1958މ އޯގަސްޓް 20(1378ހ ސަފަރު 4)ގާ، ރާއްޖޭގެ ރަދުންނަށް، ޖޯން އެފް.ފީލްޑް ކިޔާ މީހަކު، އޭނާޔަށް ދިވެހި ސްޓޭމްޕެއް ލިބި، އޭނާގެ ސްޓޭންޕް 'ކަލެކްޝަނުގެ' އެންމެ ރީތި ސްޓޭންޕް ތަކުގެ ތެރޭގާ އެ ސްޓޭންޕް ވެ، އޭގެ ފަހުން އޭނާގެ ހިތުން ރާއްޖެ ފިލައިނުދާ ކަމާ، ރާއްޖެޔާ ދެނެގަންނަން ބޭނުންވެ، އަދި 'ނެޝަނަލް ޖޯގްރަފިކް' މަޖައްލާގާ، ކެޕްޓަން ވިލިއާޒް ކިޔާ މީހަކު ލިޔެފާވާ ލިޔުމަކުން ވަކިވަރަކަށް މައުލޫމާތު ލިބި، އެ ލިޔުމުން އޭނާގެ ހިތަށް އަލިކަމެއް ގެނެސްދިން ކަމާ، އަދި ދިވެހި ދަސްކުރަން ބޭނުންވާތީ، ތާނަ ރަދީފެއް، ބަހުގެ ގަވާއިދުފޮތެއް، ނޫނީ ދިވެހިބަސް ދަސްކުރެވޭނޭ ފަދަ އެހެން ފޮތެއްވިޔަސް ފޮނުއްވާދެއްވުމަށް އެދި، އަދި ސިލޯނުގެ 18ރުފިޔާ އާއި، ސިލޯނުގެ 10ރުފިޔާއަށް ވާ އެމެރިކާ ޑޮލަރާ، އެސިޓީޔާ އެކު ފޮނުވިކަމުގާ ބުނެ، ފޮނުވާފާވާ ސިޓީއެއް. Letter sent by John F Field on August 20, 1958, requesting a grammer book on Dhivehi language (Size: 10.95" X 8.5")
America - letter (Foriegn)
1957މ އޮކްޓޯބަރު 30(1377ހ ރަބީލްއާހިރު 6)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ސީ. ވޭން ވެވާރަން ކިޔާ މީހަކު، އޭނާ 'ނެޝަނަލް ޖޯގްރަފިކް' މަޖައްލާގެ އެއަހަރުގެ ޖޫނުމަހުގެ އަދަދުން ދިވެހިރާއްޖެއާ ބެހޭގޮތުން ކީ ވާހަކަ ބުނެ، ދިވެހިރާއްޖޭގެ ދިދަޔާ ނިޝާނުގެ ތަފްސީލަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by C Van Waveren on October 30, 1957, inquiring about the Maldivian flag and emblem (Size: 10.6" X 8.25")
Holand - letter (Foriegn)
1958މ މާޗް 12(1377ހ ޝައުބާން 21)ގާ، ރާއްޖެ އައިސްފާވާ، "ކޫޕަން-ރެސްޕޮންސް އިންޓާރނެޝަނަލް" މިހެން ލިޔެ، ނުފުށުގާ ޖަރުމަނު، އިނގިރޭސި، އަރަބި، ޗައިނާބަސް، ސްޕޭނު ނޫނީ އިޓަލީ ބަސް އަދި ރޫސީ ބަހުން، 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' ގެ ކޮންމެ މެންބަރު ގައުމެއްގެ ސްޓޭންޕް އަކާ ބަދަލުކުރެވޭނެ ކަމުގާ ލިޔެފާވާ، ނޫކުލައިގެ، ޖަރުމަނުވިލާތުގެ 50ފެނިންގްގެ ޕޯސްޓަލް ކޫޕަނެއް. Coupon stating that a member of Universal Postal Union can exchange it for a stamp (Size: 2.95" X 4.1")
Germany - Coupon (foriegn)
1958މ ޖުލައި 9(1377ހ ޒުލްހައްޖު 21)ގާ، ރާއްޖެ އައިސްފާވާ، "ކޫޕަން-ރެސްޕޮންސް އިންޓާރނެޝަނަލް" މިހެން ލިޔެ، ނުފުށުގާ ޖަރުމަނު، އިނގިރޭސި، އަރަބި، ޗައިނާބަސް، ސްޕޭނު ނޫނީ އިޓަލީ ބަސް އަދި ރޫސީ ބަހުން، 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' ގެ ކޮންމެ މެންބަރު ގައުމެއްގެ ސްޓޭންޕް އަކާ ބަދަލުކުރެވޭނެ ކަމުގާ ލިޔެފާވާ، ނޫކުލައިގެ، އެމެރިކާގެ 13ސެންޓްގެ ޕޯސްޓަލް ކޫޕަނެއް. Coupon stating that a member of Universal Postal Union can exchange it for a stamp (Size: 2.95" X 4.1")
America - Coupon (foriegn)
1955މ ނޮވެންބަރު 5(1375ހ ރަބީލްއައްވަލް 20)ގާ، ލެރެއިން މެކަން ކިޔާމީހަކު، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، އޭނާ، ދުނިޔޭގެ ވެރިންގެ ސޮއި(އޮޓޯގްރާފް)އާއި ތަސްވީރު އެއްކުރަމުން ދާތީވެ، އޭގާ ރަދުންގެ ސޮއެ(އޮޓޯގްރާފް) އާއި ތަސްވީރު ހިމެނުމަށްޓަކާ، އެ އެއްޗިއްސަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Laraine McCann to Sultan Muhammed Fareed Didion on November 5, 1955, requesting an autograph and photograph (Size: 9.05" X 5.75")
America - letter (Foriegn)
1959މ(1378ހ)ގާ، ޖޭ ކްރެސްވެލް ކިޔާ އެމެރިކާގެ މީހަކަށް 'ކޮޕީރައިޓް' ލިބިދީފާވާ، ސުލްހަޔާއި އިންސާންވަންތަކަމާއި ހުރި ގުޅުމާއި، ފައިސާއަށް ދުނިޔެ އިސްކަންދީ، އިންސާންވަންތަކަން ގެއްލިގެންގޮސް، އިންސާނިއްޔަތުގެ އަގަށް ގަދަރު ކުޑަވަމުންދާ ކަމާއި، މިކަންކަމަށް ލިޔެފާވާ ޅެމަކާއި، އިންސާނެއްގެ ދިރިހުރުމުގެ އަގުގެ ހިސާބުބަލާ އޭގެ ތާވަލެއްވެސް އެކުލަވާލާ، ލިޔެފާވާ ލިޔުމެއް. Letter sent by Jay Creswell, regarding the importance of humanity and its growing insignificance in the world (Size: 10.9" X 8.4")
America - letter (Foriegn)
(ތާރީހެއް ނެތް) މިސިޒް ރޫބީ ކެލްޓަން ކިޔާ އެމެރިކާ މީހަކު، ޖޯރޖް ސްމޯކާރ ނަމަކަށް ކިޔާ މީހަކު ލިޔެފާވާ ދީނީ(އީސާއީ)ލިޔުންކޮޅެއް. Size: 5.25" X 6.05"
America - Writing (foriegn)
1956މ ނޮވެންބަރު 21(1376ހ ރަބީލްއާހިރު 18)ގާ، ޖޯސަފް ނަމަކަށް ކިޔާ މީހަކު، ދިވެހިރާއްޖޭގެ ރަސްގެފާނަށް، ރާއްޖޭގެ ކޯޕަރޭޝަން ޓެކްސްއާ ބޭންކުކުރުމުގެ ކަންތަކާ، ދެގައުމު-ރައްޔިތުކަން ރާއްޖޭގާ ގަބޫލުކުރޭތޯއާ، މިކަންކަމާ މެދު ސުވާލުކޮށް އެކަންކަމާ ބެހޭ މައުލޫމާތު ލިބިދިނުމަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Joseph Olter Kresl to Sultan Muhammed Fareed Didi on November 21, 1956, requesting for information on the availibility of banking services in the Maldives, and whether a person with two citizenship can enter the Maldives (Size: 10" X 8")
America - letter (Foriegn)
(ތާރީހެއް ނެތް) މިސިޒް ރޫބީ ކެލްޓަން ކިޔާ އެމެރިކާ މީހަކު، 'ހޫ މޭޑް އިޓް' މިހެން، ފަލަ ޝުރުހީއަކަށް ޖަހާ، 'ބައިބަލް' ގެ އެކި އެކި 'އާޔަތް' ލިޔެ، 'ނިއުޓަން' އާ ބެހޭ ކުޑަ ހާދިސާއެއް، ދީނީނަޒަރަކުން ބަލާ، ލިޔެފާވާ ލިޔުމެއް. Size; 5.95" X 6.25"
America - Writing (foriegn)
1960މ ފެބްރުވަރީ 8(1379ހ ޝައުބާން 10)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ޖޯން ލުއީ އީ.ބްރިންޑަމޯ ކިޔާ މީހަކު، އޭނާ ދުނިޔޭގެ އެކިއެކި ވެރިންގެ ފަރިއްކޮޅާބެހޭ ފޮތެއް އެކުލަވާލަން އުޅޭތީ، ދިވެހިރާއްޖެވެސް އެފޮތުގާ ހިމެނުމަށްޓަކާ، ކުރީގާ އޭނާ ލިޔެފާވާ ސިޓީ(F1-40)އަށް ޖަވާބު ނުލިބިގެން، އެގާ އަހާފާވާ، ރަދުންގެ އެންމެ ހިތްހަމަޖެހޭ ފަރިކޮޅުގެ (ރެސިޕީ) އާއި، ރަދުންގެ ތަސްވީރެއް ފޮނުވަމަށް އަނެއްކާވެސް އެދިފާވާ ސިޓީއަކާއި، އަދި ގައުމުތަކުގެ އާންމު މައުލޫމާތު އެއްކުރުމަށް ފަރުމާކޮށްފާވާ ފޯމެއް. Letter sent by Jean-Louis E Brindamour to Sultan Muhammed Fareed Didi on February 8, 1960, inquiring about his favourite dishes and their recipes (Letter Size: 11" X 8.5", Form Size: 10.95" X 8.5")
America - letter (Foriegn), Form (foriegn)