Mostrar 867 resultados

Descrição arquivística
865 resultados com objetos digitais Mostrar resultados com objetos digitais
NAM DOC-MN-S3-19 · Item · 1934
Parte de Documents

1352ހ ޝައްވާލް 29(1934މ ފެބްރުވަރީ 14)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 33ވަނަ އަހަރު، މާޅޮސްމަޑުލު ދެކުނުބުރި(ބ.) ހިތާދޫ، މުދިންކަލޭގެ ގެދަރި އިބްރާހީމްއަށް ހިތާދޫގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.2" X 8.15")
B - Hithaadhoo - Shrine endowment letter

Sem título
NAM DOC-MN-S3-24 · Item · 1933
Parte de Documents

1352ހ ރަބީލްއައްވަލް 6(1933މ ޖޫނު 29)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 32ވަނަ އަހަރު، މާލެއަތޮޅު ގާފަރު، މުދިން ދޮންކޮއްކޮ ގެދަރި އާދަމް، އަށް ގާފަރު ކުޑަކަތީބުކަމާއި، ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުނހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for a deputy island chief (Size: 13.2" X 8.15")
K - Gaafaru - Shrine endowment letter

Sem título
NAM DOC-MN-S3-31 · Item · 1932
Parte de Documents

1351ހ މުހައްރަމް 23(1932މ މޭ 29)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 30ވަނަ އަހަރު، އަރިއަތޮޅު ދެކުނުބުރި(އދ.) އޮމަދޫ، އަލީ ގެދަރި ހަސަންއަށް އޮމަދޫގެ ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މޫސަލް މަހައްލީގެ ދަރި އައްނައިބު އަބްދުއްލޯ ކަމާލުއްދީނު ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.Letter of appointment for a island chief (Size: 13.2" X 8.15")
Adh - Omadhoo - Shrine endowment letter

Sem título
NAM DOC-MN-S3-29 · Item · 1932
Parte de Documents

1351ހ ރަޖަބް 15(1932މ ނޮވެންބަރު 14)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 32ވަނަ އަހަރު، ތިލަދުންމަތި އުތުރުބުރި(ހއ.) އިހަވަންދޫ، މޫސާ ގެދަރި އަބްދުއްލޯއަށް އިހަވަންދޫ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.2" X 8.15")
Ha - Ihavandhoo - Shrine endowment letter

Sem título
NAM DOC-MN-S3-30 · Item · 1932
Parte de Documents

1351ހ ސަފަރު 22(1932މ ޖޫނު 27)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 31ވަނަ އަހަރު، ނިލަންދެއަތޮޅު އުތުރުބުރި(ފ.) ހިމިތި، އިސްމާއީލް ގެދަރި ޔޫސުފްއަށް ހިމިތީގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މޫސަލް މަހައްލީގެ ދަރި އައްނައިބު އަބްދުއްލޯ ކަމާލުއްދީނު ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.2" X 8.15")
F - Himithi - Shrine endowment letter

Sem título
NAM DOC-MN-F7-30 · Item · 1928, 1934
Parte de Documents

1346ހ ޒުލްގައިދު 4(1928މ އޭޕްރިލް 25)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، މިރުސް އަހުމަދު ފުޅުގެ ދަރި އީސާފުޅު، މައްޗަންގޯޅި ނިކަގަސްމަގު އިރުން އޮތް، ވެލިދޫގޭ އަލީ ދީދީގެ ގޯތި، -/260ރުފިއާއަށް، އޭނާ ގަނެފި ކަމުގާ ބުނެ، އެތަނުގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ފިރުބައިދޫ ދަލޭކާބީއަށް މިލްކުވެފާވާ ތަނެއްކަމުގާ ސާބިތުވެ، އެތަނުގެ 2/1، ދޮންމަނިކުފާނުގެ ތުއްތުދީދީ އާއި ދޮންދީދީ އަށް، އަދި އަނެއްބައި، އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ ދަރި އަލްހަތީބު ހުސެއިންއަށް މިލްކުވެ،(F7-2)، އެޔަށްފަހު، އެބައި، ވެލިދޫގޭ އަލީ ދީދީ އަށް މިލްކުވެފާވާ ކަމުގާ ސާބިތުވެ، އަދި ވެލިދޫގޭ އަލީ ދީދީ، އީސާފުޅުއަށް އެތަން ވިއްކައިފި ކަމުގާ އިގުރާރުވުމުން، އެ ވިޔަފާރި ސައްހަކަމުގާ ނިޔާކޮށް، އެގޯތި އެ އީސާފުޅުއަށް މިލްކުވެއްޖެ ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް.
އަދި މި ސަފްހާގެ ތިރީގާ:
1353ހ ރަބީލްއައްވަލް 25(1934މ ޖުލައި 7)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، މިރުސް އީސާފުޅުގެ ދޮންތުއްތު އާއި ދުންބުރުވާ ކުޑަމަނިކު ހާޒިރުވެތިބެ، މަތީގާ ބުނެވިފާވާ ގޯތިން، އޭނާއަށްވީ ދެބައި، -/100ރުފިއާއަށް، ދުންބުރުވާ ކުޑަމަނިކުއަށް ވިއްކައިފި ކަމުގާ، ދޮންތުއްތު ބުނެ، އެކަމުގެ މައްޗަށް، އެކުޑަމަނިކަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، އެވިޔަފާރި ސައްހަކަމުގާ ނިޔާކޮށް، އެ މަޖިލީހުން ލިޔެފާވާ ލިއުމުގެ ނަކަލެއް.
Real estate document for Machchangoalhi Dhunbururvaa Kudamaniku goathi (Size: 8.8" X 6.65") Chief Justices - Al Naaibu Hussain Salahuddin

Sem título
NAM DOC-MN-F7-31 · Item · 1794
Parte de Documents

1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 15 ވަނަ އަހަރު، މާލޭގާވާ އަމިއްލަ ގޯއްޗާއި ބަންޑާރަ ގޯތި ވަކިކުރެއްވުމަށް އަންގަވާ، އެކަން ކުރުމަށް ނެންގެވި ކޮމިޓީއަށް، އެތެރެބަނޑަހަލު ބަނޑޭރި، ކިނޮޅަހު އަލީ މޭނާ ހާޒިރުކުރައްވާ، ގައްދޫ ގޯއްޗާ ބެހޭގޮތުން ސުވާލުކުރެއްވުމުން، އެގޯއްޗަކީ ކުޑަހުވަދޫ ކުޑަ މަރިޔަމްފާނުގެ މިލްކު ގޯއްޗެއްކަމާއި، އެ މަރިޔަމްފާނުގެ އައިމިނާފާނުގެ މަރިޔާފާނު އާއި، އެ އަލީ މޭނާގެ އެއްބަފާ ކިނޮޅަހު ކާސިމް ފަޑިއަތް އިނދެގެން ހުއްޓާ، އެފާނު ނިޔާވުމުން، އޭނާއަށް، އެގޯތިން 2/1 ލިބިފާވަނިކޮށް، އޭނާ ނިޔާވުމުން، އަލީ މޭނާއަށް މިގޯތި މިލްކުވެފާވާ ކަމުގާ، އެ އަލީ ދައުވާކުރުމުން، އެކަން ބަށްލަވާ، އެއިރުގެ މީހުނުން، އެކަން އެގޮތަށް ސާބިތުވުމުން؛ އެތެރެބަނޑަހަލު ބަޑޭރި ކިނޮޅަހު އަލީ މޭނާ އަށް މއ.ގައްދޫގެ މިލްކުވެފާވާ ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގާ:
1970މ ޖޫނު 1(1390ހ ރަބީލްއައްވަލް 26)ގާ، މަހްކަމަތުލް ޝަރީޔާއިން؛ މަތީގާ ބުނެވިފާވާ ގޯއްޗަކީ ވަލުގަނޑުވަރު އިސްމާއީލް ދީދީ މެންގެ ގައްދޫ ގޯއްޗެވެ ކިޔޭ ގޯއްޗެއްކަމާއި، މާލޭގެ މަގުތައް ހެއްދެވުމުގެތެރޭގާ، އެތަން ނެތިގޮސްފާވާ ކަމުގާ، އެމަހްކަމާގާ، ޒަކަރިއްޔާ ހަސަން ކަލޭފާނު އާއި ނައިބުގޭ ހުސެއިންފުޅު ހެކިބަސް ދިނުމުން، އެކަމުގެ މައްޗަށް؛ އަބްދުލޯ ފަހުމީ ދީދީ ސޮއިކޮށްފާވާ ލިޔުމެއްގެ ނަކަލެއް. އަދި މިކަރުދާހުގެ 2ވަނަ ގަނޑުގާ:
1970މ ޖޫނު 1(1390ހ ރަބީލްއައްވަލު 26)ގާ، މަހްކަމަތުލް ޝަރީއާއިން؛ މަތީގާ ބުނެވިފާވާ ގޯއްޗަކީ ވަލުގަނޑުވަރު އިސްމާއީލް ދީދީ މެންގެ ގައްދޫ ގޯއްޗެވެ ކިޔޭ ގޯއްޗެއްކަމާއި، މާލޭގެ މަގުތައް ހެއްދެވުމުގެތެރޭގާ، އެތަން ނެތިގޮސްފާވާ ކަމުގާ، އެމަހްކަމާގާ، ޒަކަރިއްޔާ ހަސަން ކަލޭފާނު އާއި ނައިބުގޭ ހުސެއިންފުޅު ހެކިބަސް ދިނުމުން، އެކަމުގެ މައްޗަށް؛ އަބްދުލޯ ފަހުމީ ދީދީ ސޮއިކޮށްފާވާ ލިއުމެއްގެ ނަކަލެއް.
Real estate document for Machchangoalhi Gadhdhooge (Size: 8.8" X 6.65")

Sem título
NAM DOC-MN-N-11 · Item · 1908
Parte de Documents

1908މ ޑިސެންބަރު 31(1326ހ ޒުލްހައްޖު 7)ގާ، ޝްރީލަންކާއިން، ކޮޅުބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު، އަބްދުލް ހަމީދު ދީދީގެ ނަމުގާ(ޗާޕްކޮށްފާވާ އިނގިރޭސި 'ލެޓާހެޑް' އެއްގާ) 'ތިރިނާކޮޅުން ގެންދާ ދާގީނާގެ ހިސާބު'، މިހެންޖަހާ،ފޮނުވި ތަކެއްޗާއި، ނިސްބަތްވާ އަގު ޖަހާ، ލިސްޓުކޮށް، އެސަފީރު ސޮއިކޮށް، ފޮނުވާފާވާ ކަރުދާހެއް.
(Size: 3.45" x 8.45")
Sri Lanka - Maldivian Embassy - list(Package)

Sem título
NAM DOC-MN-N-7 · Item · -
Parte de Documents

(ތާރީހެއް ނެތް) 'މެގްނިފިޝަންޓް ކޮންސުމޭޝަން' ކިޔާ އެމެރިކާގެ އެރިޒޯނާގެ ޖަމާއަތަކުން، ނަސޯރާ ދީނާ ބެހޭ އެކި އެކި ވާހަކަ ލިޔެ، ކާމަން ވޭނު ޕޮލެން، ނަމަކަށް ކިޔާމީހަކު، މޭޖާ ޝާމަން ޓިޓޯވް ކިޔާ، ރަޝިޔާގެ 'ކޮސްމޮނޯޓް'(ސްޕޭސްއަށްދާ މީހުން)އަށް އެޑްރެސްކޮށް ދުނިޔޭގެ އެތަންމިތަނަށް އާންމުކޮށް ފޮނުވަން ލިޔެފާވާ(އިނގިރޭސިބަހުން ލިޔެ) ސިލްސިލާ ސިޓީތަކެއްގެ ތެރެއިން، ސިލްސިލާ ނަންބަރު 4ގެ ސިޓީއެއް. Letter on the propagation of Christianity (Size: 11" x 8.5")
America - letter(Religious)

Sem título
NAM DOC-MN-N-4 · Item · 1955
Parte de Documents

(ތާރީހެއް ނެތް، ލިޔުމަށް ބަލާއިރު ބެލެވެނީ، 1374ހ(1955މ)ކަމުގާ) ވުޒާރަތުލް މާލިއްޔާއިން، '75ހ ވަނައަހަރުގެ ބަޖެޓްގެ ހިސާބު'ޝުރުހީކޮށް، 1374ހ(1955މ)ގާ ހިނގި ހަރަދާއި، އަދި ލިބުނު ވަރު ޖަހާ، ވަޒީރުލް މާލިޔާ، އިބްރާހީމް އަލީ ސޮއިވެރިޔެއްގެ ގޮތުގާ ބަޔާންކޮށް، ޖުމްލަ 2685349.11ރުފިޔާ އަރާފާވާ، (1375ހ)(1956މ)އަށް އެކުލަވާލާފާވާ ބަޖެޓު.Budget accounting ledger for the Wuzārat al-Maliyya (Size: 13" x 8.25")
K - Male' - Account(Budget)

Sem título