Mostrando 867 resultados

Descripción archivística
865 resultados con objetos digitales Muestra los resultados con objetos digitales
NAM DOC-MN-N-15A · Unidad documental simple · 1908
Parte de Documents

1908މ ޖުލައި 20(1326މ ޖުމާދިލްއާހިރު 21)ގާ، ކޮޅުބުގެ ޕޮލިހުގެ އިންސްޕެކްޓާ ޖެނެރަލް އަށް، ކޭ މިސްކީނު ކިޔާ ޝްރީލަންކާ މީހަކު، މާލޭގެ 6 ނަންބަރު ފިހާރާގެ ސިންނައްޕޫ ކިޔާ މީހަކު އޭނާގެ ކޮއްކޮ/ބޭބެ ރާއްޖެ ގެންދިޔަކަމާއި، ތުންތުންމަތިން ދެކުވޭ ވާހަކައިން، އޭނާގެ ކޮއްކޮ/ބޭބެ މަރުވެއްޖެ ކަން އިވި، އެ ސިންނައްޕޫއަށް އެތައް ސިޓީއެއް ލިޔެ، ޖަވާބެއް ލިބިފާނުވާ ކަމާއި، އަދި އެހެންވެ، އޭނާގެ ކޮއްކޮ/ބޭބެ، ދުނިޔޭގާ ހުރިނެތް ކަން ބައްލަވާދެއްވުމަށް އެދި، ލިޔެފާވާ ސިޓީގެ ކޮޕީއެއްގެ ތިރީގާ، 08/8/1މ(26/07/03ހ)ގާ، އެ ސިޓީގެ މައިގަނޑު ދިވެއްސަށް ތަރުޖަމާކޮށް، އެއީ ފުލުހުންގެ ވެރިޔާ ފޮނުވި ސިޓީއެއްކަން ބަޔާންކޮށް، އަދި އެކަމުގެ ހަބަރުބަށްލަވާ ދެއްވުމަށް އެދި، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ ސޮއިކޮށް (N-15)އާއެކު ފޮނުވާފާވާ ހަވާލާ ސިޓީއެއް.A letter sent by K. Miskeine on the death of his brother in the Maldives (Size: 13" x 8.5")
Sri Lanka -Maldivian Embassy - letter(Official)

Sin título
NAM DOC-MN-N-15B · Unidad documental simple · 1908
Parte de Documents

1908މ ޖުލައި 24(1326ހ ޖުމާދިލްއާހިރު 26)ގާ، ޝްރީލަންކާއިން، ރާއްޖޭގެ ސަފީރު، އަބްދުލް ހަމީދު ދީދީ، ކޮޅުނބުގެ އިންސްޕެކްޓާ ޖެނެރަލްއަށް، ސިންނަވަށްޕޫ، އޭގެ 4 މަހެއްހާ ކުރިން ރާއްޖެއަށް ދިޔަކަން އެނގިވަޑައިގަންނަވާ ކަމާއި، އެކަމަކު، ކޭ މިސްކީނުގެ ކޮއްކޮ/ބޭބެ މަރުވެފާވާ ކަން އެނގިވަޑައިގެން ނެތް ކަމާއި، އެކަން ބަށްލަވާދެއްވުމަށް އެދި ރާއްޖެޔަށް ސިޓީއެއް ފޮނުއްވަވައިފި ކަމުގާ ލިޔެ ފޮނުވާފާވާ ސިޓީގެ ކޮޕީއެއްގެ ތިރީގާ، 08/8/1މ(26/07/03ހ)ގާ، އެސިޓީގެ މައިގަނޑު ދިވެއްސަށް ތަރުޖަމާކޮށް، އެއީ ފުލުހުންގެ ވެރިޔާއަށް ފޮނުއްވެވި ސިޓީއެއްކަން ބަޔާންކޮށް އަބްދުލް ހަމީދުގެ ސޮއި ކޮށް މާލެފޮނުވާފާވާ ސިޓީއެއް. A letter sent by K. Miskeine on the death of his brother in the Maldives (Size: 13" x 8.5")
Sri Lanka -Maldivian Embassy - letter(Official)

Sin título
NAM DOC-MN-N-17 · Unidad documental simple · 1908
Parte de Documents

1908މ ޑިސެންބަރު 4(1326ހ ޒުލްގައިދު 10)ގާ، ކޮޅުބުގާ ހުންނަވާ ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ؛ ޝްރީލަންކާ ސަރުކާރުން އޭނާޔާ ބައްދަލުކުރަށްވާ، ވިލާތުން އެ ސަރުކާރުގާ، ރާއްޖޭގާ އުޅޭވައްތަރުގެ ދެތިން ވާލަށް އެދިފާވާވާހަކަ ބުނެ، އެއެއްޗެތި ކުނިނުވެ ގެންދާނެގޮތް ލިޔެފާ އިނގިރޭސިވިލާތުން ފޮނުވާފާވާ، އެސަފީރަށް އަތްޕުޅަށް ދެއްވި، ލިޔުމެއްގެ ކޮޕީއެއްގާ، އޭނާ، އެ ބައްދަލުވުމުގެ ވާހާކަ ވިދާޅުވެ، ދިވެހިސަރުކާރަށް ލިޔުއްވައިގެން އެކަންތައް ކޮށްދެއްވިދާނެކަމުގާ އޭނާ ވިދާޅުވި ކަމާ، އެކަމަށް ބޭނުންވާތަކެތި ޝްރީލަންކާ ސަރުކާރުން ދޭންބުނުމުން، އެކަން ދިވެހި ސަރުކާރުން ކުރެވިދާނެކަމުގާ ވިދާޅުވި ކަމާ، އަދި އެއްޗެތި ކުނިނުވެ ފޮނުވާނޭގޮތް ދިވެހިން ލިޔުއްވާ، އަދި ވީހާވެސް އަވަހަކަށް އެކަން ކޮއްދެއްވުމަށް އެދި؛ ރާއްޖޭގެ ބަނޑޭރި ގެޔަށް ފޮނުވާފާވާ ސިޓީއެއް.A letter requesting to sent a sample of a Maldivian bat species, togehter with instructions for its preparation for shipment (Size: 13.1" x 8")
Sri Lanka - Maldivian Embassy - letter(Official)

Sin título
NAM DOC-MN-S3-39 · Unidad documental simple · 1960
Parte de Documents

1349ހ ޒުލްހައްޖު 17(1960މ ޖޫނު 12)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 30ވަނަ އަހަރު، އަރިއަތޮޅު އުތުރުބުރި(އއ.) ހިމެންދޫ، މުހައްމަދު ގެދަރި އިބްރާހީމްއަށް ހިމެންދޫ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.2" X 8.15")
Aa - Himandhoo - Shrine endowment letter

Sin título
NAM DOC-MN-S3-35 · Unidad documental simple · 1931
Parte de Documents

1350ހ ޖުމާދިލްއައްވަލް 20(1931މ އޮކްޓޯބަރު 3)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 30ވަނަ އަހަރު، ކޮޅުމަޑުލު(ތ.) ބުރުނި، އަލީ ގެދަރި އިބްރާހީމް،އަށް ބުރުނި މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.Letter of appointment for an Imam (Size: 13.2" X 8.15")
Th - Burunee - Shrine endowment letter

Sin título
NAM DOC-MN-S3-36 · Unidad documental simple · 1931
Parte de Documents

1350ހ ރަބީލްއައްވަލް 10(1931މ ސެޕްޓެންބަރު 23)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 30ވަނަ އަހަރު، ހައްދުންމަތީ(ލ.) ދަނބިދޫ، އަހުމަދު ގެދަރި ގާސިމް،އަށް ދަނބިދޫ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
Letter of appointment for an Imam (Size: 13.2" X 8.15")
L - Dhan'bidhoo - Shrine endowment letter

Sin título
NAM DOC-MN-S3-40 · Unidad documental simple · 1960
Parte de Documents

1349ހ ޒުލްހައްޖު 27(1960މ ޖޫނު 22)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 30ވަނަ އަހަރު، ނިލަންދެއަތޮޅު އުތުރުބުރި(ފ.) ފީއަލި، އަލީ ގެދަރި އީސާއަށް ފީއަލި ކަތީބުކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، ހުރާ ހަސަންގެ ދަރި މޫސާ މަލިން ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
(Size: 13.2" X 8.15")
F - Feeali - Shrine endowment letter

Sin título
NAM DOC-MN-N-10 · Unidad documental simple · 1938
Parte de Documents

1357ހ ރަބީލްއާހިރު 3(1938މ ޖޫނު 2)ގާ، ވަޒީރުންގެ މަޖިލީހުން، ދިވެހި ދައުލަތުގެ މުޝްތަސާރުލް އައުޒަމް އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުން އަށް؛ ރާއްޖޭގެ ރަދުންނަށް ކޮލިލުމަށް އެއަހަރުގެ ޖުމާދިލްއާހިރުގެ 22 ނުވަތަ 23(އޯގަސްޓް 19 ނުވަތަ 20)ވާނޭ ބުރާސްފަތި ދުވަސް ކަނޑައަޅައިފި ކަމުގާ އޭނާޔަށް އެންގިފާ ވާނެކަމާއި، އަދި މާލެވަޑައިގެން، އެ މުނާސަބަތުގާ ބައިވެރިވެވަޑައިގަތުމަށް އެދި، ވަޒީރުން މަޖިލީހުގެ ރައީސް(ނަމެއްނެތް)، ސޮއިކޮށް ފޮނުއްވާފާވާ ސިޓީއެއް.Royal invitation letter for a coronation ceremony (Size: 12.9" x 8")
K - Male' - People's Majlis (Parliament) - letter(Coronation)

Sin título
NAM DOC-MN-N-5 · Unidad documental simple · 1931
Parte de Documents

1350ހ ރަބީލްއާހިރު 29(1931މ ސެޕްޓެންބަރު 13)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރުއަށް، އެ ރަދުންގެ ދަރިކަލުން، ހަސަން އިއްޒުއްދީނު މަނިއްޕުޅު، ބޭސްފަރުވާޔަށް ރާއްޖޭންބޭރަށް ފޮނުއްވުމާ ގުޅިގެން، ބޮޑުވަޒީރު އަބްދުލް މަޖީދު ދީދީ، ލިޔުއްވާފާވާ (ތާނަ)ސިޓީ(N-49)ގެ އިނގިރޭސި ތަރުޖަމާ.Notification that Muḥammad Shams al-Dīn Iskandar was abroad for medical reasons (Size: 13" x 8.25")
Sril Lanka - letter(Royal)

Sin título
NAM DOC-MN-R-19 · Unidad documental simple · 1916
Parte de Documents

1334ހ ޒުލްގައިދު 26(1916މ ސެޕްޓެންބަރު 24)ގާ، މަހްކަމަތުލް ޝަރީޔާގެ، ހުސެއިން ސަލާހުއްދީނުގެ ބަންޑާރަނައިބު މަޖިލީހުގާ، ރ.އަތޮޅު މާމުނަގަލުގެ ރުއްބައިގެ ވަގުފްވެރި، ބޮޑުފުށި މުހައްމަދު ތަކުރުފާނުގެ ދަރި ހުސެއިން ތަކުރުފާނުގެ ދަރިކޮޅު މީހުންނާއި، ކައްޗޭމީދޫ(ރ.މީދޫ) މީހުންނާއި ގޮވައިގެން، ބަނޑޭރި ބޭކަލުން ހާޒިރުވެ ތިބެ؛ މީދޫ މީހުންގެ ފަތުގާވާ މާމުނަގާ ކިޔާ ރަށާއި، އެ ހުސެއިން ތަކުރުފާނުގެ ވަގުފް ފަތުގާ އޮތް މާމުނަގާ ކިޔާ ރަށާއި މެދު އޮޅުން އަރާތީ މިކަން ސާފުކޮށްދެއްވުމަށް އެދުމުން، މިމާމުނަގަލުގެ ރުއްއިންދިބަޔާއި އަދި ބަންޑާރައިން އެރަށުގާ ރުއް އިންދާފާވާ ބައި ވެސް، ހަސަން ތަކުރުފާނުގެ ދަރިކޮޅަށް އޮތްކަމަށް ނިޔާކުރައްވާ، އެދަރިކޮޅުގެ މީހުންގެ ތެރެއިން، ކުޑަރިކިލު ކަތީބު ހުސެއިން މަނިކު، ބުޗާ މުހައްމަދު ދަންޑެހެލު ތަކުރުފާނު، ރުއްކޮށީ ހުސެއިންގެ އާދަނު، މީދޫ ކެޔޮޅު މުހައްމަދުގެ އިބްރާހީމް އަދި ނެވި އާދަމްބެގެ ހުސެއިން، ޝަރީއްއަތުގެ މަޖިލީހުގާ ހާޒިރުވެ ތިބެ، މި ވަގުފް ބެލެހެއްޓުން ކުޑަރިކިލު ކަތީބު ހުސެއިން މަނިކުއާއި ހަވާލުކުރުމަށް އިގުރާރުވުމުން، ކޮންމެ އަހަރަކު މާމުނަގަލަށް ލިބޭ ވަރުވާގެ ½އިން، ކުރީގެ ފަތުގާ އޮތްގޮތައް ވަގުފް ފުއްދުމަށް ޝަރުތުކޮށް، ބާކީ އޮތް ބަޔެއް، މުހައްމަދު ތަކުރުފާނުގެ ދަރިކޮޅަށް އެއްވަރަށް ބެހުމަށާއި، އަދި ވަގުފް ފުއްދުމަށް 8ރުފިޔާއިން ފުދޭނެ ކަމަށާއި، އަދި އެ މަސައްކަތުގެ އުޖޫރައަކަށް، އެ ކަތީބު ހުސެއިންއަށްވީ ބައިގެ އިތުރުން، އޭނާޔަށް، އެ ވަގުފްން ލިބޭ މީހަކާއި އެއްވަރަށް ބަޔެއް، ލިބޭގޮތަށް އެ މަޖިލީހުގާ އެ 6 މީހުން އިއްތިފާގުވުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް. F0-37)އެއީ މިފަތުގެ ނަކަލެއް)
އަދި ފަތުގެ ނުފުށުގާ:1971މ ނޮވެންބަރު 24(1391ހ ޝައްވާލް 6)ގާ، މިނިސްޓްރި އޮފް ޖަސްޓިސް، ޕްރޮޕަޓީ އެންޑް އޯނާޝިޕް ޑިވިޝަން އިން، އެތަނުގެ ގާޒީ ސޮއިކޮށް، 71/P&OD/673 ގަޒިއްޔާއިން، މި ފަތުގާވާ ވަގުފް އަކީ ސައްހަ ވަގުފެއް ނޫންކަމުން އެވަގުފް އުވާލަން ހުކުމް ކުރިކަމުގާ ލިޔެ، އެ މިނިސްޓްރީގެ ތައްގަނޑު ޖަހާފާވާ ލިޔުމެއް.
(Size:12.05" × 8.3")Al Naaibu Hussain Salahuddin
A.Maamunagau - Coconut Grove - Deed for housing plot

Sin título