Showing 867 results

Archival description
865 results with digital objects Show results with digital objects
NAM DOC-MN-F1-98 · Item · 1959
Part of Documents

1959މ ފެބްރުވަރީ 21(1378ހ ޝައުބާން 13)ގާ، ދިވެހިރާއްޖޭގެ ރަދުންނަށް، ރޮބާރޓް ޖޯން ކިޔާ މީހަކު، އިނގިރޭސި ވިލާތުގެ 'ހައުސް އޮފް ކޮމަންޒް'ގާ ޖަނަވަރީ 20ގާ ޖާމަނީއާ ބެހޭ ބަހުސެއްގާ 'މރ. މެކްމިލަން' ހުށައެޅި ވާހަކަޔަށް ތާއީދުކުރާ ވާހަކަޔާ، އެކަމަކު ރާއްޖެޔާ އަދި މޯލްޓާޔާ ޖެހުނީމާ އެމީހުން އެ މިންގަނޑު ނުބާއްވާ ކަމާ، ކުރީގާ އޭނާޔަކީ، 'ކޮންޒަވޭޓިވް ޕާޓީ" އިންތިހާބުވެފާވާ ދާއިރީ 'ޗެއާމަން'އެއް ކަމާ، 1957ގާ އިނގިރޭސިވިލާތާ އަދި އެ ޕާޓީ ދޫކޮށްފާ ދިޔައީ 'ސައިޕްރަސް އަދި ސުވޭޒްކެނެލް' އާއި ބެހޭ ސިޔާސަތާ ހެދިކަމާ، އޭގެ ކުރީ އޭނާ އުޅުނީ 'ލޭބާ ޕާޓީ'ގާ ކަމާ، އެ ޕާޓީން ވަކިވީ، 'ޕޮޓްސްޑޭމް-ޔޯލްޓާ' މުއާހަދާޔަށް އެ ޕާޓީ ތާއީދުކުރާތީއާ، އޭނާޔަކީ މިހާރު އެއްވެސް ޕާޓީއެއްގާ ނޫޅެ، މިނިވަންކަން ހޯދުމުގެ އެކްޓިވިސްޓެއްކަމާ، އަންނަ މަހު، އޭނާ ރަހުމަތްތެރި، އިނގިރޭސި ޕާލިމެންޓްގެ މެންބަރެއް ނިއުޔޯކަށް އަންނާތީ، ދިވެހި ރައްޔިތުންގެ ހައްގުތަކާ، މިނިވަންކަމާ ބެހޭ އެއްވެސްކަމެއް އޮތިއްޔާ އޭނާޔަށް އަންގާދެއްވުމުން، އޭނާޔަށް ކޮށްދެވެން އޮތް ކަމެއް ކޮށްދޭނެ ކަމުގަޔާ، އޭނާ އެއީ ހިލޭސާބަސްތެރިއެއްކަމުގާ ދެކިވަޑައިތުމަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Robert Johns on February 21, 1959, regarding political decisions and opinions (Size: 11" X 8.5")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-99 · Item · 1957
Part of Documents

1957މ ނޮވެންބަރު 7(1377ހ ރަބީލްއާހިރު 13)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދި އަށް، ޕޯލް އެލް.ނެލަންސް ކިޔާ މީހަކު، ބައިނިލްއަގްވާމީ ސުލްހައާ އަދި ރައްކާތެރިކަމާ، އިގްތިސާދީ އަދި އިޖްތިމާއި ކަންކަމުގާ، އ.ދ ގެންގުޅޭ ސިޔާސަތުތަކާ މެދު ރާއްޖޭގެ ނަޒަރަކީ ކޮބައިތޯ އަހާ، އަދި ރާއްޖޭގެ މައްސަލަތަކާ، ސިއްހަތާ ބެހޭ ކަންކަމާ، ރާއްޖެ ހޯދާފާވާ ކާމިޔާބީ ގެ މައުލޫމާތަށް އެދި، އަދި ރާއްޖޭގާ އުފައްދާ އެއްޗެތި، ބޭރުގައުމުތަކަށް ދޭ ދައުވަތު އަދި ހަދިޔާ ކަހަލަ އެއްޗެހީގެ ސާންޕަލް ލިބޭތޯ އަހާ، އަދިވެސް އެހެނިން މައުލޫމާތަށް އެދި ފޮނުވާފާވާ ސިޓީއެއް. Letter sent by Paul L Nellons on November 7, 1957, inquiring about the sultan's opinion on the United Nations, and the secret of rapid ecnomic growth of Maldivian economy; he also requests samples of products from the Maldives (Size: 11.95" X 8.45")
America - letter (Foriegn)

National Archives of Maldives
NAM DOC-MN-F1-101 · Item · 1955
Part of Documents

1955މ ޑިސެންބަރު 7(1375ހ ރަބީލްއާހިރު 22)ގާ، ފޮނުވާފާވާ 3ޕެންސްގެ "ކޮމަންވެލްތް ރިޕްލައި ކޫޕަން"(މިއީ ސްޓޭންޕްގެ ބަދަލުގާ ބޭނުންކުރެވޭ ކޫޕަންއެއް)އެއް. Common Wealth Reply Coupon that can be used instead of stamps (Size; 3" X 4.2")
United Kingdom - Coupon (foriegn)

National Archives of Maldives
NAM DOC-MN-F1-103 · Item · -
Part of Documents

(އަހަރެއް ނެތް) މާޗް 11އެއްގާ، އުމުރުން 23 އަހަރުގެ މުހައްމަދު ރޯޝީ(ކުރީގާ ކިޔާނަން ލެސލީ ޕްރައިސް)ކިޔާ މީހަކު، 'އިސްލާމީ އަހާޔަށް' މުހާތިބުކޮށް، އޭނާ 1958މ ގައި އިސްލާމްދީނަށް ވަދެފިކަމުގަޔާ، އޭނާޔަށް ރާއްޖެއިން ޓީޗަރެއްގެ ވަޒީފާ ލިބިދާނެތޯ އަހާ، އޭނާޔަކީ އޭރުވެސް ޓީޗަރެއް ކަމާއި، އޭނާ ރާއްޖެއިން ވަޒީފާ ހޯދަން އުޅޭ ސަބަބަކީ، އިސްލާމްދީނާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށްޓަކާ ކަމުގާ ބުނެ، ފޮނުވާފާވާ ސިޓީއެއް. Letter sent by 23-year-old Muhammed Roashy (previous name: Lesly Price), declaring his conversion to Islam and inquiring about a teaching job to learn more about Islam (Size: 7.1" X 5.35")
(America - Stamp (foriegn)

National Archives of Maldives
NAM DOC-MN-F2-1 · Item · -
Part of Documents

(ތާރީހެއް ނެތް) 'މާލޭގެ މީސްމީހުންގެ ވަގުފް ގޯތިތައް' މަތީގާ ޖަހާފާވާ، 8 ފަށްޗަކަށް ބަހާ، ފަތީގެ ސުރުހީއަށް، 'ނަންބަރު'، 'އަވަށް'، 'އިމާރާތުގެ ވެރިޔާ'، 'ގޯތީގެ ވެރިޔާ'، 'ފަތުގެ ނަންބަރު'، 'އިމާރާތް ހުރިގޮތް'، 'ގޯތިއޮތް ގޮތް'، މިނަންނަނަން ދީ، ސީރިއަލް ނަންބަރު 1-64 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް.
މިލިސްޓުގާ، ނަންބަރު 43ން 47ށް ވަނީ އުނިކޮށެ.
List of residential lands in Malé (Size: 13" x 8.3")
K.Male' - list (Endowed housing plot)

National Archives of Maldives
NAM DOC-MN-F2-2 · Item · -
Part of Documents

(ތާރީހެއް ނެތް) 'ފުރަމާލޭގެ އަމިއްލަ ގޯތިތައް' މަތީގާ ޖަހާފާވާ، 8 ފަށްޗަކަށް ބަހާ، ފަތީގެ ސުރުހީއަށް، 'ނަންބަރު'، 'އަވަށް'، 'އިމާރާތުގެ ވެރިޔާ'، 'ގޯތީގެ ވެރިޔާ'، 'ފަތުގެ ނަންބަރު'، 'އިމާރާތް ހުރިގޮތް'، 'ގޯތިއޮތް ގޮތް'، މިނަންނަނަން ދީ، ސީރިއަލް ނަންބަރު 1-130 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް. List of private properties in Malé, with details on the property name, district, building owner, land owner, and condition of the land and building (Size: 13" x 8.3")
K.Male' - list(Private Property)

National Archives of Maldives
NAM DOC-MN-F2-3 · Item · -
Part of Documents

(ތާރީހެއް ނެތް) 3ފަށްޗަކަށް ބަހާފާވާ، ސީރިއަލް ނަންބަރު 1-62 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް.
މި ލިސްޓުގާ، ފަހުގެ ތާރީހެއްގާ، ބަޔެއް ގޭގެ ނަމަށް ނިސްބަތްވާގޮތަށް، ފަންސުރުން، 'ބ'، '' ނޫނީ '×' ޖަހާފާ ވެއެ.
List of residential lands in Malé. The original document appears to have been later modified. (Size: 12.9" x 8.15")
K.Male' - list (housing plot)

National Archives of Maldives
NAM DOC-MN-F3-1 · Item · 1927
Part of Documents

1346ހ ޖުމާދަލްއައްވަލު 18(1927މ ނޮވެންބަރު 13)ގާ އައްނައިބު މޫސަލް މަހައްލީ ގެދަރި ހުސެން ސަލާހުއްދީނު ބަންޑާރަނައިބު މަނިކުފާނުގެ ޝަރީއަތު މަޖިލީހުގާ، ބަނޑޭރިބެއިކަލުންނާއި، މާފަންނު ސަރުދާރުތުއްތު އައިސް؛ މާފަންނު ވައިޖެހޭކޮށްޓޭ ކިޔާތާންގާ، ބޮނޑިބަތްގޭ ކުޑަކޮއްކޮގެ ދަރި މަރިޔަމްފުޅުގެ ދަރި ތުއްތުއަށް މިލްކުވެފާވާކަމަށް، އެ މަޖިލީހުން، 1345ހ(1927މ)ގާ، ފަތްލިޔެދެއްވާފާވާ ގޯތި، ތުއްތުގެ ރުހުމާއެކު ސަރުކާރަށް ނަގާ، ހަމަ އެބޮޑުމިނަށް، ކުޑަކޮށީގާ، ކަނޑޫދޫ ހަސަން ކަލޭފާނުގެ ތިންދަރީންނަށް މިލްކުވެފައިވާ ގޯއްޗާ އިންވެގެން އުތުރުން އޮތް ބަންޑާރަ ގޯތިން ބަދަލުދެއްވާ އެ ތުއްތުއަށް މިލްކުވީކަމުގެ، ފަތެއް، މިން ހިމަނާ ލިޔެދެއްވުމަށް އެދުމުން، އެކަން ބަށްލަވާ، ސާބިތުވުމުން، އެތުއްތުގެ އެދުމުގެމަތިން އެގޯތި ވަގުފްކޮށް، އެތުއްތުގެ ދަރިކޮޅަށް ހަވާލުވެރިކަން ދެއްވާ، އިމާއި މިން ހިމަނާ، އަހުމަދުލް މަހައްލީ ގެދަރި އައްނައިބު މުހައްމަދު ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' - M.Kandhooge (Housing Plot) - Deed for housing plot

National Archives of Maldives