1366ހ ރަބީލްއައްވަލް 29(1947މ މޭ 21)ގާ، މަހްކަމަތުލް ޝަރީޔާއިން، މާދޫގެ އަހުމަދު ކަލޭފާނުގެ ތަރިކައިން، އޭނާގެ ދަރި ތުއްތުދީދީއަށް މިލްކުވެފާވާ ހެންވޭރު ގައްޑާމީ ގޯއްޗާއި، އެތާގާ ހުރި ގެ، ދައުލަތަށް ބޭނުންވެ، އެގޯތީގެ ބަދަލުގާ، މާފަންނުން ގޯއްޗެއް ދެއްވުމަށް އޭނާ އެދުމުން، މާފާންނު އަނދިރިއަނދިރި މަގުގާ އޮތް ބަންޑާރަ، ހަނިމާ ގޯއްޗާއި އަދި އެހެން ދެގޯއްޗަކުން، އެގައްޑާމީ ގޯތީގާ އޮތްވަރަށް މިން ހަމަކޮށް، ދެތަން ބަދަލުކޮށް ލާޖައްސާ، އެތާގާހުރި ގެއަށް ދައުލަތުން އަގުދެއްވާ، އެގައްޑާމީ ގޯތި ބަންޑާރަވެ، އަދި މާފަންނު އަނދިރިއަނދިރި މަގާ އިންވެ އިރުން، މާފަންނު ކަންމަތީގޭ އުތުރުން ހިނގާން އޮތް މަގުގެ ފުރަތަމައަށް އޮތް ގޯތި(މ.ދިލްބަހާރު ގޯތި) އެއީ، މާދޫގެ އަހުމަދު ކަލޭފާނުގެ ތުއްތުދީދީ ގެ މިލްކެއްކަމުގަޔާ، އަދި އެ ގައްޑާމީ ގޯތީގެ އިރުން އޮތް ގައްޑާމީ ދަރިކޮޅަށް އޮތް ވަގުފް ތަން އެއީ، އަހުމަދު ކަލޭފާނު -/150ރުފިއާ ދައްކާ، އޭނައަށް ހަވާލުވެރިކަން ލިބިފާވާ ތަނެއް ކަމާއި، އަދި އޭނާގެ ތަރިކަ ބެހުމުގާ، ތުއްތުދީދީ، އެފައިސާ، އެތާގެ އެހެން ބެހެނިވެރިންނަށް ދައްކާ، އެތަނުގެ ހަވާލުވެރިއަކީ، އެ ތުއްތުދީދީ ކަމުގަޔާ، އެގޯތި އޮންނަން ވީވަރަށްވުރެ 90އަކަ އަނގޫ ކުޑަވެފާވާނެ ކަމާއި، މި އެންމެހާ ކަންތައްތައް ބަޔާންކޮށް، އެ އަމިއްލ ގޯއްޗާ އަދި ވަގުފްގޯތީގެ އިމާއި މިން ހިމަނާ، އެމަހްކަމާއިން ލިޔެފާވާ ފަތުގެ ނަކަލެއް. އަދި މި ކަރުދާހުގެ 3ވަނަ ގަނޑުގާ:
1380 ރަބީލްއައްވަލް 29(1960 ސެޕްޓެންބަރު 21)ގާ، ޝަރީއަތުގެ މަޖިލީހުން؛ މ.ދިލްބަހާރު ގޯތި، މާދޫގޭ އަހުމަދު ކަލޭފާނުގެ ތުއްތުދީދީގެ ތިން ދަރިން، ދޮންމަނިކު، އަބްދުލް މައްނާނު އަދި ޖަމީލާއަށް، ހަމަހަމައަށް، އޭނާ ހިބައިން ދީ، އެމީހުންނަށް އެތަން މިލްކުވެފާވާ ކަމުގާ، މަހްކަމަތުލް ޝަރީޔާގެ 60/132ނަންބަރު ގަޒިއްޔާއިން ސާބިތުވެފާވާކަމުގާ؛ އައްޝެއިހު މުހައްމަދު ޖަމީލް ދީދީ ސޮއިކޮށްފާވާ ލިޔުމެއްގެ ނަކަލެއް.
Real estate document for Maafannu Dhilbahaarugoathi and Henveiru Gaddaamee, written in Thaana, stating ownership of the land (Size: 8.8" X 6.65")
1370ހ ޖުމާދިލްއާހިރު 25(1951މ އޭޕްރިލް 2)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ އަބްދުއްލޯ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރު ނިޔާކުރައްވާ މަޖިލީހުން؛ ސީވަލު ދޮންތުއްތު އާއި ކުޑަތުއްތު އާއި ދެބެންނަށް، މިލްކުވެފާވާ، މައްޗަންގޯޅި ނިކަގަސްމަގާ އިންވެ ހުޅަނގުން ގުމްރީގޯޅިއާއި އިންވެ ދެކުނުން ގާފަރުގެއާ އިންވެ އިރުން އޮތް، ގޯތީން ދޮންތުއްތު އަށްވީ ބައި، އޭނާގެ ދަރި ޝަރީފާއަށް ހިބައިންދީފާވާކަން ސާބިތުވެ އޮތުމުންނާއި، އަދި ކުޑަތުއްތުގެ ބައި ދޮންތުއްތު، 50/111ރުފިއާއަށް ގަނެ، އޭނާ މިލްކުކުރުމަށް ފަހު، އޭނާގެ ދޮންދަރި އަހުމަދު ނަޒީރުއަށް ހިބައިންދީފި ކަމުގާ ސާބިތުވުމާއެކު؛ އެގޯތި(މއ.ގުމްރީގެ)، ސީވަލު ދޮންތުއްތުގެ ދަރި، ޝަރީފާއަށާއި، އަދި ދޮންދަރި، އަހުމަދު ނަޒީރުއަށް މިލްކުވެއްޖެކަމުގާ، އެތަނުގެ އިމާއި މިން ހިމަނާ، އެމަޖިލީހުން ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi Gumreege, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Jalaluddin
1351ހ ޖުމާދިލްއައްވަލް 13(1932މ ސެޕްޓެންބަރު 14)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަފަޑިޔާރުގެ ޝަރީއަތު މަޖިލީހުގާ، ލޯޖެހި ގަނޑުވަރު ދޮށީތުއްތުގެ ހުސެއިން މަނިކު، ހެންވޭރު ކަޅިހަރުގެއާ އިންވެގެން އޮތް، ހަތިފުށީ އަލީ ކަލޭފާނުގެ މިލްކު އޮތް ގޯތީގެ، އެހުސެއިން މަނިކުގެ މުނިމާމަ، ހަތިފުށީ ފާތުމާފުޅުއަށް މިލްކުވެއޮތް ދެކުނުބުރީގެ ބެހެނިވެރިން، ބައެއް މީހުން، އެމީހުންގެ ބައި އޭނާއަށް ހިބައިން، އަދި އަނެއްބައި މީހުން، ރިޔަނަކަށް 4 ރުފިއާގެ މަގުން، އޭނާއަށް ވިއްކާ، މުޅި އެބައި އޭނާއަށް މިލްކުވުމަށް ފަހު، ބޮޑުފެންވަޅުގެ ތުއްތު ދީދީގެ ބަނޑުން، އޭނާއަށް ލިބިފާވާ ދަރި، ދޮންތުއްތު ދީދީއަށް ހިބައިން ދީފިކަމުގާ ބުނެ، އެކަމުގެ މައްޗަށް، އެތަނުގެ އިމާއި މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، 1230ހ(1815މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު ލިޔެދެއްވާފާވާ ފަތަކުން، އެގޯތި އެއީ، ހަތިފުށީ އަލީ ކަލޭފާނުގެ މިލްކެއް ކަމުގާ ސާބިތުވެ، އަދި އެތަނުގެ ދެކުނުބުރި، ހަތިފުށީ ފާތުމާފުޅަށް މިލްކުވެއޮތް ކަމާ، އެތަނުގެ ބެހެނިވެރިންގެ އަތުން ބައެއްބައިބައި ހިބައިން ލިބުމުންނާއި އަދި އެނެއްބައިބައި ގަތުމުން، މުޅި އެތަން އެ ހުސެއިން މަނިކުއަށް މިލްކުވެފާވާ ކަމުގާ، ޝަރީއަތުގެ މަޖިލީހަށް، ސާބިތުވެފާވުމާ އެކު، ހެންވޭރު ކަޅިހަރުގެއާ، ހުޅަނގުބިތް އިންވެ، އަދި އުތުރުބިތް، އެގޯތިން ހިލިހިލާގޭ މޫސާ ދީދީ ގަނެ މިލްކުކޮށްފާވާ ތަނާ އިންވެ އޮތް، އެގޯތީގެ ދެކުނުބުރި އެއީ، ލޯޖެހި ގަނޑުވަރު ދޮށީތުއްތުގެ ހުސެއިން މަނިކުގެ ދޮންތުއްތު ދީދީ ގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ މިން ހިމަނާ، އެ ޝަރީއަތުގެ މަޖިލީހުން، އަބްދުލް ގައްޔޫމް ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Henveiru Hathifushi, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
1374ހ ރަބީލްއައްވަލް 20(1954މ ނޮވެންބަރު 16)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އައްޑޫ ހާޖީގެ ދޮން އައިސާފާނުގެ ކަމަނަގެ ތުއްތުގެ މިލްކު ގޯތި، އެއްގަމުގޭ ހަސަން ފާމުލަދޭރި ކިލެގެފާނުގެ އިބްރާހީމް ދީދީއަށް ވިއްކާ، އޭނާއަށް މިލްކުވެފާވަނިކޮށް، އެގޯތި ދައުލަތަށް ބޭނުންވުމުން، އިބްރާހީމް ދީދީ އެގޯއްޗަށް(ބުރުނީގޭދެކުނުގެ؟) އެދިވަޑައިގެން އެދެގޯތި ބަދަލުކޮށް، ލާޖަށްސާ، އަދި އިބްރާހީމް ހަސަންދީދީގެ ގޯތިން އިތުރުވީ ތަން، އެގޯތީގާ އޮތް ބަންޑާރަތަނުން(ބުރުނީގެދެކުނުގެ؟) ނަގާ ހަމަކޮށް، އެގޯތި، އައްނަބީލް އިބްރާހީމް ހަސަން ދީދީ އަށް މިލްކުވެއްޖެ ކަމުގާ، 1366ހ ސަފަރު 26(1947މ ޖަނަވަރީ 19)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ފަތުގެ މައްޗަށް، ދާހިލިއްޔާއިން ލިޔެދީފާވާ ފަތެއްގެ ނަކަލެއް. (މީގާ މިބުނާ ކަމަނަގެ ތުއްތުގެ މިލްކު ގޯއްޗަކީ ކޮބައިކަމެއް އިނގޭކަށް ނެތް.. އަދި މުޅި ނަކަލަށް ބަލާއިރު، މާރަގަޅަކަށް ވީގޮތް ސާފެއް ނުވޭ.)
Real estate document for Henveiru Burunige, written in Thaana, stating ownership of the land (Size: 8.8" X 6.65")
1364ހ(1945މ)ގާ، މަހްކަމަތުލް ޝަރީޔާއިން، އަލްގާޒީ އަބްދުއްލޯ ފަހްމީ ދީދީގެ ޝަރީއަތު މަޖިލީހުން؛ 1248ހ މުހައްރަމް(1832މ ޖޫނު)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެފާވާ ފަތަކުން ނާއި، އަދި، 1249ހ(1833މ)ގާ ލިޔެފާވާ ފަތަކުން، ލަންދޫ މޫސާ ކޮއިގެ އަހުމަދު މަނިކުއަށް މިލްކުވެފައިވާކަމުގާ ސާބިތުވާ، މައްޗަންގޯޅި، މައިޒާންދޮށުން އުތުރަށް ހިނގަންއޮތް މަގާ އިންވެ ހުޅަނގުން، ރަންވިއްކާގޯޅިއާ އިންވެ ދެކުނުން އޮތް، މއ. ބޮޑުގަލުމާފަތްގެގެ އުތުރުން އޮތް ގޯތި، އެތަނުގެ ވެރިން، ކަޅުހުރާގޭ އަބްދުއްލޯގެ ދަރި އައްސައްޔިތު އަލީ(ތުއްތު ސީދީ)އަށް ވިއްކާ، އޭނާއަށް ލިބިއްޖެ ކަމުގާ ސާބިތުވެ، އެތަނުގެ މިން ހަމަކޮށް، އެގޯތި އެއީ ކަޅުހުރާގެ އައްސައްޔިދު އަލީ(ތުއްތުސީދީ)ގެ މިލްކެއްކަމުގާ ބަޔާންކޮށް، އިމާއި މިން ހިމަނާ ލިޔެފާވާ ފަތުގެ ނަކަލެއް.
Real estate document for Machchangoalhi B.M.A, written in Thaana, stating ownership of the land (Size: 8.8" X 6.65") Chief Justices - Al Ghaazee Abdullah Fahumee Didi
1349ހ މުހައްރަމް 12(1896މ ޖޫނު 24)ގާ، މަހްކަމަތުލް ޝަރީޔާގެ، އަލްގާޒީ ހުސެއިން ސަލާހއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނު ޝަރީއަތު މަޖިލީހުގާ، ވެލިދޫގޭ މުހައްމަދު ދީދީ، މާލޭގާ ހުރި އޭނާގެ ބައްޕަގެ މިލްކު ގޯތިތައް، އެމަހްކަމާއިން ބައްސަވައިދެއްވާ، އެތަނުން އޭނާއަށް މިލްކުވި، މާފަންނު ފަނޑިޔާރުގެއާ އިންވެ ހުޅަނގުންއޮތް ވެލިދޫގެ ކިޔާ ގޯތީގެ މިން ހިމަނާ، ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، އެގޯތީގެ އިރުމަތީ ބައި އެއީ، އެ މުހައްމަދު ދީދީގެ ކާފަ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުއަށް މިލްކުވެފާވާ ތަނެއް ކަމުގާ، 1254ހ(1838މ)ގާ، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތަކުން، ސާބިތުވެ، އަދި، އެގޯތީގެ ދެން އޮތް، ހުޅަނގު، ބައި އެއީވެސް ހަމަ އެއޭނާއަށް މިލްކުވެފާވާ ތަނެއް ކަމުގާ، 1283ހ(1866މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ލިޔެދެއްވާފާވާ ފަތަކުން ސާބިތުވެ، އޭގެ ފަހުން، އޭނާގެ ތަރިކަ ބަހާ، އެގޯތި، އޭނާގެ ދަރި އަލްހަތީބު ހުސެއިން އަށް މިލްކުވެ، އެ ހަތީބުގެ ގޯތިތައް ބަހާ، އެގޯތި، އޭނާގެ ދަރި، ވެލިދޫގޭ މުހައްމަދު ދީދީއަށް މިލްކުވެފާވާ ކަމުގާ، އެ ޝަރީއަތުގެ މަޖިލީހަށް ސާބިތުވެ އޮތުމުން؛ އެތާގެ އިމާއި މިން ހިމަނާ، ނައިބު މުހައްމަދު ލިޔެދީފާވާ ފަތުގެ ނަކަލެއް. Real estate document for Maafannu Velidhooge, written in Thaana (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
Sem título1344ހ ޒުލްގައިދު 24(1926މ ޖޫނު 5)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، ކަނޑޫދޫ އިބްރާހީމް ކަލޭފާނުއަށް މިލްކުވެފާވަނިކޮށް، އޭނާ އެތަން ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާގެ ދަރިކޮޅަށް މަތިކޮށްފާވާ ކަމުގާ، 1272ހ(1856މ)ގާ، ނައިބު މުހައްމަދު ފަތްލިޔެދީފާވާ، މާފަންނު ކުޑަކޮށީގާ އޮތް ގޯތި، ކަނޑޫދޫ އަލްހާއްޖަ ހަސަން ކަލޭފާނުގެ ދަރިން، އަލްހާއްޖަ އަހުމަދު ކަލޭފާނު، މެދުތުއްތު އަދި ދޮށީތުއްތު، މި ތިންބެއިންނަށް ހަމަޔަށް ބަހާ، އެންމެ އުތުރުގާ އޮތް ބައި އޭނާއަށް، ޖެހިގެން ދެކުނަށް އޮތް ބައި، މެދުތުއްތުއަށް އަދި ދެންއޮތް ބައި ދޮށީތުއްތުއަށް ވެއްޖެ ކަމުގާ، އަހުމަދު ކަލޭފާނު ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިއެދެއްވުމަށް އެދުމުން؛ އެކަން ބަށްލަވާ، ކަނޑޫދޫ ހަސަން ކަލޭފާނުގެ މެދުތުއްތުއަށް ވީ ބައިގެ، އިމާއި މިން ހިމަނާ، އެމަޖިލީހުން، ނައިބު ތުއްތު ލިއެދީފާވާ ފަތުގެ ނަކަލެއް.
Real estate document for Maafannu Janbugasdhoshuge (Size: 8.8" X 6.65") Chief Justices - Al Ghaazee Hussain Salahuddin
1347ހ ޖުމާދިލްއާހިރު 26(1928މ ޑިސެންބަރު 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު، މުލަކުއަތޮޅު މުލަކުގާ ހުރި ހުކުރު މިސްކިތް ނޫން، ދެންހުރި، އުމަރު ނައިބުތަކުރުފާނު މިސްކިތް މިސްކިތް ކިޔާ 3 މިސްކިތް ބާވެގެން، އެތަންތަން އާކޮށްހެދުމަށްޓަކާ، ކަމުވޮށިގެންވާ މީހުންނާ މަޝްވަރާކުރަށްވާ، އެމިސްކިތްތަކުގެ ހަވާލުވެރިން ނަކީ ކޮބައިތޯ އާއި، އެތަންތަނަށް ހުރި ބޯގަ އަކީ ކޮބައިތޯ ބެއްލެވިއިރު، ހަވާލުވެރިން އިނގެންނެތް ކަމާ، އެތަންތަނުގެ ބޯގަކަމުގާ އިނގެންހުރީ، މުލަކު އޮޅުތެރެ، ކަތީބުކޮށި، މުދިމުގޯތި، އެއްގަމުގޯތި، ދިޔަރެހުގޯތި، މާފަންނުގޯތި، އަލައިތެރެ، ބަންޑާރައިގަހެތެރެ، ކަޅުބިބީ، ބަދުރު، ކިނބިގަސް، ގާތަންމަތި އަދި ވެލައިވަޅެ، މި ނަންނަން ކިޔާ ހިންނަ ކަމުގާ އިނގި އެތަންތަން އެ 3 މިސްކިތަށް ލަށްވާ، އެތަންތަނުގެ ހަވާލުވެރިކަން، އެރަށު ރައްޔިތުންނަށް ލަށްވާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، މާކޮށާރު ބަނޑޭރި ބޮޑުގަލު މޫސާ ގެދަރި އައްނައިބު އަބްދުއްލޯ ލިޔެފާވާ ފަތުގެ ނަކަލެއް.Size: 10" X 8"
M.Mulah - 3 Mosques of Umaru Naibu Thakurufaanuge - Endowment for Shrine
1371ހ މުހައްރަމް 12(1951މ އޮކްޓޯބަރު 13)ގާ، މަހްކަމަތުލް ދާހިލިއްޔާއިން، ކާޅުގޭ ދޮންކޮއްކޮ ގެނައި ހ.ހޮޅިގެގެ، 1298ހ(1881މ)ގެ ފަތް ބަލައިގެންފާ، އެ މަހްކަމާއިން ދީފާވާ ރަސީދު.
Receipt for publication of property inventory of Henveiru Holhige (Size: 8.85" X 6.7")
1962މ ޑިސެންބަރު 15(1382ހ ރަޖަބް 17)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، ވަޒީރުލްއައުޒަމްގެ އޮފީހަށް ފޮނުވި ސިޓީ(F6-37)އާއެކު ހީރސްކޮށްވާފާވާ، 15 އަތޮޅުގެ ނަމުގެ ދަށުގާ؛ 1.ހއ.އަތޮޅު ކެލާގާ، ވަތަބަނޑޭރި ތަކުރުފާނުގެ ގޯތި އަދި ބަނޑޭރިތަކުރުގެ އަހުމަދުގެ ދަނޑު އާއި ބެހޭ ދެ ލިޔުން 2. ހދ.އަތޮޅު ނޮޅިވަރަމުއިން، ބޮޑު މޫސާ ގެދަރި އާދަމްގެ މިލްކު މުދާ، އެރަށު ހަސަންތަކުރުގެ ދަރި މޫސާ ކަލޭގެ މިލްކު ތަކެތި، ބޮޑު މުހައްމަދު ކަލޭގެ ދަރި އިބރާހީމްގެ މުޅި މިލްކިއްޔާތެއްގެ ވަގުފް އާއި ބެހޭ ލިއުމާ، ނޮޅިވަރަމު ހަސަން ހަތީބު ތަކުރުފާނުގެ ދަރި އުމަރު ތަކުރުފާނުގެ ތަކެތީގެ ވަގުފް ފަތަކާއި ލިޔުމެއް ކަމާ، އަދި، ހިރިމަރަދޫ ނިބޫގެއިން ގެނާ ދިވެސްއަކުރު ފަތެއް ކަމާ 3. ށ.އަތޮޅު އަތޮޅު އޮފީހުގެ، ހ.3-62/94 ނަންބަރު ސިޓީގެ ނަކަލެއް 4. ނ.އަތޮޅު އަތޮޅު އޮފީހުގެ ހ.3-62/3 ސިޓީގެ ނަކަލެއް 5. ރ.އަތޮޅު، އަތޮޅު އޮފީހުން ފޮނުވި ލިޔުމެއްގެ ނަކަލަކާއި ފަތެއް 6. ބ.އަތޮޅު އަތޮޅު އޮފީހުން ފޮނުވި 2،79،49، 75، 42 މިނަންބަރުތަކު ގެ ލިއުމާއި އަދި އެހެން ލިޔުމެއްގެ ނަކަލެއް 7. ޅ.އަތޮޅުގާ އަތ އޮފީހުން ފޮނުވި 5 ފަތުގެ ނަކަލު 8. ކ.އަތޮޅު އޮފީހުން ފޮނުވި 1ފަތުގެ ނަކަލު 9. އ.އަތޮޅު އޮފީހުން ފޮނުވި ލިޔުމެއްގެ އަދި ފަތެއްގެ ނަކަލު 10. މ.އަތޮޅު އޮފީހުން ފޮނުވި ލިޔުމެއް އަދި ފަތެއްގެ ނަކަލު 11. ވ.އަތޮޅު އޮފީހުގެ، ހ.3-62/3 ސިޓީގެ ނަކަލެއްކަމާ 12. ފ.އަތޮޅު އޮފީހުން ފޮނުވި ފަތްތަކުގެ ނަކަލު 13. ދ.އަތޮޅު އޮފީހުގެ، ހ.3-62/7 ނަންބަރު ސިޓީގެ ނަކަލު 14. ލ.އަތޮޅު އޮފީހުން ފޮނުވި 3ފަތުގެ ނަކަލު އަދި ގަމު މިސްކިތް މަގުގެ ފަތަކާއި، ދިވެސްއަކުރު ވަގުފް ފަތަކާއި، ގާދޫ ވަގުފް ފަތަކާއި، 15. ގއ.އަތޮޅު އޮފީހުން ފޮނުވި ފަތްތަކުގެ ނަކަލާއި 16. ގދ.އަތޮޅު އޮފީހުން ފޮނުވި ލިޔުމެއްގެ ނަކަލެއް؛ ބުނެވިދިޔަ ލިޔުންތައް ޖަހާފާވާ ލިސްޓެއް. List of asset certificates, letters and waqf endowments received from atolls (Size: 9.6" X 7.2")
1.H.Dh, 2.H.A, 3.SH, 4.N, 5.R, 6.B, 7.Lh, 8.K, 9.A, 10.V, 11.M, 12.F, 13.Dh, 14.L, 15.GA, 16.G.Dh - 1.H.A.Kelaa, 2.H.Dh.Nolhivaram, H.Dh.Hirimaradhoo, 14.L.Gan, L.Gaadhoo - 1.Writing (Deed list), 2.Writing (Deed list)