Affichage de 867 résultats

Description archivistique
865 résultats avec objets numériques Afficher les résultats avec des objets numériques
NAM DOC-MN-R-20 · Pièce · 1928
Fait partie de Documents

1346ހ(1927/1928މ)ގާ،(މިފަތުގެ ފެށުން ވަނީ ވީދިގެން ގޮސްފާ) ބޮޑުގަލުގޭ ބަނޑޭރި ދޮންހުސެއިންގެ ދޮންތުއްތު އާއި،(ފުރަތަމަ ނަން ވީދި ގޮސްފަ) ދެމީހުން(އެބައި ވީދިގެން ގޮސްފާވާތީ، ކޮން ތަނަކަށް ކަމެއް ނޭނގެ...ތާރީހަށް ބަލާއިރު، އެއީ ހުސެއިން ސަލާހުއްދީނުގެ ޝަރީއަތު މަޖިލީސް ކަމުގާ ދެކެވޭ)، ހެންވޭރު ކަނބާ ގަނޑުވަރު ހުޅަނގު ބުރީގާ، އަލް އަމީރު އަލް ހާއްޖަ އަލް މަރްހޫމް އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ބިނާކުރައްވާފާވާ ގެއާއި، ދެންވެސް ހުރިއްޔާ ހުރި އިމާރާތެއް ވަނީ، އޭނާގެ ދަރި އަތިރީގޭ އަބްދުލް(ވީދިގެން ގޮސްފާ ވާތީ މަޖީދު ކަމެއް ހަމީދު ކަމެއް ސާފެއް ނުވޭ)އަށް ހިބައިން ދެއްވާފައޭ ބުނެ، އެކަމަށް ފަތެއް ދެއްވުމަށްއެދުމުން؛ އެކަމުގެ ސާބިތު އެ މަޖިލީހުގާ އޮތުމުން، އެތަން އެއީ، އެ، ދަރިކަލުންގެ ތަނެއް ކަމުގަޔާ، އެކިލެގެފާނުންގެ އެހެން ބޭފުޅުންނާ ބެހޭ ތަނެއް ނޫންކަމުގާ ބަޔާންކޮށް، އެ ޝަރީއްޔަތު މަޖިލީހުން ލިޔެފާވާ ފަތެއް.
އަދި ނުފުށުގާ:
1970މ ނޮވެންބަރު 16(1390ހ ރަމްލޯނު 16)ގާ، މިނިސްޓްރީ އޮފް ޖަސްޓިސް ޕްރޮޕަޓީ އެންޑް އޯނާޝިޕް ޑިވިޝަން އިން، މި ފަތުގާ ބުނެފާވާ އިމާރާތަށް ސުއްމުލް އަމީރު އަލް މަރްހޫމް މުހައްމަދު ފަރީދު ފާށަނާ ކިލެގެފާނު އަށް މިލްކުވެފާވާކަން، އެ ޑިވިޝަނުގެ 70/P&OD/667 ގަޒިއްޔާ ނިމުނުގޮތުގެ ރިޕޯޓުން ސާބިތުވާކަމުގާ ބަޔާންކޮށް، އެއޮފީހުގެ ގާޒީ ސޮއިކޮށް، އެ ޑިވިޝަންގެ ތައްގަނޑާ، އަދި ރާއްޖޭގެ 1 ރުފިޔާގެ ސްޓޭމްޕެއް ޖަހާފާވާ ލިޔުމެއް.
(Size:8.8" × 5.5")Al Ghaazee Hussain Salahuddin
K.Male' - H.Kan'baa Gan'duvaru (Old Royal House) - Private Property

Sans titre
NAM DOC-MN-D-3 · Pièce · 1921
Fait partie de Documents

(Size: 12.9" × 8") -- 1339ހ(1921މ)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީޔަތު މަޖިލީހުގާ، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ ދަރިކޮޅުމީހުން ތެރެއިން، ރޯނުގޭ އަލީދީދިގެ ދަރި ސަންޕާ ދީދީގެ ފިރި ފޫޅުމާގޭ އަލީ ދީދީއާ، އެދެމީހުންގެ ދަރި އަހުމަދު ދީދީ އާއި، ދެމީހުން، އެމީހުންގެ ވަގުފް ގޯތި ރޯނުކޮށީގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެތަނުގެ އިހުގެ ފަތް ބެއްލެވިއިރު އޮތީ، 1208ހ(1794މ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އަލްނަދުވީ، އެގޯތީގެ އިން ހިމަނާ، ލިޔެދީފާވާ ފަތެއްކަމުން، އެގޯތީގެ މިންއެޅި ކަމާއި، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ ދަރިކޮޅު މީހުން އޭނާގެ ތަރިކަ ބަހާ، އެގޯތި 4 ބަޔަކަށް ބެހެވިފާވާ ކަމާއި، ބެހިފާވާނީ، ދެކުނު މަތީ ބައި، ބިލާލުގޭ އަލިމަނިކުގެ މައިފުށު މާމަގެ ދަރިކޮޅަށް، އެތަނާ އިންވެ ހުޅަނގަށްއޮތް ބައި، ވެޔޮގޭ މަނިއްޕުޅުގެ މަންމަ، ވެލާނަގޭ ދީދީގެ ދަރިކޮޅަށް، އުތުރު މަތީ ބައި، ރޯނުގޭ އަލީ ދީދީ އާއި މޫސާ ދީދީގެ މަންމަ، ރޯނުގޭ ބޮޑު ދީދީގެ ދަރިކޮޅަށް އަދި އެތަނާ އިންވެއޮތް ހުޅަނގު ބައި، މާލޭގެ ރަންފުޅުގެ މަންމަގެ ދަރިކޮޅަށް، ކަމުގަޔާ، އެ ތަނުގެ ވަގުފުން، ކޮންމެ ރަބީލްއައްވަލު މަހުގެ 12ދުވަހު، ސޮލަވާތް ކިޔަން ވާނެކަމާ، މިއެންމެހާ ކަންތައްތައް ލިޔެ، އެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތެއް.
އަދި، މިފަތުގެ ނުފުށުގާ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލު 8)ގާ، 'މިގޯތި އެލައިން ނަގާ، އަލުން ފަތް ލިޔެ(ނަންބަރު 127) ލިޔެފާވާ ކަމުގާ ލިޔެފާވާ ލިޔުންކޮޅެއް ވެއެ.
K.Male' - H.Roanukoshi (A plot of land in Male) - Deed(Housing Plot)

Sans titre
NAM DOC-MN-F6-39 · Pièce · 1694
Fait partie de Documents

1105ހ(1694މ)ގާ،(ރަދުންގެ ނަމެއް ނެތް.. ތާރީހަށް ބަލާފާ) މުހައްމަދު ރަސްގެފާނު(ދެއްވަދޫ)ގެ ދަރުބާރަށް، ފާދިއްޕޮޅު ކުރެންދޫ މީހުން އައިސް، އެރަށުގެ މާމިސްކިތް މައްޗަށާއި ޝެއިހު ނަޖީބު ހަބްޝީގެ ޒިޔާރަތް މައްޗަށް ހުރި ބޯގަ ނުލިބޭތީ އެދެތަން ނުބެލެހެއްޓޭނެކަމުގާ ބުނުމުން؛ އެތަނުގެ، މުހައްމަދު ރަދުން(ބޮޑުތަކުރުފާނު)ދެއްވި ފަތުގެ މައްޗަށް، އިސްކަންދަރު އިބްރާހީމް ދެއްވި ފަތުގެ މައްޗަށް، ކުޑަމުހައްމަދު ރަދުން ދެއްވި ފަތްކޮޅުގާ ވާގޮތު މުލިބަންއޯރަ؟؟އަށް އޮތް ދޮޅަސްކޮށި ނޫން ހުރިހާ ތަންތަނެއް ބޯގައަށް ލަށްވާ، އޭގެ ހަވާލުވެރިކަން ކުރެންދޫ ރައްޔިތުންނަށް ދެއްވާ، އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ އާއި އަހުމަދު ހަތީބު ދިވެސްއަކުރުން ލިޔެފާވާ ފަތުގެ، 1332ހ ޖުމާދިލްއައްވަލް 14(1941މ އޭޕްރިލް 10)ގާ، ކޮށްފާވާ ތަރުޖަމާއެއް.(F0-75އާއި އެކަށްޗެއް)Size: 10" X 8"
Lh.Kurendhoo - Maa Miskiiy (Mosque), Sheikh Najeeb Habsheege Ziyaaraiy (Mausoleum) - Endowment for Shrine (ziyaaraiy)

Sans titre
NAM DOC-MN-R-26 · Pièce · 1623
Fait partie de Documents

(ތާރީހެއް ނެތް.. ކޮލިނަން އަދި ރަސަކަމުގެ އަހަރަށް ބަލާފާ)1032ހ(1623މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު 1، ސުވާސްތިސިރީ މަތަމަހާސިރީ ކުލަސުންދުރަ ސިއާކަސާސްތުރަ އައުދަކީރިތި ކައްތިރި ބޮވަނަ މަހާރަދުންގެ ރަސްކަމުގެ 3ވަނަ އަހަރު؛ މިލަދުންމަޑުލު(ބ. & ރ.)އަތޮޅު އަށް، ސަރުކާރުން ދާ މީހުންނަށާއި، އަދި އެކިއެކި ކަންކަމު ދާ އެހެނިހެން މީހުންނަށާއި، އަދި ބ.ގޮއިދޫ ރައްޔިތުންނަށާއި، އެންމެހާ ދިވެހެންނަށް، ގޮއިދޫ ފަޑިއަތް އަޅާ ގެދަރި ތުއްބިބީ ގެދަރި ހަސަންގެ އަދި އޭނާގެ ދަރިންގެ އެއްވެސް މިލްކަކަށް އަރާ އެމީހުންނަށް އެއްވެސް ކަހަލަ ގޯނާއެއް އަނިޔާއެއް ނުކުރުމަށާއި، އަދި އެފަދަ ކަމެއް ކޮށްފިއްޔާ އެކަމަށް އުގޫބާތް އޮންނާނެ ކަމުގާ، ބަސްއިއްވަވާ އަމުރުކުރެއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، ހަސަން ހަތީބު
ލިޔެފާވާ ފަތެއް
Royal decree declaring that all assets of Ḥasan's family are inviolate(Size: 8.2" × 8.3") --
B.Goidhoo - Order

Sans titre
NAM DOC-MN-F1-61 · Pièce · 1958
Fait partie de Documents

1958މ ޖުލައި 9(1377ހ ޒުލްހައްޖު 21)ގާ، ރާއްޖެ އައިސްފާވާ، "ކޫޕަން-ރެސްޕޮންސް އިންޓާރނެޝަނަލް" މިހެން ލިޔެ، ނުފުށުގާ ޖަރުމަނު، އިނގިރޭސި، އަރަބި، ޗައިނާބަސް، ސްޕޭނު ނޫނީ އިޓަލީ ބަސް އަދި ރޫސީ ބަހުން، 'ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން' ގެ ކޮންމެ މެންބަރު ގައުމެއްގެ ސްޓޭންޕް އަކާ ބަދަލުކުރެވޭނެ ކަމުގާ ލިޔެފާވާ، ނޫކުލައިގެ، އެމެރިކާގެ 13ސެންޓްގެ ޕޯސްޓަލް ކޫޕަނެއް. Coupon stating that a member of Universal Postal Union can exchange it for a stamp (Size: 2.95" X 4.1")
America - Coupon (foriegn)

Sans titre
NAM DOC-MN-D-1 · Pièce · -
Fait partie de Documents

(Size: 23.6" X 18") -- (ތާރީހެއް އިނގޭކަށް ނެތް)9ވަނަ ފޮޅުވަތުގާ، 'އައްސުލްތާނު މުހައްމަދު އިމާދުއްދީނު' އަދި 16ވަނަ ފޮޅުވަތުގާ، 'ޒުލްގައިދު'، އަރަބިން ލިޔެފާވާ، ބަކަރިހަމުގެ ފަތެއް.
އަދި މިފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ނަންބަރު 89، ކޮޅުމަޑުލު ދިޔަމިގިލި، މާލިޔާ ށ.1-59/89' މިހެން ލިޔެ، މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ ތައްގަނޑު ޖަހާފާވާ ދިވެސްއަކުރު
ފަތެއް
Th.Dhiyamingili

Sans titre
NAM DOC-MN-F3-16 · Pièce · 1793
Fait partie de Documents

1208ހ ރަބީލްއާހިރު 15(1793މ ނޮވެންބަރު 19)ގާ، އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގެ 15ވަނަ އަހަރު، އެރަދުންގެ ދަރުބާރަށް، އަލްހާޒިން އަބޫބަކުރު މުހައްމަދު ހަނދޭގިރި، މުހައްމަދު މާބަނޑޭރި، މާކޮށާރު މުހައްމަދު ބަނޑޭރި، އެތެރެބަނަޑަހަލަ ބަނޑޭރި އަލީ މޭނާ، ބޭރުބަނޑަހަލު އަލީ ސައިދުއްލާ އަދި، ތޮއްޑޫ އިބްރާހީމް ހާޒިރުކޮށް، މަޖިލީހެއް ހަދާ، މާލޭގާވާ ބަންޑާރަ ގޯއްޗާ މިލްކުގޯތި، ހެކިސާބިތުކޮށް ވަކިކުރުމަށް ހަވާލުކުރެއްވުމާ ގުޅިގެން، ފިހާރަކޮއެގެ މާފަންނު ވަށާހިނގާގޯޅީގެ އެތޭރޭގާވާ ގޯއްޗާމެދު އަރާރުންވާތީވެ، އޭރުތިބި ދުވަސްވީ މީހުންގެ ހެކިން، އެގޯތި އެއީ، ފިހާރަ ހަސަން ވަގުފްކޮށް، އެ ފިހާރަކޮއެ އަށް ދީ، އެތާގެ ހަވާލުވެރިކަން އޭނާޔަށާ އޭނާގެ ދަރިންނަށް ލަށްވާފާވާ ގޯއްޗެއްކަމުގާ ސާބިތުވުމުން، އެމަގަށް، އެގޯއްޗަށް ފަތެއް ދެއްވުމަށް އެދުމުން، ރަދުންގެ ހުއްދަލިބި، އަލްހާޒިން އަބޫބަކުރު މުހައްމަދު ހަނދޭގިރި ކިޔުމުން މާލެ ލިޔާއަޅާ ލިޔުނު ފަތުގެ ނަކަލެއް.
މިނަކަލުގެ އެންމެ މަތީގާ 'މ.ޖޭމުގަސްދޮށުގޭ ފަތް' މިހެން ލިޔެފާވެއެ.
Size: 10" X 7.4"
K.Male' - Ma.Jan'buroaluge (Fathaslee Goathi) (Housing Plot) - Deed for housing plot

Sans titre
NAM DOC-MN-F5-15 · Pièce · 1956
Fait partie de Documents

1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މައްޗަންގޯޅި، ގައުމީ ގޯޅިއާއި އިންވެ އުތުރުން ޕިޔާނާގެއާ އިންވެ އިރުން އޮތް، ރިބުދޫ ކޮށްޓޭ ކިޔާ ބިމުގެ މެދުތެރެއިން، އުތުރު ބިތުން 14ރިޔަން 18އަނގޫ، ދެކުނު ބިތުން 12ރިޔަން 14އަނގޫ ބޮޑުމިން(މއ.ތަބައްގެ)، ރިނބިދޫ މުހައްމަދު ތަކުރުގެ ޒުލޭހާފުޅުގެ އާދަމްފުޅުގެ ތަބައްގޭ ދޮންކޮއްކޮ އަށް މިލްކުވެފާވާކަން، 1329ހ ޖުމާދިލްއާހިރު 11(1911މ ޖޫނު 9)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އާއި ހުސެއިން ސަލާހުއްދީނާއި ދެ ބޭފުޅުންގެ ޝަރީޔަތު މަޖިލީހުން ލިޔެދެއްވާފާވާ ފަތަކުން ސާބިތުވެ، އަދި ދޮންކޮއްކޮ ނިޔާވުމުން، އޭނާގެ ތަރިކަވެރިން ކަމުގާވާ އޭނާގެ އަނބި، ކަތްދާފުޅު، ދަރިން، އަލިފުޅުއާއި ދޮންކަމަނައަށް ލިބިފާވަނިކޮށް، ކަތްދާފުޅާއި ދޮންކަމަނަ ނިޔާވެ، ތަބައްގޭ ދޮންކޮށްކޮގެ ހުރި، ހަމައެކަނި ތަރިކަވެރިޔާ އަކީ އަލިފުޅު ކަމާއި، އެގޯތި އެއީ އޭނާގެ މިލްކެއް ކަމުގާ ބަޔާންކޮށް 1374 ޒުލްހައްޖު 22(1955މ އޯގަސްޓް 11)ގާ، މަހްކަމަތުލް ޝަރީޔާއިން، ވުޒާރަތުލް ދާހިލިއްޔާ އަށް ފޮނުވާފާވާ ހ-2/119ނަންބަރު ސިޓީއިން ސާބިތުވެ، އެގޯތީގެ މިލްކުވެރިޔާއަކީ، ރިބުދޫގޭ މުހައްމަދު ތަކުރުގެ ޒުލޭހާފުޅުގެ އާދަމްފުޅުގެ ތަބައްގޭ ދޮންކޮއްކޮގެ އަލިފުޅު ކަމުގާ ބަޔާކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 14 March 1956 regarding the ownership of the land Machchangoalhi Thabagge (Size: 10" X 7.36)K.Male' - MA.Thabahge (Housing Plot) - Private Property

Sans titre