1958މ އޭޕްރިލް 28(1377ހ ޝައްވާލް 8)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، ޔަހޫދީ ދީނުން، ނަސޯރާ ދީނަށް ބަދަލުވެފާވާ ނިއުޒީލޭންޑުގެ ރައްޔިތެއް ކަމުގާވާ 'ފްރޭންކް ވިލިމެންޓް'، 'ޖޯގްރެފިކް މެގަޒިން' އިން ގަނޑުވަރާއި، ގަނޑުވަރުގެ ތެރޭގެ އާދަކާދަތަކާ ބެހޭގޮތުން ލިޔެފާވާ ލިޔުމެއް ފެނިގެން، ރަދުނދްނަށް، އީސާގެފާނު މިދުނިޔެއަށް އަލުން ފާޅުވުމުގެ ކަންތަކުގެ ލިޔުންތަކެއް ފޮނުވި ކަމާ، އަދި ދިވެހިރާއްޖެއާ ރަސްކަމަށް ތައުރީފުކޮށް، ފޮނުވާފާވާ ސިޓީއެއް. Letter sent by Frank Williment to Sultan Mohamed Fareed Didi on April 28, 1958, after reading National Geographic magazine on Sultan and his palace in Malé. As a self-described Christian convert, Williment presents his views on the Second Coming of Christ to the Sultan. (Size: 8.9" X 7")
New Zealand - letter (Foriegn)
(ތާރީހެއް ނެތް) ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންނަ މުއާމަލާތުކުރަން ޝައުގުވެރިކަން ހުންނަ އުމުރުން 36 އަހަރުގެ ޖޯސެފް ކްރިސްޓީ، ދިވެހިރާއްޖެއިން އޭނާއާއި މުއާމަލާތު ކުރާނެ މީހަކު ހޯދުމަށް އެދި، ފޮނުވާފާވާ(ކޮން ފަރާތަކަށް ކަން އިނގޭކަށް ނެތް) ސިޓިއެއް. Letter sent by 36-year-old Joseph Christy to find a pen pal from around the world (Size: 11" X 8.5")
America - letter (Foriegn)
1957މ އޮކްޓޯބަރު 30(1377ހ ރަބީލްއާހިރު 6)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ސީ. ވޭން ވެވާރަން ކިޔާ މީހަކު، އޭނާ 'ނެޝަނަލް ޖޯގްރަފިކް' މަޖައްލާގެ އެއަހަރުގެ ޖޫނުމަހުގެ އަދަދުން ދިވެހިރާއްޖެއާ ބެހޭގޮތުން ކީ ވާހަކަ ބުނެ، ދިވެހިރާއްޖޭގެ ދިދަޔާ ނިޝާނުގެ ތަފްސީލަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by C Van Waveren on October 30, 1957, inquiring about the Maldivian flag and emblem (Size: 10.6" X 8.25")
Holand - letter (Foriegn)
Manuscript fragment -- އެކިއެކި ފަތުގެ ކުދިވެފާވާ ކަރުދާސްކޮޅުތަކެއް.
Sin título(Size: 12.01" × 2D") 1372ހ ރަބީލްއާހިރު 14(1952މ ޑިސެންބަރު 31)ގެ ތާރީހު ޖަހާފާވާ، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސްކަމަށް އަލްއަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ވުމުގެ މުނާސަބަތުގާ، ޅ. އަތޮޅު މަންދޫބު ގެނައި ތަހުނިޔާގެ ލިޔުން ލާފާވާ، ފޮއްޓެއް
box made of turtle shell
1346ހ ޖުމާދަލްއައްވަލު 18(1927މ ނޮވެންބަރު 13)ގާ އައްނައިބު މޫސަލް މަހައްލީ ގެދަރި ހުސެން ސަލާހުއްދީނު ބަންޑާރަނައިބު މަނިކުފާނުގެ ޝަރީއަތު މަޖިލީހުގާ، ބަނޑޭރިބެއިކަލުންނާއި، މާފަންނު ސަރުދާރުތުއްތު އައިސް؛ މާފަންނު ވައިޖެހޭކޮށްޓޭ ކިޔާތާންގާ، ބޮނޑިބަތްގޭ ކުޑަކޮއްކޮގެ ދަރި މަރިޔަމްފުޅުގެ ދަރި ތުއްތުއަށް މިލްކުވެފާވާކަމަށް، އެ މަޖިލީހުން، 1345ހ(1927މ)ގާ، ފަތްލިޔެދެއްވާފާވާ ގޯތި، ތުއްތުގެ ރުހުމާއެކު ސަރުކާރަށް ނަގާ، ހަމަ އެބޮޑުމިނަށް، ކުޑަކޮށީގާ، ކަނޑޫދޫ ހަސަން ކަލޭފާނުގެ ތިންދަރީންނަށް މިލްކުވެފައިވާ ގޯއްޗާ އިންވެގެން އުތުރުން އޮތް ބަންޑާރަ ގޯތިން ބަދަލުދެއްވާ އެ ތުއްތުއަށް މިލްކުވީކަމުގެ، ފަތެއް، މިން ހިމަނާ ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، ސާބިތުވުމުން، އެތުއްތުގެ އެދުމުގެމަތިން އެގޯތި ވަގުފްކޮށް، އެތުއްތުގެ ދަރިކޮޅަށް ހަވާލުވެރިކަން ދެއްވާ، އިމާއި މިން ހިމަނާ، އަހުމަދުލް މަހައްލީ ގެދަރި އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' - M.Kandhooge (Housing Plot) - Deed for housing plot
މި ކަރުދާހުގާ 2 ބަޔެއް ވެއެ.
• 1344ހ ޒުލްގައިދު 17(1926މ މޭ 29)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީސްއަށް، ތުރުކީ ހަސަން މުދިންކަލޭފާނުގެ ދަރި ދޮންކަމަނަގެ ފިރި، މިލަދޫ ހުސެއިން ހާޒިރުވެ ހުރެ، ހެންވޭރު ވައްބެރު މިސްކިތް އިރުން އޮތް މަގާ އިންވެ އިރުން ރަންހަދާ ގޯތި އާއި އިންވެ އުތުރުން އޮތް، އޭނާގެ ބަފާކަލޭގެގެ ގޯތީގެ ފަތް، ބަފާކަލޭގެ މަރުވުމަށްފަހު ނުފެނިފާ ވާތީވެ، އެ ގޯއްޗާއި، އެގޯތީގެ އިރުން އޮތް އަރޮޅިގޯތި ކިޔާ ގޯތިން ބިސް ކުޑަމަނިކުގެ އަތުން، އެހަސަން މުދިންކަލޭފާނުގެ ދަރި ދޮން ތުއްތު؟؟(ކަމަނަ؟؟)ގަނެފާވާ ތަނާއި، އެދެތަނުގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ މިލްކުވެރިކަން ސާބިތުކުރައްވާ، އެތާގެ މިން ހަމަކޮށް، އެއީ، ހަސަން މުދިންކަލޭފާނުގެ ދަރި ދޮން ތުއްތު؟؟(ކަމަނަ؟؟)ގެ މިލްކެއްކަމާ، އެތަނުގެ އިމާއި މިން ހިމަނާ، އަހުމަދު މަހައްލީ ގެދަރި ނައިބު މުހައްމަދު ލިޔެފާވާ ފަތުގެ ނަކަލެއް.
• 1352ހ ޝައުބާން 21(1933މ ޑިސެންބަރު 9)ގާ، މަތީގާ ބުނެވިފާވާ ގޯއްޗާއި، އެގޯތީގާ މިލަދޫ ހަސަން އަޅާފާވާ ގެޔާ އެކު، ތުރުކީ މުދިންކަލޭފަނުގެ ދަރި ދޮންކަމަނައާ އޭނާގެ ފިރި މިލަދޫ ހުސެއިން އާއި ދެމީހުން، -/200ރުފިޔާ އަށް، ތުރުކީ މުދިންކަލޭފަނުގެ ދަރި ހަސަން ފުޅުއަށް ވިއްކާ، އެގޯއްޗާއި އެތާގަހުރި ގެ އޭނާޔަށް މިލްކުވެއްޖެ ކަމުގާ މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
A copy of the Onwership Confirmation report originally written on 29 May 1926 of the land Henveiru Kafuloagoathi (Size: 8.85" X 6.7") Chief Justices - Al Ghaazee Hussain Salahuddin
K.Male' - H.Kafuloa Goathi (H.Kashimaa Goathi) (Housing Plot) - Private Property
1952މ ފެބްރުވަރީ 6(1371މ ޖުމާދިލްއައްވަލް 10)ގާ، މަތިގެއިން، ''އަލީރަސްގެފާނު ގަޑުވަރު މަނިއްޕުޅު ފޮނުއްވަވަންވީ'' މަތީގާ ޖަހާ، 16 ނާޅި ތެއްޔަކާ އެޔަށް ވާވަރަށް މަސް، އުސްހަކުރު، ލޮނުލުނބޯ، މިތަކޭތީގެ އަދަދާއެކު ޖަހާ، ދެންއަންނަ ހޮނިހިރު ވިލޭރޭ ހަތްފުޅިޔަށް(ހަތެއް)ޖަހާއިރަށް، އެތަކެތި އެތެރެބަޑަހަލަށް، ފޮނުއްވައިދެއްވުމަށް އެދި، ލިޔެފާވާ ކަރުދާހެއް.
List of ingredients and cooking utensils required by the palace (Size: 6.2" X 4.1")
29.9.72މ(1.8.1392ހ) މަތީގާ ޖަހާ، 2 ފުށުގާ ހިސާބުތަކެއް ހަދާފާވާ ކަރުދާހެއް.
Note with mathematical calculations (Size: 6.4" X 2.75")
1343 ސަފަރު 19(1924މ ސެޕްޓެންބަރު 19)ގާ، 'ރަންފުޅު ދޮންމަނިކުއަށް ބަހެ' މަތީގާ ލިޔެ، އެތެރެބަޑަހަލަށް ފޮނުވާން، 'މާރަންދޫ ގަޑުވަރުން ރައްކައުވެގެން(ވިހައިގެން) ފުރަތަމަ ތިންރޭތިންދުވާލަށް ކެއިން ހެދުމަށް ބޭނުންވާ ތަކެއްޗާއި އަދަދު ޖަހާފާވާ ކަރުދާހެއް.
List of ingredients to make three days worth of meals (Size: 10.3" X 4.8")
K - Male' - Royal Palace - list