1086ހ(1675މ)ގާ، (ނަމެއްނެތް... ތާރީހަށް ބަލާފާ) އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ 28ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މަހަމޫދު ފަނޑިޔާރު، އޭނާއާއި ރަންދިޔަގެފާނާއި، އައްޑޫ މީދޫ ލެޑިކޮޅު ކިޔާތަނުގާ ބިނާކުރި މިސްކިތް ބެލެހެއްޓޭނެ ގޮތެއް ހައްދަވާދެއްވުމަށް އެދުމުން، އެމިސްކިތުގެ ބޯގަޔަށް، އައްޑޫ މީދޫ އުތުރުން އޮތް ހިކަހެރަ އާއި، ހިރިއަދާހުރާ؟ އާއި، މީދޫ ހުޅަނގު ފަރާތު އުތުރުން ގައްލަނޑު ދޮންއައިހާ ބިބީގެ ފަންނުން(ގޮނޑުދޮށަށް އަރާފައިބާ އޮންނަ ހާއްސަ ދިމަދިމާ)އިރަށް ގޮސް މެދުމަގުން ދެކުނަށް، ވާދީ އަހައްމަދުގެ ފަންނުން ހުޅަނގަށް ދާއިރު، މިދެމެދުގާ އޮންނަ އުރައިލައިކާ ދަނޑުބިން ނޫން އަތިރިމަތީ އަތިރިމަތީ ރުއް އިންދާފާވާހާ ބިންބަޔާ، ގަމުގާ ހުރި، ބަންޑާރަ ބިން ނޫން އެހެން ބިންތަކުގެ ރަސްބަޔަށް ވާ 10ބައި ތެރެއިން ބަންޑާރަޔަށް އޮންނަ 250 ބޮނޑި ދީފާ، ދެން ބާކީ އޮތްބަޔާއި، މިރަށު ފަރަކު.... (ލިޔެފައެއްނެތް)...... ފެމުސެއްރި(އަޅުމީހާ، ނޯކަރު)އަކާއި، މިއަޅުން(ރަސްގެފާނުގެ ބޭބޭފުޅުން؟؟؟) އިންދާފާވާ ރުއްހުރި ބިންތަކާއި، އަދި އެ ތަކެތިން ލިބޭ ފައިދާއަކުން، އެމިސްކިތުގެ ހުރިހާ ކަންކަމެއް ކޮށްފާ ބާކީވާ އެއްޗަކުން، ރަދުންނާއި، ރަދުންގެ މަންމާފުޅު، އައިޝާކނަބާ އާއި ބައްޕާފުޅާއި، އޭރުގާ ހުންނެވި އަނބިކަނބަލުން، ސިރާޖުލް އާލަމް އައިމިނާ ރަނި ކިލެގެފާނުންނާއި، މި އެންމެހާ ބޭބޭފުޅުންނަށް، ކޮންމެ ރޯދަމަހަކު ހަތިމެއްކޮށް، ކޮންމެ ރަބީލްއައްވަލް މަހަކު، ދިހަ މީހުންލަށްވާ ބާރަދުއާ ކިއުމަށާ، މިއެންމެހާ ކަންކަމުގެ އަމަރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ހުސެއިން ހަނދޭގިރިން ކިއުމުން، މާމުދިން އިބްރާހީމް، ލިޔެފާވާ، ދިވެސްއަކުރުގެ ފަތު(F0-99)ގެ، 1378ހ ރަމްލޯނު 6(1959މ މާޗް 16)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size; 13" X 7.9"
S.Meedhoo - Mahumoodhu Ghaazee Miskiiy (Mosque)- Endowment for Shrine (ziyaaraiy)
1115ހ ރަމްލޯނު 11(1704މ ޖަނަވަރީ 18)ގާ؛ 'ކޮލިނަންފުޅަކަށް މުޒްހިރުއްދީނު ކިޔުނު، އިބްރާހީމް އިސްކަންދަރު(ޝާހު ބަންދަރު)ރަދުން، ބޮޑު އިސްކަންދަރު ރަދުން'، ހުކުރުމިސްކިތު ފާރުން އެތެރޭގާ ބިނާކުރައްވާފާވާ ދަނާރު(ނަމާދުކުރާ އިމާރާތް)، ހުރީ ގިބްލައަށްނޫންކަމުގާ ގަބޫލުކުރެވި، އެކަން ބަށްލަވާ، އެއީ ނުރަނގަޅު މިސްރާބެއް ކަމުގެ ދަލީލު ހޯއްދަވާ، ދީނުގެ ދަންނަބޭކަލުންނާއި، ނިޔަމިންނާއި، މަޝްވަރާކޮށް، އެމީހުންނަށްވެސް އެކަން އެގޮތަށް ފެނުމުން، އެމިސްކިތް ހުރި ސިފަޔަށް، އެމިސްކިތް ކައިރީގާ، އެމިސްކިތުގެ މިސާލު މައްޗަށް، ގިބްލަޔަށް ބިންގާއަޅާ، އެހެން ދަނާރެއް ބިނާކުރަށްވަން ފަށްޓަވާ، އަދި އެއްބަޔަކު ގަބޫލުކުރާގޮތުން ވިއްޔާ، އެ ބިނާ ފުރިހަމަ ކުރަށްވި ކަމާއި، ހުކުރުމިސްކިތު ހުޅަނގު ފަރާތު ބޭރު ބިތްގަނޑުގާ، ބޭނުން މީހަކަށް ކިޔޭގޮތަށް ލިޔެފާވާ ބޯގަ، އެ ދެ މިސްކިތަށް ލެއްވި ކަމާއި، އަދި އެ ބޯގަ މަދުކަމަށް ރަދުންނަށް ފެނިވަޑައިގެން، އަލުން ހދ.ކުރިނބީ، ށ.ކުޑަޅައިމެންދޫ، ރ.އުނގޫފާރު، ބ.ނިބިލިގާ، (ކ.ތ.ޅ.އދ؟؟؟)ދިއްފުށި، ކ.ހެލެނގެލި، އ.މިރިހި، ވ.ވަށުގިރި، ބުޅަވެލި، ދ.ބަނޑިދޫ، ތ.ވަންބަދި، ހުރުގެ؟؟؟ އަދި (ގއ/ގދ)މާރެހާ އާއި އެހުރިހާ ތަނެއް އެދެމިސްކިތުގެ ބޯގަކަމަށްލަށްވާ، ކުރީގެ މިސްކިތުގެ ހާދިމުންނަށް މިމިސްކިތްވެސް ހަވާލުކުރަށްވާ، އިހުމިސްކިތާ އެއްފަދައިން، ފަންގިލުމާ، ރާއްޖޭގާ ހާނާހާ ތެލެއްގެ ތެރެއިން ކޮންމެ މަހަކު 6އަޑުބާތެލާއި(ވޮށްދިއްލަން)، ކޮންމެހުކުރު ވިއްލޭރެޔަކު ފަގީރުންނަށް ހަނޑޫ ނާޅިޔެއް ދޭން މަތިކޮށް، މި ވަގުފަކީ ސައްހަ، ކަނޑައެޅިގެން ގަދަ، ދުނިޔެ ދެމިއޮތްހާ ދުވަހަކަށް ދިގުދެމެންޖެހޭނެ ވަގުފެއް ކަމާއި، ޝަރުތުތައް އަބަދަށް ފުރިހަމަކުރަންޖެހޭނެ ކަމާއި، މިވަގުފަކީ، ނުވިއްކޭނެ، ހިބައިން އަދި ސޮދަގާތަކަށްވެސް ނުދެވޭނެ، އެންމެ މީހަކުގެ މައްޗަށް ވަގުފްނުކުރެވޭނެ އަދި އެއްވެސް އިރެއްގާ ބަދަލު ނުކުރެވާނެ ވަގުފެއްކަމަށް އަމުރުކުރެއްވުމުން، އަލްގާޒީ އަބްދުލް ހަކީމް ބުނު މުހައްމަދު، އަރަބިން ލިޔެފާވާ ފަތުގެ(R-28)ގެ، 1234ހ ޝައަވާލް 20(1819މ އޯގަސްޓް 12)ގާ، ހުސެއިން ..؟ ކޮށްފާވާ ތާނަ ތަރުޖަމާއެއް.
މިފަތުގެ މަތީގައި، ސުރުހީއަކަށް، 'ހުކުރު މިސްކިތ ފައުރުން އެތެރޭގައި މުޒްހިރުއްދީނު ރަދުން ބިނާކުރައްވައިފައި ހުއްޓައި އެނދި ދަނާރުގެ މައްޗަށް ލިއުއްވައިފައި އޮތް އަރަބި ފަތްކޮޅުގެ ތަރުޖަމާ'، މިހެން ޖަހަފާވެއެ.
Size: 28.9" X 8.6"
K.Male' - 2 Dhanaaru of Hukuru Mosque - Endowment for Shrine (ziyaaraiy)
Document written in Dhives Akuru, with the words 'BKudarikilu' written in Thaana on the reverse (Size: 17.9" X 11.4")
B.kudarikilu
1213ހ(1798މ)އަރަބި ހިސާބުއަކުރުން، ފަތުގެ އެންމެ ތިރީގާ ތާރީހުކޮށް،(އެހެނަސް އެއް އަކުރު މަދުވުމުން، ތަރުޖަމާއަށް ބަލާ، ތާރީހުޖަހާފާ) ފަތުގެ ނުފުށުގާ 'ތ.ކަނޑޫދޫ' ޖަހާފާވާ ދިވެސް އަކުރު ފަތެއް.(F0-102Tއެއީ މިފަތުގެ ތަރުޖަމާ)
Size: 20.2" X 13"
Th.Kan'doodhoo - Kan'doodhoo Miskiiy (Mosque) - Endowment for Mosque)
(މިތަރުޖަމާގެ މައިގަނޑުގާ ލިޔެފާވާ ތާރީހު)1213ހ ސަފަރު 23(1798މ އޯގަސްޓް 6)ގާ، އަލްގާޒީ ހަސަން އިއްޒުއްދީނުގެ ދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 20ވަނަ އަހަރުގާ، އެރަދުންގެ ދަރުބާރުގާ، ކޮޅުމަޑުލު ނަރަވައިކާންނާގެ ދަރިކޮޅު މީހުން، އެމީހުންގެ ކާފަ، ނަރަވައިކަންނާ، ކަނޑޫދޫގާ އެޅި މިސްކިތަށް، އިސްކަންދަރު ޝާހު މަހާރަދުން ދެއްވި ވަގުފް ފަތް އަނދައިފި ކަމުގާ ބުނެ، އަލުން ފަތެއް ދެއްވުމަށް އެދުމުން، އެމިސްކިތުގެ ބޯގަޔަށްވާ، އެ ނަރަވައިކާންނާއިގެ މިލްކުގާ ހުރި ރުއްގަހާ ދަނޑުފަގު(ދަނޑުވެރިކަންކުރާ ބިން) ކޭލާ، ފަލަމަޑިއާ، ބިންހިންނައާ، ތ.ފޮއްދޫ އާއި އެރަށުގާ ވީހާ ތަކެއްޗަކާ، އެމިސްކިތް ހުރި ބިންގަނޑާ، އެމިސްކިތުގެ ހަތަރުފާރުގެ ބޭރުން ވަށާ، 2ބަމަ ފުޅާމިނުގެ ބިމާއި އެބިމުގާ ވީހާ އެއްޗަކާ، އެމިސްކިތުގެ ބޯގަޔަށް ލަށްވާ، އެކަމުގެ ހަވާލުވެރިކަން ނަރަވައިކާންނާގެ ދަރިކޮޅަށް ލަށްވާ، މިސްކިތް ބަލަހަށްޓާފާ ބާކީވީ އެއްޗެއް އެ ދަރިކޮޅަށްވާނެ ކަމަށާއި، އަދި ހަވާލުވެރިކަމުގެ ނާޒިރަކީ، އެއިރެއްގާ އެދަރިކޮޅުގެ އެންމެ ދޮށީ މީހެއްކަމުގަޔާ، މިއެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިނު އަލްކަބީރު މުހައްމަދު ހަނދޭގިރިން ކިޔުމުން، މާލޭ ފަތްލިޔާ އަލީ ލިޔެފާވާ، ދިވެސްއަކުރު ފަތުގެ(F0-102)ގެ، 1378ހ ޒުލްހައްޖަ 17(1959މ ޖޫނު 25)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާ.
މިތަރުޖަމާގެ ތިރީގާ، މީގެ ދިވެސްއަކުރު ފަތުގާ ވާފަދައިން، 1113ހ(1701މ)ތާރީހު ޖަހާފަވެއެ.
Size: 13" X 7.9"
Th.Kan'doodhoo - Kan'doodhoo Miskiiy (Mosque) - Endowment for Mosque)
(ތާރީހެއް އިނގޭކަށް ނެތް) މި ދިވެސްއަކުރު ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ސ.ހިތދޫ ހުކުރު މިސްކިތުގެ ދިވެސް' ލިޔެފާވެއެ. Size; 34.2' X 11.2'
S.Hithadhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1077ހ(1667މ)ގާ، (ރަދުންގެ ނަމެއް ނެތް، ތާރީހަށް ބަލާފާ)އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 19ވަނަ އަހަރު، އައްޑު އަތޮޅު ހިތަދޫ އަށް ވަޑައިގަތުމުން، އެރަށު މީހުން، މިސްކިތަކަށް އެދުމުން، އެތަނުގެ މާމިސްކިތް އަލުން އަޅުއްވާ، އެރަދުންގެ ބައްޕަގެ ދަރުބާރަށް، ރަންދިޔާފާނަށް(ރަދުނެއްގެ ފުރަތަމަ ލިބޭ އަންހެން ދަރިކަނބަލުން) މުދި(ގަހަނާ) ގެންދިޔަ، އައްޑޫ މީދޫ ވަތަބަނޑޭރިގެ ދަރި އަދަރަހަން ދިއުމުން، އެރަށު މީހުންނަށް ލެއްވި، ހިތަދޫ ކޮރުވެލެ ކިޔާތަން، އެމިސްކިތު ބޯގައަށް ލަށްވާ، އެ އަދަރަހަން އާއި އޭނާގެ ދެ ދަރިންނާއި، އެމީހުންގެ އެއްބަނޑު މޫސާ ކުޑަބަނޑޭރިއާ، ދަލޭކައާ، މިފަސް މީހުންނަށާއި އެމީހުންގެ ދަރިކޮޅަށް، އެތަނުގެ ހަވާލުވެރިކަން ލަށްވާ، އެ ރަދުންނާއި، އެރަދުންގެ ބައްޕާފުޅާއި، މަންމާފުޅަށް ކޮންމެ ރަބީލްއައްވަލް މަހު 4 ދުވަހު، ފަސް މީހުން ލަށްވާ ބާރަ ދުއާ ކިއުމަށް ޝަރުތުކުރަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ހުސެއިން ހަނދޭގިރި ކިޔުމުން އަލީ މާމުދިން ދިވެސްއަކުރުން ލިއެފާވާ ފަތުގެ(F0-103)ގެ، 1378ހ ޒުލްގައިދު 11(1959މ މޭ 19)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 7.9"
S.Hithadhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)
(ތާރީހެއް އިނގޭކަށް ނެތް) މި ދިވެސްއަކުރު ފަތުގެ ތާނަ ތަރުޖަމާ އެއީ(F0-104T)އެ. Size: 20.8" x 13.9"
F.Nilandhoo - Nilandhoo Miskiiy (Mosque)) - Endowment for Shrine (ziyaaraiy)
1224ހ ޖުމާދިލްއާހިރު(1809މ ޖުލައި)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނުގެ ދަރި އައްސުލްތާނު ހާޖީ ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 11ވަނައަހަރު، އެރަދުންގެ ދަރުބާރަށް، ނިލަންދެ އަތޮޅު ނިލަންދޫ މީހުން، އައްސުލްތާނު މުހައްމަދު މަހާރަދުން، އެރަށުގާ މިސްކިތެއް ބިނާކުރަށްވާ، ނިލަންދޫ ފާލައްބަ އާއި، އެ އަތޮޅު ފާންދޫއާއި، ކަޑުފުއްޓާއި، އަރިއަދެއަތޮޅު(އަރިއަތޮޅު) މާފަރާއި، ތިލަދުންމަތި މާރަންދޫގާ އޮތް 200ބަމަ ހުރި ވައިފަލެ ކިޔާ ބިންގަނޑު، އެމިސްކިތުގެ ބޯގަޔަށް ލަށްވާފާވާ ފަތް ހިފައިގެން ގޮސް، އެރަށުގާ އެހެނިހެން ވަގުފްތައް އުފެދި އަދި ފަތްވެސް ލިއެވި ވުމާއެކު، އެމިސްކިތުގެ ބޯގަޔަށް ވީތަކެތި ވަނީ، ގެއްލި މަދުވެގެން ގޮސްފާ ކަމުގާ ބުނެ، އެކަމަށް ހަށްލެއް ހޯދާދެއްވުމަށް އެދުމުން، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުންގެ މަޖިލީހުން އެމީހުން ގެނައި ފަތް ބައްލަވާ، އެފަތް ސައްހަ ކަމުގާ ނިޔާކުރަށްވުމުން، ރަދުން އެއަމުރު އިއްވެވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު އަލްހާއްޖަ މޫސާ ހަނދޭގިރި ކިޔުމުން، ފަތްލިޔާ އިބްރާހީމް މާބަނޑޭރި، ދިވެސްއަކުރުން ލިޔެފާވާ ފަތުގެ(F0-104)ގެ، 1378ހ ޝައުބާން 24(1959 މާޗް 5)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 7.9"
F.Nilandhoo - Nilandhoo Miskiiy (Mosque)) - Endowment for Shrine (ziyaaraiy) e
މި، ދިވެސްއަކުރު ފަތުގެ ތާނަ 2 ތަރުޖަމާ އަކީ (F0-105T އަދި F0-84) Size: 31" X 12.5"
A.Hangnyaameedhoo - Kalaafaanu Shrine - Endowment for Shrine (ziyaaraiy)