Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-F1-48 · Item · 1957
Part of Documents

1957މ ޑިސެންބަރު 26(1377ހ ޖުމާދިލްއާހިރު 4)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ލިއޯ ޖޭ ސިލްވިއޯ، އެރަދުންގެ ސޮއެ (އޮޓޯގްރާފް) ފޮނުއްވާދެއްވުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Lio Silvio to Sultan Muhammed Fareed Didi on December 26, 1957, requesting an autograpgh (Size: 8.95" X 5.45")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-49 · Item · 1958
Part of Documents

1958މ ފެބްރުވަރީ 15(1377ހ ރަޖަބް 26)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ފްރެޑް މޯސާ ކިޔާ ދަރިވަރަކު، އޭނާގެ ސްކޫލް މަސައްކަތަކަށް ބޭނުންވެގެން، ދިވެހިރާއްޖޭގެ ހުރިހާ ރަށް، އަތޮޅު، ކޯރުތަށް، 'ސިޓީ' އަދި 'ޓައުން'، މަގު، ރޭލުމަގު ފަރުބަދަ އަދިވެސް އެފަދަ ތަންތަން ހިމަނާފާވާ ތަފްސީލު ޗާޓަކާ، ތާރީހު، ސަރުކާރު، އިޖްތިމާއީ، އަދި އިގްތިސާދީ ހާލަތާއި މޫސުމާ އަދި ތައުލީމީ ކަންކަމުގާ ހުރި ދަތިތަކާ، މިކަންކަމުގެ މައުލޫމާތު ފޮނުވުމަށް އެދި ފޮނުވާފާވާ، ދެ އެމެރިކާ ސްޓޭންޕް ޖަހާފާވާ، ކާޑެއް. Card sent by F Moser to Sultan Muhammed Fareed Didi on February 15, 1958, requesting a map of the Maldives for a school project (Size: 5.5" X 3.25")
America - card (foriegn)

National Archives of Maldives
NAM DOC-MN-F1-50 · Item · 1958
Part of Documents

1958މ ފެބްރުވަރީ 3(1377ހ ރަޖަބް 14)ގާ، މރ.ދީދީ އަށް މުހާތިބުކޮށް، ހަވާޑް ކާސް ކިޔާ މީހަކު، އޭނަގެ ކަލެކްޝަނުގާ ހިމެނުމަށްޓަކާ، އެދީދީގެ ސޮއެ(އޮޓޯގްރާފް)އަކަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Howard Kass to Sultan Muhammed Fareed Didi on February 3, 1958, requesting an autograph (Size: 9" X 6")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-51 · Item · 1956
Part of Documents

1956މ ސެޕްޓެންބަރު 3(1376ހ މުހައްރަމް 27)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ކެތްރީން އެމް.ކުއިން، އެރަދުންގެ ސޮއެ(އޮޓޯގްރާފް) ބޭނުންވެގެން ފޮނުވި ސިޓީގެ ޖަވާބު ނުލިބިގެން، އަނެއްކާވެސް އޮޓޯގްރާފްއަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Kathryn MQuinn to Sultan Muhammed Fareed Didion on September 3, 1956, requesting an autograph (Size: 7.8" X 5.9")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-52 · Item · 1956
Part of Documents

1957މ(1377ހ)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، މިސްޓާރ އެންޑް މިސިޒް ޑަބްލިއު.އާރު.މާރހެމާ، ފޮނުވާފާވާ "ސީޒަންޒް ގްރީޓިންގް" ކާޑެއް. Seasonal greeting card sent by Mr & Mrs WrMarhemto to Sultan Muhammed Fareed Didi (Size: 10.75" X 8.3")
America - card (foriegn)

National Archives of Maldives
NAM DOC-MN-F1-53 · Item · 1957
Part of Documents

1957މ ސެޕްޓޭމްބަރު 23(1377ހ ސަފަރު 28)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ވިލާރޑް އެފް.ގޮފް (އެމް.ޑީ) ކިޔާ ޑޮކްޓަރަކު، އޭނާ، އެކި ގައުމުތަކާ ބޭހޭގޮތުން، ކިޔަވާކުދިންނަށް 'ލެކްޗަރު' ދޭއިރު، އެކި ގައުމުތަކުގެ ދިދަ ބޭނުންކުރާ ކަމާ، އޭނާ ގެންގުޅެނީ ފޮތި ދިދަކަމާއި، ދިވެހި ދިދައިގާ އެކުލެވޭ ކުލަތަށް ރަމްޒުކުރަނީ ކޮންކޮން އެއްޗެއްތޯއާ، ކަނޑުމަތީގާ ވަކި ދިދައެއް ގެންގުޅޭތޯ އަހާ، ރާއްޖޭގެ ދިދަޔެއް ލިބޭނޭގޮތް ހަމަޖަށްސާދެއްވުމަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Willard F Goff MD to Sultan Muhammed Fareed Didi on December 23, 1957, requesting a Maldivian flag and the meaning of its colors (Size: 9" X 6.25")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-54 · Item · -
Part of Documents

(ތާރީހެއް ނެތް) ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންނަ މުއާމަލާތުކުރަން ޝައުގުވެރިކަން ހުންނަ އުމުރުން 36 އަހަރުގެ ޖޯސެފް ކްރިސްޓީ، ދިވެހިރާއްޖެއިން އޭނާއާއި މުއާމަލާތު ކުރާނެ މީހަކު ހޯދުމަށް އެދި، ފޮނުވާފާވާ(ކޮން ފަރާތަކަށް ކަން އިނގޭކަށް ނެތް) ސިޓިއެއް. Letter sent by 36-year-old Joseph Christy to find a pen pal from around the world (Size: 11" X 8.5")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-55 · Item · 1959
Part of Documents

1959މ އޭޕްރިލް 8(1378ހ ރަމްލޯނު 29)ގާ، ދިވެހިރާއްޖޭގެ ރަދުންނަށް، ތޯމަސް އެޗް ސްކަލިއަން، އޭނާގެ ކަލެކްޝަނަށް ލުމަށްޓަކައި، އެރަދުންގެ ސޮއެ(އޮޓޯގްރާފް) އޭނާއަށް ފޮނުއްވާދިނުމަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Thomas H Scullion to Sultan Muhammed Fareed Didion on April 8, 1959, requesting an autograph (Size: 8.6" X 6.8")
United Kingdom - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-56 · Item · 1959
Part of Documents

1959މ މޭ 24(1378ހ ޒުލްގައިދު 16)ގާ، ދިވެހިރާއްޖޭގެ ރަދުންނަށް، އާރޑަން ޕީ. ޓިޓްލައު، 'ޓްރެވަލް' ކިޔާ މަޖަށްލާ އެއްގާ ދިވެހިރާއްޖެޔާ ބެހޭގޮތުން ލިޔެފާވާ ލިޔުމެއް، އޭނާ ކިޔާ، ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވެ، އެކަން އޮންނަނީ ކޮންގޮތަކަށްތޯ އޮޅުންފިލުވުމަށާ، އަދި ރަދުންގެ 'އޮޓޯގްރާފް' އާއި ސްޓޭމްޕަށް އެދި، ފޮނުވާފާވާ ސިޓިއެއް. Letter sent by Arden P Titlow to Sultan Muhammed Fareed Didi on May 24, 1959, requesting information about travel to the Maldives, his autograph and Maldivian stamps (Size: 8.35" X 7.3")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-57 · Item · -
Part of Documents

(ތާރީހެއް ނެތް) އާ އަހަރާއި ކްރިސްމަސްގެ ތަހުނިޔާ އަރިސްކުރުމަށްޓަކައި ފްރެންކީ ނޯރޓަން ކިޔާ މީހަކު ފޮނުވާފާވާ(ކޮން ފަރާތަކަށް ކަން އިނގޭކަށް ނެތް) ކާޑެއް. Christmas and New year greeting card sent by Frankie Norton (Size: 8.35" X 7.3")
America - card (foriegn)

National Archives of Maldives