Mostrando 867 resultados

Descripción archivística
865 resultados con objetos digitales Muestra los resultados con objetos digitales
NAM DOC-MN-F6-32 · Unidad documental simple · 1962
Parte de Documents

1962މ އޭޕްރީލް 19(1381ހ ޒުލްގައިދު 14)ގާ، ހދ. ނޮޅިވަރަންފަރުގާ ހުންނަ، ހދ. އަތޮޅު އޮފީހުން، ވުޒާރަތުލް ދާހިލިއްޔާއަށް؛ އެ ވުޒާރާގެ ހ-3 62/59ނަންބަރު ސިޓީގެ 1ވަނަ ނަންބަރުގެ ޖަވާބުގާ؛ އެއަތޮޅު މަކުނުދޫ އަކީ، އެރަށުން ފެޅި ކޮންމެ 2ގަހަކުން 1ގަހެއް އެރަށު މިސްކިތަށް ވަގުފްކޮށްފާވާ ރަށެއްކަމުގާ މުސްކުޅިން ބުނާ ކަމާ، އެކަމަކު، ރައްޔިތުން އެމިސްކިތް ބަލަހަށްޓާތީވެ، އެމީހަކު އިންދި އެއްޗަކުން ބޭނުންކުރަނީ އެމީހެއް ކަމާ، އަދި އެރަށުގާ އޮތް، ދިވެސްއަކުރު ފަތަކާ، ތާނަ ފަތެއް ވަނީ ވުޒާރަތުލް މާލިއާއަށް ގެންގޮސްފާކަމާ، އެތަކެތި ބަލައިގެންފާ އެވުޒާރާއިން ދިން ރަސީދު، ކަތީބުގެ ހަވާލުގާ އޮންނާނެ ކަމުގާވެސް އެރަށު މީހުން ބުނާކަމާ، އަދި އެކަތީބު ރަށުގާ ނެތުމުން އެރަސީދު ބެލިފާނުވާ ކަމުގަޔާ، އަދި، އެރަށުގާ 'ރޮގުވަރޭ' ކިޔާ ތަނެއް އޮތް ކަމާ، އެތަނާ ބެހޭ މައުލޫމާތު ފޮނުވޭނީ، އަދި އިތުރަށް ބަލާފާ ކަމުގަޔާ، އޭގެ އިތުރުން އެރަށުގާ، އަމިއްލަ ބިމެއް ވަގުފް އެއްޗެއް ނެތްކަމުގާ ބަޔާންކޮށް؛ ހދ. އަތޮޅުވެރިޔާ ފޮނުވާފާވާ ސިޓީ/ނަކަލެއް؟Letter sent by the Hdh.Nolhivaranfaru Atoll Office, stating that one of the two trees that grow in Makunudhoo belongs to a mosque on the island, however, the mosque is currently not in use; the documents relating to this waqf endowment (one in Dhives Akuru and the other in Thaana) are now kept at Wuzarathul Maliyya (Size: 8.2" X 6.5")
H.Dh.Makunudhoo - Island Mosque - letter(Endowment for property), Letter (Endowed housing plot)

Sin título
NAM DOC-MN-F6-60 · Unidad documental simple · 1959
Parte de Documents

1379ހ ރަބީލުއާހިރު 3(1959ހ އޮކްޓޯބަރު 6)ގާ، ވުޒާރަތުލް މާލިއްޔާގެ(ށ)އިން؛ 1237ހ(1822މ)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނުގެ ސިއްކަ ޖަހާފާވާ، ބ.އަތޮޅު މާއްޑޫ މިސްކިތު ބޯގަޔަށް، އެއަތޮޅު ހުޅުދޫ ލަށްވާފާވާ، ދިވެސްއަކުރު ފަތެއް، އެވުޒާރާއަށް ލިބުނުކަމުގާ؛ އާދަމް އަހުމަދު ނަސީރު، ސޮއިކޮށްފާވާ، ލިޔުމެއް.Letter stating that Wuzārath Al-Maaliyya received a waqf endowment for Maaddoo Rashu Miskiyy, which was written in Dhives Akuru (Size: 8.4" X 5.7")
B.Maa'ddoo - Island Mosque - Account

Sin título
NAM DOC-MN-F10-43 · Unidad documental simple · 1934
Parte de Documents

1353ހ ޝައުބާން 16(1934މ ނޮވެންބަރު 24)ގާ، 'ބޮއިދޮންތުއްތު އަށް ބަހެ' މަތީގާ ޖަހާ، އެތެރެބަޑަހަލަށް ރޯދަމަހު އަސީދާ ތައްޔާރުކުރުމަށާއި، މާހެފުމަށާއި، ބޯފޮޅިދުވަހާ، ގާޒީ ބަންޑާރައިންގެ އަހަރުމަތިފުޅަށާ، މިދުވަސްދުވަހު ކެއިމަށް ބޭނުންވާނެ ތަކެއްޗާއި، އެކަންކަމަށް ބޭނުންވާ ކުނާ ފަދަ އެއްޗެތި، ނިސްބަތްވާ އަދަދާއި އެކު ޖަހާ، ލިސްޓުކޮށް، ހަސަން ފަރީދު ދީދީގެ ތައްގަނޑު ޖަހަފާވާ ލިޔުމެއް.List of ingredients (Size: 13.2" X 8.2")
K - Male' - Royal Palace - list(food)

Sin título
NAM DOC-MN-F10-39 · Unidad documental simple · 1959
Parte de Documents

1348ހ ސަފަރު 8(1959މ ޖުލައި 15)ގާ، 'ބޮއިދޮންތުއްތުއަށް ބަހެ' އަދި 'އަހަރު ދުވަހަށް މެދުރީމީހުން ހޮވާ ފުވަށްކިބައިގެ ހިސާބު' މަތީގާ ޖަހާ، އެއެއްޗެތި ދިން ތަންތަނާއި، ދިން އަދަދު(މސލ:38000)ޖަހާ، ހިސާބުހަދާފާވާ ކަރުދާހެއް.
.List of food rations and their prices (Size: 7.4" X 5.6")
K - Male' - Royal Palace - Account

Sin título
NAM DOC-MN-F10-47 · Unidad documental simple · -
Parte de Documents

ވުޒާރަތުލް ދާހިލިއްޔާއިން، ވަޒީރުލް އައުޒަމް އޮފީހަށް އެޑްރެސްކޮށް، މަތީ ކަނާތްފަރާތު ކައިރީ '11 ރަސީދު'، ޖަހާފާ ވާ ސިޓީއުރައެއް. Envelope addressed to Wazīr al-Auzam (Size: 8.9" X 3.95")
K - Male' - Ministry of Finance - Envelope

Sin título
NAM DOC-MN-F10-31 · Unidad documental simple · 1953
Parte de Documents

1372ހ(1953މ)ގެ އެކި މަސްމަހުގެ ތާރީހުޖަހާފާ، ގަނޑު ދިގަށް ދެބައިކޮށް، ކޮންމެބަޔެއް 4ފަތި(ކޮލަމް)އަށް ބަހާ، 'ލެޖާ'އެއް ގޮތަށް، ހިސާބު ބަލަހަށްޓާފާވާ ކަރުދާހެއް.Size: 12.7" X 7.56"
K - Male' - Writing(Account)

Sin título
NAM DOC-MN-F6-21 · Unidad documental simple · 1697
Parte de Documents

1108ހ(1697މ)ގާ، އައްސުލްތާނު އިސްކަންދަރު އިބްރާހީމް(ކަލާފާނު)ގެ ރަސްކަމުގާ، އެރަދުންގެ ރަސްކަމުގެ 4ވަނަ އަހަރު، 997ހ(1589މ)ގާ، ހައްދުންމަތީ ގަމުގެ ހުކުރު މިސްކިތް ބާވެގެން، އެރަށު ރައްޔިތުން، އާ މިސްކިތަކަށް އެދި، އެރަދުންގެ އަމުރު ލިބި، އެޅި މިސްކިތް، ނިމިއްޖެ ކަމުގާ ބުނެ، އިހު މިސްކިތުގެ ލޯމާފާނުގާ، އެތަނުގެ ބޯގަޔަށް ލަށްވާފާހުރި އެއްޗެތި، އަލަށް އެޅި އެ މިސްކިތަށް ލަށްވާދެއްވުމަށް އެދުމުން؛ އެކަން އެގޮތަށް އޮންނަންވާނެ ކަމުގަޔާ، އެރަށު ގޮއިފާލަށްބާ ނޫން އެހެން ހުރިހާ އެއްޗެއް، އެމިސްކިތު ބޯގަޔަށް ލަށްވާ، އަދި، އިސްކަންދަރު ރަދުންގެ ބައްޕާ އައްސުލްތާނު މުހައްމަދު(ބޮޑުތަކުރުފާނު)، ލ.ގަމަށް ވަޑައިގެތް ފަހަރު، އެރަށު ރައްޔިތުން، އެރަދުންނަށް ދީފާވާ، 400ބަމަ ހިންނައާ، އިސްކަންދަރު ރަދުންނަށް، އެރަށު މީހުން ދީފާވާ ހިންނައާވެސް، ގޮއި(ސަރުކާރަށް އެތަނަކުން ދޭންޖެހޭ ތަކެތި)ކަނޑުއްވާ، އެމިސްކިތަށް ބޯގައަށް ދެއްވާ، އެތަނުގެ ހަވާލުވެރިކަން، އެރަށު ރައްޔިތުނަށް ލަށްވާފި ކަމުގެ އަމުރުނެރުއްވުމުން، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިއުމުން، މުހައްމަދު ހަތީބު ލިޔުނު (ދިވެސްއަކުރުން) ފަތުގެ، 1962ހ މޭ 14(1381ހ ޒުލްހައްޖު 9)ގާ، ގަމު ނައިބު ހަސަން އިބްރާހީމް ދީދީ ކުރަށްވައިފާވާ ތާނަ ތަރުޖަމާ.Size: 10" X 8"
L.Gan - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sin título
NAM DOC-MN-F9-15 · Unidad documental simple · 1960
Parte de Documents

1380ހ ރަބީލްއައްވަލް 29(1960މ ސެޕްޓެންބަރު 21)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ދިދިގޯތީ ހަކުރާ ތަކުރުފާނު، އެދުރު މުހައްމަދު ތަކުރުފާނުގެ ދަރި އައިމިނާފާނުގެ، މައްޗަންގޯޅި ބޮޑުގަލު މިސްކިތު ހުޅަނގުން އޮތް ޗާނދަނީ މަގާ އިންވެ ހުޅަނގުން އޮތް، ދިދިގޯތި ކިޔާ ގޯތީއެއީ، 1181ހ(1767މ)ގާ، އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ގެ ދަރި އަލްގާޒި އިބްރާހީމް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރު ލިޔެދެއްވާފަތް، ބާވެގެން، 1345ހ ޖުމާދިލްއައްވަލް 8(1926މ ނޮވެންބަރު 14)ގާ، ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު އާކޮށްދެއްވި ފަތުން، އެދަރިކޮޅަށް ވަގުފްކޮށްދީފާވާ ގޯއްޗެއްކަން ސާބިވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 5ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.
K - Male' - Ma.Didi Goathi (37rd Housing Plot) - Deed for housing plot (Th.Elaa)
Size: 10" X 7.5"

Sin título
NAM DOC-MN-F5-13A · Unidad documental simple · 1951
Parte de Documents

1371ހ ރަބީލްއައްވަލް 27(1951މ ޑިސެންބަރު 26)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ސަރުދާރު(މަންދުއެދުރުގޭ) ހުސެއިން މަނިކުގެ ގޯތީގެ މިލްކުވެރިންނަކީ ކާކުތޯ ބެލުމުން، އެއީ، ހުސެއިން މަނިކުގެ، ދަރި ތުއްތުމަނިކެ އާއި، އަނބި ފިހާރަގޭ ޒުލޭހާ ފުޅާއި، އެއްބަނޑުއެއްބަފާ މުހައްމަދު މަނިކު ކަމުގާ ސާބިތުވެފާވާ ކަމާއި، އަދި، މުހައްމަދު މަނިކާއި، ޒުލޭހާ ފުޅަށް އެގޯތިންނާ، އަދި އެހެނިހެން ތަކެތިން ވީ ހިއްސާ، އެމަހްކަމާގާ، ތުއްތުމަނިކެއަށް ހިބައިން ދީފިކަމުގާ ބުނެ، އޭނާ އެކަން ގަބޫލުކުރުމުން، ހުސެއިން މަނިކުގެ ތަރިކަގެ ހުރިހާ ތަކެއްޗާއި އަދި އެގޯތި ތުއްތުމަނިކެއަށް މިލްކުވެފާވާ ކަމުގާ، ލިޔެފާވާ ފަތުގެ ނަކަލެއް.A Copy of property and real eastate document stating the ownership of the land Henveiru Noomaage and all the belongings of Hussain Manik (Size: 8.85" X 6.7")
K.Male' - H.Noomaage (Housing Plot) - Private Property

Sin título
NAM DOC-MN-F6-16 · Unidad documental simple · 1921
Parte de Documents

1339ހ ރަޖަބް 14(1921މ މާޗް 24)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު މަނިކުފާނުގެ މަޖިލީހުގާ، މާމިގިލީ އިބްރާހީމްގެ ދަރި، އަށްނައިބު އާދަމު، އޭނާގެ އެންމެހާ މިލްކިއްޔާތެއް، އޭނާގެ ކިބައިން މިލްކުކަނޑާ، ވަގުފްކޮށް، އެވަގުފްގެ ހަވާލުވެރިކަން، އޭނާއަށާ، އޭނާ ނެތުމުން، އޭނާގެ ދަރިން، އަބްދުލް ރަހުމާނު، ދާވޫދު އަދި އޭނާގެ ހަދީޖާގެ މޫސާ، މިތިންމީހުންގެ ދަރިކޮޅަށް، ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ދެއްވުމަށް އެދުމުން؛ އެ ވަގުފް ސައްހަކަމުގާ ނިއާކުރެއްވުމުން، މޫސަލް މަހައްލީގެ ދަރި އަބްދުއްލޯ ލިޔެދީފާވާ ފަތުގެ ނަކަލެއް.(Size: 8.8" X 5.5") Chief Justices - Al Ghaazee Hussain Salahuddin
A.Maamigili - Deed for housing plot

Sin título