Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-N-14 · Item · 1907
Part of Documents

1325ހ ރަމްލޯނު 23(1907މ އޮކްޓޯބަރު 31)ގާ، ކޮޅުނބުގާ ހުންނަވާ، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ، މާލޭ ބޮޑު ބަނޑޭރިގެޔަށް،'ސަވައިދީން' ކިޔާ ބޯޓުން 50 ބަސްތާ 'އަހުގެ'؟އަހުންގެ؟ ކާއެއްޗެތި ފޮނުވި ވާހަކަޔާ، ޝްރީލަންކާ ސަރުކާރުން، ހަސަން ދީދީގެ ދެބެންގެ ހަށިގަނޑުގާވާ ފާހަގަތަށް ބޭނުންވާތީ އެދެބެންގެ ފޮޓޯ ފޮނުވަން އެދުނު ކަމާ، އެ ފޮޓޯ ނުލިބުނަސް، އެސަފީރަށް އިނގިވަޑައިގަންނަވާ، ފާހަގަތައް ލިޔެފާ ފޮނުވާނެކަމާއި، ދެން އަންނަ ބޯޓަކުން އިތުރު ހަބަރު ފޮނުވާނެކަމުގަޔާ، ލިޔެފާވާ ސިޓީއެއް.A letter sent to Malé Bodu ba'ndeyrige from Sri Lanka declaring a shipment of fifty sacks of horse feed. It also includes a request for photographs. (Size: 10.45" x 8.2")
Sri Lanka - Maldivian Embassy - letter(Official)

National Archives of Maldives
NAM DOC-MN-N-13 · Item · 1923
Part of Documents

1923މ ޖުލައި 17(1341ހ ޒުލްހައްޖު 3)ގާ، ޝްރީލަންކާގެ ކޮޅުނބުގެ ކޮލޯނިއަލް ސެކެޓްރީގެ އޮފީހުން، އެ އޮފީހުގެ ސެކެޓްރީ(ނަމެއްނެތް)، 1923މ މޭ 7(1341ހ ރަމްލޯނު 20)ގާ ރާއްޖެޔަށް ޒިޔާރަތްކުރި 'އިންވެސްޓިގޭޓާ' ކިޔާ އިނޑިޔާ މަނަވަރެއް('ރޯޔަލް އިންޑިޔަން މެރައިން ޝިޕް') ދިވެހިރާއްޖޭގާ ހިންގަމުންދިޔަ، ސައިންސީ ހޯދުންތަކަކާ ބެހޭގޮތުން، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ، އޭޕްރިލް 17ގާ ފޮނުވާފާވާ ސިޓީ، ކަމާބެހޭ ފަރާތަށް ފޮނުވިކަމާއި، އޭގެ ޖަވާބު ލިބުނު ކަމާއި، އެޖަވާބުގާ އެދިފާވަނީ؛ އެ އުޅަނދު މާލޭގާ އޮތްއިރު ރަދުންނަށް ޒިޔާރަތެއް ނުކުރެވުނީ، އެއުޅަނދުގެ ކޮމާންޑަރަށް އެކަން އެގޮތަށް ކުރަން އޯޑަރެއް ކޮންމެވެސް އޮޅުމަކާ ހެދި، ނެތުމުން ކަމާއި، އޭގެ ފަހުން އެކަހަލަ ކަމެއް ވިޔަނުދިނުމަށް، އެފަދަ އޯޑަރުދީފާ ބާއްވާނެ ކަމާއި، އަދި ގޮނޑުދޮށުގާ ޖަހާފާވާ ފާހަގަތަކަކީ، އެ އުޅަނދު، ސަލާމަތްތެރި ކަމާއެކު ދުއްވޭނޭގޮތް ހެދުމަށްޓަކާ ޖެހި އެއްޗެތި ކަމާއި، އެ ދެކަންތައް، ރާއްޖޭގެ ރަދުންނަށް އަންގާދިނުމަށް އެދި، އެސަފީރަށް، ލިޔެފާވާ ސިޓީއެއް.A letter sent to to the king explaining that the intention of a ship entering Maldivian waters is conducting scientififc research, conveying apologies that they did pay a customary visit to court upon arrival in the Maldives, due to a miscommunication on protocol. (Size: 13" x 7.9")Sri Lanka - Office of the Colonial Secretary - letter(Official)

National Archives of Maldives
NAM DOC-MN-N-12 · Item · 1908
Part of Documents

1908މ ޖުލައި 11(1326ހ ޖުމާދިލް އާހިރު 12)ގާ، ޝްރީލަންކާގެ ކޮޅުނބުގެ، 'ކޭ.ސީ ޕެރޭރާ އެންޑް ބްރޯޒް'، ކިޔާ ލަކުޑީގެ ވިޔަފާރީގެ ކުންފުންޏަކުން، މަތީގާ އަބްދުލް ހަމީދުގެ ނަން ލިޔެ، 'ފައިސާ ލިބިއްޖެ' ޖަހާ، ޝްރީލަންކާގެ 5 ލާރީގެ އިސްޓޭމްޕެއް ޖަހާފާވާ، 'އިންވޮއިސް'އެއް.(Size: 10.4" x 8.2")
Sri Lanka - Maldivian Embassy - Account

National Archives of Maldives
NAM DOC-MN-N-11 · Item · 1908
Part of Documents

1908މ ޑިސެންބަރު 31(1326ހ ޒުލްހައްޖު 7)ގާ، ޝްރީލަންކާއިން، ކޮޅުބުގާ ހުންނަ ދިވެހި ސަރުކާރުގެ ސަފީރު، އަބްދުލް ހަމީދު ދީދީގެ ނަމުގާ(ޗާޕްކޮށްފާވާ އިނގިރޭސި 'ލެޓާހެޑް' އެއްގާ) 'ތިރިނާކޮޅުން ގެންދާ ދާގީނާގެ ހިސާބު'، މިހެންޖަހާ،ފޮނުވި ތަކެއްޗާއި، ނިސްބަތްވާ އަގު ޖަހާ، ލިސްޓުކޮށް، އެސަފީރު ސޮއިކޮށް، ފޮނުވާފާވާ ކަރުދާހެއް.
(Size: 3.45" x 8.45")
Sri Lanka - Maldivian Embassy - list(Package)

National Archives of Maldives
NAM DOC-MN-N-10 · Item · 1938
Part of Documents

1357ހ ރަބީލްއާހިރު 3(1938މ ޖޫނު 2)ގާ، ވަޒީރުންގެ މަޖިލީހުން، ދިވެހި ދައުލަތުގެ މުޝްތަސާރުލް އައުޒަމް އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުން އަށް؛ ރާއްޖޭގެ ރަދުންނަށް ކޮލިލުމަށް އެއަހަރުގެ ޖުމާދިލްއާހިރުގެ 22 ނުވަތަ 23(އޯގަސްޓް 19 ނުވަތަ 20)ވާނޭ ބުރާސްފަތި ދުވަސް ކަނޑައަޅައިފި ކަމުގާ އޭނާޔަށް އެންގިފާ ވާނެކަމާއި، އަދި މާލެވަޑައިގެން، އެ މުނާސަބަތުގާ ބައިވެރިވެވަޑައިގަތުމަށް އެދި، ވަޒީރުން މަޖިލީހުގެ ރައީސް(ނަމެއްނެތް)، ސޮއިކޮށް ފޮނުއްވާފާވާ ސިޓީއެއް.Royal invitation letter for a coronation ceremony (Size: 12.9" x 8")
K - Male' - People's Majlis (Parliament) - letter(Coronation)

National Archives of Maldives
NAM DOC-MN-N-9 · Item · -
Part of Documents

(ތާރީހެއްނެތް) 'މެގްނިފިޝަންޓް ކޮންސުމޭޝަން' ކިޔާ، އެމެރިކާގެ އެރިޒޯނާގެ ޖަމާއަތަކުން، ކާމަން ވޭނު ޕޮލެން، ނަމަކަށް ކިޔާމީހަކު، ދުނިޔޭގެ އެތަންމިތަނަށް، (އިނގިރޭސިބަހުން ލިޔެ)ފޮނުވާފާވާ ނަސޯރާ ދީނާ ބެހޭ، ސިލްސިލާ ސިޓީތަކެއްގެ ތެރެއިން، ސިލްސިލާ ނަންބަރު 5ކަށް ހަވާލާދީ، ލިޔެފާވާ، ސިލްސިލާ، ނަންބަރު 6ގެ ސިޓީ. Letter on the propagation of Christianity (Size: 11" x 8.5")
America - letter(Religious)

National Archives of Maldives
NAM DOC-MN-N-8 · Item · 1962
Part of Documents

1962މ(1382ހ)ގާ،'ވުޒާރަތުލް އައުގާފްގާ ހުރި ވަގުފް އާއިބެހޭ ކަންތައްތައް ނިމުނުގޮތް 1962މ'، މިހެން ޖަހާ އަދި، ފުރަތަމަ ގަނޑުގާ، ވަގުފާއި ބެހޭ މައްސަލަ ނިންމި ކޮމިޓީގެ މެންބަރުންގެ ނަންތައް، ސޯދް ސީނު އަލްފާލިލް އިބްރާހީމް ނާސިރު(ވުޒާރަތުލް އައުޒމް)، އައްޝެއިހު މުހައްމަދު ޖަމީލް(އުއްތަމަ ފަނޑިޔާރު)، ސޯދް ސީނު އަލްފާލިލް އިބްރާހީމް ރަޝީދު(ވަޒީރުލް ދާހިލިއްޔާ)، ސޯދް ސީނު އަލްއުސްތާޒް އިބްރާހީމް ޝިހާބް(ބަންޑާރަ ނައިބު)، އަލްއުސްތާޒް އަދްނާނު ހުސެއިން(ބަންޑާރަނައިބުގެ ނައިބު)، އަލްއުސްތާޒް ނ.ތ ހަސަން ދީދީ(ވަޒީރުލް އައުޒަމްގެ ހާއްސަ ވަކީލު)، އަލްފާލިލް އިބްރާހީމް ޒިކީ(ވަޒީރުލް އައްޒަމްގެ ހާއްސަ ވަކީލު) ޖަހާ، ކޮމިޓީގެ ޖަލްސާތައް ފެށުނީ 1962މ މާޗް 19(1381ހ ޝައްވާލް 12) އަދި ނިމުނީ 1962މ ޖުލައި 13(1382ހ ސަފަރު 11)ގާ ކަމުގަޔާ، އަދި މުޅިއަކު ބޭއްވުނީ 15 ޖަލްސާ ކަމުގާ ލިޔެ، އަދި، {'ރާއްޖެތެރެ މަހްކަމަތުލް ޝަރީއްޔާއަށް (މީހުންގެ ތަކެތި)، ރާއްޖެތެރެ ވަޒީރުލް އައުޒަމްގެ އޮފީހަށް (ވަގުފްއަށް ނުވާ)، ރާއްޖެތެރެ ވުޒާރަތުލް މާލިއްޔާއަށް(ވަގުފްއަށް ނުވާ)،ރާއްޖެތެރެ ވުޒާރަތުލް ދާހިލިއްޔާއަށް(ވަގުފްއަށް ނުވާ)، ރާއްޖެތެރެ ސައްހަ ވަގުފް، މާލޭގެ ގޯތި ސައްހަ ވަގުފް، މާލޭގެ ގޯތި އަމިއްލަ، މާލޭގެ ގޯތި ބަންޑާރަ'} މި ބައިބަޔަށް ކަށްޅިކޮށް، އެބައިބައިގެ (Size: 8" X 6.3")
K.Male' - Ministry of Endowment - Report(Endowment)

National Archives of Maldives
NAM DOC-MN-N-7 · Item · -
Part of Documents

(ތާރީހެއް ނެތް) 'މެގްނިފިޝަންޓް ކޮންސުމޭޝަން' ކިޔާ އެމެރިކާގެ އެރިޒޯނާގެ ޖަމާއަތަކުން، ނަސޯރާ ދީނާ ބެހޭ އެކި އެކި ވާހަކަ ލިޔެ، ކާމަން ވޭނު ޕޮލެން، ނަމަކަށް ކިޔާމީހަކު، މޭޖާ ޝާމަން ޓިޓޯވް ކިޔާ، ރަޝިޔާގެ 'ކޮސްމޮނޯޓް'(ސްޕޭސްއަށްދާ މީހުން)އަށް އެޑްރެސްކޮށް ދުނިޔޭގެ އެތަންމިތަނަށް އާންމުކޮށް ފޮނުވަން ލިޔެފާވާ(އިނގިރޭސިބަހުން ލިޔެ) ސިލްސިލާ ސިޓީތަކެއްގެ ތެރެއިން، ސިލްސިލާ ނަންބަރު 4ގެ ސިޓީއެއް. Letter on the propagation of Christianity (Size: 11" x 8.5")
America - letter(Religious)

National Archives of Maldives
NAM DOC-MN-N-6 · Item · 1962
Part of Documents

1962މ އޭޕްރިލް 7(1381ހ ޒުލްގައިދު 2)ގާ، 'މެގްނިފިޝަންޓް ކޮންސުމޭޝަން' ކިޔާ އެމެރިކާގެ އެރިޒޯނާގެ ޖަމާއަތަކުން، ނަސޯރާ ދީނާ ބެހޭ އެކި އެކި ވާހަކަ ލިޔެ، ކާމަން ވޭނު ޕޮލެން، ނަމަކަށް ކިޔާމީހަކު، މޭޖާ ޝާމަން ޓިޓޯވް ކިޔާ، ރަޝިޔާގެ 'ކޮސްމޮނޯޓް'(ސްޕޭސްއަށްދާ މީހުން)އަށް އެޑްރެސްކޮށް ދުނިޔޭގެ އެތަންމިތަނަށް އާންމުކޮށް ފޮނުވަން ލިޔެފާވާ(އިނގިރޭސިބަހުން ލިޔެ) ސިލްސިލާ ސިޓީތަކެއްގެ ތެރެއިން، ސިލްސިލާ ނަންބަރު 5ގެ ސިޓީއެއް. Letter on the propagation of Christianity (Size: 11" x 8.5")
America - Magnificient - letter(Religious)

National Archives of Maldives
NAM DOC-MN-N-5 · Item · 1931
Part of Documents

1350ހ ރަބީލްއާހިރު 29(1931މ ސެޕްޓެންބަރު 13)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުއަށް، އެ ރަދުންގެ ދަރިކަލުން، ހަސަން އިއްޒުއްދީނު މަނިއްޕުޅު، ބޭސްފަރުވާޔަށް ރާއްޖޭންބޭރަށް ފޮނުއްވުމާ ގުޅިގެން، ބޮޑުވަޒީރު އަބްދުލް މަޖީދު ދީދީ، ލިޔުއްވާފާވާ (ތާނަ)ސިޓީ(N-49)ގެ އިނގިރޭސި ތަރުޖަމާ.Notification that Muḥammad Shams al-Dīn Iskandar was abroad for medical reasons (Size: 13" x 8.25")
Sril Lanka - letter(Royal)

National Archives of Maldives