޖަމާއާއި، އެހަރަދަކީ އެ ބޯޓު ޗާޓަރުކުރުމުގެ ހަރަދު ކަމުގާ، ބުނެފާވާ ލިޔުމެއް.(Size: 4.55" x 3.85")
Sri Lanka - Maldivian Embassy - Account(Money)
1903މ ސެޕްޓެންބަރު 28(1321ހ ރަޖަބް 6)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނުއަށް، ޝްރީލަންކާ ސަރުކާރުގެ ގެރެންޓީއާއެކު، ނޫރުބާއީ ދީފާވާ -/5000 ރުޕީޒް، އިބްރާހީމް ދީދީ މެދުވެރިކޮށް، ޝްރީލަންކާ ސަރުކާރަށް ދެއްކިކަމުގެ، 1240ނަންބަރުގެ ރަސީދު(އިނގިރޭސިން)އެއް. އަދި ނުފުށުގާ، ކޮށްފާވާ، މީގެ ދިވެހި ތަރުޖަމާއެއް.
(Size: 4.25" x 3.95")
Sri Lanka - Maldivian Embassy - Account(Money)
1326ހ މުހައްރަމް 24(1908މ ފެބްރުވަރީ 27)ގާ، މަތީގާ، 'ޔޫސުފް ބަހީގެ ކުޑަ ބޯޓުން' މިހެން ޖަހާ، ދިވެހި އެންބަސީގެ 'ލެޓާހެޑް'ގާ، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީގ، ބޮޑުބަނޑޭރިގެޔަށް؛ ޒުލގައިދު 25 އަދި 29ގާ ފޮނުއްވި ސިޓީ އާއި -/1000 ރުފިޔަ ލިބުނުކަން އަދި ފޮނުވަން އެންގި އެއްޗެތި ވީއެންމެ އަވަހަކަށް ފޮނުވޭތޯ ބަލާނެކަމާ، ސްޓޭންޕް ހެއްދުމަށް /-2500ރުފިޔާގެ އެޑްވާންސެއް ބޭނުންވާތީ، އީ.ޖީ އާދަމް އަލީ ކުންފުނިން އެކަމަށް އެދި، އެކަމަކު ލިބޭނެހެން ހީނުވާކަމާ، ކަންތައް ލަސްވަނީ ފައިސާގެ ދަތިކަމުން ކަމުގާ ބުނެ އެކަން ރަންގަޅުކުރަން އެދި، އަދި ރާއްޖެޔަށް ހަނޑުލުގެ ދަތިކަން ލިބިދާނެކަމުގާ ފެންނަކަމާ، އީ.ޖީގެ ސަވައިދީނުވެސް އެހެން ރަށަކަށް ދިޔުމުން، އެމީހުންގެވެސް މިހާރުއޮތީ އެއްބޯޓު ކަމާ، އަބްދުލް ހައިނީ ޝެއިހު ޖީވަންޖީގެވެސް، މިހާރު އޮންނަނީ، ދުވާ އެއް ބޯޓުކަމާ، އޭނާ އެކިއެކި ސޭޓުން ކައިރީ، ވަކިވަކިން ހަނޑޫ ފޮނުވޭނޭގޮތް ވޭތޯ ބަލާކަމުގާ ބުނެ، އެސަފީރު ސޮއިކޮށް، އަދި އަރިމަތީގާ ވަކިން އީ.ޖީ އާދަމް އަލީ އަތުން ރުފިޔާ ނުލިބުނުވާހަކަ ލިޔެ، އެތާވެސް ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް. (Size: 11.05" x 8.3")
Sri Lanka - Maldivian Embassy - letter(Official)
1357ހ ރަބީލްއާހިރު 21(1938މ ޖޫނު 20)ގާ، މިސުރުގެ ގާހިރާއިން، އިބްރާހީމް ދީދީގެ ދަރި އަބްދުލް މަޖީދު ދީދީ، ރާއްޖޭގެ ހާރިޖީ ވަޒީރު އަށް؛ އެ މަހްކަމާ(ޑިޕާޓްމަންޓް)އިން، އެއަހަރުގެ ރަބީލްއައްވަލް 25ގާ ލިޔެފާވާ، ރަދުންނަށް ކޮލިލުމުގެ ގޮތުން ކުރަން ކަނޑައެޅި ކަންތައް ތަރުތީބުކުރެއްވި ކަން އެންގެވި ސިޓީއާ އެޔާ އެކު ފޮނުއްވި ލިޔުން ލިބުނުކަމުގާ ބުނެ، ފޮނުވާފާވާ ސިޓީއެއް.
(Size: 9.8" x 7.75")
Egypt - Royal Palace - Coronation(letter)
(ތާރީހެއް ނެތް)، 'ކޮލިލާ އަވަދިވެގެން ގަޑުވަރަށް ވަނުމަށްފަހު ދެގެދޭތެރޭ ކަންތައް ކުރަންވީ ގޮތް' މިހެން ސުރުހީކޮށް، 9 ނުކުތާއަކަށް، އަރަބި އަކުރުން ނަންބަރުކޮށް ލިސްޓުކޮށްފާވާ ޕްރޮގްރާމެއް.(Size: 10" x 7.95")
K - Male' - Royal Palace - Coronation(Programme)
1906މ ޖޫނު 8(1324ހ ރަބީލްއާހިރު 15)ގާ، ޑެލްމޭޖް ފޯސީތު ގެ ފަރާތުން؛ ރާއްޖޭގެ ރަދުންނަށް ފޮނުވި ސިޓީ(N-90)ގާ ބުނެފާވާ، ރާއްޖޭގާ ހުރި އެމީހުންގެ ފިހާރަ އަގުކޮށްފާވާ، ހިސާބުކިތާބު.
(Size: 10.8" x 8")
1906މ ޖުލައި 11(1324ހ ޖުމާދިލްއައްވަލް 19)ގާ، ދަ އޭޝިއޭޓިކް ޕްޓްރޯލިއަމް ކޮންޕެނީ ލިމިޓެޑް ކިޔާ އެޖެންޓު ކުންފުންޏެއް މެދުވެރިކޮށް، ރާއްޖޭގާ ވިޔަފާރިކުރާ ޑެލްމޭޖް؟؟ ފޯސިތު އެންޑެ ކޮންޕެނީ ކިޔާ ކުންފުންޏަކުން، ކޮޅުނބު އިން، ރާއްޖޭގެ ރަދުންނަށް؛ އެރަދުންގެ މީސްތަކުންނާއި އެކުންފުނީ މީހުންނާއި ދެފަރާތުގެ ފައިދާއަށް، ދަށްއަގުގާ ތެޔޮ ވިއްކުމާ، އަދި އެޖެންޓަށް ބޭނުންވާވަރަކަށް ދަރަނީގެ ވަސީލަތް ދިނުމާ، މިހުރިހާ ކަމެއް ކުރުމުންވެސް، ފުދޭވަރަށް ވިޔަފާރި ނުހިނގާ ކަމުގާ ބުނެ، މި ސިޓީއާ އެކު ފޮނުވާ، އެ އެޖެންޓުގެ ހިސާބު-ކިތާބުން އެކަން ސާފުވާނެ ކަމުގާ ބުނެ، އަދި ރާއްޖެޔަށް ފޮނުވި -/3000 ރުޕީޒްގެ ތެލަށް، އެންމެ ލާރިޔެއްވެސް ލިބިފާނުވާ ކަމާ، އަދި އޭގެ ބަދަލުގާ، އެޖެންޓަށް ދައްކަން ޖެހޭ 849.08 ރުޕީޒް ދެއްކުމުން، ޖުމްލަ 3849.08 ރުޕީޒްގެ ގެއްލުން ވެފާވާ ކަމާ، ފައިދާވާނެ ގޮތުގާ އެ ވިޔަފާރި ހިންގަން ބޭނުންފުޅު ނަމަ، އެކަން ބަލަހަށްޓަން ރަނގަޅު މީހަކު ހަމަޖަށްސަވާދެއްވައިފިއްޔާ، އެ ވިޔަފާރި ފައިދާހުރިގޮތުގާ ކޮށް، ދަށް އަގުގާ ބޭނުންވަރަކަށް ތެޔޮ ފޯރުކޮށްދެވޭނެ ކަމާ، އެހެންވެ، ރަދުން ވިސްނާވަޑައިގަތުމަށް، ހުށަހެޅުންތަކެއްކަމުގާވާ: އެވިޔަފާރި، އެމީހުންގެ ސީދާ ބެލުމުގެދަށުން ކުރެވެން ނެތީތީވެ، ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުން އެކަން ކޮށް އެންމެންނަށްވެސް ފައިދާހުރިގޮތުގާ އެކަން ކުރުމަށާ، ޝްރީލަންކާ ސަރުކާރުންވެސް، މެޑްރާހާ އެކު، އެންމެހާ ފަރާތަކަށް ފައިދާ ހުރިގޮތުގާ އެގޮތަށް ވިޔަފާރި ކުރަމުން ދާކަމުގާ ފާހަގަކޮށްފަޔާ، އެ ހުށެހެޅުމާ އެކީ ވަޑައިގަންނަވަން ގަސްތެއް އޮތްނަމަ، އެމީހުންގެ ފިހާރަ، ޕޯސްޓުއޮފީހެއް ހެދުމަށްޓަކާ، ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާކަން އެމީހުންނަސް އިނގޭނޭގޮތް ހަށްދަވާދެއްވާފިއްޔާ އެމީހުން ހިތްހަމަޖެހޭނެ ކަމާ، އެކަން އެމީހުންނަށް އިނގުނީ، ދިވެހި ސަފީރު މރ. ޑީޑީޔާ އެންމެފަހުން ބައްދަލުވީ އިރު، އޭނާގެ ފަރާތުން ކަމާ، އަދި އެކަމާބެހޭ ގޮތުން، އެމީހުންނާ މުއާމަލާތު ކުރައްވާނެކަމުގާ، އޭނާ ވިދާޅުވި ނަމަވެސް، އަދިވެސް އެއްވެސް ކަހަލަ ހަބަރެއް ނުވާ ކަމާ، އަދި މި ސިޓީ އާއެކު، އެފިހާރާގެ އަގާ ބެހޭ ހިސާބު-ކިތާބު ފޮނުވާ، އަދި ބުނެވިދިޔަ ކަންކަމުގާ، ރަދުންގެ ހިޔާލު ފޮނުއްވުމަށް އެދި، އަދި، އެމީހުން ރާއްޖެޔަށް ތެޔޮ އެތެރެކުރުން ހުއްޓާލިކަމުގަޔާ އަދި ފިހާރަ ވިއްކާލުމުގެ މުއާމަލާތްކުރަމުން ގެންދާ ވާހަކަ، އެމީހުންގެ އެޖެންޓު މރ. އެމް.އެސް.އެޗް އަބްދުލް އަލީއަށް އެންގިކަމާ މި އެންމެހާ ކަންކަން ލިޔެ؛ ޑެލްމޭޖް ފޯސީތު ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.
(Size: 10.75" x 7.95")
Sri Lanka - Delmege Forsyth & Company Agent - letter(Official)
1908މ ޑިސެންބަރު 1(1326ހ ޒުލްގައިދު 7)ގާ، ރާއްޖޭގެ އެންބަސީގެ 'ލެޓާހެޑް'ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީއަށް، ކޮޅުނބުގާ ހުންނަ ކޮލޯނިޔަލް ސެކެޓްރީގެ އޮފީހުގެ ނަމުގާ، އޭ.އާރް ސްލޭޓާ ކިޔާ މީހަކު ފޮނުވާފާވާ، 18985 ނަންބަރު ސިޓީ(އިނގިރޭސި) ނަކަލުކޮށް ލިޔެ، އޭގެ ތިރީގާ، 1908މ ޑިސެންބަރު 3(1326ހ ޒުލްގައިދު 9)ގާ، އެސަފީރު ސޮއިކޮށް މާލެ ބޮޑުބަނޑޭރިގެޔަށް؟؟؛ މަތީގާ އެވަނީ، އޭނާ އެތާގެ ސަރުކާރަށް، މުހައްމަދު ދީދީމެން ކޮޅުނަބަށް ގޮސް އުޅޭ ވާހަކ ލިޔުމުން އޭގެ ޖަވާބުގާ ފޮނުވި ސިޓީގެ ނަކެލެއް ކަމާ، އަދި އެބައިމީހުން ރާއްޖެ ދާން އުޅޭ ހަބަރު އިވޭ ކަމާ، އޮޑިފަހަރުން މިކަހަލަ ހަބަރު ނުފޮނުވެނީ، އެ އޮޑިފަހަރުތަކަށް އޮންނަ އިތުބާރުކުޑަކަމުންކަމާ، ނައިފަރު އަދި ހިންނަވަރު އޮޑިފަހުރގެ މީހުން އަލީ ދީދީ މެން ތިއްބަވާ ގެޔަށްދިޔަ ވާހަކަ މަރަށްކާރު ބުނި ކަމާ، އަދި އެހެންވެ އެއޮޑިފަހަރު މާލެ ދާނެ ގޮތް ހެއްދެވުން ރަނގަޅުވާނެ ކަމާ، އެއިން އެބޭފުޅުންގެ ސިޓީ ގެންގޮސްފާނެ ކަމުގާ ހީވާކަމުގާ ލިޔެ؛ އޭނާ ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.
(Size: 10.15" x 7.85")
Sri Lanka - Maldivian Embassy - letter(Official)
1908މ ޑިސެންބަރު 10(1326ހ ޒުލްގައިދު 16)ގާ، ، ރާއްޖޭގެ ސަފީރު، އީ. އަބްދުލް ހަމީދު ދީދީ، ބޮޑުބަނޑޭރިގެޔަށް؛ ޒުލްގައިދަ 9ގާ، ތިރިނާކޮޅު، ވެދުން ހިފައިގެން، ކޮޅުނަބަށް ގޮސް، އެއިން ފޮނުވި، ޝައްވާލް 21ގާ ލިޔެފާވާ ސިޓީ، -/4500ރުފިޔާ، ވެދުމުގެ ސާމާނު، ސަރުކާރުގެ މަސް، ކޮފުރާ އަދި ލޮނުމަސްވެސް ހަމަޔަށް ލިބުނު ކަމާ، އެއެއްޗެތި ވިއްކާ، އެއިރު ހުރި ހިސާބު، އެ ނާކޮޅުން ފޮނުވާނެ ކަމާ، އަދި އެނަވުން ފާމުދޭރި ކިލެގެފާނުގެ ދަރިކަލުން، އަބްދުލް މަޖީދު ދީދީ އަދި ކަކާގޭ އިސްމާއީލް ދީދީގެ ދެބަފައިން ވެސް ކޮޅުބަށް ދިޔަކަމާ، އަދި ހައްދުންމަތީގާ ބައިތް އޮޑިޔާ، ފަތުހުލް ރަހްމާނު ނާކޮޅާ ބަންގާޅަށް ދިޔަކަމާ ދެން ފުރި ނާކޮޅު އަދި ނުދާ ކަމުގެ ހަބަރު، މުހައްމަދު ކަލޭފާނު، ތެލިގިރާފުން25، ޑިސެންބަރުގާ، އެންގި ކަމާ، ވެލާނާގޭ މުހައްމަދު ދީދީ މެން އުޅޭނޫޅޭގޮތް ބަލާކަމުގާ އަންގާ ޝްރީލަންކާ ސަރުކާރުން ފޮނުވާފާވާ ސިޓީއެއްގެ ކޮޕީއެއް ފޮނުވިކަމާ، މިސިޓީ ލިޔެނިކޮށް ބަންގާޅުން ލިބުނު މުހައްމަދު ކަލޭފާނުގެ ސިޓީއެއްގާ، ނުގޮސްގެން އުޅުނު އޮޑިޔަށް ދެވުނީ ބައެއް މުދަލާ މަތީ ހުރި ކެބުސަލާމަތިތަކާ އުކާލާފާ ކަމާ، އަދި އަމާނަތުލް ރަހުމާނު ނާކޮޅު ކޯރަކަށް ފެތިއްޖެޔޭ ކިޔާ މާލެޔަށް ލިބިފާވަނީ ދޮގު ހަބަރެއް ކަމާ، ހަނޑުލުގެ އެކި ބާވަތުގެ އަގާއި، އަލި-ހަނޑޫ ކިޔާ ބާވަތެއްގެ ހަނޑުލުގެ ނަމޫނާ، އެއޮޑިން ފޮނުވާނެ ކަމާ، މިސިޓީގެ މިހިސާބުން މުހައްމަދު ކަލޭފާނުގެ ތެލިގިރާފެއް ލިބި، އަމާނަތުއް ރަހުމާނު ނާކޮޅު ސެޓިގަމަށް ވަދެ، އެތަނުން ދެން ދާނީ ބަންގާޅުއަށް ކަމުގާ އޭގާ އޮތް ކަމާ، އަދި އެދުވަހު، ގާލީގެ ގަންދަރަ ކިޔާ ހިސާބަކުން، ރާއްޖޭގެ ބޮއްކުރައެއް ފާޑު އެއްޗެއް ފެނިގެން އުޅޭކަމުގެ ވާހަކަ މުހައްމަދު އިސްމާއީލް ލިޔެފާވާތީ، އެއްވެސް ނާކޮޅަކުން ދޯންޏެއް ގެއްލުނުތޯ އަހާ، ބަންގާޅަށް، އެސަފީރު ސިޓީއެއް ލިޔުނު ކަމާ، މި ހުރިހާ ކަމެއް ތަފްސީލުކޮށް ބަޔާންކޮށް؛ ފޮނުވާފާވާ ސިޓީއެއް.
(Size: 10.15" x 7.35")
Sri Lanka - Maldivian Embassy - letter(Official)
1343ހ ޒުލްހައްޖު 10(1925މ ޖުލައި 2)ގާ، ކޮޅުނބުން، 'އީ.އޭ.އެޗް ޑީޑީ' ގެ ފޯން ނަންބަރު(2304)ޖެހި 'ލެޓާހެޑް އެއްގާ'، ބޮޑުބަނޑޭރި މަނިކުފާނަށް؛ ރޯދަމަހު 23ގާ ލިޔުއްވާފާވާ ސިޓީއާ، -/2550 ރުފިޔާ އުންބުޗީ އަތުން ނެގުމަށް ލިޔެ ފޮނުވި ސިޓީއާ ލިބި އަދި އެފައިސާ ނަގައިފި ކަމާ، ޝައްވާލް 26ގާ ލިޔުއްވާފާވާ ސިޓީޔާ އެ ސިޓީގާ ބުނެފާވާ ކަރުދާހު ފޮށިގަނޑާ، އަދި ދެން ފޮނުއްވި ސިޓީޔާ އެސިޓީތެރޭގާވާ -/2550 ރުފިޔާގެ، އީ.ޖީ ފިހާރައިން ދީފާވާ ހުންޑީ ލިބި، އެފައިސާވެސް އޭރު ލިބިއްޖެ ކަމާ، އަދި އެމަހު 30ގާ ލިޔުއްވާފާވާ ސިޓީޔާ އޭގެތެރޭގާ ފޮނުއްވި، ކަރުދާހުފޮށިގެ ބިއްލަޑީ ލިބުނު ކަމާ، ނޯވޭގެ 5 މީހުން ތިބި، ކޮރްލެއިފް ކިޔާ މީހެއްގެ ކެޕްޓަނުކަމުގާވާ، ޔޮޓެއް އެމަހުގެ 25 ހެދުނު މާލެ ދިޔަކަމާއި، އެޔަށް ކާބޯތަކެއްޗާ އޭގެ އިތުރުން، ވެރިންގެ ފަރާތުން ހަދިޔާ ފޮނުއްވިކަން، ޒުލގައިދު 26ގާ ފޮނުއްވި ސިޓީން އިނގުން ކަމާ، އެ ޔޮޓުން، ރާއްޖެޔަށް ވަރަށް ތައުރީފުކޮށް ނޫސްވެރިންނަށް ދިން ބަޔާނާ، އަދި އަބްދުލް ހަމީދު އެކަމާ ބެހޭގޮތުން 'ޓައިމްޒް' އަށް ދެއްވި ހަބަރުކޮޅާ، އެދެހަބަރު ޖަހާފާވާ ނޫސް-ކެނޑުން(N-57) ފޮނުއްވި ކަމާ، އެޔޮޓުގެ ދުވެއްޔާ ބެހޭ މައުލޫމާތު ކޮޅަކާ، އަދި މައްކާޔަށް ކޮންމެ އަހަރަކު ސަރުކާރުން ފޮނުވާ މަހުމަލްކޮޅު ކޮޅުނބު މަގުން މަދީނާޔަށް ގެންދަނިކޮށް، ވައްހާބީ ރަސްގެފާނުންގެ ޖަންގަލީ ސިފައިންގެ ހަމަނުޖެހުމެއްގާ، މިސުރު ސިފައިން ބަޑިޖަހާ ގިނަ ވައްހާބިން މަރާލާ، މިކަންތައްގަނޑާ ހެދި، ޖިއްދާ މަގުން އެ އުރަފުޅު ގެންދިޔުމަށް ގަސްތުކުރި ކަމާ، ހައްޖާޖީންނަށް ވަރަށް އަނިޔާކުރާ ވާހަކަޔާ، ޔަމަނު ރަސްގެފާނު ވައްހާބީ ރަސްގެފާނާ ހަނގުރާމަފަށްޓަން އުޅޭ ވާހަކަ އިވެމުންދާ ކަމާ، ތުރުކީންނާ އިނގިރޭސިން އިރާގުގެ ސަރަހަށްދާ މެދެ ސުލްހަވެރި ގިރުމޭޓެއް(އެގްރީމެންޓް/އެއްބަސްވުން)ގާ ސޮއިކޮށް، އެކަމުން ތުރުކީޔަށް ވަރަށް ފައިދާވާނެ ކަމުގާ ދެކޭ ކަމާ، މޫސާ ބަހީގެ ހުސެއިނީ އަށް އަރައިގެން އެމަހު 18ގާ ދިޔަ 3 ކަލުން(މީހުން؟؟) ފަތުހުލް މަޖީދު ބޯޓުގާ ދާންގޮސް، އެމަހު 25ގާ އަނެއްކާ އެބޯޓުވެސް ކޮޅުބަށް ވަދެ، ތަންކޮޅެއް މަޑުވަންދެން އެބޯޓުވެސް މަޑުކޮށްލައިގެން އޮތް ކަމާ، ހައްޖު އީދަށް، ނާކޮޅުގާ ސޮލަވާތްފުޅު ކިޔާ ހުރިހާ އެންމެންނަށާ، އެ 3 ފަސިންޖަރުންނަށްވެސް ހެދުން ދެއްވި ކަމާ، އެ 3 މީހުން ތެރެއިން، ތުއްތު، ކަނޑުމައްޗަށް ދެރަކަމުން، އޭނާގެ ހާލުދެރަކަމާ، އޭނާ މާލެދާން އެދޭކަމާ އެކަމަކު ފުރުވާލައިފިއްޔާ، ފުރާނަޔަށް ގެއްލުންވެދާނެކަމާ، މިހުރިހާ ހަބަރެއް ލިޔެ، އަބްދުލް ހަމީދު ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.
(Size: 8.2" x 5.15")
Sri Lanka - Maldivian Embassy - letter(Official)