(އަހަރެއްނެތް) ނޮވެންބަރު 25ގާ، ދިވެހި ސަރުކާރުގެ ސަފީރުގެ ނަމުގާ(ނަމެއް ނެތް) ކޮލޯނިޔަލް ސެކެޓްރީއަށް(ނަމެއް ނެތް)، ރާއްޖޭގެ ރަދުންގެ ފަރާތުން، އޭރުގެ އިނގިރޭސި ރަދުންގެ މަންމަ ނިޔާވުމުން(ނިޔާވީ 1925ގާ)، ފޮނުއްވާފާ ތައުޒިޔާގެ ސިޓީގެ ނަކަލެއް.
މިނަކަލުގެ ތިރީގާ:'އިނގިރޭސި ރާޖާގެ އަމާ މަރުވެގެން ލިޔުނު ސިޓީޔާއި ޒުވާބު' މިހެން ތާނައިން ލިޔެފާވެއެ.
(Size: 10.2" x 7.85")
K - Male' - Royal Palace - letter(Royal)
1908މ މޭ 24(1326ހ ރަބީލްއާހިރު 23)ގާ، ޝްރީލަންކާގާ ހުންނަ ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ، މާލެ ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް؛ މަތީގާ '-އީ.ޖީގެ ދީނުގަންޖާއިން-'، މިހެންލިޔެ، ޝްރީލަންކާއަށް ރާއްޖޭން ގެންދާ މަސް ހުންނަނީ، މަސްގަނޑު މާބޮޑަށް ކަނޑާ، ރަނގަޅަށް ނުހިއްކާ، ކަށިވެސް ނުފިލުވާ ކަމުން، އެ މަހުގެ 'އިއްޒަތް' ދެރަވެ، ރަނގަޅު އަގު ނުލިބޭތީވެ، މަސް ގެންދާ ހުރިހާ ސޭޓުންނާ އަދި އެރަށުގެ މަސްގަންނަ 'ސަންމާންކާރު'ންނާ އޭނާ އެވާހަކަ ދެއްކުމުން، އެމީހުންވެސް އެކަން ވަނީ އެހެން ކަމުގާ ބުނާ ކަމާ، ރާއްޖޭން ބޭރުވާ މަހަކީ، އޭގެ ބޮޑުބައެއް ޝްރީލަންކާޔަށް ގެންދާ މަސް ކަމުގަޔާ، އަދި ޝްރީލަންކާ ސަރުކާރުން، ބޭރު އެހެން ގައުމުތަކުން ދިރޭ މަސް ގެނެސް، އެތާގެ ކޯރުކޯރަށާ ފެންފެންގަނޑަށް ލާ އެ އާލާކުރަން ވާހަކދަށްކަމުން ގެންދާ ކަމާ، ރާއްޖޭގެ މަހުގެ ފެންވަރު ދައްވަންޏާ، އާހިރުގާ ރާއްޖެޔަށް ވެދާނެ ގެއްލުމާ، ރާއްޖޭގެ މަސްވެރިންނަށް އެކަން ނުވިސްނޭތީވެ، ސަރުކާރުން، ކަމާބެހޭ އަމުރެއް ނެރުއްވުމަކީ ރަނގަޅުވާނެ ކަމެއްކަމުގާ ދެކޭ ކަމާ، އަދި މޫސާ ބަހީގެ ހައިދަރީން، ތިރިނާކޮޅަށް ސާމާނުލީ ދުވަހު ހަލާކުވީ ހެންވޭރު ގަނޑުވަރުގެ ހަތަބުކޮޅުގެ ބޮލާ، އާ ގޮނޑިޔަކާ، އަދި އިތުރު ފޮށިގަނޑެއް ފޮނުވި ކަމާ، ބަންގާޅުގަޔާ އަދި ސިލޯނުގާ ކާށްޓާ ކާށިތެލުގެ އަގު ދަށްވެއްޖެ ކަމާ، = ކުރިޔަށް އޮތް އަހަރު ބަންގާޅުގާ ހަނޑޫ ހަށްދާލޭ ގިނަވާނެ ކަމުގެ ވާހަކަ އިވޭ ކަމާ، ސުތުލިން ލިބުނު ގެއްލުން ބޮޑުކަމުން، ސުތުލި ހެއްދި މީހުންވެސް އެއަހަރު ހަށްދާނީ ހަނޑޫކަމުގަޔާ، ބަންގާޅު ސަރުކާރުންވެސް އެކަމާ އުޅޭކަމާ، އަދި ކަރާޗީގާ ހަނޑުލުގެ އަގު، 44-45ށް ކަނޑިއެއް(3 ނާޅި/3ކިލޯ) އަރައިފިކަމާ، އަދި ބަންގާޅުގާ ގަޑުބަޑު ވަރަށް ބޮޑުކަމާ މިއެންމެހާ ކަންކަން ބަޔާންކޮށް؛ ލިޔެފާވާ ސިޓީއެއް.(Size: 10.15" x 7.9")
Sri Lanka - Maldivian Embassy - letter(Official)
1908މ އޭޕްރިލް 4(1326ހ ރަބީލްއައްވަލް 2)ގާ، ކޮޅުނބުން، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، މޭރީ ކިޔާ ބޯޓަކުން، މރ. 'ޑީޑީ'ގެ ނަމުގާ، ރާއްޖެޔަށް ފޮނުވި މުދަލެއްގެ، އެކްސްޕޯޓް ފޯމެއްގެ ކޮޕީއެއް. އަދި ނުފުށުގާ، އެ ކުންފުނި ގެ އިޝްތިހާރެއް ވެއެ.
(Size: 8.6" x 5.56")
Sri Lanka - Walker Sons & Co. Ltd - Form(Package)
1908މ އޭޕްރިލް 7ގާ، ކޮޅުނބުން، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، މޭރީ ކިޔާ ބޯޓަކުން، އަބްދުލް ހަމީދު ދީދީގެ ނަމުގާ، ރާއްޖެޔަށް ފޮނުވި މުދަލެއްގެ އެކްސްޕޯޓް ފޯމެއްގެ، އެޒަމާނުގެ ކޮޕީއެއް. އަދި ނުފުށުގާ، އެ ކުންފުނި ގެ އިޝްތިހާރެއް ވެއެ.(Size: 8.45" x 5.56")
Sri Lanka - Walker Sons & Co. Ltd - Form(Package)
1343ހ ޒުލްހައްޖު 10(1925މ ޖުލައި 2)ގާ، ކޮޅުނބުން، 'އީ.އޭ.އެޗް ޑީޑީ' ގެ ފޯން ނަންބަރު(2304)ޖެހި 'ލެޓާހެޑް އެއްގާ'، ބޮޑުބަނޑޭރި މަނިކުފާނަށް؛ ރޯދަމަހު 23ގާ ލިޔުއްވާފާވާ ސިޓީއާ، -/2550 ރުފިޔާ އުންބުޗީ އަތުން ނެގުމަށް ލިޔެ ފޮނުވި ސިޓީއާ ލިބި އަދި އެފައިސާ ނަގައިފި ކަމާ، ޝައްވާލް 26ގާ ލިޔުއްވާފާވާ ސިޓީޔާ އެ ސިޓީގާ ބުނެފާވާ ކަރުދާހު ފޮށިގަނޑާ، އަދި ދެން ފޮނުއްވި ސިޓީޔާ އެސިޓީތެރޭގާވާ -/2550 ރުފިޔާގެ، އީ.ޖީ ފިހާރައިން ދީފާވާ ހުންޑީ ލިބި، އެފައިސާވެސް އޭރު ލިބިއްޖެ ކަމާ، އަދި އެމަހު 30ގާ ލިޔުއްވާފާވާ ސިޓީޔާ އޭގެތެރޭގާ ފޮނުއްވި، ކަރުދާހުފޮށިގެ ބިއްލަޑީ ލިބުނު ކަމާ، ނޯވޭގެ 5 މީހުން ތިބި، ކޮރްލެއިފް ކިޔާ މީހެއްގެ ކެޕްޓަނުކަމުގާވާ، ޔޮޓެއް އެމަހުގެ 25 ހެދުނު މާލެ ދިޔަކަމާއި، އެޔަށް ކާބޯތަކެއްޗާ އޭގެ އިތުރުން، ވެރިންގެ ފަރާތުން ހަދިޔާ ފޮނުއްވިކަން، ޒުލގައިދު 26ގާ ފޮނުއްވި ސިޓީން އިނގުން ކަމާ، އެ ޔޮޓުން، ރާއްޖެޔަށް ވަރަށް ތައުރީފުކޮށް ނޫސްވެރިންނަށް ދިން ބަޔާނާ، އަދި އަބްދުލް ހަމީދު އެކަމާ ބެހޭގޮތުން 'ޓައިމްޒް' އަށް ދެއްވި ހަބަރުކޮޅާ، އެދެހަބަރު ޖަހާފާވާ ނޫސް-ކެނޑުން(N-57) ފޮނުއްވި ކަމާ، އެޔޮޓުގެ ދުވެއްޔާ ބެހޭ މައުލޫމާތު ކޮޅަކާ، އަދި މައްކާޔަށް ކޮންމެ އަހަރަކު ސަރުކާރުން ފޮނުވާ މަހުމަލްކޮޅު ކޮޅުނބު މަގުން މަދީނާޔަށް ގެންދަނިކޮށް، ވައްހާބީ ރަސްގެފާނުންގެ ޖަންގަލީ ސިފައިންގެ ހަމަނުޖެހުމެއްގާ، މިސުރު ސިފައިން ބަޑިޖަހާ ގިނަ ވައްހާބިން މަރާލާ، މިކަންތައްގަނޑާ ހެދި، ޖިއްދާ މަގުން އެ އުރަފުޅު ގެންދިޔުމަށް ގަސްތުކުރި ކަމާ، ހައްޖާޖީންނަށް ވަރަށް އަނިޔާކުރާ ވާހަކަޔާ، ޔަމަނު ރަސްގެފާނު ވައްހާބީ ރަސްގެފާނާ ހަނގުރާމަފަށްޓަން އުޅޭ ވާހަކަ އިވެމުންދާ ކަމާ، ތުރުކީންނާ އިނގިރޭސިން އިރާގުގެ ސަރަހަށްދާ މެދެ ސުލްހަވެރި ގިރުމޭޓެއް(އެގްރީމެންޓް/އެއްބަސްވުން)ގާ ސޮއިކޮށް، އެކަމުން ތުރުކީޔަށް ވަރަށް ފައިދާވާނެ ކަމުގާ ދެކޭ ކަމާ، މޫސާ ބަހީގެ ހުސެއިނީ އަށް އަރައިގެން އެމަހު 18ގާ ދިޔަ 3 ކަލުން(މީހުން؟؟) ފަތުހުލް މަޖީދު ބޯޓުގާ ދާންގޮސް، އެމަހު 25ގާ އަނެއްކާ އެބޯޓުވެސް ކޮޅުބަށް ވަދެ، ތަންކޮޅެއް މަޑުވަންދެން އެބޯޓުވެސް މަޑުކޮށްލައިގެން އޮތް ކަމާ، ހައްޖު އީދަށް، ނާކޮޅުގާ ސޮލަވާތްފުޅު ކިޔާ ހުރިހާ އެންމެންނަށާ، އެ 3 ފަސިންޖަރުންނަށްވެސް ހެދުން ދެއްވި ކަމާ، އެ 3 މީހުން ތެރެއިން، ތުއްތު، ކަނޑުމައްޗަށް ދެރަކަމުން، އޭނާގެ ހާލުދެރަކަމާ، އޭނާ މާލެދާން އެދޭކަމާ އެކަމަކު ފުރުވާލައިފިއްޔާ، ފުރާނަޔަށް ގެއްލުންވެދާނެކަމާ، މިހުރިހާ ހަބަރެއް ލިޔެ، އަބްދުލް ހަމީދު ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.
(Size: 8.2" x 5.15")
Sri Lanka - Maldivian Embassy - letter(Official)
1903މ ސެޕްޓެންބަރު 28(1321ހ ރަޖަބް 6)ގާ، ޝްރީލަންކާ ސަރުކާރުން، ތައްޔިބު އަލީ ޖީވަންޖީ ނޫރުބާއީއަށް، އޭނާގެ ބޯޓު 'އިލްއާފީ'، 15 މޭ 1903ގާ މާލެއަށް ކޮށްފާވާ ދަތުރަކަށް، ޝްރީލަންކާ ސަރުކާރުން ދިން -/2000 ރުޕީޒް، އިބްރާހީމް ދީދީ މެދުވެރިކޮށް، އެ ސަރުކާރަށް ދެއްކުމުން ދީފާވާ، 1241ނަންބަރުގެ ރަސީދު(އިނގިރޭސިން)އެއް. އަދި ނުފުށުގާ، މި ރަސީދުގެ ދިވެހި ތަރުޖަމާއާއި، އެހަރަދަކީ އެ ބޯޓު ޗާޓަރުކުރުމުގެ ހަރަދު ކަމުގާ، ބުނެފާވާ ލިޔުމެއް.(Size: 4.55" x 3.85")
Sri Lanka - Maldivian Embassy - Account(Money)
1325ހ ޖުމާދިލްއާހިރު 10(1907މ ޖުލައި 21)ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ ސޮއިކޮށް؛ 'ސަރުކާރުގެ ހިސާބުގައި ނާކޮޅުން ފޮނުވި ތަކެތީގެ ހިސާބު' މިހެން ސުރުހީކޮށް، އެކުލަވާލާފާވާ ތަކެތީގެ ލިސްޓަކާ، އެ ލިސްޓުގެ 2ވަނަ ސަފްހާގެ ތިރީގާ، އެތަކެތީގެ ބިލް ނާންނާތީ އަގު ނުޖެހުނީ ކަމާ، އިނގިރޭސިން އޮތް ކަރުދާހުގާހުރިތަކެތިވެސް ފޮނުވާ ކަމާ، އެތަކެތީގެ އަގު ފޮނުވާއިރު އަހުގެ ހެދުމަށާ އަދި ގޭގެ ކަންތަކަށް ދިޔަ ހަރަދާ ފޮނުވާނެ ކަމާ އަދިވެސް އެހެނިހެން ހަބަރު ލިޔެ، (މި ކަރުދާހުގާ 3އަދި4 ވަނަ ސަފްހާ އެއް ނެތް..) 5ނަންބަރު ސަފްހާގާ، 'ތިރިނާކޮޅުން ފޮނުވި މީހުންގެ ތަކެތި' ސުރުހީކޮށް، އޮތް އަބްދުލް މަޖީދު ދީދީ، ދޮންމަނިކުގެ އަބްދުއްލޯ ދީދީ، މާލިމީ ކޮއި، މާވަޑިކަލޭގެ ގެދަރި ދޮންފުތު، ސިއްކަގޭ އަލިމަނިކުފާނު އަދި ހުރާ ކުޑަކަލޯ، މިފަދަ މީސްމީހުންގެ ސާމާނުގެ ލިސްޓުކޮށް، އަދި 6ނަންބަރު ސަފްހާގާ، 'މީހުންގެ ފާސިންދާރުންގެ ތަކެތި' މިހެން ސުރުހީކޮށް އޮތް ތަކެތީގެ ލިސްޓަކާ، އޭގެ ތިރީގާ، އެ ނާކޮޅުން ދާ ފާސިންޖަރުންނަކީ، ހުސެއިން ސާހިބު އަބޫބަކުރު އާއި ސިންނަމަރައްކާރު މުހައްމަދު މަރައްކާރު އާއި އިސްހާގު މާލިމީ ކަމުގާ ބަޔާންކޮށް؛ ފޮނުވާފާވާ ކަރުދާހެއް.(Size: 9.9" x 7.65")
Sri Lanka - Maldivian Embassy - Writing(Package)
1326ހ ރަބީލްއައްވަލް 13(1908މ އޭޕްރިލް 15)ގާ، ޝްރީލަންކާގާ ހުންނަ ރާއްޖޭގެ އެންބަސީގެ 'ލެޓާހެޑް'ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދ 'އިސްކޫނަރު މޭރީން 2 ވަނަ ހިސާބު'، މަތީގާ ޖަހާ، ފުރަތަމަ ސަފްހާގާ، 'އަލީ ކޮއިފުޅު ނާކޮޅުގެ ހިސާބުގާ ދެއްކި ހިސާބު'،ލިޔެ، އޭގެ ދަށުގާ، ޖުމްލައަކަށް 18ރުފިޔާ 11އަނާ(ރުފިޔާއެއްގެ ސޯޅަބައިކުޅަ އެއްބައި) އަރާފާވާ، ހިސާބުކިތާބު ކަރުދާހަކާ، އަދި 2ވަނަ ސަފްހާގާވެސް، 'އިސްކޫނަރު މޭރީން 2 ހިސާބު'، މަތީގާ ޖަހާ، 'މިނާކޮޅުން ގެންދިޔަ މީހުންގެ ތަކެތި' ލިޔެ، އޭގެ ގެދަށުގާ، އަމިއްލަ މީހުންގެ 12އެއްޗެއް، އަދި ސަރުކާރުގެ ތަކެތި ކަމުގާވާ، ވީގޮދަން އަދި ކޮށިހުއިގަޓަރި، އެދެ ބާވަތް، އަދަދާއެކީ ޖަހާ، 3 އަދި 4ވަނަ ސަފްހާގާ 'އިސްކޫނަރު މޭރީގެ ހިސާބު'، މަތީގާ ޖަހާ، '-މަރައްކާރުގެ ހިސާބު-'، ލިޔެ، އޭގެ ދަށުން، އޭޕްރިލް 3އިން 16އަށް، ފޮނުވާފާވާ ތަކެތީގެ އަގު ހިމަނާ ހަދާފާވާ ލިސްޓަކާ، އަދި މި އެއްޗެތީގެ އިތުރުން، ދެން އޮތީ، ހަނޑުލުގެ ހިސާބުކަމާ، އޭގާ އޮޅުމެއް އުޅޭތީ އެ އޮޅުންފިލުވާދެއްވުމަށް އެދި ލިޔެފާވާ ލިޔުންކޮޅެއް ހިމެނޭ ހިސާބުކިތާބުގެ ކަރުދާހެއް.
Sri Lanka - Maldivian Embassy - Account
(Size: 10.25" x 7.85")
1219ހ ޒުލްގައިދު 17(1805މ ފެބްރުވަރީ 17)ގާ، އަލްގާޒީ މޫސާ މުހްޔިއްދީނުގެ ޝަރީޔަތު މަޖީލުހުގާ، އދ.ފެންފުށި މަލިންކަލޭފާނުގެ ދަރި މުދިން ހަސަން އެދުރު މަނިކު، އޭނާގެ މަންމަ، އޭނާގެ ދަރިކޮޅަށް ވަގުފްކޮށްދިން ގޯތީގެފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން؛ އެފަތް ބެއްލެވިއިރު، އެއީ، 1200ހ ޝައްވާލް 15(1786މ އޯގަސްޓް 10)ގާ، އަލްގާޒީ މޫސާ ނަޖްމުއްދީނު އުއްތަމަ ފަނޑިޔާރު، ކުޑަފަރީ މުދިން ތަކުރުފާނު ގެދަރި މަރިޔަމްފާނު، އޭނާ ދުނިޔޭގާ ހުރެ، އޭނާގެ މިލްކުގާވާ ގޯއްޗާއި އެތާ އަޅާފާވާ ދެގެއާ، އެތާގާވާހާ ރުއްގަހާ އެހެނިހެން ތަކެއްޗަކާ، އޭނާގެ މިލްކުގާ ވާހާ ރަންރިއްސާ، ގެވަތުކަންވާރު(ގޭގާ ހިފާގެންގުޅޭ ސާމާނާ)އާއި، އޭނާގެ އެންމެހާ މިލްކެއް، އޭނާގެ މިލްކުން ކަނޑާ، އޭނާ މަރުވުމަށްފަހު، ކޮންމެ އަހަރަކު ރަބީލްއައްވަލް 12ދުވަހު، ވީވަރަކުން، ސޮލަވާތް ކިޔެވުމަށް، އޭނާގެ ދަރި ހަސަން މަނިކުއަށް، އަދި އެ ހަސަން މަނިކު ނެތިދިއުމުން އޭނާގެ ދަރިކޮޅަށް ވަގުފްކޮށްފާވާ، ސައްހަ ފަތެއް ކަމުގާ ސާބިތުވުމުން؛ އެފަތް އާކޮށްދިނުމުގެ އަމުރުއިއްވެވުމުން، އެމަޖިލީހުން ލިޔުނު ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
(ތާރީހެއް ނެތް) 'މުއީނުއްދީނު ރަދުންގެ ހަތްވަނަ އަހަރު ކޮޅުމަޑުލު ވާރު ފަތް އަލިތަކުރުފާނައް ލިޔެދީފާތި' މިހެން، އިހުގެ ލިޔުމަކުން ލިޔެފާވާ ލިޔުމެއް ވެއެ.
(Size:17.4" × 10") Chief Justices - Al Ghaazee Moosa Muhyiddin
A.Dh.Fenfushi Mudhin Hassan Maniku Goathi (Housing Plot) - Deed for housing plot
1294ހ މުހައްރަމް(1877މ ޖަނަވަރީ)ގާ، އަލްގާޒީ އިބްރާހީމް މަޖުދުއްދީނު ގެދަރި އިސްމާއީލް ބަންޑާރަނައިބު ތަކުރުފާނުގެ ޝަރީއްއަތު މަޖިލީސްއަށް، ހުތް އައިމިނާ ދީދީ، އޭނާ އިނދެވަރިކުރި ބާބާގޭ ދޮންމަނިކުގެ ގޯތި، ހެކިންގެ ހާޒިރުގާ، އޭނާއަށް ހިބައިންދީ، އެކަމުގެ މައްޗށް ލިޔުން ދީފާ، އެ ހިބަޔަށް ދޮންމަނިކު އިންކާރުކޮށް، އެގޯއްޗަށް އައިމިނައިދި ވަނިޔަކަނުދިނޭ ކިޔާ ދައުވާ ހުށައެޅުމުން، ދޮންމަނިކު ހާޒިރުކުރުމުން، އެލިޔުން އެގޮތަށް ދިންކަމަށް އެއްބަސްވެ، އެކަމަކު ގޯތި ނުދެވެޔޭ ހިތަށްއަރާ އެގޮތަށް އުޅެވުނީކަމުގާ ބުނުމުން، އެ މަޖިލީހުން އެއީ ސައްހަ ހިބައެއް ކަމުގާ ނިޔާކޮށް، ސިންގަޅަގެގެ ހުޅަނގުން، ބައިކަނޑިގެގެ އިރުން އޮތް ބާބާގެ ކިޔާ ގޯތި، އެއީ، ހުތް އައިމިނާ ދީދީގެ މިލްކެއް ކަމުގާ ބަޔާންކޮށް، އެގޯތީގެ ބޮޑުމިން ހިމަނާ އެމަޖިލީހުން ލިޔެފާވާ ފަތެއް.
އަދދި ފަތުގެ ނުފުށުގާ:
1302ހ ޒުލްގައިދު؟؟ 18(1885މ އޯގަސްޓް 29)ގާ، އަލްގާޒީ އިބްރާހީމް މަޖުދުއްދީނު ގެދަރި އިސްމާއީލް ބަންޑާރަނައިބު ތަކުރުފާނުގެ ޝަރީއްއަތު މަޖިލީހުން؛ އެގޯތި ފުއްކޭގޭ އާބަކުރު ކަލޭގެފާނަށް މިލްކުވެއްޖެކަން ސާބިތުވެ، އެކަން ބަޔާންކޮށްފާވާ ލިޔުމެއް.
(Size:13.3" × 8.5")Ismail Bandaara Naaibu Thakurufaanu
K.Male' - Baabaa Dhon Maniku Goathi (Housing Plot) - Private Property