1213ހ ރަމްލޯނު 24(1799މ މާޗް 1)ގާ، އަލްގާޒި މޫސާ މުހިޔިއްދީނު ފަނޑިޔާރުގެ މަޖިލީހުގާ، ހުރާ ދޮންމުހައްމަދުގެ ދަރި ހަސަން ކަލޭގެ، ހެންވޭރު ކެނބުއަޅާމަގުގެ އިރުމަތީ އޮތް އޭނާގެ މައިންބަފައިންގެ ގޯތި ބަހާ، އޭނަޔަށް ވީހާތަނާއި، އަޅާފާހުރި ގެޔާއި، އެތާގާވާހާ ރުއްގަހާއި، ގެންގުޅޭ ގެކަންވާރާއި(ހިފާ ގެންގުޅޭ ސާމާނު)، އެގޯތީގާވާ އެންމެހާ ތަކެތިން، އޭނާގެ މިލްކު ކަނޑާ، ވަގުފްކޮށް، އެ ވަގުފްގެ ހަވާލުވެރިކަން، އޭނާގެ ދަރި އާބަކުރު އަށާއި އެބަކުރުގެ މަންމަ ހައްވާބީ އަށާއި، އެ ހައްވާޔަށް ލިބޭ، ހަސަންގެ ހުރިހާ ދަރިންނަށާއި، އެމީހުންގެ ދަރިކޮޅަށް، ލަށްވައިފި ކަމުގާ ބުނެ، އެކަމުގެ މައްޗަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް.
އަދި ފަތުގެ ނުފުށުގާ: 'ދޮންހުރާގޯތީގެ ވަގުފް ފަތެއްކޮޅު' މިހެން ލިޔެފާވެއެ.
(Size: 13.2" X 9") Chief Justices - Al Ghaazee Moosa Muhyiddin
Endowment for property, Deed for housing plot
1213ހ ޝައުބާން 4(1799މ ޖަނަވަރީ 11)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 6 ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، ހައްދުންމަތީ(ލ.) ފޮނަދޫ ދޮންއަލީ ހިރިހަމާންތި،(ފަތުގާ 1903ހ އެއީ އޮޅުމެކެ.. ރަސްކަމަށް ބަލާފާ)1103ހ(1692މ)ގާ އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު 1 ބިނާކުރެއްވި މިސްކިތް މައްޗައް، އައްސުލްތާނު މުހައްމަދު މުއިއްޒުއްދީނު ދެއްވި ބޯގަ ފަތް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެފަތުގާ، އެމިސްކިތަށް ބޯގައަށް ލަށްވާފާވާ، ހައްދުންމަތީ ފޮނަދޫ ދޮންކަލޯ ހިންނަ، ފަލަނެ ކިޔާ ބިންގަނޑު، ހޮދާޅެލެ ކިޔާ ބިންގަނޑު، މޮހަނު ގޯއްޗޭކިޔާ ބިންގަނޑު އަދި ބުމްބަރުމަގު ކިޔާ ބިންގަނޑުގެ ވަރުވާއިން، 8 ކޮއްޓޭ ބޮއްޔާއި، މި ރަށުމެ މާގަލި ކިޔާ ވަރުވާ ބިންގަނޑާ، ފޮނަދޫ އެ މިސްކިތް ހުރި ބިންގަނޑާ، މިސްކިތުގެ ދެކުނުން އޮތް ހުރަސްމަގާ އިންވެ އޮތް ހުކުރު މިސްކިތުގެ ދެކުނުން އޮތް ދިގުމަގާ އިންވެ އުތުރަށް އޮތް ކުޑަމިސްކިތް ހިންނައިގެ ދެކުނަށް، އެދެމެދު އޮތް ބިންގަނޑާއި މިހުރިހާއެއްޗެކާ، އޭގެ އިތުރުން، ފޮނަދޫ ކުރިގަމު ތުނޑިވެސް އެމިސްކިތަށް ވަގުފް ކޮށްފި ކަމާއި، އަދި އެމިސްކިތުގެ މުދިމަށް ވާރުކޮޑި(ވާރުން އިސްތިސްނާވުން) އޮންނާނެ ކަމުގާ ނިންމަވާ، އެ ފޮނަދޫ އިބްރާހީމްގެ ދަރި ދޮންއަލީ ހިރިހަމާންތިގެ ދަރިކޮޅަށް، އެމިސްކިތުގެ ހަވާލުވެރިކަން ލަށްވާ، އެމަގަށް ފަތެއް ލިއުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރި ކިޔުމުން، ފަތްލިޔާ އަލީ ލިޔެފާވާ ފަތެއް. Size; 21.3" X 15"
L.Fonadhoo - Fonadhoo Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1334ހ ޒުލްގައިދު 27(1916މ ސެޕްޓެންބަރު 25)ގާ، މަހްކަމަތުލް ޝަރީޔާގެ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީހުން؛ އަލްވަޒީރު ހުސެއިން ދޮށިމޭނާ ކިލެގެފާނުގެ ދަރި އައިސާ މަނިކުފާނުގެ ދަރި އައިމިނާ މާވާކިލެގެފާނުގެ ދަރިކޮޅު މީހުން، އެ އައިމިނާ މާވާކިލެގެފާނު ހެއްދެވި މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ މާޅޮސްމަޑުލު އުތުރުބުރި(ރ.) މާމުނަގާ ކިޔާރަށުގާ ހުރި ރުއްގަހާއި، ކެޔޮލާއި، ފަލަމަޑިޔާއި ތެރެއިން، އެ ދަރިކޮޅަށް މިލްކުވެފާވާހާ އެއްޗެއް ވަގުފްކޮށް، ބޮޑުފުށީ ހޮޅިމުހައްމާގެ ކާފަދަރި، ހުސެއިން ތަކުރުގެ ދަރިކޮޅަށް، އެވަގުފްގެ ހަވާލުވެރިކަން ލަށްވާ، ލިޔާ އަލީ މާމުދިންތަކުރުފާނު ހެކިވެ، 1123ހ ރަޖަބް 1(1711މ އޯގަސްޓް 16)ގާ ލިއުނު ފަތް ބާވެގެން، އެފަތުގެ މައްޗަށް،އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ލިޔެދެއްވި ފަތްވެސް ބާވެއްޖެ ކަމުގާ ބުނެ، އެފަތް އާކޮށްދެއްވަން އެދުމުން؛ އެފަތުގާވާ މަގަށް، އެމަހްކަމާއިން، ލިޔެދީފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
1971މ ނޮވެންބަރު 24(1391ހ ޝައްވާލް 6)ގާ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕްރޮޕަޓީ އެންޑް އޯނަޝިޕް ޑިވިޝަން އިން، މަތިގާ ބުނެވިފާވާ ވަގުފް އަކީ ސައްހަ ވގުފެއް ނޫންކަމުގަޔާ، އަދި މިފަތް އުވާލުމަށް ހުކުމްކޮށްފާވާ ކަމުގާ ލިޔެ، އެ ޑިވިޝަންގެ ގާޒީގެ ނައިބު، އަހުމަދު ރަޝީދު ސޮއިކޮށްފާވާ ލިޔުމެއް.
(Size: 19" X 9.5") Chief Justices - Al Naaibu Hussain Salahuddin
Mosque built by Aiminaa Maavaa Kilege - Endowment for Mosque
1140ހ ޖުމާދިލްއައްވަލް(1727މ ޑިސެންބަރު)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު ރަދުންގެ ދަރުބާރުން، ހަންދުންމަތީ ގަމު .... ހުސެއިން(ވީދިފާވާތީ ކިޔަންނޭގެ) އެ ދަރުބާރަށް ގޮސް، އެރަށުގާ، ރަދުންނާއި ރަންދިޔާފާނު(ރަދުންގެ ދަރިކަނބަލުން) ވިދާޅުވި ބަސްފުޅަށް، މިސްކިތެއް އަޅައިފީމޭ ބުނެ، އެމިސްކިތަށް ބޯގައެއް ލަށްވާދެއްވުމަށް އެދުމުން، އެމިސްކިތުގެ އުތުރުން އޮތް 'ކީރިއަފައްނާ'އި އިންވެގެން ދެކުނުން އޮތް 'ކަބޯގެފައްނާ'އި އިންވެގެން، އެދެތާނގެ މެދުގާ އޮތް މާހިންނަ އާއި، ރަދުންނާ، ރަދުންގެ އެއްބަނޑު ހަތީބު މޫސާ، (ކިޔަންނޭގޭ.....)އާއި، ތިން މީހުންނަށް؟؟؟ މިލްކުވެފާވާ ހުރިހާ ރުއްގަސް އަދި ދަނޑުފަގުގެ، ގޮއިފާލައްބަ ކަނޑާ، އެ މިސްކިތަސް ބޯގަޔަށް ލަށްވާ، އެ މިސްކިތުގެ މުދިމަކަށް ވާރު އިސްތިސްނާ ވެގެންވާނެ ކަމާ، އަދި އޭނާޔާ ނުލާ، އެރަށުގާ އެއްވެސް ޖަމާއަތެއް ނުކުރެވޭނޭ ކަމާއި، އަދި އެރަށު ބަންޑާރަ މުދިމުންނަށް އޮންނަ ކޮންމެ ކަމެއް އޭނާޔަށް އޮންނަންވާނެ ކަމާއި. (ފަތުގެ ފަހަތްކޮޅު ކިޔަން ނޭނގެ....ވަގުފްގެ ހަވާލުވެރިން އެއީ ކޮންބަޔެއް ކަމެއްވެސް ނޭނގެ).....މިކަންކަން ލިޔެފާވާ ފަތެއް. Size; 13" X 12.5"
L.Gan - Gan Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1062ހ ޖުމާދިލްއައްވަލް 10(1652މ އޭޕްރިލް 19)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 4ވަނަ އަހަރު، އެރަދުންގެ ދަރުބާރުން، ދޮންއަލީ އޮޅުގިނާގެ ދަރި ހަސަން މޭނާ ކަލޯއަށް، ކަދީދާ ބިބީގެ ބަޑަށް ލިބިފާވާ، އަލީ ފަޑިއަތް ކަލޯ، އޭނާގެ ބައްޕަ އާއި މަންމައާއި، އައްސުލްތާނު މުހައްމަދު ބޮޑުތަކުރުފާނާ، އައްސުލްތާނު އިބްރާހީމް ފާށަނާކިލެގެފާނާ، އޭނާގެ ކާފާ ދޮންއަލީ އޮޅުގިނާ ކަލޯ އާއި އޭނާގެ އަނބިމީހާ އާއި، އޭނާ އާއި، މި މީސްމީހުން ނަރަކައިން ސަލާމަތްކުރެއްވާ ސުވަރުގެ ދެއްވުމަށް އެދި، ހެންވޭރު ވެވުގެ ދެކުނުން މިސްކިތެއް އަޅާ، އެމީހުންގެ މަތިފުށުގެ ތަކެތި އެ މިސްކިތައް ލަށްވާދެއްވުމަށް އެދުމުން، އެއާއިލާޔަށް މިލްކުވެފާވާ، މާލޭގެ އިރުމަތީގާ ވާ ހަދި ހަސަންރަސްގެ ކިޔާ ހިންނައާއި އިންވެ ދެކުނުން ދާވޫދުރަސްގެ މިސްކިތާ އިންވެ ހުޅަނގުން ކޮލިހިނގާ މަގާ އިންވެ އުތުރުން ވެއުފަތާ އިންވެ އޮތް ހިޔަ(96)ބަމަ ހުރި ހިންނަ ބިންގަޑާ، އެ ބިމުގާ ވާހާ އެއްޗަކާ، އަދި އެހިންނައިން ބޭރުގާ ހުރި، ހަސަން މޭނާ ކަލޯގެ މިލްކުގާ ވާހާ ރުކަކާ، މާލެއަތޮޅު ގާދޫއޭ ކިޔާ ރަށްގަނޑާ، ވިލިނގިލިގާވާ، އަލީ ފަޑިއަތް ކަލޯގެ މިލްކުގާވާހާ ރުކަކާ، ކުޑަބަނޑޮސްއާއި، މާހިތާ؟؟ ފުށްޓާއި، މިލަދުންމަޑުލު(ނ.) މާފުނަފަރުއާ، މުލަކުއަތޮޅު(މ.) މެދުފުއްށިއާ، ނިލަންދެއަތޮޅު(ދ.) ދެބައިދޫ އާއި، މާލެއަތޮޅު އޮޅުވެއްޔާ، (ދ.)ކުޑަހުވަދޫގާ ވާހާ، ހަސަން މޭނާ ކަލޯގެ މިލްކު ރުކާއި، އެ ހުރިހާ ރަށްރަށުގެ ގޮއިފާލައްބަ އާއި، އެތަންތާގާ ހުރި ހުރިހާ ކޭލާ ފަލަމަޑިއާ މިއެންމެހާ ތަކެތީން އެ މިސްކިތުގެ ހުރިހާ ކަމެއް ބެލެހެއްޓުމާ، މަރާމާތްކުރުމާ، ބަންގި ސޮލަވާތް ކިޔުމާ، އަދި ކޮންމެ ރަބީލްއައްވަލް މަހެއްގެ ފުރަތަމަ ހުކުރުދުވަހު ސޮލަވާތު ކެއިމެއް މިސްކިތުގަ ބެހެއްޓުމާ، އިސްވެ ބުނެވިފާވާ ހުރިހަ ބޭބޭފުޅުންނަށް ކޮންމެ އަހަރަކު، 3 ކެއިން ކައްކާގެން އެމިސްކިތުގާ، އަދި މިސްކިތުގަ ނުކުރެވިއްޖެއްޔާ، ކުރެވުނު ތަނަކު، ފާތިހަ ކިޔެވުމަށާ، އެއެންމެ ކަންކަން ޝަރުތުކޮށް، އެތަނުގެ ހަވާލުވެރިން ކަމުގާވާ ހަސަން މޭނާކަލޯގެ ދަރިކޮޅަށް، އެކަންކަން ކޮށްފާ ބާކީހުރި އެއްޗެތި ލަށްވާ، މިއެންމެ ކަންކަން ބަޔާންކޮށް ފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ފަޑިއަތް ތަކުރު ކިއުމުން، މަހްމޫދު ނައިބު އަޅާ، ދިވެސްއަކުރުން ލިޔުނު ފަތުގެ، 1324ހ ޒުލްގައިދު 26(1907މ ޖަނަވަރީ 11)ގާ ކޮށްފާވާ ތާނަ ތަރުޖަމާއެއް.
ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ހެންވޭރު ބޮޑުގަލު މިސްކިތް' އަދި 'ހެންވޭރު ބޮޑުކާށި މިސްކިތު ބޯގަ ފަތުގެ ނަކަލެއް' މިހެން ޖަހާފާ ވެއެ. ބޮޑުގަލު މިސްކިތް އެއީ އޮޅުމެއް.
Size: 16.5" X 13.1"
K.Male' - H.Bodukaashi Miskiiy (Mosque) - Endowment for Shrine (ziyaaraiy)
1957މ ސެޕްޓެންބަރު 10(1377ހ ސަފަރު 15)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އެމެރިކާގެ ވޮޝިންޓަން ޑީސީގެ 'ބްރަޔަން ހެންޑަރޝޮޓް އެންޑް ސަން' ކުންފުނިން، އެމީހުންނަކީ މާލީ އަދި ވިޔަފާރީގެ ކަންކަމުގާ ބޭރުގައުމުތަކަށް އެހީ ފޯރުކޮށްދޭ ބަޔެއްކަމުގާ ތައާރަފްވެ އަދި އެކަހަލަ އެހީއެއް ބޭނުންވޭތޯ އަހާ، ފޮނުވާފާވާ ސިޓީއެއް. Letter sent by Bryan Hendershott to Sultan Mohamed Fareed Didi on September 10, 1975; it states Bryan Hendershott & Son, Inc offer their services as a government and public relations counselor (Size: 13.95" X 8.5")
America - letter (Foriegn)
(ތާރީހެއް އިނގޭކަށް ނެތް) ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'މާޅޮސްމަޑުލު ދަރަވަންދޫ' ޖަހާފާވާ، ދިވެސްއަކުރު ފަތެއް. Size: 18.2" X 14"
B.Dharavandhoo - Mosque built by Miriyabeykan'bulo - Endowment for Shrine (ziyaaraiy)
(ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ދިޔަމިގިލި' ޖަހާފަވާ ދިވެސްއަކުރު ފަތެއް. Document written in Dhives Akuru with four seals on the front and the word 'Loakurendhoo' written in Thaana on the back, added in later times (Size; 21.5" X 12.2")
Th.Dhiyamin'gili
(ތާރީހެއް އިނގޭކަށް ނެތް) 4 ސިއްކަ ޖަހާފާވާ، ފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ލޯކުރެންދޫ' ޖަހާފާވާ، ދިވެސްއަކުރު ފަތެއް. Size; 14.9" X 13.4"
Lh.Kurendhooi
1224ހ ޖުމާދިލްއާހިރު(1809މ ޖުލައި)ގާ، އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނުގެ ދަރި އައްސުލްތާނު ހާޖީ ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރި އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރުގެ ރަސްކަމުގެ 11ވަނައަހަރު، އެރަދުންގެ ދަރުބާރަށް، ނިލަންދެ އަތޮޅު ނިލަންދޫ މީހުން، އައްސުލްތާނު މުހައްމަދު މަހާރަދުން، އެރަށުގާ މިސްކިތެއް ބިނާކުރަށްވާ، ނިލަންދޫ ފާލައްބަ އާއި، އެ އަތޮޅު ފާންދޫއާއި، ކަޑުފުއްޓާއި، އަރިއަދެއަތޮޅު(އަރިއަތޮޅު) މާފަރާއި، ތިލަދުންމަތި މާރަންދޫގާ އޮތް 200ބަމަ ހުރި ވައިފަލެ ކިޔާ ބިންގަނޑު، އެމިސްކިތުގެ ބޯގަޔަށް ލަށްވާފާވާ ފަތް ހިފައިގެން ގޮސް، އެރަށުގާ އެހެނިހެން ވަގުފްތައް އުފެދި އަދި ފަތްވެސް ލިއެވި ވުމާއެކު، އެމިސްކިތުގެ ބޯގަޔަށް ވީތަކެތި ވަނީ، ގެއްލި މަދުވެގެން ގޮސްފާ ކަމުގާ ބުނެ، އެކަމަށް ހަށްލެއް ހޯދާދެއްވުމަށް އެދުމުން، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުންގެ މަޖިލީހުން އެމީހުން ގެނައި ފަތް ބައްލަވާ، އެފަތް ސައްހަ ކަމުގާ ނިޔާކުރަށްވުމުން، ރަދުން އެއަމުރު އިއްވެވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު އަލްހާއްޖަ މޫސާ ހަނދޭގިރި ކިޔުމުން، ފަތްލިޔާ އިބްރާހީމް މާބަނޑޭރި، ދިވެސްއަކުރުން ލިޔެފާވާ ފަތުގެ(F0-104)ގެ، 1378ހ ޝައުބާން 24(1959 މާޗް 5)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 7.9"
F.Nilandhoo - Nilandhoo Miskiiy (Mosque)) - Endowment for Shrine (ziyaaraiy) e