1905މ އޯގަސްޓް 8(1323ހ ޖުމާދިލްއާހިރު 3)ގާ، 'ގުންޖާ އަލީމަޑާލް'؟؟؟(ލިޔުން ކިޔަން އުދަނގޫ)ގާ، ޝެލް ޓްރާންސްޕޯޓް އެންޑް ޓްރޭޑިންގް ކޮންޕެނީގެ އެޖެންޓުން ކަމުގާވާ، މެސާޒް ޑެލްމެގޭ ފޯސީތު ކޮންޕެނީގެ ހިސާބުގާ، ކޮޅުނބުއިން، 1904މ ސެޕްޓެންބަރު 15(1322ހ ރަޖަބް 5)ގާ ރާއްޖެއަށް ފޮނުވާ އަދި ވިއްކާފާވާ 250 ކޭސް ޕެޓްރޯލްގެ ހިސާބު ކޮށްފާވާ، ޖުމްލަ ބާކީ އަދަދަކަށް(ބެލަންސް) 467.91 ރުޕީޒް އޮތް، ހިސާބުކިތާބު ކަރުދާހެއް.(Size: 10.25" x 7.95")
Sri Lanka - Mesaaz Delmege Forsyth Company
1905މ ޖޫނު 27(1323ހ ރަބީލްއާހިރު 21) 'ގުންޖާ ނައިޑްރީ'؟؟(ލިޔުން ކިޔަން އުދަނގޫ)ގާ، ޝެލް ޓްރާންސްޕޯޓް އެންޑް ޓްރޭޑިންގް ކޮންޕެނީގެ އެޖެންޓުން ކަމުގާވާ، މެސާޒް ޑެލްމެގޭ ފޯސީތު ކޮންޕެނީގެ ހިސާބުގާ، ފޮނުވާފާވާ 250 ކޭސް ޕެޓްރޯލްގެ ހިސާބު ކޮށްފާވާ، ޖުމްލަ ބާކީ އަދަދަކަށް(ބެލަންސް) 543.00 ރުޕީޒް އޮތް، ހިސާބުކިތާބު ކަރުދާހެއް. (Size: 10.25" x 7.95")
Sri Lanka - Account
(ތާރީހެއް ނެތް) 1905މ މޭ 1އިން 1905މ ޑިސެންބަރު 31އަށް(1323ހ ސަފަރު 26އިން 1323ހ ޒުލްގައިދު 4) ކޮންމެސް އޭޖެންޓެއްގެ(ވަކި ފަރާތެއް އިނގޭކަށް ނެތް) ޖުމްލަ އަދަދަކަށް، އެމީހުންގެ އެކައުންޓަށް 3849.08 ރުޕީޒް އަރާފާވާ، ހިސާބުކިތާބުގެ ހުލާސާ ކަރުދާހެއް.
(Size: 10.25" x 7.95")
Sri Lanka - Account
1350ހ ރަބީލްއާހިރު 29(1931މ ސެޕްޓެންބަރު 13)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު އަށް؛ އޭރުގެ ބޮޑުވަޒީރު އަބްދުލް މަޖީދު(ނަމެއް ނެތް، އޮތީ ސޮއެއް)، އެރަދުންގެ ދަރިކަލުން 'ޕްރިންސް' ހަސަން އިއްޒުއްދީނު، ކަރަޔަށް ބޭސް ފަރުވާޔަށް ވަޑައިގަންނަވަން އެދިވަޑައިގަތް އެދިވަޑައިގަތުމާ ބެހޭގޮތުން،އެ ދީދީ އަށް ފެނިވަޑައިގަންނަވަނީ، ޝްރީލަންކާގެ ސަރުކާރުން ރާއްޖޭގެ ކަންކަމުގާ ލަފާދީ، ކަންތައްތައް ރަންގަޅުކުރުމަށް ރާއްޖެޔަށް އައި، ބީ.އެޗް.ބޯޑިލޯން ސީ.އެމް.ޖީ، ރަދުންގެ އަރިހުގާ ދެންނެވިގޮތަށް، އެ މަނިއްޕުޅު(ޕްރިންސް)ގެ ގޯސް އުޅުންވުންތަކުން ދުރުހެލިވެ، މީހުންގެ ރުހުން ލިބޭނޭގޮތުގެ މަތިން، އޭނާގެ އުޅުން ރަނގަޅު ކުރުއްވުމާ، ރަދުންގެ އަރިހުގާ އެކިއެކި މުނާސަބަތުގާ ނުކުމެވަޑައިގަނެ، ހުކުރަށް ވަޑައިގަނެ، މީހުންނަށް ފެންނާނޭ ގޮތަށް އުޅުއްވުމާ، މި ލަފާތަކާ އެއްގޮތަށް ކަންތައްތައް ކުރަށްވަން ނޫޅުއްވާ ހުންނެވި ހިނދު، ވިޔާނުވާ(ވިޔާނުދާ) މޮޔަ، ގިނަ ކުދިންތަކެއް އަރިހަށް ލަށްވާފާ، އެ މަނިއްޕުޅު، ފޮނުވުން އެއީ އެ ދީދީ އަށް އެއްގޮތަކަށްވެސް ފެންނަގޮތެއް ނޫންކަމާ، އަދި ޝްރީލަންކާގެ ކޮޅުނބު ނޫން އެހެންތަނަކަށް، އެމަނިއްޕުޅުގެ ބޭހަށް ފޮނުއްވުމަކީވެސް ފެންނަގޮތެއްނޫން ކަމާ، ފޮނުއްވާއިރު، އެ މަނިއްޕުޅުގެ ހާލުކޮޅާއި އެހެން ކަންކަން ބަލަހަށްޓަން ދުވަސްވީ ލަފާ ބޭފުޅަކު ނުވަތަ ބޭކަލަކާއި، އަރިހު ބޭކަލުން ގޮތުގާވެސް، ހަމަ، އެފަދަ 4 މީހުންނާއި، ކަށްކަން މީހަކާ، މުޅި ޖުމްލަ 6 ބޭކަލުންނަށް ވުރެ އިތުރު ނުކުރެއްވުމާއި، އަދި މުޅި އެދަތުރަށް، ބޭހާއެކު، މަހަކު -/2000 ރުފިޔާއިން ފުއްދަވާންޖެހޭނެ ކަމާ، އެނޫން ގޮތަކަށް އެ މަނިއްޕުޅަށް އެދަތުރު ދެއްވުމަކީ، އެދީދީ އަށް ފެންނަކަމެއް ނޫންކަމުގާ ލިޔެ، ފޮނުވާފާވާ ސިޓީއެއްގެ ނަކަލެއް.
(Size: 8.8" x 5.35")
letter(Royal)
(ތާރީހެއް ނެތް) 'ރަސްކަމަށް ކޮލިލާދުވަހަށް ދިދަނަގާނޭ ތަންތަނާއި ދިދަ ނަގާނޭ ބާވަތާއި ކުލަކުލ' މިހެން، ސުރުހީއަކަށް ޖަހާ، އެ ކުލަތަކާ ތަންތަން ބަޔާންކޮށް، ހިސާބުއަކުރުން ސިލްސިލާ ނަންބަރު ދީ، 5 ނުކުތާއަކަށް އެކުލަވާލާފާވާ ލިސްޓެއް.(Size: 10.1" x 8.5")
K - Male' - Royal Palace - Coronation Day(list)
(ތާރީހެއް ނެތް) 'ރަސްކަމަށް ކޮލިލާދުވަހުގައްޔާއި ބަޑިބޭހުގެކުޅިވަރުކުޅޭރޭ ގަޑުވަރުތެރެޔަށްވަނުން ހުއްދަ މީހުން' ސުރުހީކޮށް، މަގާމީ ނަމުން އެފަރާތްތައް ބަޔާންކޮށް، ހިސާބުއަކުރުން ސިލްސިލާ ނަންބަރު ދީ، 11 ނުކުތާއަކަށް އޮތް، އެކި ބޭކަލުންގެ މަގާމީ ނަން ލިސްޓެއް.(Size: 10" x 8.5")
K - Male' - Royal Palace - Coronation(list)
(ތާރީހެއް ނެތް) 'ރަސްކަމަށް ކޮލިލާދުވަހަށް އޮޅުދޫކަރާ ސަރުކާރުގެ ފަރާތުން މޮޅުބަޔަކު އަތުވެއްޖެ ނަމަ ކަންތަށް ކުރާނެގޮތް' ސުރުހީކޮށް، އެކަންކަން ބަޔާންކޮށް، އަރަބި އަކުރުން ސިލްސިލާ ނަންބަރު ދީ، 7 ނުކުތާއަކަށް އޮތް، އެކުލަވާލާފާވާ ޕްރޮގްރާމެއް.(Size: 9" x 6.95")
K - Male' - Royal Palace -Coronation(Programme)
(ތާރީހެތް ނެތް..ރަދުންގެ ކޮލިނަން އަދި ވެރިކަމުގެ އަހަރަށް ބަލާފާ)1140ހ ޒުލްގައިދު(1728މ ޖޫނު 23)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު(ސުވަސްތިސިރީ، މަތަމަހާސިރީ ރަންނަވަލޯކަ އަބާރަނަ ސިޔާކަ ސާސްތުރަ އައުދަކީރިތި ކައްތިރި ބަވަނަ މަހާރަދުން)ގެ ރަސްކަމުގެ 7ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މުލަކުއަތޮޅު ވާރިޔާފުށި(ކޮޅުވާރިޔާފުށީ/ކޮޅުފުށި)ރައްޔިތުން، އެމީހުން ފަރުހިލާ ފަޅުގެ މައްޗަށް ފަތްކޮޅަކަށް އެދުމުން؛ އެ ވާރިޔަފުށީގެ ގޮނިނެރުން(މޫދުން ރަށުގެ ތެރެއަށް ވަދެފައިވާތަން) ރަށުދެކުނުގާ އޮތް ހާފުށީ ދެކުނުކޮޅު މާބަދީ(އުސް ފަސްގަނޑެއް)އިމުގެ ފަޅުން ފަށައިގެން، އެރަށުގެ އުތުރުގާ އޮތް ދޫނިފުށި އާ ހަމަޔަށް އޮތް ފަޅާއި، އެ ދެ ރަށާއި، އަދި އެދިމާލުން ތޮވަރުފަޅު އުތުރުކޮޅުން ފަށައިގެން އެފަޅުގެ ދެކުނުކޮޅަށް ދާންދެން އޮތް ފަޅާ، އެފަޅުގާވާހާ ރަށްތަކާއި، އެ އެންމެހާ ތަންތަން، ވާރިޔާފުށި ރައްޔިތުންނަށް ދެއްވިކަމާ، އަދި ތޮވަރު ފަޅު ދެކުނުން އޮތް ކުރެލި އާއި، އެދެމެދު އޮތް ކުޑަހިނި ފަޅު، މާހިނި ފަޅު، ފުށިގާފަޅު، އަދި ބޯމާ ފަޅު އާއި މި ފަޅުތަކަށް، ވާރިޔާފުއްޓާ، މިދެ؟؟ރަށުގެ އަޅުތަކުންގެ އަމުރުނެތި، އެއްވެސް އެހެން މީހަކަށް ނުވަދެވޭނޭ ކަމާ، މިހުރިހާ ކަމެއްގެ އަމުރަށް، އެރަދުންގެ ސިއްކަ ޖަހާ، ފެންފުށީ އަހުމަދު ލިޔުނު ދިވެސްއަކުރު ފަތުގެ، 1979މ މާޗް 6(1399ހ ރަބީލްއާހިރު 7)ގާ، ހުސެއިން ފަހުމީ ކުރެއްވި ތާނަ ތަރުޖަމާ.
(Size: 8.9" x 7.3")
M - Vaareyaafushi - gift
1908މ ޖުލައި 3(1326ހ ޖުމާދިލްއާހިރު 9)ގާ، ރާއްޖޭގެ ރަދުންނަށް ލިބެންވާ(ހީވަނީ ޝްރީލަންކާއިން ހެން) 'ސަބްސިސްޓަންސް އަލައުއަންސް'ގެ ގޮތުގާ ލިބެންވާ، 1908މ(1326ހ)ގެ ޖުލައި އަދި އޯގަސްޓްގެ ފައިސާ އަބްދުލް ހަމީދު ދީދީގެ ފަރާތުން، ލިބުނުކަމުގެ(ކޮން ފަރާތަކަށް ކަމެއް ނެތް) ރަސީދެއް.
(Size: 4.65" x 4.01")
Sri Lanka - Maldivian Embassy - Account(Money)
5....(އަހަރު ލިޔެފާވަނީ މިހެން) ޑިސެންބަރު 14ގާ، 38 ގޯލްރޯޑް، ބަންބްޅަޕިޓިޔަ އެޑްރެހުން، މރ. އޭ.އެމް މުހައްމަދު އިސްމާއީލް، 19 ހައި ސްޓްރީޓް ގާލީ އަށް؛ ފަތުހުލް އަޒީޒު އޮޑީގެ އޮޑިވެރިޔާ، ކޮންމެ ރެޔަކު އޮޑިން ބޭރުގާ އުޅޭ ކަމުގަޔާ، އަދި އެ އޮޑިން ގެންދިޔަ މަސް، -/75ރުފިޔާއަށް ހަންދަރެއް ވިއްކި ހިނދު، އޭނާގެ 3 ބަސްތާ މަސް، އެހެން ފަރާތަކަށް -/100ރުފިޔާއަށް ހަންދަރެއް ވިއްކާ، އެކަމުން އެހެން މީހުންނަށް، އެމީހުންގެ މަސް ބޮޑުއަގަކަށް ވިއްކުމުގެ ފުރުސަތު ނަގާލިކަން، ވަރަށް މުއުތަބަރު ގޮތެއްގާ އަންގާފާވާ ކަމާ، އެފަރާތުން މިކަން ނާންގާ އޮތީ ކީއްވެތޯ ސުވާލުކޮށް، އެކަމަކީ، ދިވެހި ސަރުކާރު ނުރުހޭ އަދި ކުރިމަގުގާ، ބަލައިނުގަންނާނެ ކަމެއް ކަމުގަޔާ، މިއީ އިންޒާރެއް ކަމުގަޔާ، އަދި، ދިވެހި ސަރުކާރަށް އެކަން އެންގުމަށްޓަކާ، ހަމަ ވަގުތުން، މި މައްސަލަޔާ ބެހޭ ގޮތުން އެމީހުންގެ ފަރާތުގެ ވާހަކަ ފޮނުވާދިނުމަށް އެދި؛ ލިޔެފާވާ ސިޓީއެއްގެ ކޮޕީއެއް.
މި ސިޓީގެ ވައަތު ތިރީ ކަނުގާ:
އަބްދުލް ހަމީދު ދީދީގެ ސޮއި ކޮށް، 'ގާލީ މުހައްމަދު އިސްމާއީލަށް ލިޔުނު ސިޓީ، މިކަންތައް އަދި ނުނިމޭ' މިހެން ތާނައިން ލިޔެފާ ވެއެ.
(Size: 9.9" x 7.95")
Sri Lanka - Fathul Azeez - letter(Official)