Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-N-32 · Item · 1908
Part of Documents

1908މ ޖަނަވަރީ 13(1325ހ ޒުލްހައްޖު 9)ގާ، ގަނޑުކޮށް ބޭސް ވިއްކާ، ދަ ކޮލޮންބޯ އެޕޮތިކެރީޒް ކޮންޕެނީ ލިމިޓެޑް ކިޔާ ކުންފުންޏެއްގެ، -/14 ރުފިޔާގެ، ފައިސާދަށްކާފާވާ ބިލެއް.(Size: 8.5" x 5.5")
Sri Lanka - The Colombo Apothecaries Co. Ltd - Account

National Archives of Maldives
NAM DOC-MN-N-31 · Item · 1938
Part of Documents

1357ހ ރަބީލްއާހިރު 3(1938މ ޖޫނު 2)ގާ، ހަސަން ނޫރައްދީނު، އޭނާގެ 'ބޭބެ'، އަބްދުލް މަޖީދުއަށް، އޭނާ ރަސްކަމަށް ކޮލިލާދުވަހަކީ، ޖުމާދިލްއައްވަލް މަހު 22 ނުވަތަ 23 ދުވަހު ކަމުގާ ކަނޑައަޅައިފި ކަމާއި، އެދުވަހަށް، އަބްދުލް މަޖީދު މާލެ ވަޑައިގަތުން އެއީ އޭނާގެ ވަރަށްބޮޑު އެދުމެއް ކަމުގާ ލިޔެފާވާ ސިޓީއެއް.(Size: 10.12" x 6.8")
K - Male' - Royal Palace - Coronation(letter)

National Archives of Maldives
NAM DOC-MN-N-30 · Item · 1908
Part of Documents

1908މ ޖުލައި 3(1326ހ ޖުމާދިލްއާހިރު 4)ގާ، ކޮޅުނބުއިން، ރާއްޖޭގެ ސަފީރުގެ ނަމުގާ، ބްރައުން އެންޑް ކޮންޕެނީ ލިމިޓެޑް އިން ހަދާފާވާ 'އިންވޮއިސް' އެއް.(Size: 5.7" x 8.9")
Sri Lanka - Brown & Co. Ltd - Account

National Archives of Maldives
NAM DOC-MN-N-29 · Item · 1908
Part of Documents

1908މ ޖުލައި 11(1326ހ ޖުމާދިލްއާހިރު 12)ގާ، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް، ކޮލޮންބޯ އަޔަން ވާކްސް އިން، ދަ މޯލްޑިވިއަން ؟؟؟(އަތުލިޔުން ކިޔާކަށް ނޭނގެ.. ބޯޓެއްގެނަން)، މާލެގެ ނަމުގާ 1500.00ރުފިޔާ ލިބި، އެ އެކައުންޓަށް އެފައިސާ ލައިފިކަމުގާ ބަޔާންކޮށް، ސިލޯނުގެ 5 ސެންޓުގެ އިސްޓޭމްޕެއް ޖަހާފާވާ ރަސީދެއް.(Size: 8.01" x 5.55")
Sri Lanka - Walker Sons & Co. Ltd - Account(Money)

National Archives of Maldives
NAM DOC-MN-N-28 · Item · -
Part of Documents

(ތާރީހެއް ނެތް)، 'ރަސްކަމަށް ކޮލިލާދުވަހު ކީރިތި މަހާ ރަދުން ގަނޑުވަރުން ނުކުމެވަޑައިގެން ދަރުބާރު ގެޔަށް ވެދެވަޑާއިގަތުމުގެ ގޮތްތައް' މިހެން ސުރުހީއަކަށް ޖަހާފާވާ، އަރަބި އަކުރުން ނަންބަރުކޮށް، 5 ނުކުތާއަކަށް ލިސްޓުކޮށްފާވާ، ކޮލިލުމުގެ މުނާސިބަތުގެ ހަރަކާތްތަކުގެ ޕްރޮގްރާމުގެ އެއްވަނަބައި.(Size: 13.3" x 8.25")
K - Male' - Royal Palace - Coronation(Programme)

National Archives of Maldives
NAM DOC-MN-N-27 · Item · -
Part of Documents

(ތާރީހެއް ނެތް)، 'ރަސްކަމަށް ކޮލިލުމާ ގުޅިގެން ކުރާންވީ ކަންތައް' މިހެން ސުރުހީއަކަށް ޖަހާފާވާ، އަރަބި އަކުރުން ނަންބަރު ޖަހާ، 12 ނުކުތާއަކަށް ލިސްޓުކޮށްފާވާ، އެދުވަހުގެ ހަރަކާތްތަކުގެ ޕްރޮގްރާމުގެ ބައެއް.(Size: 13.3" x 8.25")
K - Male' - Royal Palace - Coronation(Programme)

National Archives of Maldives
NAM DOC-MN-N-26 · Item · 1938
Part of Documents

1357ހ ރަބީލްއައްވަލް 28(1938މ މޭ 29)ގާ، ވުޒާރަތުލް ހާރިޖިއްޔާއިން، ދިވެހި ދައުލަތުގެ 'މުޝްތަޝާރުލް އައުޒަމް' އަލްއަމީރު އަބްދުލް މަޖީދު ދީދީ އަށް، ރަސްކަމަށް ކޮލިލުމުގެ ކަންތަކުގާ، އެވަގުތަށް ގަސްތުކުރެވިފާވާ ގޮތުގެ ލިޔުން، ސިޓީ އާއި އެކު ފޮނުވިކަން އަންގާ، ވަޒީރުލް ހާރިޖިއްޔާ،(ނަމެއް ނެތް) ސޮއިކޮށް ފޮނުވާފާވަ ސިޓީއެއް.(Size: 10" x 8.01")
K - Male' - Vuzaarathul Khaarijiyyaa - Coronation(letter)

National Archives of Maldives
NAM DOC-MN-N-25 · Item · -
Part of Documents

(ތާރީހެއް، ތަނެއް، ނެތް) ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް، ސަފަރު 25ގާ ލިޔެ ފޮނުވާފާވާ ސިޓީއަކާ، އެސިޓީއާ އެކީ ފޮނުވި 1900.00 ރުފިޔާގެ ހުންޑީ(އަނެކާގެ ހަވާލުގައި ހުންނަ، ތިމާގެ ފައިސާ، ދިނުމަށް ދޭ ސިޓީ) ލިބި، އެ ހުންޑިޔާ، އީޖީ އާދަމް އަލީ ކުންފުންޏަށް، ފޮނުވާ އެފައިސާ ގެނެސް ބަހަށްޓާފާވީ ކަމާ، 2 ޑޯކާޓް؟؟(ގޯކާޓް؟؟)ނުނިމޭ ކަމާއި، އެ ނިމިގެން ބިލާއެކީ ގެނައުމުން، އެފައިސާ ދަށްކަފާނެކަމާއި، އަބްދުލް ހަމީދު ދީދީގެ ހާލު ރަނގަޅުވަންދެން، އަބްދުލް މަޖީދު ދީދީ އެންގެވި ފަދައިން، ހުރިހާ ބޭފުޅުންގެ ހާލުކޮޅާއި، ގަނޑުވަރުގެ ކަންތައްތައް ބަލާނެކަމާ، އަދި، ބަންގާޅުން، ވަންދޫ މޫސާފުޅު، އެމަހު 12 ދުވަހު ލިޔެފާވާ ސިޓީގާ، ނަސްރު ހަމީދު 10ވަނަ ދުވަހު އަދި އަމާނަތުއްރަހުމާނު 11ވަނަ ދުވަހު، ފުރައިފިކަމާ، އަތިއްޔަތުއް ރަހުމާނުވެސް ވީހާވެސް އަވަހަކަށް ފުރުވާލާނެ ކަމާ، އާގުބޯޓެއްގާ އުޅެނިކޮށް ހާނިއްކަވެގެން ބޭސްކުރަމުންދާ ކުމުންދޫ އީސާ، އޭނާ މާލޭގެންދަން އާދޭސް ކުރާ ކަމާ، މަލިކު މީހަކުވެސް މަތީރަށުގެ ނަދުރަށް ދާން އާދޭސް ކުރާ ކަމާއި ލިޔެފާވާތީ، އެ ކުމުންދޫ އީސާ މާލެ ގެންދަން އެންގި ކަމާ، މަލިކު އެހެން މީހުންވެސް ނަދުރަށް ގެންދާކަން އެގޭތީވެ، އެ މަލިކު މީހާވެސް ގެންދަން، މަލިކު މީހުންނަށް އަމުރު ދިންކަމުގާ ބުނެ؛ ހަތީބު ސީދީ ގެ ނަމުގާ، ފޮނުވާފާވާ ސިޓީއެއް.A letter on a government policy (Size: 10.65" x 8.3")
Sri Lanka - Maldivian Embassy - letter(Official)

National Archives of Maldives
NAM DOC-MN-N-24 · Item · 1923
Part of Documents

1923މ ސެޕްޓެންބަރު 17(1342ހ ސަފަރު 6)ގާ، މާލޭގެ ބޮޑުބަނޑޭރި މަނިކުފާނަށް، މުހައްރަމް 20ގާ، އެ ބަނޑޭރިގޭން ލިޔުނު ސިޓީގާ އެދިފާވާ ގޮތުގެ މަތިން، ހުވަދޫއަތޮޅަށް ދިޔަ، ރޯޔަލް އިންޑިޔަން މެރީންގެ، އިންވެސްޓިގޭޓާ ކިޔާ ބޯޓާ ބެހޭގޮތުން ވިލާތު(އިނގިރޭސި؟؟) ސަރުކާރުން، އަބްދުލް ހަމީދު ދީދީއަށް ފޮނުވި ސިޓީތަކުގެ އަސްލު، ބަނޑޭރިގޭގާ ބެހެއްޓުމަށް އެދިވަޑައިގެންފާވާތީ، އެސިޓީތައް، މިސިޓީއާއެކީ ފޮނުވި ކަމާ، އެކަން އެގޮތަށް ކުރަން، އޭނާޔަށްވެސް ފެންނަކަމުގާ، އަބްދުލް ހަމީދު ދީދީގެ 'ލެޓާހެޑް' ގަނޑެއްގާ ލިޔެ، އޭނާ ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.Notification that letters for the Royal Indian Marine Investigator had been sent to Ba'ndeyrige (Size: 8.1" x 4.95")
Sri Lanka - Maldivian Embassy - letter(Official)

National Archives of Maldives
NAM DOC-MN-N-23 · Item · 1908
Part of Documents

1326 ރަމްލޯނު 6(1908މ އޮކްޓޯބަރު 2)ގާ، ބޮޑުބަނޑޭރިގޭ ބޭފުޅުންނަށް؛ ޝައުބާން މަހު 26ވަނަ ދުވަހު، ވެލިދޫގޭ ބައްތެލި، ގާފަރުބޭރުން ނުކުމެ މާލެޔަށް އައުމުގެ މަގުމަތީ، ގަދަވެގެން، ބެހިގެންގޮސް، ޝްރީލަންކާގެ، އުސްވެތިކެއިޔަވަޔޭ ކިޔާ ހިސާބަކަށް އުރި، އެހިސާބުގާ ތިބި މީހުން އެމީހުންނަށް އެހީވުމުން ފުރާނަޔަކަށް ގެއްލުންނުލިބި ސަލާމަތްވީ ކަމުގާ އެބައްތެލީގާ ތިބި މީހުން ބުނި ކަމާ، އެމީހުން ރޯދަމަހުގެ 4ވަނަ ދުވަހު ކޮޅުނބަށް ގެނެސް، އޭރު އެމީހުން ތިބީ މަރަށްކާރުގޭގާ ކަމާ، އެމީހުންގެ އަތްކަނޑުވާފާ(ކަށިވިދުރި ވެކްސިން ދިނުން؟؟؟) ވީހާވެސް އަވަހަކަށް މާލެ ފޮނުވާނެ ކަމާ، އެބައްތެލީގާ ތިބީ ކުޅުދުފުށީ މީހުންކަމާ، އެމީހުންނަކީ: އަލީ، ކަނބުރު ހުސެއިންގެ ދަރި އާދަނު، އެދުރު އީސާގެ އަލީ، ރާވެރި އަހުމަދު، ހައްވާ އަލީގެ މޫސާ ކަމުގަޔާ، އޭގާ ހުރިކަމުގާ ބުނާ ތަކެއްޗަކީ: 700 ރޯނުބޮނޑި، ހުތްހަކުރު 15ބާގަ ކަމާ، އެއްޗެތިން ސަލާމަތްވީ 263 ރޯނުބޮނޑި ކަމުގަޔާ، އަދި މިހާދިސާޔާ ގުޅޭގޮތުން ބަދަލުވި ސިޓީތައް ފޮނުވި ކަމާ، އޭގެތެރެއިން އިނގިރޭސިން ހުރި ސިޓީ އަނބުރާ ފޮނުއްވާދެއްވުމަށް އެދި، 'އަބްދުލް ހަމީދު ދީދީ ދިވހިރާއްޖޭގެ ސަފީރު'ގެ 'ލެޓާހެޑް' ގަނޑެއްގާ ލިޔެ، އޭނަ ސޮއިކޮށް، މާލެ ފޮނުވާފާވާ ސިޓީއެއް.A letter sent to Malé updating a report on a ship that was wrecked in a storm off Sri Lanka (Size: 13.1" x 8.4")
Sri Lanka - Maldivian Embassy - letter(Official)

National Archives of Maldives