Mostrar 867 resultados

Descrição arquivística
865 resultados com objetos digitais Mostrar resultados com objetos digitais
NAM DOC-MN-F10-21 · Item · -
Parte de Documents

(ތާރީހެއް ނެތް) ޖަމާއަތްތެރި އަންހެނުންނާއި، މުސްކުޅި ބޭކަލުންނާއި، މެދުރީމީހުންނާއި ގަޑުވަރުގެ އެކިއެކި ބަދިގެތަކުގެ އަދި އެކިއެކި ގަޑުވަރުތަކުގެ ނަން ލިޔެ، ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.
List of palace kitchens and their staff (Size: 8.65" X 4.45")

Sem título
NAM DOC-MN-F10-5 · Item · 1933
Parte de Documents

1352ހ ސަފަރު 9(1933މ ޖޫނު 3)ގާ، ސުރުހީއަކަށް 'ބޮއިދޮންތުއްތު އަށް ބަހެ'، އަދި ' އަހަރު ދުވަހަށް މެދުރީމީހުން ހޮވާ ފޯއްކިބައިގެ ހިސާބު' މިހެން ޖަހާ، ތަފްސީލީ ހިސާބު ޖަހާފާވާ ކަރުދާހެއް.
List of products (Size: 6.85" X 6.2")
K - Male' - Royal Palace - Account

Sem título
NAM DOC-MN-F9-22 · Item · 1953
Parte de Documents

1373ހ ސަފަރު 15(1953މ އޮކްޓޯބަރު 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ޝެއިހު މުދިންކަލޭފާނުގެ ދަރި ފާތުމާފުޅު ވަގުފްކޮށްފާވާ ގޯއްޗަކީ، އަލްގާޒީ މަޖުދުއްދީނުގެ ދަރި އައްނައިބު އިސްމާއީލް ބަންޑާރަނައިބު ތަކުރުފާނުގެ މަޖިލީހުން، އެ ފާތުމާފުޅަށް ވަގުފްކޮށް، އޭނާއަށާއި، އޭނާ ނެތުމުން، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކްނ ލަށްވާ، ފަތް(F0-131) ލިޔެދެއްވާފާވާ ގޯއްޗެއްކަން ސާބިތުވުމުން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5"
K - Male' - G.Mandhoo Goathi (Housing Plot)ge (12 number Housing Plot) - Deed for housing plot (Th.Elaa)

Sem título
NAM DOC-MN-F10-3 · Item · -
Parte de Documents

(ތާރީހެއް ނެތް)ކޮންއެއްޗެއްކަން ބަޔާންނުކޮށް، 'ދޭންވީ ވަރު'، 'ކަށްކާ ވަރު'، 'ގެނާ ވަރު'، ލިޔެ އެނަންނަމަށް ނިސްބަތް ވާގޮތައް އަދަދުތަކެއް ޖަހާފާވާ ކަރުދާހެއް.Size: 7.05" X 3.9"
K - Male' - Writing(Different Items)

Sem título
NAM DOC-MN-F9-20 · Item · 1959
Parte de Documents

1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު ހަސން ނޫރައްދީނު އިސްކަންދަރު ރަދުން ވަގުފްކުރައްވާފާވާ، އާގަނޑުވަރެކިޔާ 'ރައްދެބައިގެ' ގޯއްޗަކީ، 1302ހ ޖުމާދިލްއާހިރު(1885މ އޭޕްރިލް)ގާ އެރަދުން، މާވާކިލެގެފާނުންގެ ގަނޑުވަރޭ ކިޔޭ ގޯތިން މަރިޔަމް ދީދީއަށް މިލްކުވެގެންވާހާ ތަނަކާއި، ބޮނޑިބަތް މޫސާފުޅަށް މިލްކުވެގެން އޮތް ބޮނޑިބަތްގެކިޔާ ގޯއްޗާއި، އެދެތާނގެ މިލްކުވެރިން އަތުން ބައްލަވައިގަނެ، ދައުލަތުގެ މިލްކަށް ދޫކުރައްވާ، އޭގެބަދަލުގާ ބަންޑާރައިން އެރަދުންނަށް މިލްކަށް ލިބި، ވަގުފްކުރައްވާ، ބޮޑުގަލުގޭ ދީދީއަށް، އެރަދުންނަށް ލިބިވަޑައިގެން ދެ ދަރިކަނބަލުންނަށް، ހަވާލުވެރިކަން ލަށްވާ، ފަތް ލިޔެދެއްވާފާވާ ގޯއްޗެއްކަން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5"
K - Male' - H. G.rahdhebaige (27 number Housing Plot), G.Aa Royal Palace Goathi (27 number Housing Plot) - Deed for housing plot (Th.Elaa)

Sem título
NAM DOC-MN-F9-21 · Item · 1952
Parte de Documents

1371ހ ޒުލްގައިދު 3(1952މ ޖުލައި 25)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ގަލޮޅު ޖަހާހަގު ބިމުގައި އޮތް، ގަތްގޯތީން އައިޝަތު ވަގުފް ކުރި ގޯއްޗަކީ، 1208ހ(1794މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުންގެ ރަސްކަމުގާ، އެ އައިޝަތު، ވަގުފްކޮށް، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާ، ފަތް ލިޔެދެއްވާފާވާ(F0-42) ގޯއްޗެއްކަން ސާބިތުވެ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - H. G.Daisyfehi (Housing Plot)ge (2 number Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"

Sem título
NAM DOC-MN-F9-10 · Item · 1959
Parte de Documents

1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1221ހ(1806މ)ގާ، އަލްގާޒީ ސިރާޖުއްދީނު ލިޔެދީފާވާ ފަތަކުން، ދަރަވަންދޫ މުހައްމަދު ތަކުރުގެ ދަރި ހުސެއިން އަތުން، ނޮޅިވަރަމު އިބްރާހީމް ތަކުރުގެ ދަރި މޫސާ ތަކުރުގެ މިލްކުކޮށްފާވާ ކަމުގާ ސާބިތުވެ، އަދި 1246ހ(1830މ)ގާ، ހަމަ އެގާޒީ، ލިޔެދީފާވާ ފަތަކުން، މޫސާ ތަކުރު ނިޔާވުމުން، އޭނާގެ ވާރުތަވެރިންގެ އަތުން، ނޮޅިވަރަމު މާލިމީ ގަތްކަމުގާ ސާބިތުވެ، އަދި 1282ހ ޒުލްގައިދު(1866މ އޭޕްރީލް)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވާފާވާ ފަތަކުން، އެ މާލިމީގެ ދަރިން އަލިފުޅުއަށާ، އަންހެންދަރިއަށާ އަދި އަނބި ވީ ތަން، އައްސުލްތާނު މުހައްމަދު އިމާދުއްދީނު އާއި ރަންނަބަނޑޭރި އިބްރާހީމް މަނިކުފާނުގެ ދަރި ރަންނަބަނޑޭރި އަލީ ކިލެގެފާނު އާއި ގަނެ، ވަގުފްކޮށް، އެތަނުގެ އެ ދެމީހުންނާއި އެމީހުންގެ ދަރިކޮޅަށް ލަށްވާފާވާ ކަމުގާ ސާބިތުވާ، ކަކާގޭ ހުޅަނގުން، ދަނޑިދުބުރިގެ އިރުން އޮތް ނޮޅިވަރަމު މާލިމީ ގޯތީގެ ބުނެވިދިޔަބައި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް. Size: 10" X 7.5"
K - Male' - G.Kudhimaage (Housing Plot) - Deed for housing plot (Th.Elaa)

Sem título