Affichage de 867 résultats

Description archivistique
865 résultats avec objets numériques Afficher les résultats avec des objets numériques
NAM DOC-MN-F0-103T · Pièce · 1666
Fait partie de Documents

1077ހ(1667މ)ގާ، (ރަދުންގެ ނަމެއް ނެތް، ތާރީހަށް ބަލާފާ)އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 19ވަނަ އަހަރު، އައްޑު އަތޮޅު ހިތަދޫ އަށް ވަޑައިގަތުމުން، އެރަށު މީހުން، މިސްކިތަކަށް އެދުމުން، އެތަނުގެ މާމިސްކިތް އަލުން އަޅުއްވާ، އެރަދުންގެ ބައްޕަގެ ދަރުބާރަށް، ރަންދިޔާފާނަށް(ރަދުނެއްގެ ފުރަތަމަ ލިބޭ އަންހެން ދަރިކަނބަލުން) މުދި(ގަހަނާ) ގެންދިޔަ، އައްޑޫ މީދޫ ވަތަބަނޑޭރިގެ ދަރި އަދަރަހަން ދިއުމުން، އެރަށު މީހުންނަށް ލެއްވި، ހިތަދޫ ކޮރުވެލެ ކިޔާތަން، އެމިސްކިތު ބޯގައަށް ލަށްވާ، އެ އަދަރަހަން އާއި އޭނާގެ ދެ ދަރިންނާއި، އެމީހުންގެ އެއްބަނޑު މޫސާ ކުޑަބަނޑޭރިއާ، ދަލޭކައާ، މިފަސް މީހުންނަށާއި އެމީހުންގެ ދަރިކޮޅަށް، އެތަނުގެ ހަވާލުވެރިކަން ލަށްވާ، އެ ރަދުންނާއި، އެރަދުންގެ ބައްޕާފުޅާއި، މަންމާފުޅަށް ކޮންމެ ރަބީލްއައްވަލް މަހު 4 ދުވަހު، ފަސް މީހުން ލަށްވާ ބާރަ ދުއާ ކިއުމަށް ޝަރުތުކުރަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ބަނޑޭރި ހުސެއިން ހަނދޭގިރި ކިޔުމުން އަލީ މާމުދިން ދިވެސްއަކުރުން ލިއެފާވާ ފަތުގެ(F0-103)ގެ، 1378ހ ޒުލްގައިދު 11(1959މ މޭ 19)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 7.9"
S.Hithadhoo - Maa Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sans titre
NAM DOC-MN-F0-109 · Pièce · 1760
Fait partie de Documents

1208ހ ޖުމާދިލްއާހިރު 17(1760މ ޖުލައި 7)ގާ، އައްސުލްތާނު ހަސަން އިއްޒުއްދީނު ގެދަރި އައްސުލްތާނު ހަސަން ނޫރައްދީނު ދަރުބާރަށް؛ މާންދޫ ބޮޑު ބަނޑޭރިތަކުރުފާނު ގެދަރި ކުޑަބަނޑޭރި ތަކުރުފާނުގެ ދަރި މަރިޔަމް މަނިކެގެ ދަރި އަލިމަނިކު ހާޒިރުވެ ހުރެ؛ އޭނާޔަށް ވާރުތަވެ މިލްކުވެފާވާ، ރައްދެބައިމަގުގެ ފަކުސަމަ(ހުޅަނގު) ފަރާތުގާ އޮތް މާންދޫ ގޯއްޗާއި އެ ގޯއްޗާ އިންވެ 'ނޮރިންމަކަނު'(ދެކުނުހުޅަނގު)ކަނުގާ އޮތް، ފަށަވާޅު ކޮށްޓާ، މިދެގޯތި ވަށާ އޮންނަ 119ބަމަ ހިންނަ ބިމާއި ތަކެއްޗާ، އެގޯތީގެ އުތުރުން އިންވެގެން، ބިހުރޯޒު މިސްކިތުގެ ދެކުނުން އޮތް 54ބަމަ ހިންނަ ބިމާއި، މިބިމުގެ މައްޗަށް އޮތްހާ ތަކެއްޗާއި، މާންދޫގޯތި (ދަކުސަނަ)ދެކުނުން އޮތް ކޮލިހިނގާ މަގާ އިންވެގެން، ވަށާ 48ބަމަ އޮތް ހިންނަބިމާއި، މިތަނަށް އޮތްހާ ތަކެއްޗާއި، އެ ގޯއްޗާ އިންވެ ހުޅަނގު އޮތް ކަދުކޮށްޓާއި ޖެހިގެން އިންވެ ފޫރުއްބަ(އިރުމަތިން)އިގާ އޮތް ބަންޑާރަ ބިމާއި އިންވެގެން އިރުމަތިން އޮތް، ބަންޑާރަ ބިމާއި، ދޮށުންގެ ބިމާއި މިދެބިމާއި އިންވެ، އުތުރަށް އޮތް ކަލާފާނު މިސްކިތު ބިމާއި، ފާމުލަދޭރި ކިލެގެފާނު މިސްކިތު ބިމާއި، މިދެބިމާއި އިންވެ ދެމެދުގާ އޮތް، ފަށަވާޅުކޮށިން ބޮޑު ބަންޑާރައިންގެ ބިމަށް 61ބަމަ ލައި، ވަށަމިނުގާ 193ބަމަ ހުރި މާންދޫގޭ ބިމާއި، އެބިމުގާވާހާ ތަކެއްޗާއި، އަލީމަނުކުގެ މިލްކުން ކަނޑާ، އައްސުލްތާނު ހަސަން ނޫރައްދީނަށާއި، އެރަދުންގެ މައިކަމަނާ އައިމިނާ މަނިކުފާނަށާއި، ބައްޕަ އައްސުލްތާނު އަލްގާޒީ ހަސަން އިއްޒުއްދީނަށާއި މިތިން ބަފައިންނަށް، ވަގުފްކޮށް، ހަވާލުވެރިކަން އެ ރަދުންގެ ދަރިފަސްކޮޅަށް ލަށްވާ، ފަތެއްލިޔުމަށް އަމުރުކުރެއްވުމުން، ވިދާޅުވެ އަމުރުކުރެއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލްކަބީރު މުހައްމަދު ހަނދޭގިރި ކިޔުމުން، ފުރަމާލޭ ހުސެއިން ލިޔެފާވާ ފަތެއް. (މިއީ F0-85 ފަތުގެ ފުރަތަމަ 4/3ގާވާ ލިޔުން އޮތް، ވަކިފަތެއް.) Size; 25.4" x 11.3"
K.Male' - Maandhoo Goathi (Housing Plot) -Deed for housing plot

Sans titre
NAM DOC-MN-F1-4 · Pièce · 1957
Fait partie de Documents

1957މ ޑިސެންބަރު 1(1377ހ ޖުމާދިލްއައްވަލް 9)ގާ، ބެލްޖިއަމްގެ 'ހާރމަން ވިލިއަމް ކަރެލް' ކިޔާ ފަރަންސޭސި މީހަކު، ފޮނުވާފާވާ ސިޓީއެއް. Letter sent by Hereman William Carrell, December 1, 1957 (Size: 13" X 8.1")
Belgium - letter (Foriegn)

Sans titre
NAM DOC-MN-F0-112 · Pièce · 1. 1930
Fait partie de Documents

1349ހ ޖުމާދިލްއާހިރު 16(1930މ ސެޕްޓެންބަރު 10)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ރަސްކަމުގެ 29ވަނަ އަހަރު؛ އަރިއަތޮޅު ހަންޏާމީދޫގާ ފަސްތާނުލެވިފާވާ، އައްސުލްތާނު އަލްގާޒީ މުހައްމަދު އުތީމީ(މުހައްމަދު ތަކުރާފާނު)ގެ ދަރި، އައްސުލްތާނު އިބްރާހީމް(ކަލާފާނު)ގެ ޒިޔާރަތާއި، އެ ޒިޔާރަތްހުރި މިސްކިތް ބާވެ ހަލާކުވަމުން ދާތީ، އެތަންތަނުގެ ބޯގަތައް ބެލުމަށްޓަކާ، ކުރީގެ ރަސްކަލުން ދެއްވާފާވާ ފަތްތައް ބެއްލެވިއިރު، އޭގާހުރި ބޯގަތަކަކީ، އަރިޔަދުއަތޮޅު(އަރިއަތޮޅު-އދ.) ދިއްދޫއާ، ރ.ކަނޑޫގަނޑުއާ، ކޮޅުމަޑުލު(ތ.) މާލިފުށިއާ، ހަންޏާމީދޫ ފާލަށްބަ ބިމުގާވާހާ ތަކެއްޗަކާ، އަރިއަތޮޅު(އދ.) މަންދޫ 30ބަމަ ހުރި ހިންނައަކާއި، އަރިއަތޮޅު ބުޅަލަފުށި(ބުޅާޅޮހި؟) އާއި ހިޔަފުށި ކަމުގައާ، އެ ބޯގައަކީ، އެ ޒިޔާރަތާ، އެޒިޔާރަތް ހުރި މިސްކިތާ އަދި އަރިއަތޮޅު(އދ.)މަހިބަދޫގާ ހުރި، އަލްގާޒީ ހަސަން ރަންނަބަނޑޭރިކިލެގެފާނު(ހަސަންތަކުރުފާނު)ގެ ދަރި ތުއްކަމަނާގެ ޒިޔާރަތާއި އެ 3ތަނުގެ ބޯގަ ކަމާ، މިބޯގައިގެ ހަވާލުވެރިކަން ކުރީގެ ރަދުންރަދުން ދެއްވާފާވަނީ، ހަންޏާމީދޫ އަލީ މުކުރިކަލޯގެ ފިރިހެން ދަރިކޮޅަށް ކަމުގަޔާ، އެކަމަކު އޭރު، އެދަރިކޮޅުގެ އޮޅުންނުފިލާތީ، އެކަން ބެއްލެވިއިރު، އެދަރިކޮޅުގެ މީހުންކަމަށް ބެލެވޭ މީހުންވެސް އޭރު އުޅެނީ އެހެން ރަށްރަށުގާ ކަމުން، އެ ހަވާލުވެރިކަން، ހަންޏާމީދޫގެ ރައްޔިތުންނަށް ލަށްވާ، އެ ދެޒިޔާރަތުގާ، އެދެބޭފުޅުންގެ އަހަރުމަތިފުޅު(ފާތިހާދުވަހު) ކިޔަވާ، ކޮންމެ ފަސްހެޔޮދުވަހުކު(4 ބޯފޮޅި ދުވަސް) ޔާސީން ކިޔަވާ، ކޮންމެ ހުކުރުވިއްލޭރެޔަކު ފާތިހާ ކިޔަވާ، އެއިރަކު ހުންނެވި ރަދުނަކު، އެޒިޔާރަތުގެ ހާދިމުން އިސްކުރަށްވާ، އެމީސްމީހުން އެކަންތައްތައް ކުރަންވާނެ ކަމުގަޔާ، އެޒިޔާރަތަށް ހުންނަ ދަނޑި މަހާއި(މަސްދޯނިފަހަރު ވަކިވަރަކަށް މަސްބޭނުމުން ގަނޑުވަރަށް ގެންދާ މަސް)، ނަދުރަށް ގެންދެވޭ ތަކެތީގެ 3/1 އެ ދެ ޒިޔާރަތުގެ ހާދިމުންނަށް، އެއްބައި އެރަށު(ހަންޏާމީދޫ) ރައްޔިތުންނަށް، ދެންއޮތްބައި އެރަށުގެ ފަގީރުންނަށް އޮންނަން ޖެހޭނެ ކަމުގަޔާ، އެ ދެ ޒިޔާރަތުގެ ކަންކަމަށް ގޮވާލައިފި ހިނދަކު، ރައްޔިތުން އެކަމަށް އިޖާބަދޭން ޖެހޭނެކަމާއި، އެކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، ހުރާ ހަސަން ގެދަރި، ފަތްލިޔާ މޫސާ މަލިން ލިއެފާވާ ފަތެއް. (މިއީ F0-110ގެ ނަކަލެއް) Size: 17.2" X 10"
1.A.Hangnyaameedhoo, 2.A.Hangnyaameedhoo, 3.A.Mahibadhoo - 1.Kalaafaanu Shrine, 2.Kalaafaanu Miskiiy (Mosque), 3. Thuhkamanaa Shrine - 1,2,3. Endowment for Shrine (ziyaaraiy)

Sans titre
NAM DOC-MN-F10-42 · Pièce · 1933
Fait partie de Documents

1352ހ ޝައުބާން 16(1933މ ޑިސެންބަރު 4)ގާ، 'ބޮއިދޮންތުއްތު އަށް ބަހެ' މަތީގާ ޖަހާ، އެތެރެބަޑަހަލަށް ރޯދަމަހު އަސީދާ ތައްޔާރުކުރުމަށާއި، މާހެފުމަށާއި، ބޯފޮޅިދުވަހާ، ގާޒީ ބަންޑާރައިންގެ އަހަރުމަތިފުޅަށާ، މިދުވަސްދުވަހު ކެއިމަށް ބޭނުންވާނެ ތަކެއްޗާއި، އެކަންކަމަށް ބޭނުންވާ ކުނާ ފަދަ އެއްޗެތި، ނިސްބަތްވާ އަދަދާ އެކު ޖަހާ، ލިސްޓްކޮށް، ހަސަން ފަރީދު ދީދީގެ ތައްގަނޑު ޖަހަފާވާ ލިޔުމެއް.List of ingredients (Size: 13.2" X 8.2")
K - Male' - Royal Palace - list(food)

Sans titre
NAM DOC-MN-F10-54 · Pièce · 1937
Fait partie de Documents

1952މ ފެބްރުވަރީ 6(1371ހ ޖުމާދިލްއައްވަލް 10)ތާރީހުކޮށް، މަތިގެއިން، ކަކާ ބޭކަލުން ކަމުގާވާ،(ނަމުގެކުރިޔަށް 'ކަކާ' ޖަހާ)، އަލިފުޅު، ހަސަން މަނިކު، ދޮންމޫސާ ކަލޭފާނު، މުލީ ހަސަންފުޅު، މި މީސްމީހުންގެ ނަންޖަހާ، އެއިން ކޮންމެ ބޭކަލެއް ފޮނުއްވަން ވީ އެއްޗެތި ކަމުގާ ތިރީގާ ދުފާ ސާމާނުގެ ބާވަތްތައް ޖަހާ، އެއެއްޗެތި، ހުކުރުދުވަހު ހަވީރު 4ޖަހަން ވާއިރަށް ފޮނުވަން އެދިފާވާ، ކަރުދާހެއް.List of ingredients for dishes to be provided for a ceremony (Size: 13.2" X 7.8")
K - Male' - Royal Palace - list

Sans titre
NAM DOC-MN-F10-51 · Pièce · -
Fait partie de Documents

(ތާރީހެއް ނެތް) 'ސަފަރުމަހު ހަތަރެއް ވީ ހޯމަދުވަހު ފުރަތަމަ ފޮއިގެ ހަޑުލުން ކަށްކާން ފެށިކަމުގެ ހަދާން' މަތީގާ ލިޔެ، ދުވަހު ނަން(މސލު: ހޯމަޖަހާ، ނިސްބަތްވާ އަދަދު ޖަހާ، ބަޑަހަލުންނާއި ކުދިބޭކަލުން ކެއްކި އަދަދު ޖަހާފާވާ ކަރުދާހެއް.List of dishes served on an occasion (Size: 8.9" X 6.7")
K - Male' - Royal Palace - list(food)

Sans titre
NAM DOC-MN-F10-55 · Pièce · 1929
Fait partie de Documents

1346ހ(1928މ)ގާ، (ހަނޑޫ ކަނޑިން)ފިތުރު ޒަކާތް ދޭން ބަނޑޭރިގެއިން ދެއްވި ލިސްޓުގާ މީހުން ތިބި އަދަދާއި(334)، 1348ހ(1929މ)ގާ، ފިތުރު ޒަކާތް ގެންދިޔަ މީހުންގެ އަދަދު(275) އަދި އެއަހަރު ޒަކާތް ދީ ބާކީވީ ވަރު(ނާޅި-ލާހިން) ޖަހާފާވާ ލިޔުމެއް.Note on the number of people who received Zakat Fitr, the amount distributed, and the balance remaining (Size: 8.0" X 6.4")
K - Male' - Writing

Sans titre
NAM DOC-MN-F10-57 · Pièce · 1936
Fait partie de Documents

1355ހ ޝައުބާން 18(1936މ ނޮވެންބަރު 3)ގާ، 'ކުޑި މުހައްމަދުއަށް ބަހެއް' މަތީގާ ޖަހާ، އެތެރެބަޑަހަލަށް ރޯދަމަހުގެ އަސީދާއަށް ބޭނުންވާ ތަކެއްޗާއި، އެތަކެތީގެ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 20.0" X 5.45")
K - Male' - Royal Palace - list

Sans titre