Mostrar 867 resultados

Descrição arquivística
865 resultados com objetos digitais Mostrar resultados com objetos digitais
NAM DOC-MN-N-9 · Item · -
Parte de Documents

(ތާރީހެއްނެތް) 'މެގްނިފިޝަންޓް ކޮންސުމޭޝަން' ކިޔާ، އެމެރިކާގެ އެރިޒޯނާގެ ޖަމާއަތަކުން، ކާމަން ވޭނު ޕޮލެން، ނަމަކަށް ކިޔާމީހަކު، ދުނިޔޭގެ އެތަންމިތަނަށް، (އިނގިރޭސިބަހުން ލިޔެ)ފޮނުވާފާވާ ނަސޯރާ ދީނާ ބެހޭ، ސިލްސިލާ ސިޓީތަކެއްގެ ތެރެއިން، ސިލްސިލާ ނަންބަރު 5ކަށް ހަވާލާދީ، ލިޔެފާވާ، ސިލްސިލާ، ނަންބަރު 6ގެ ސިޓީ. Letter on the propagation of Christianity (Size: 11" x 8.5")
America - letter(Religious)

Sem título
NAM DOC-MN-S3-32 · Item · 1932
Parte de Documents

1350ހ ޒުލްހައްޖު 27(1932މ މޭ 3)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 31ވަނަ އަހަރު، މިލަދުންމަޑުލު ދެކުނުބުރި(ނ.) ކުޑަފަރި، ގާސިމް ގެދަރި މުހައްމަދުއަށް ކުޑަފަރީގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
Letter of appointment for an Imam (Size: 13.2" X 8.15")
N - Kudafari - Shrine endowment letter

Sem título
NAM DOC-MN-N-14 · Item · 1907
Parte de Documents

1325ހ ރަމްލޯނު 23(1907މ އޮކްޓޯބަރު 31)ގާ، ކޮޅުނބުގާ ހުންނަވާ، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ، މާލޭ ބޮޑު ބަނޑޭރިގެޔަށް،'ސަވައިދީން' ކިޔާ ބޯޓުން 50 ބަސްތާ 'އަހުގެ'؟އަހުންގެ؟ ކާއެއްޗެތި ފޮނުވި ވާހަކަޔާ، ޝްރީލަންކާ ސަރުކާރުން، ހަސަން ދީދީގެ ދެބެންގެ ހަށިގަނޑުގާވާ ފާހަގަތަށް ބޭނުންވާތީ އެދެބެންގެ ފޮޓޯ ފޮނުވަން އެދުނު ކަމާ، އެ ފޮޓޯ ނުލިބުނަސް، އެސަފީރަށް އިނގިވަޑައިގަންނަވާ، ފާހަގަތައް ލިޔެފާ ފޮނުވާނެކަމާއި، ދެން އަންނަ ބޯޓަކުން އިތުރު ހަބަރު ފޮނުވާނެކަމުގަޔާ، ލިޔެފާވާ ސިޓީއެއް.A letter sent to Malé Bodu ba'ndeyrige from Sri Lanka declaring a shipment of fifty sacks of horse feed. It also includes a request for photographs. (Size: 10.45" x 8.2")
Sri Lanka - Maldivian Embassy - letter(Official)

Sem título
NAM DOC-MN-N-16 · Item · -
Parte de Documents

(ތާރީހެއް ނެތް)، 'ރަސްކަމަށް ކޮލިލާދުވަހު ރަދުން ވަޑައިގެން ދަރުބާރުގެއަށް ވެދެވަޑައިގަތުމަށްފަހު ކުރާންވީ ކަންތައް' މިހެން ސުރުހީއަކަށް ޖަހާފާވާ، އަރަބި އަކުރުން ނަންބަރު ޖަހާ، 27 ނުކުތާއަކަށް، ލިސްޓުކޮށްފާވާ، ކޮލިލުމުގެ މުނާސަބަތުގެ ހަރަކާތްތަކުގެ ޕްރޮގްރާމުގެ ދެވަނަބައި.Programme for a coronation ceremony (Size: 13.25" x 8.25")
K - Male' -Royal Palace - Coronation(Programme)

Sem título
NAM DOC-MN-N-19 · Item · 1906
Parte de Documents

1906 ޖަނަވަރީ 23(1323ހ ޒުލްގައިދު 27)ގާ، 'ޓީ. އޭ؟؟ ނޫރުބާއި' އަދި ހެކިންގޮތުގާ 3 މީހަކު ސޮއި ކޮށް، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، އެ ނޫރުބާއި އަށް ދެއްވަން އޮތް 20،000.00 ރުފިޔާ ގެ އެންމެފަހުބައި ކަމުގާވާ 10،000.00 ރުފިޔާ، ދިވެހި ސަފީރު އަބްދުލް ހަމީދު ދީދީ މެދުވެރިކޮށް، އެ ނޫރުބާއި ލިބިއްޖެ ކަމުގެ، ސިލޯނުގެ 5 ލާރީގެ އިސްޓޭމްޕެއް ޖަހާފާވާ، ރަސީދެއް.
އަދި މި ކަރުދާހުގެ އަނެއްފުށުގ:
ހާޖީ އިމާދުއްދީނު މަނިއްޕުޅު، ތައްޔިބު އަލީ ޖީވަންޖީ ނޫރުބާއީ އަށް ދެއްވާން އޮތް ފައިސާ، ދިވެހި ސަރުކާރުން ދެއްވަން ނިންމަވާ، އެފައިސާގެ 2/1، 1322ހ(1904މ)ގާ، އަހުމަދު ކުޑަދޮށިމޭނާ ކިލެގެފާނުގެ އަތުގާ ފޮނުއްވާ، ދެއްކެވިކަމާ، ބާކީ އޮތް 10،000.00 ރުފިޔާ، 1323ހ(1905މ)ގާ، އަބްދުލް މަޖީދު ދީދީ އަތުގާ ފޮނުއްވާ، ކޮލޯނިއަލް އޮފީހުގާ، ޝްރީލަންކާ ސަރުކާރުގެ ވެރިންގެ ހާޒިރުގާ، ތައްޔިބު އަލީ އަށް ދެއްވާ، އެ ދަރަނި ދައްކާ ހަލާސްވެފާވާ ކަމުގާ، އެ ޖީވަންޖީ އަތުން އަތުލި ރަސީދު، މިހެން، ތާނައިން ލިޔެފާވެއެ.(N-21އާ ގުޅޭ)
A receipt with five Laari Sri Lankan stamp on it (Size: 13.55" x 8.3")
Sri Lanka - Nur Bhai - Account(Money)

Sem título
NAM DOC-MN-N-22 · Item · 1906
Parte de Documents

1906މ ޖޫނު 8(1324ހ ރަބީލްއާހިރު 15)ގާ، ކޮޅުބުން ފޮނުވާފާވާ(ދެކެވޭގޮތުގާ... ކަރުދާސް އޮތީ ފުދޭވަރަކަށް ހަލާކުވެފަ)، މާލޭގާ އިމާރާތް ތަކެއް ކުރުމަށް ދިޔަ ހަރަދުގެ ހިސާބު ކަރުދާހެއް.An expense ledger for the construction of houses in Malé (Size: 13.5" x 8.25")
Sri Lanka - Maldivian Embassy - Account

Sem título
NAM DOC-MN-N-25 · Item · -
Parte de Documents

(ތާރީހެއް، ތަނެއް، ނެތް) ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް، ސަފަރު 25ގާ ލިޔެ ފޮނުވާފާވާ ސިޓީއަކާ، އެސިޓީއާ އެކީ ފޮނުވި 1900.00 ރުފިޔާގެ ހުންޑީ(އަނެކާގެ ހަވާލުގައި ހުންނަ، ތިމާގެ ފައިސާ، ދިނުމަށް ދޭ ސިޓީ) ލިބި، އެ ހުންޑިޔާ، އީޖީ އާދަމް އަލީ ކުންފުންޏަށް، ފޮނުވާ އެފައިސާ ގެނެސް ބަހަށްޓާފާވީ ކަމާ، 2 ޑޯކާޓް؟؟(ގޯކާޓް؟؟)ނުނިމޭ ކަމާއި، އެ ނިމިގެން ބިލާއެކީ ގެނައުމުން، އެފައިސާ ދަށްކަފާނެކަމާއި، އަބްދުލް ހަމީދު ދީދީގެ ހާލު ރަނގަޅުވަންދެން، އަބްދުލް މަޖީދު ދީދީ އެންގެވި ފަދައިން، ހުރިހާ ބޭފުޅުންގެ ހާލުކޮޅާއި، ގަނޑުވަރުގެ ކަންތައްތައް ބަލާނެކަމާ، އަދި، ބަންގާޅުން، ވަންދޫ މޫސާފުޅު، އެމަހު 12 ދުވަހު ލިޔެފާވާ ސިޓީގާ، ނަސްރު ހަމީދު 10ވަނަ ދުވަހު އަދި އަމާނަތުއްރަހުމާނު 11ވަނަ ދުވަހު، ފުރައިފިކަމާ، އަތިއްޔަތުއް ރަހުމާނުވެސް ވީހާވެސް އަވަހަކަށް ފުރުވާލާނެ ކަމާ، އާގުބޯޓެއްގާ އުޅެނިކޮށް ހާނިއްކަވެގެން ބޭސްކުރަމުންދާ ކުމުންދޫ އީސާ، އޭނާ މާލޭގެންދަން އާދޭސް ކުރާ ކަމާ، މަލިކު މީހަކުވެސް މަތީރަށުގެ ނަދުރަށް ދާން އާދޭސް ކުރާ ކަމާއި ލިޔެފާވާތީ، އެ ކުމުންދޫ އީސާ މާލެ ގެންދަން އެންގި ކަމާ، މަލިކު އެހެން މީހުންވެސް ނަދުރަށް ގެންދާކަން އެގޭތީވެ، އެ މަލިކު މީހާވެސް ގެންދަން، މަލިކު މީހުންނަށް އަމުރު ދިންކަމުގާ ބުނެ؛ ހަތީބު ސީދީ ގެ ނަމުގާ، ފޮނުވާފާވާ ސިޓީއެއް.A letter on a government policy (Size: 10.65" x 8.3")
Sri Lanka - Maldivian Embassy - letter(Official)

Sem título
NAM DOC-MN-N-28 · Item · -
Parte de Documents

(ތާރީހެއް ނެތް)، 'ރަސްކަމަށް ކޮލިލާދުވަހު ކީރިތި މަހާ ރަދުން ގަނޑުވަރުން ނުކުމެވަޑައިގެން ދަރުބާރު ގެޔަށް ވެދެވަޑާއިގަތުމުގެ ގޮތްތައް' މިހެން ސުރުހީއަކަށް ޖަހާފާވާ، އަރަބި އަކުރުން ނަންބަރުކޮށް، 5 ނުކުތާއަކަށް ލިސްޓުކޮށްފާވާ، ކޮލިލުމުގެ މުނާސިބަތުގެ ހަރަކާތްތަކުގެ ޕްރޮގްރާމުގެ އެއްވަނަބައި.(Size: 13.3" x 8.25")
K - Male' - Royal Palace - Coronation(Programme)

Sem título
NAM DOC-MN-N-31 · Item · 1938
Parte de Documents

1357ހ ރަބީލްއާހިރު 3(1938މ ޖޫނު 2)ގާ، ހަސަން ނޫރައްދީނު، އޭނާގެ 'ބޭބެ'، އަބްދުލް މަޖީދުއަށް، އޭނާ ރަސްކަމަށް ކޮލިލާދުވަހަކީ، ޖުމާދިލްއައްވަލް މަހު 22 ނުވަތަ 23 ދުވަހު ކަމުގާ ކަނޑައަޅައިފި ކަމާއި، އެދުވަހަށް، އަބްދުލް މަޖީދު މާލެ ވަޑައިގަތުން އެއީ އޭނާގެ ވަރަށްބޮޑު އެދުމެއް ކަމުގާ ލިޔެފާވާ ސިޓީއެއް.(Size: 10.12" x 6.8")
K - Male' - Royal Palace - Coronation(letter)

Sem título
NAM DOC-MN-N-39 · Item · 1909
Parte de Documents

1909މ މޭ 28(1327ހ ޖުމާދިލްއައްވަލް 8)ގާ، ކޮޅުނބުގާ ހުންނަ ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ، މާލޭ ބޮޑުބަނޑޭރިގެއަށް؛ 'ފަތުހުލް ކަރީމު' ބޯޓުން، ސަރުކާރުގެ، 4ފީފާ ކާށިތެޔޮ ފޮނުވާ ކަމާއި، ގަންނަން ރަގަޅު، ކުޑަ އާގުބޯޓެއް(ދެލި އަންދައިގެން ދުއްވާ) ފެނިގެން، އޭނާ އެޔަށް އަރާ، ދުއްވާހަދާ، އެ ބެލި ކަމުގަޔާ، އެބޯޓުގެ ހުރިހާ ތަފްސީލެއް ވަރަށް ސާފުކޮށް ލިޔެ، އެބޯޓު، ނީލަމުގާ ޖުލައި 3ގާ، ވިށްކާލަން އުޅޭ ކަމާ، އެކަމަކު، ސިލޯނު ސަރުކާރާ ވާހަކަދަށްކައިގެން ގަނެފިއްޔާ އަގުހެޔޮވާނެ ކަމާ، ލަފާ އަގަކީ، 8-10ހާހާ ދޭތެރޭ ކަމުގަޔާ، އަދި ފޮނުވާ ތެލުގެ ބިއްލަޑީ(ބިލް އޮފް ލޭޑިންގް)، މި ސިޓީއާއެކި ފޮނުވި ކަމުގާ ލިޔެ؛ ފޮނުވާފާވާ ސިޓީއެއް.(Size: 8.15" x 5.15")
Sri Lanka - Maldivian Embassy - letter(Official)

Sem título