Mostrar 867 resultados

Descrição arquivística
865 resultados com objetos digitais Mostrar resultados com objetos digitais
NAM DOC-MN-F10-29 · Item · 1928
Parte de Documents

1347ހ ރަބީލްއާހިރު 23(1928މ އޮކްޓޯބަރު 7)ގާ، އެތެރެބަޑަހަލުން ފޭލިދޫކުރި ވަރާއި، އަދި ހުދުރާތުއް(ގުދުރާތުން؟؟) އުއިލިބާސް ގެނައިވަރު ޖަހާފާވާ ކަރުދާހެއް.
List of clothes (Size: 7.8" X 6.3")

Sem título
NAM DOC-MN-F0-41 · Item · 1757
Parte de Documents

1170ހ(1757މ)(ވީދިފާވާތީ، ތާރީހްގެ ފަހު އަކުރު ނެތް)ގެ އަހަރެއްގާ، ގާޒީ މުހައްމަދު މުހިއްބުއްދީނު(ޝެއިހުލް އިސްލާމް) އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ވާދޫ މަނިކުފާނުގެ އެންމެހާ ދަރީން، އެރަށު ހުކުރު މިސްކިތުގެ ވަގުފް ފަތް ބަށްލަވާ، އެރަށު ގޮއިފާލައްބަތައް ހުރިނެތްގޮތް ސާފުކޮށްދެއްވުމަށް އެދުމުން، މިހުކުރު މިސްކިތުގެ އިހުފަތް ބަށްލަވާ، ހުވަދުއްމަތީ(ހުވަދޫއަތޮޅު) ވާދޫގާ ހުރި، ވާދޫ ތުއްކަލާ އާއި، އޭނާގެ އެއްބަނޑު ދޮންދަލޭކަ ކަނބުލޭގެފާނުގެ މިލްކު ރުއްނޫން އެންމެހާ ރުކެއްގެ ގޮއިފާލައްބައިގެ ½ ބައި ހުކުރު މިސްކިތައް، އަނެއްބައި ބަންޑާރައަށް އޮތްކަމާ، އަދި އެރަށުގެ ކޮންމެ ތަނެއްގާ އެއްޗެއް އިންދިޔަސް، އެއެއްޗެތީގެ ގޮއިފާލަށްބަ އެކުގާ، އެމިސްކިތަށް ލެއްވި ކަމުގާ ސާބިތުވެ އޮތުމުން؛ އޭގެ ފަހުން ރަސްބަންޑާރައިން، ގޮއިފާލަށްބަ ކަނޑުވާ، މީސްމީހުންނަށް ލިޔެފާވާ ފަތް އެއީ ބާތިލް ފަތް ކަމާއި، އެރަށު އިހު ބުނި ދެބެންގެ ތަކެތި ނޫން، އެހެން ހުރިހާ ރުއްގަސް، ދަނޑުފަގު ކޭލަ، އެއެންމެހާ ތަކެތި، އެ ހުކުރު މިސްކިތު މައްޗަށް، ކޮށްފާވާ ވަގުފްއަކީ ސައްހަ ވަގުފެއް ކަމުގަޔާ، އެދެބެއިންގެ ދަރިކޮޅު މީހަކު އެރަށުގާ އިންދި އެއްޗެއް، އެވަގުފްގާ ނުހިމެނޭނެކަމުގަޔާ އަދި، ރަސްކަލަކު ދެއްވާފާވާ ފަތެއްގާ އެހެންގޮތަކަށް އޮތަސްވެސް، މިއެންމެހާ ކަންކަން އޮންނާނީ މިހެން ކަމުގާ ނިޔާކޮށް، އަދި އެރަށު އެހެން މިސްކިތްތަކަށް އޮންނަ ކޮންމެ އެއްޗެއްވެސް އެ ހުކުރު މިސްކިތަށް އޮންނާނެ ކަމާ، އަދި އެރަށު ކާރުދަ(މަސައްކަތް ކޮށްގެން އުފައްދާ އެއްޗިހިން ސަރުކާރަށް ނަގައި އުޅުނުބައި) ހަވާލުކޮށްފާވާ މީހަކަށް އެވަގުފްގެ ހަވާލުވެރިކަން ލަށްވާ، އެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތެއް. (Size:16.5" X 10.4") Chief Justices - Al Ghaazee Mohamed Muhibbuddin
R./K.//G.DH.Vaadhoo - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sem título
NAM DOC-MN-F0-45 · Item · 1620
Parte de Documents

1029ހ(1620މ)ގައި، (ރަދުންގެ ނަމެއްނެތް..ތާރީހަށް ބަލާފާ)އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ދަރުބާރުގާ، މުލަކު އަތޮޅު ވާރެޔާފުށި މީހުން، އެރަށުގާ އެރަދުންގެ 'ބެއިކަލާ'(އައްސުލްތާނު މުހައްމަދު ބޮޑުތަކުރުފާނު ކަމުގާ ބެލެވޭ)އެޅުއްވި މިސްކިތް ބެލެހެއްޓުމަށް، އެތަކުރ ލލަށްވާފާވާ ގަލޮޅު ފާތުމާބީ ގޯތީގެ އިރުމަތީ މަގުގެ ދެކުނުފަރާތުން އަތިރިޔަށް އެރޭތާ އޮތް، އުމަރު މާރާދަ ތަކުރު އެޅި މިސްކިތައް ދެއްވާފާވާ، މުލަކު އަތޮޅު މާއުސްފުށި ފާލަށްބައިން، މާއުސްފުށީ މިސްކިތުގެ ބޯގައަށް އޮތް 2/1 ނަގާ، އަނެއްބަޔާއި، އެ މާއުސްފުށީގެ ރަސްބޮލި(ބޮލިން ނަގާ ޓެކްސެއް)އާއި، ކުޑައުސްފުށީގާ ހުރި ރުއްރުކާއި، އެ ވާރެޔާފުށީ މިސްކިތަށް ބޯގައަށް ލަށްވައިފި ކަމާ، އަދި އިހުގާވެސް، މިމިސްކިތުގެ ހަވާލުވެރިންނަށް ތިބި މީހުންނާ، އެމީހުންގެ ދރިކޮޅަށް، ހަވާލުވެރިކަން ލަށްވާ، ކުރެއްވި އަމުރަށް، އަލީ ހަކުރާވަތި ކަލޯ ލިޔެފާވާ ފަތުގެ ނަކަލެއް. Size: 13.5" X 8.5"
M.Vaareyaafushi - Endowment for Shrine (ziyaaraiy)

Sem título
R00046_A; ...... - ...... - ....... – ....... -
NAM DOC-MN-F0-43 · Item · -
Parte de Documents

ނުފުށުގާވެސް އެއްވެސްކަހަލަ މައުލޫމާތެއް ނެތް، ދިވެސްއަކުރު ފަތެއް. Size: 13.1" X 9.5"

Sem título
NAM DOC-MN-F0-51T · Item · 1761
Parte de Documents

1175ހ ރަބީލްއައްވަލް(1761 އޮކްޓޯބަރު)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު(ދޮންބަންޑާރައިން)ގެ ދަރުބާރުގާ، އައްޑުއަތޮޅު ހުޅުދޫ، ފުރަބަންޑާރަ ރާވެރިން، އެރަށުގެ މިސްކިތަށް ބޯގައެއް ލަށްވާދެއްވުމަށް އެދުމުން، ހުވަދޫއަތޮޅު 'ބުރެހިގިއްޓެ'؟ ކިޔާ ރަށް އެ މިސްކިތު ބޯގައަށް ލަށްވާ، އަދި އެމިސްކިތުގެ މުދިމަކަށް، ކޮންމެ ކެއުޅުކަމަކުން މަސްބައެއް އޮންނަންވާނެ ކަމާއި، އެމުދިމަކަށް ވާރު އިސްތިސްނާ ވާނެކަމާ، އެ ބޯގައިގެ ހަވާލުވެރިންނަކީ، އެރަށު ފުރަބަންޑާރަވެރިން ކަމުގާ، އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އުމަރު ހަނދޭގިރި ކިއުމުން، ހުސެއިން ފަޑިއަތް ލިއެފާވާ، ދިވެސްއަކުރު ފަތުގެ 1381ހ ޒުލްގައިދު 6(1962މ މާޗް 11)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާ. Size: 10" X 8"
S.Hulhudhoo - Hulhudhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sem título
R00063_A; ...... - ...... - ...... - ....... –
NAM DOC-MN-F0-56 · Item · -
Parte de Documents

(ތާރީހެއް އިނގޭކަށް ނެތް) މި ފަތް ވީރާނާވެފާ އޮތް ވަރުން، ކިޔަން އިނގެނީ ތަންތަން ކޮޅެ. އިންގެން އޮތްވަރަކީ އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ޝެއިހުލް އިސްލާމުގެ މަޖިލީހުން ލިޔެފާވާ ފަތެއް ކަމެ. Size: 10.7" X 8.8"

Sem título
NAM DOC-MN-F0-66 · Item
Parte de Documents

1208ހ މުހައްރަމް(1793މ އޯގަސްޓް)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރުބާރުގާ ދޮށުންގެ 8 މީހުން، މަހިބަދޫގާ، އަލްގާޒީ ހުސެއިން ވެލާނާކިލެގެފާނު ހުންނަވައިގެން ދެއްވި ފަތްކޮޅު ބާވެގެން، އާކޮށްދެއްވުމަށް އެދުމުން، މިފަތް ބަށްލަވާ، އެފަތަކީ، މާލޭ ހުކުރު މިސްކިތަށް ބޯގައެއް ނެތުމުން، އޭރުގާވެސް ދޮށުންގެ 8 މީހުން ދެންނެވި ދެންނެވުމުން، އޭރުގެ ވަޒީރުންނާއި، ބަނޑޭރިން ގެންނަވާ އެމިސްކިތަށް ލާނެ ބޯގައެއް ބެލުމަށް އެންގެވުމުން، އެމީހުން އެކަން ބަލާ، ފުރަބަންޑާރައިން އެކަމަށް ލާނެ އެއްޗެއް ނެތޭ ބުނުމުން، ވޭވަށުގެ ރަސްބޮލިން، 4ކޮށްޓޭ ބޮލި ހަތީބު(ކަތީބު)އަށް ނަގާފާ، ދެންހުރި ހުރިހާ އެއްޗެއް އެ މިސްކިތަށް ލެއްވިކަމަށާއި، އެއްވެސް މީހަކު، މި ވޭވަށުގެ ރަސްބޮލި އެނޫން އެހެން ގޮތަކަށް ބޭނުން ނުކުރުމަށް އަމުރުކޮށްފާވާ، އަލީ ވެލާނާގެ ދަރި މާބަނޑޭރި، ރަންނަބަނޑޭރިގެ ދަރި އަލީ ހަކުރާވެތި، ހަސަން ފާމުލަދޭރިގެ ދަރި އަލީ، ހަކުރަވެތީގެ ދަރި މުހައްމަދު އަދި މުހައްމަދުގެ ދަރި ހަސަން ރަނަހަމާދި؛ މިމީސްމީހުން ހެކިކޮށް ލިޔެދެއްވާފާވާ ފަތެއްކަމަށް ވުމާއެކު، ހަމަ އެގޮތަށް މިފަތް އާކޮށްދިނުމުގެ އަމުރަށް، އަލް ހާޒިން އަލް ކަބީރު މުހައްމަދު ހަނދޭގިރި ކިއުމުން، ފަސްމަންދޫ އަލީ ހަކުރަވެތިގެ ދަރި ފުރަމާލޭ އެދުރު ހުސެއިން ލިޔެފާވާ ފަތެއް. Size: 17.2" X 11.7"
K.Male' - Hukuru Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sem título
NAM DOC-MN-F0-60 · Item · -
Parte de Documents

1357ހ ރަބީލްއައްވަލް 4(1938މ މޭ 5)ގާ، މަތީ ސުރުހީއަކަށް، 'އައްތާރަފަނީން'، މިހެން ޖަހާ، ހަތަރު ކޮލަމަކަށް ބަހާ، ފުރަތަމަ ކޮލަމުގާ 'ނެވިކަލުންގެ ވަރު'ގެ ދަށުގާ: ފާމުދޭރި ތަކުރުފާނު، ހިޔަލަގެ އަހުމަދު ކަލޭފާނު، މައްޗަންގޯޅި ކޮއި، ހިރުދޫ ދޮންތުއްތު، ތުލުސްދޫ މުހައްމަދުފުޅު، ކާޅުގޭ ދޮންތުއްތު އަދި ހުސެއިންފުޅުގެ އީސާފުޅު، އޭގެ ތިރީގާ، 'ނެވިކަލުންގެ ވަރުބައިމަތި'ގެ ދަށުގާ: ލޯޖެހި ޅަތުއްތު، ފުއްލާ އިބްރާހީމްފުޅު، ހޯޑިން ދޮންކޮއި، މާދުގޭ ދޮންތުއްތު، މުންޑު ކުޑަފުތު، ކުޅުދުފުށީ ދޮންތުއްތު އަދި މަގޫދޫ ދޮންކަލޯ، ދެވަނަބައިގާ، 'ސަރަނގުންގެ ވަރު'ގެ ދަށުގާ؛ ދައްޕަރު އިބްރާހީމް ދީދީ، މުދިން ޅަކޮއި، ދޮންބަބުރު ދޮންކޮއްކޮ، ދައްޕަރު އަލިމަނިކު، ދައްޕަރު މޫސާ މަނިކު، ދުންބޮއިތަ އަލިފުޅު، ސީވަލު ދޮންތުއްތު އަދި ބޮއި ދޮންކޮއްކޮ، އޭގެ ތިރީގާ، 'ސަރަނގުންގެ ވަރުބައިމަތި'ގެ ދަށުގާ: ސިންދަ އުމަރުފުޅު، މީދޫ މޫސާ ތައްހާނު، ޒައިނަބުފުޅު ދޮންމަނިކު، ހުޅުދަލީ ދޮންކަލޭފާނު ތުއްތު އަދި ސިނީ ކުޑަމަނިކު، ތިންވަނަ ބައިގާ، 'މަލިމުންގެ ވަރު'ގެ ދަށުގާ: މާދޫގޭ އަހުމަދު ކަލޭފާނު، ފަހާގޭ އާދަމްފުޅު، މާދޫގޭ ކުޑަތުއްތު، ޑިންހަޑޭ އާދަމްފުޅު، ފެލިދޫ އިބްރާހީމް، ކަނޑޫދޫ ދޮންމޫސާ އަދި ފޭދޫ ޅަތުއްތު، އޭގެ ތިރީގާ، 'މަލިމުންގެ ވަރުބައިމަތި'ދަށުގާ: ސިއްކަ އަލިމަނިކުފާނު، ކާޅުގޭ ދޮންކޮއްކޮ، ފޭދޫ މުހައްމަދުފުޅު، ފާމުދޭރި އަހުމަދު މަނިކު، ނައިބުގޭ ދޮންތުއްތު، ކަނޑޫދޫ ހަސަންފުޅު އަދި ތަލޯ އަލީ، އަދި ހަތަރުވަނަ ބައިގާ، 'ސާއްބުންގެވަރު'ގެ ދަށުގާ: ކަތީބު މަނިކުފާނު ތުއްތުދީދީ، ސިނީ ދޮންމަނިކު، ރަތްމަސް އިސްމާއީލް މަނިކު، ގިރާވަރު ޔޫސުފްފުޅު، ގޯނބިލި ދޮންކަލޭފާނު އަދި ފޫޅު އާދަމްފުޅު، އަދި އޭގެ ތިރީގާ، 'ސާއްބުންގެ ވަރުބައިމަތި'ގެ ދަށުގާ: ހޯޑިން އާދަމް ކަލޭފާނު، ގާފަރު ހުސެއިންފުޅު، އެގޭ ދޮންމަނިކު، ނައިވާދޫ ދޮންތުއްތު، ހުޅުދޫ ހުސެއިން، މާންބެ އަދި ކަނޑޫދޫގޭ މެދުތުއްތު، މިނަންތައް، މިގޮތަށް ޖަހާފާވާ ލިސްޓެއް. List of names (Size: 13.4" X 16.5")
K.Male' - List

Sem título
NAM DOC-MN-F0-67 · Item · 1928
Parte de Documents

1347ހ ރަބީލްއައްވަލް 22(1928މ ސެޕްޓެންބަރު 7)ގާ، އިބްރާހީމް ނޫރައްދީނު އިސްކަންދަރު ގެދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 27ވަނަ އަހަރު، މާލެގާ ހުރި، އައްސުލްތާނު ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ޒިޔާރަތް(ބިހުރޯޒުކަމަނާ މިސްކިތު ތެރޭގާ) ބެލެހެއްޓުމުގެ ކަންތައްތައް ރަނަގަޅު ގޮތަކަށް ދެމިހުންނާނެ ގޮތް ހެދުމަށްޓަކާ، އެންމެހާ ވަޒީރުންނާއި، ބޮޑުންނާއި މަޝްވަރާކޮށް، ކ.މާފުށި، އެ ޒިޔާރަތުގެ ބޯގަޔަށް ލަށްވާ، އެއިރަކު ރަސްކަމުގާ ހުންނަވާ ބޭފުޅަކު އެޒިޔާރަތް ބަލަހައްޓަން މީހަކު އިސްކުރައްވަންޖެހޭނެ ކަމާއި، މާފުށިން ލިބޭ އެއްޗެހިންނާއި، އެ ޒިޔާރަތަށް ނަދުރަށް ގެނެވޭ އެއްޗެހިން، އެ ޒިޔާރަތުގެ ވިނަނޮޅާ ކުނިކެހުމާ، ދޮރާށި ދެފަރާތުގާ 2 ބަނޑިޔާކޮޅު ބެހެއްޓުމަށާ، ބޭރުފާރު ވަށާ 4 ލަންޓަން ބެހެއްޓުމާ، ކޮންމެ އަހަރަކު 'ފަސްހެޔޮރޭ'(4ބޯފޮޅި ދުވަހާއި ރަމްލާނު 29ރޭ) އެ ބަނޑިޔާ ދިއްލުމަށާ، އަހަރަކު އެއްފަހަރު ފާރުގާ ހުދުއުވަލާ، ކޮންމެ ފާތިހާދުވަހަކު އަސުރުނަމާދަށްފަހު 10މީހުން ލަށްވާ ފާތިހާ ކިޔެވުމާއި، ހުކުރުހޯމަ ވިއްލޭރާ 40މީހުން ލަށްވާ ޒިޔާރަތުގާ ޔާސީން ކިޔެވުމާއި، ކޮންމެ ހުކުރުދުވަހަކު ޒިޔާރަތުގެ ދޮރޯށި ހިރަފުސްފޮޅާ ސާފުކުރުމަށާއި، ފަރުދާ، ސަނދުވާ، ޒިޔާރަތުގާ ނަގާ ދިދަ އާއި، ދަވާދުލުމާއި، ވަޑާމުގެ ކަންކަންކުރުމާއި، އެއްޗެތި އާކުރުމުގެ ކަންކަން ބެބަލަހަށްޓަން ޖެހޭނީ ބައިތުލްމާލުން ކަމާއި، އަދި ކޮންމެ އަހަރަކު އެއްފަހަރު ހުދުއުވަލުމުގެ ކަންތަކަށް ބައިކަނޑި އުވައާއި، ޒިޔާރަތުގާ ލާ ދޮންވެލި މާފުށީ މީހުން ގެންނަން ޖެހޭނެ ކަމާއި، މިއެއްޗެތި ގެނެއުމަށް މާފުށީ މީހުންނަށް ދަތުރުކުރުމަށް އޮޑިއެއް އޮންނަންވާނެ ކަމާއި، މިހުރިހާ ކަމެއް، ދުނިޔެއޮތްހާތަ ދުވަހަކު ދެމިހުންނަންޖެހޭނެ ކަމުގާ އަމުރުނެރުއްވުމުން، ފުރަމާލޭ މާކޮށާރު ބަނޑޭރި، ބޮޑުގަލު މޫސާގެ ދަރި އައްނައިބު އަބްދުއްލާ ލިޔެފާވާ ފަތެއް. Size: 18.5" X 10.6"
K.Maafushi - Ghaazee Shrine (Bihuroazukamanaa Miskiiy) - Endowment for Shrine (ziyaaraiy)

Sem título
NAM DOC-MN-F0-70 · Item · 1820
Parte de Documents

1235ހ ޝައްވާލް 16(1820މ ޖުލައި 27)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނުގެ ޝަރީއަތު މަޖިލީހުގާ، އުތީމު ދޮންއަލީ ތަކުރު، އުތީމު އުމަރުކަލޭގެ މަރުވުމުން، އެކަލޭގެ ތަރިކައިން، އޭނާއަށް ވާނެކަމުގާ ދައުވާކޮށް، އެތަކެތި ހޯދާދެއްވުމަށް އެދުމުން، އެއުމަރުކަލޭގެގެ ގޯތީގާ އިންނަ، އުތީމު އައިސާބީ އާއި، އެދޮންއަލީ ތަކުރު، ޝަރީއްޔަތަށް ހާޒިރުކުރަށްވާ، ދެފަރާތުގެ ދައުވާ އެއްސެވުމަށްފަހު، އެތަކުރުގެ ހުރިހާ މުދަލެއް ދޮންއަލީ ތަކުރަށް ކަމާއި، އަދި ގޯތި ވަގުފްކޮށް އައިސާބީއަށް ކަމުގާ، އެދެމީހުން އެއްބަސްވާ، އެޔަށްފަހު، އެ ތަރިކަޔާމެދު އެއްވެސް ދައުވާއެއް ނުކުރެވޭނެ ކަމުގާ ނިއާކުރެއްވުމުން، ނައިބު ބޭކަލުންނާއި، ދޭވާނީން ފޮނުވާ، ތަކެތި ދޮންއަލީ ތަކުރަށް ހަވާލުކުރުމުން، މިކަންކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް، އެ އައިސާބީ އެދުމުން، ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ ބުނެފާ އެވާ ގޯތި، ތ.އެލާއިން ނަގާ؛ އަލުން ފަތެއް ލިޔެދީފާވާ ކަމުގާ، އޮތް ލިޔުމެއް.
(Size: 10.1" X 8")Chief Justices - Al Ghaazee Ibrahim Sirajuddin
K.Male' - G.Irujehige - (Housing Plot) - Deed for housing plot/Endowment for property

Sem título