Mostrar 867 resultados

Descrição arquivística
865 resultados com objetos digitais Mostrar resultados com objetos digitais
NAM DOC-MN-F1-11 · Item · 1956
Parte de Documents

1956މ އޭޕްރިލް 25(1375ހ ރަމްލޯނު 14)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އެމެރިކާގެ މިސޫރީން، 12އަހަރުގެ ކިޔަވާ ކުއްޖެއްކަމަށްވާ ކެރޮލީން ޝޫލް، އޭނާ، އެކިއެކި ގައުމުގެ ބުދު(ކުޅޭކުޅޭ) އެއްކުރާ ވާހަކަ ބުނެ، ދިވެހިރާއްޖޭގެ ބުދެއް ފޮނުއްވާދިނުމަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Carolyn Shull, Missouri to Sultan Mohamed Fareed Didi on April 25, 1956, She was a 12-year-old girl who collects dolls from different countries and asked him to send her a doll from the Maldives (Size: 10.9" X 8.5")
America - letter (Foriegn)

Sem título
NAM DOC-MN-F1-12 · Item · 1957
Parte de Documents

1957މ ޑިސެންބަރު 24(1377ހ ޖުމާދިލްއާހިރު 2)ގާ، ބެލްޖިއަމްގެ ވިކްޓާ ކެޕްރޮން، ރާއްޖޭގެ ރަދުންނަށް ލިޔެފައިވާ ސިޓީއެއް. Letter sent by Victor Capron of Belgium to Sultan of the Maldives on December 1957 (Size: 10.8" X 8.2")
Belgium - letter (Foriegn)

Sem título
NAM DOC-MN-F1-16 · Item · 1957
Parte de Documents

1957މ ޖޫނު 10(1376ހ ޒުލްގައިދު 11)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އެމެރިކާގެ ކެލިފޯނިޔާ އިން ޖޯން އޭ ވޯލްޓަން، އޭނާޔަށް ރަދުންގެ އެޑްރެސް ލިބުނީ ނެޝަނަލް ޖޯގްރަފިކް އިން ކަމުގަޔާ، ދިވެހިރާއްޖެގެ ސްޓޭންޕްކޮޅަކަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by John A Walton, California to Sultan Mohamed Fareed Didi on June 10, 1957, requesting for Maldivian stamps (Size: 7.9" X 5")
America - letter (Foriegn)

Sem título
NAM DOC-MN-F0-126 · Item · 1946
Parte de Documents

1115ހ ރަމްލޯނު 11(1704މ ޖަނަވަރީ 18)ގާ؛ 'ކޮލިނަންފުޅަކަށް މުޒްހިރުއްދީނު ކިޔުނު، އިބްރާހީމް އިސްކަންދަރު(ޝާހު ބަންދަރު)ރަދުން، ބޮޑު އިސްކަންދަރު ރަދުން'، ބިނާކުރެއްވި މިސްކިތް ހުރީ ގިބްލައަށްނޫންކަމުގާ ގަބޫލުކުރެވި، އެކަން ބަށްލަވާ، އެއީ ނުރަނގަޅު މިސްރާބެއް ކަމުގެ ދަލީލު ހޯއްދަވާ، ދީނުގެ ދަންނަބޭކަލުންނާއި، ނިޔަމިންނާއި، މަޝްވަރާކޮށް، އެމީހުންނަށްވެސް އެކަން އެގޮތަށް ފެނުމުން، އެމިސްކިތް ކައިރީގާ، ގިބްލަޔަށް ބިންގާއަޅާ، އެމިސްކިތާ އެއްގޮތަށް(އޭރު އެހުރި ގޮތަށް)މިސްކިތް އިމާރާތްކޮށް ނިންމަވާ، ކުރީގެ މިސްކިތާ، އަދިވެސް އެހެނިހެން މިސްކިތާ އެއްގޮތަށް އެމިސްކިތުގެ ކަންތައް ރާވާ، ދާއިމީ ގޮތެއްގާ އެކަން ބެލެހެއްޓޭނެ ގޮތް ހަމަޖަށްސަވަން ނިންމަވާ، އެމިސްކިތަށް ހައިރާތެއް ކުރަން ބޭނުންވާ މީހުންނަށް ކިޔޭނޭގޮތަށް، އެމިސްކިތުގެ އިރުމަތީ ފާރު ބަލަން އެންގެވި ކަމާ، އަދި އެހާތަނަށް ކުރެވުނު ކަންތަކާ ރަދުން ހިތްހަމަޖެހި އުފާކޮށް، އެމިސްކިތުގެ ބޯގަޔަށް، ހދ.ކުރިނބީ، ށ.ކުޑަޅައިމެންދޫ، ރ.އުނގޫފާރު، ބ.ނިބިލިގާ، (ކ.ތ.ޅ.އދ؟؟؟)ދިއްފުށި، ކ.ހެލެނގެލި، އ.މިރިހި، ވ.ވަށުގިރި، ބުޅަވެލި، ދ.ބަނޑިދޫ، ނަބަދި؟ ހުރުއު؟(އދ.ހުރުއެޅި؟) އަދި (ގއ/ގދ)މާރެހާ އާއި އެހުރިހާ ތަނެއް، ލަށްވާ، ކުރީގެ މިސްކިތުގެ ހާދިމުންނަށް މިމިސްކިތްވެސް ހަވާލުކުރަށްވާ، އިހުމިސްކިތާ އެއްފަދައިން، ފުރާޅުލުމާ، ރާއްޖޭގާ ހާނާހާ ތެލެއްގެ ތެރެއިން ކޮންމެ މަހަކު 6އަޑުބާތެލާއި(ވޮށްދިއްލަން)، ކޮންމެހުކުރު ވިއްލޭރެޔަކު ފަގީރުންނަށް ހަނޑޫ ނާޅިޔެއް ދޭން ކަނޑައެޅުއްވި ކަމާ، އަދި ބަޔާންވެ ދިޔަ ގޮތަށް ދުނިޔެ ދެމިއޮތްހާ ދުވަހަކަށް ދިގުދެމެންޖެހޭނެ ކަމާއި، ޝަރުތުތައް އަބަދަށް ފުރިހަމަކުރަންޖެހޭނެ ކަމާއި، މިވަގުފަކީ، ނުވިއްކޭނެ، ހިބައިން އަދި ސޮދަގާތަކަށްވެސް ނުދެވޭނެ އަދި އެއްވެސް މީހަކަށް މިލްކު ނުކުރެވޭނެ ކަމާއި، އެކަންކަން ނިގުޅައިގަތް މީހަކަށް އޭގެ އަޒާބު ލިބޭނޭ ކަމުގާ؛ އަލްގާޒީ އަބްދުލް ހަކީމް ބުނު މުހައްމަދު، އަރަބިން ލިޔެފާވާ ފަތުގެ(R-28)ގެ، 1325ހ ޖުމާދިލްއާހިރު 10(1907މ ޖުލައި 21)ގާ ކޮށްފާވާ ނަކަލެއް.
މިފަތުގެ މަތީގައި، ސުރުހީއަކަށް، ކިލެގެފާނު މިސްކިތުގެ ބޯގަފަތްކޮޅުގެ ނަކަލު'، މިހެން ޖަހަފާވެއެ.
މިއީ F0-100ގެ، 1234ހ ޝައަވާލް 20(1819މ އޯގަސްޓް 12)ގާ، ކޮށްފާވާ ތާނަ ތަރުޖަމާގެ ނަކަލެއް ކަމުގާ ބެލެވޭ، އެހެންނަމަވެސް، ދެކަރުދާހުގާ ކޮންމެސްވަރަކަށް ތަފާތު އެބަހުރި.
Size: 8.8" X 7.2"
K.Male' -2 Dhanaaru of Hukuru Mosque - Endowment for Shrine (ziyaaraiy)

Sem título
NAM DOC-MN-F0-120 · Item · 1668
Parte de Documents

1079ހ(1668މ)ގާ،(ތާރީހި، ރަދުނަށް ބަލާފާ)، އައްސުލްތާނު އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގެ 21ވަނަ އަހަރު، އެރަދުން، އޭނާގެ ދަރި މަރިޔަމް ކަނބާފާނު، އެ ކަނބާފާނުގެ ދަރި މުހައްމަދުއަށް ދެއްވި ގަލީ ގަނޑުވަރާއި، އެތާގާވާހާ ސާމާނަކާއި، ބިމާއި، ރުއްގަހާއި، ދިޔަމިގިލީ 'ފަންފަނާއި'(ހީވަނީ – 'ތަންތަނާއި' ހެން) އަހުމަދު ބޭބެއާ ދެއަގެ؟(ދެބެންގެ؟) ހުރިހާ ތަކެއްޗެއް، ވަގުފްކުރެއްވުމަކީ ރަންގަޅު ކަމެއްކަމަށް ވިދާޅުވުމުން، އެ އެންމެހާ ތަކެތި ވަގުފްކުރަށްވާ، މަރިޔަމް ކަނބާއަށާ، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާ، އަބަދުވެސް އެ ގަނޑުވަރު އެގޮތަށް ބޭއްވުމަށާ، އެރަށު މީހުންގެ އޮޑިދޯނީގާ 'ރިއްސެއުދިދަ'(ރީނދޫ ދިދަ؟؟؟ރަސްދިދަ؟) ނެގުމުގެ ހުއްދަދެއްވާ، އެރަދުންގެ ދަރި(މުހައްމަދު މަނިކުފާނު ގިޔާސުއްދީނު؟)އަށާ، ގަލީ ގަނޑުވަރުގެ މައްޗަށް ދިއަމިގިލީން ހަތީބަކު(ކަތީބަކު)ކަނޑައަޅުއްވާ، އެތަން އަމާނާތެއްގެ ގޮތުގާ، ބަލެހެށްޓުމަށް އޭނާޔަށް، ހަވާލުކުރަށްވާ، އިހުއްސުރެ އޮތް އާދައިގެ މަތިން، އެރަށު ކަތީބަކަށް އޮންނަ ކޮންމެ ކަމެއް، އެގަނޑުވަރުގެ ހަވާލުވެރިޔަކަށް އޮންނަންވާނެ ކަމާއި، ދުއާ، މާލޫދު، ސޮލަވާތްފާތިހާ، ކަށުކަމާކެމީގެ ކަންކަމާއި، މިފަދަ ޖަމާއަތީ ކަންކަން، އޭނާ ކުރާނަމަ، އެކަމުގެ އުޖޫރަ ދޭންވާނެކަމާ، އަދި އެރަށު ކޮންމެ ދޯންޏަކުން، އެގަނޑުވަރަށް 10 މަސްބައި، އަދި އެރަށުގެ ކޮންމެ ރާވެރިއަކުވެސް އެކަތީބުންނަށް ބައިއަޅަންޖެހޭނެ ކަމާ، އެ ގަނޑުވަރުން ކެއުމާއި ބުއިންވެސް ކަތީބުންނަށް ހުންނަންވާނެ ކަމާ، އެމީހުންނަށް ވާރު އިސްތިސްނާވާނެ ކަމާ، މިކަންކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަޖަހާ، ފެންފުށީ މުދިން އަހުމަދު ލިޔެދފާވާ ދިވެސްއަކުރު ފަތުގެ، 1962 އޭޕްރިލް 1(1381ހ ޝައްވާލް 25)ގާ، ފޮރި ހަސަން ދީދީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 11" X 8.5"
Th.Dhiyamin'gili - Galee Palace - Deed for housing plot, Endowment for property

Sem título
NAM DOC-MN-F0-127 · Item · 1791
Parte de Documents

1205ހ(1791މ)ގާ، އައްސުލްތާނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ދަރުބާރަށް ބ.ކުޑަރިކިލި މީހުން ދިއުމުން، އެރަށު މިސްކިތު ވަގުފް ކަމުގާވަ އެރަށުގެ ގޮއިފާލަށްބައިގާ ހުރި މީސްމީހުންގެ ގަސްގަހާގެހިން ނުކުންނަ އެއްޗެއް އެމީހަކަށް ދޭންވާނެ ކަމުގާ އަންގަވާ، އަދި ކުޑަރިކިލް އެމިސްކިތުގެ ކުރީގެ ބޯގައިގެ އިތުރުން، އެއަތޮޅު ވޯވަށް އާއި، ވިނެއްނަފަރު(ވިނަނެއްފަރު ހުރާ)އާ، އެކަކުގެ ރަސްހަކުރު ލަށްވާ، ކަތީބަކު ހުރިނަމަ އޭނާޔަށްވެސް އެކެއްގެ ރަސްހަކުރު އޮންނާނެ ކަމުގެ ބަސްއިއްވެވުމުން، އެބައިމީހުން، އާފަތަކަށް އެދުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްހާޒިން އަލް ކަބީރު ހަނދޭގިރި މުހައްމަދު ކިޔުމުން، މުދިން ހަސަން ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1378ހ ޒުލްގައިދު 10(1959މ މޭ 19)ގާ، ހުސެއިން ފަހުމީ ކޮށްފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 8"
B.Kudarikilu - Kudarikilu Mosque - Endowment for Shrine (ziyaaraiy)

Sem título
NAM DOC-MN-F0-121 · Item · 1696
Parte de Documents

1107ހ(1696މ)ގާ، (ރަދުންގެ ނަމެއް ނެތް... ތާރީހަށް ބަލާފާ)، މުހައްމަދު ރަސްގެފާނު(ދެއްވަދޫ)ގެ ދަރުބާރުގާ، ފީވަކު އަލީ ބަނޑޭރި، އެރަށުގެ މިސްކިތަށް، ބޯގަޔަކަށް އެދުމުން، އެ އަލީ ބަނޑޭރި، ފީވަކު ރައްޔިތުން އަތުން، 200ލާރި(2ރުފިޔާ)އަށް ގަތް، ރަށުގެ ދެކުނަށް އޮތް ހިންނަގެ ހުޅަގުން ހަރުގެމަގާ އިންވެ މައިމަގުގެ ދެކުނުން އޮޅި މަގާ އިންވެ ދެކުނުން އޮތް ހިންނަޔާ، މިދެ ހިންނަގެ ދެމެދު އޮތް ބިމާއި، އެބިމުގާ ވާހާ ތަކެއްޗަކާއި، އެ މިސްކިތުގެ ވަށާ، 3ބަމަ ފުޅާމިނުގެ ބިމާއި، އެބިމުގާ ވާހާ ތަކެއްޗަކާއި، ރާ އަޑުބަޔަކާއި، އެރަށުގެ މަސްވެރިކަންކުރާ ކޮންމެ އުޅަދަކުން މަސް ބަޔަކާއި، މި ތަކެތި އެ މިސްކިތުގެ ބޯގަޔަށް ލަށްވާ، އެ އަލީ ބަނޑޭރީގެ އެއްބަފާ ބޭބެ/ކޮއްކޮގެ ދަރި ވަތަބަނޑޭރި އާއި، އެ ވަތަބަނޑޭރީގެ ދަރި ހަސަން އާއި، އެ ރަށުގެ ރައްޔިތުންނަށް، ހަވާލުވެރިކަން ލަށްވައިފި ކަމުގެ އަމުރުނެރުއްވުމުން، އެރަދުންގެ ސިއްކަ ޖަހާ، އަލްވަޒީރު ހާޖީ މުހައްމަދު ފާށަނާ ކިޔުމުން، އަލީ ހަތީބު ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1378ހ ޒުލްހައްޖު 7(1959މ ޖޫނު 14)ގާ، ހުސެއިން ފަހުމީ ކޮށްވާފާވާ ތާނަ ތަރުޖަމާއެއް. Size: 13" X 8"
Sh.Feevaku -Feevaku Miskiiy (Mosque) - Endowment for Shrine (ziyaaraiy)

Sem título
NAM DOC-MN-F1-26 · Item · 1959
Parte de Documents

1959މ މާރޗް 16(1378ހ ރަމްލޯނު 6)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީއަށް، އާޖެންޓީނާގެ ސްޓޭންޕް ވިޔަފާރިކުރާ މީހެއް ކަމުގައިވާ ސީޒާ ކާރލޮސް މަޒޫޝެލީ، ދިވެހިރާއްޖެގެ ސްޓޭންޕްކޮޅެއް ހޯދޭނެ ގޮތުގެ މައުލޫމާތަށާ އަދި އެމެރިކާ ޑޮލަރާ އަޅުވާ ދިވެހި ފައިސާގެ އަގަކީ ކޮބައިތޯޔާ، އަދި އެކަމާ ސީދާ ގުޅާނެ ފަރާތެއްވޭތޯ އަހާ، ފޮނުވާފާވާ ސިޓީއެއް. Letter sent to Sultan Mohamed Fareed Didi on March 6, 1959 by Ceser Carlos Messucchelli, a stamp dealer from Buenos Aires requesting Maldivian stamps (Size: 3.9" X 7.4")
Argentina - letter (Foriegn)

Sem título
NAM DOC-MN-F1-23 · Item · 1960
Parte de Documents

1960މ މާރޗް 11(1379ހ ރަމްލޯނު 13)ގާ، (ވަކިމީހަކަށް މުހާތިބު ކޮށްފައެއް ނެތް) "ހެލެން ފުލްޑް ހެލްތް ފައުންޑޭޝަނުން"ގެ ލިއޮނާޑް ފެލިކްސް، އެމީހުން، ދުނިޔޭގެ އެކި ގައުމުތަކުގެ ނަރުހުންގެ ޔުނިފޯމު އެއްކޮށް، މައުރިޒެއް ބާއްވަން އުޅޭތީ، ދިވެހިރާއްޖޭގެ ނަރުހުންގެ ޔުނީފޯރމެއް ފޮނުވަން ނޫނީ ވިއްކުމަށް އެދި، ފޮނުވާފާވާ ސިޓީއެއް.Letter sent by Leonard Felix of the Helene Food Health Foundation, New Jersey, USA, on March 11, 1960, requesting Maldivian nurse uniforms for an exhibition on nurse uniforms from around the world (Size: 3.2" X 5.5")
America - letter (Foriegn)

Sem título