Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-N-57A · Item · 1926
Part of Documents

1926މ ޖޫނު 16(1344ހ ޒުލްހައްޖު 5)ގެ، ދަ ސިލޯނު އޮބްޒާވާ ނޫހުގާ، 'ވާލްޑް ޓުވާ އިން 28ޓަން ޔޮޓް'(28ޓަނު ނަވެއްގާ މުޅިދުނިޔޭގެ ދަތުރެއް) މިޝުރުހީ ދަށުގާ ލިޔެފާވާ ލިޔުންކޮޅެއް އޮތް ނޫސްކެފުމެއް.(N-56ގާވާ އުރައިގާ އޮތް)(Size: 22.45" x 4.5")
Sri Lanka - News Cuttings (Foriegn)

National Archives of Maldives
NAM DOC-MN-N-57 · Item · 1926
Part of Documents

1926މ ޖޫނު 16(1344ހ ޒުލްހައްޖު 5)ގެ، 'ޓައިމްޒް އޮފް ސިލޯނު' ނޫހުގާ، 'ނޯވީޖިއަން ޔޮޓް އެޓް ދަ މޯލްޑިވްޒް'(ނޯވޭގެ ނަވެއް ދިވެހިރާއްޖޭގާ)، މި ސުރުހީގެ ދަށުގާ ލިޔެފާވާ ލިޔުންކޮޅެއް އޮތް ނޫސްކެފުމެއް.(N-56ގާވާ އުރައިގާ އޮތް)(Size: 6.75" x 2.55")
Sri Lanka - News Cuttings (Foriegn)

National Archives of Maldives
NAM DOC-MN-N-56 · Item · 1926
Part of Documents

1345ހ މުހައްރަމް 29(1926މ އޯގަސްޓް 8)ގާ ލިބިފާވާ، 1926މ ޖޫނު 28(1344ހ ޒުލްހައްޖު 17)ގާ ޕޯސްޓު ތައްގަނޑު ޖަހާ، ޝްރީލަންކާގާ ހުންނަ ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދގެ ފަރާތުން، ބޮޑުބަނޑޭރިގޭ 'ޗީފް ޓްރެޝަރާ(ދައުލަތުގެ ހަޒާންދާރު)، މާލެ މޯލްޑިވް އައިލަންޑްޒް' އަށް އެޑްރެސްކޮށް، އަނެއްފަރާތުގާ، 6 ސެންޓުގެ 2 ސްޓޭންޕް ޖަހާ، ރެޖިސްޓްރީކޮށް ފޮނުވާފާވާ ސިޓީއެއްގެ(N-57) އުރައެއް. (Size: 9.35" x 4.25")
Sri Lanka - Maldivian Embassy - Envelope

National Archives of Maldives
NAM DOC-MN-N-55 · Item · 1962
Part of Documents

1962މ ސެޕްޓެންބަރު 16)1382ހ ރަބީލްއާހިރު 16)ގާ، މާލެ އައިސްފާވާ ކަމުގެ ޕޯސްޓު ތައްގަނޑުޖަހާ، އައްސުލްތާނު މުހައްމަދު ދީދީ މޯލްޑިވް އައިލަންޑްޒް، ޓައިޕްކޮށް، އެޑްރެސްކޮށް، އެމެރިކާގެ 1 ސެންޓް އިސްޓޭންޕެއް ޖަހާފާވާ ސިޓީއުރައެއް.(Size: 9.45" x 4.25")
America - Envelope

National Archives of Maldives
NAM DOC-MN-N-54 · Item · -
Part of Documents

މަތީގާ އިނގިރޭސިން ބޮޑެތި އަކުރުން 'އޮން ހިޒް ހައިނެސަޒް ސާވިސް' މިހެން ޗާޕުކޮށްފާވާ، 'އެޗް.އީ. އަބްދުލް މަޖީދު ދީދީ، ރަންނަބަނޑޭރި ކިލެގެފާނު' މިހެން އިނގިރޭސިން ޓައިޕްކޮށް، އެޑްރެސްކޮށް، ތާނައިން އަރިމަތީގާ، ރަސްކަމަށް ކޮލިލާދުވަހަށް މާލެ އައުމަށް ވަޒީރުންގެ މަޖިލީހުން ފޮނުއްވި ސިޓީ، މިހެން ނޯޓެއްކޮށްލާ، ތިރީގާ، 57/2/18(ހިޖްރީ.. އަރަބިން) އަދި 38/6/17(މީލާދީ)، މިދެތާރީހުކޮށްފާވާ، ސްޓޭންޕް ނުޖަހާ އޮތް، (10N- އޮތް ސިޓީ ލާފާވާ)ސިޓީއުރައެއް.(Size: 9.1" x 4")
Envelope

National Archives of Maldives
NAM DOC-MN-N-53 · Item · -
Part of Documents

(ތާރީހެއް ނެތް) 'ދިވަހިރާއްޖޭ ރައްތަކުގެ ވެރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު މާތްރަދުންނަށް އެރަދުންގެ ދަރިކަލުން ކޮޅުބަށް ބޭސްކޮޅުކުރެއްވުމަށް ފޮނުއްވާން އުޅުއްވާ ދަތުރުފުޅާ ދޭތެރޭ އިބްރާހީމްދީދީގެ ދަރި އަބްދުލް މަޖީދު ފޮނުވި ސިޓީގެ ނަކަލު' މިހެން ލިޔެފާވާ، ސްޓޭންޕް ނުޖަހާ އޮތް، (N-49ގާ އެވާ ސިޓީ ލާފާވާ) އޮތް ސިޓީއުރައެއް.
(Size: 3.55" x 6")
Envelope

National Archives of Maldives
NAM DOC-MN-N-52 · Item · -
Part of Documents

(ތާރީހެއް ނެތް) 'ދިވެހިރާއްޖޭ ރައްތަކުގެ ވެރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު މާތް ރަދުންނަށް އެރަދުންގެ ދަރިކަލުން ކޮޅުބަށް ބޭސްކޮޅުކުރެއްވުމަށް ފޮނުއްވަވާން އުޅުއްވާ ދަތުރުފުޅާ ދޭތެރޭ އިބްރާހީމް ދީދީގެ ދަރި އަބްދުލް މަޖީދު ފޮނުވިސިޓީގެ އިނގިރޭސި ނަކަލް' މިހެން ލިޔެފާވާ، ސްޓޭންޕް ނުޖަހާ އޮތް، ސިޓީއުރައެއް.
(Size: 9" x 3.95")
Envelope

National Archives of Maldives
NAM DOC-MN-N-51 · Item · 1908
Part of Documents

1326ހ މުހައްރަމް 13(1908މ ފެބްރުވަރީ 16)ގާ، ޝްރީލަންކާގާ ހުންނަ ދިވެހި ސަފީރުގެ 'ލެޓާހެޑް'ގާ، '- ސަރުކާރުހިސާބު -'، ސުރުހީކޮށް، އެކި އެކި ތަކެއްޗާ ނިސްބަތްވާ އަގު ޖަހާފާވާ ލިސްޓަކާ، އެ ލިސްޓުގެ ތިރީގާ، އެ ހިސާބުގާ ބުނެފާވާ ތަކެއްޗަކީ، އަގުދީ ނިންމާފާވާ ތަކެތިކަމުގާ ލިޔެ، އަދި އޭގެ ތިރީގާ 'ކާރާގެ' ބޯޓުން 6ފީފާ ކާށިތެޔޮ އަދި 5 ފޮށިގަނޑު ފޮނުވިކަމާ، އެފޮށިގަނޑުގާ ވީ ކޮންކޮން ތަކެއްޗެއް ކަމާ، ހުންޑީއެއް ލިބިއްޖެއްޔާ، މާލެއިން، ވާކަރަށް('ވޯކާ އެންޑް ސަންޒް؟؟)، އެތެލުގެ އަގު ދެއްވުމަށާ، ވާކަރުގެ ބިލްތަކެއް މި ސިޓީއާއެކީ ފޮނުވިކަމާ، އަދި އެބިލްތައް ބައްލަވާ، އެޔަށްވީ ފައިސާ ފޮނުއްވާދިނުމަށާ، އަދި އެންމެކުރިން ފުރާ އެއްޗަކުން ފައިސާ ފޮނުއްވާދެއްވުމަށާއި، ފައިސާ ނެތިގެން ވަރަށް ދަތިވާކަމާއި ލިޔެ، އޭގެ އިތުރުން، ކަރުދާހުގެ ދެ އަރިމަތީގާވެސް އެކި އެއްޗެހި ނޯޓްކޮށްފާވާ ލިޔުމެއް.
(Size: 10.4" x 8.2")
Sri Lanka - Maldivian Embassy - Account

National Archives of Maldives
NAM DOC-MN-N-50D · Item · 1905
Part of Documents

1905މ އޯގަސްޓް 8(1323ހ ޖުމާދިލްއާހިރު 3)ގާ، 'ގުންޖާ އަލީމަޑާލް'؟؟؟(ލިޔުން ކިޔަން އުދަނގޫ) އާއި ގުންޖާ ހުސެއިނީ ގާ، ޝެލް ޓްރާންސްޕޯޓް އެންޑް ޓްރޭޑިންގް ކޮންޕެނީގެ އެޖެންޓުން ކަމުގާވާ، މެސާޒް ޑެލްމެގޭ ފޯސީތު ކޮންޕެނީގެ ހިސާބުގާ، ކޮޅުނބުއިން، 1904މ ސެޕްޓެންބަރު 15(1322ހ ރަޖަބް 5)ގާ 15 އާއި 1904މ ޑިސެންބަރު 8(1322ހ ރަމްލޯނު 30)ގާ (N-50B އަދި N-50C) ފޮނުވާ، ރާއްޖެއަށް ވިއްކާފާވާ، 450؟؟؟ 950؟؟؟ ކޭސް ޕެޓްރޯލްގެ ހިސާބު ކޮށްފާވާ، ޖުމްލަ ބާކީ އަދަދަކަށް(ބެލަންސް) 467.91'ރުޕީޒް އޮތް، ހިސާބުކިތާބު ކަރުދާހެއް.
(މަތީގާވާ 50 ނަންބަރުގެ ހިސާބުކިތާބުގެ ކަރުދާސް އެއީ އެއް ލެޖަރެއްގެ ކަރުދާސް ކަމަށް ބެލެވޭ)
(Size: 9.45" x 7.75")
Sri Lanka - Delmege Forsyth Company - Account

National Archives of Maldives
NAM DOC-MN-N-50C · Item · 1905
Part of Documents

1905މ އޯގަސްޓް 8(1323ހ ޖުމާދިލްއާހިރު 3)ގާ، 'ގުންޖާ ހުސެއިނީ'ގާ، ޝެލް ޓްރާންސްޕޯޓް އެންޑް ޓްރޭޑިންގް ކޮންޕެނީގެ އެޖެންޓުން ކަމުގާވާ، މެސާޒް ޑެލްމެގޭ ފޯސީތު ކޮންޕެނީގެ ހިސާބުގާ، ކޮޅުނބުއިން، 1904މ ޑިސެންބަރު 8(1322ހ ރަމްލޯނު 30)ގާ ރާއްޖެއަށް ފޮނުވާ އަދި ވިއްކާފާވާ 500 ކޭސް ޕެޓްރޯލްގެ ހިސާބު ކޮށްފާވާ، ޖުމްލަ ބާކީ އަދަދަކަށް(ބެލަންސް) 680.86 ރުޕީޒް އޮތް، ހިސާބުކިތާބު ކަރުދާހެއް.(Size: 10.25" x 7.95")
Sri Lanka - Delmege Forsyth Company - Account

National Archives of Maldives