1908މ އޭޕްރިލް 9(1326ހ ރަބީލްއައްވަލް 7)ގާ، ކޮޅުނބުން، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، މޭރީ ކިޔާ ބޯޓަކުން، ރާއްޖެޔަށް ފޮނުވި މުދަލެއްގެ އެކްސްޕޯޓް ފޯމެއްގެ، އެޒަމާނުގެ ކޮޕީއެއް.(Size: 9.95" x 7.8")
Sri Lanka - Walker Sons & Co. Ltd - Form(Package)
1907މ ޑިސެންބަރު 31(1325ހ ޒުލްގައިދު 25)ގާ، ސްރީލަންކާގާ ހުންނަ ދިވެހި ސަފީރުގެ ނަމުގާ ހަދާފާއޮތް، އެސް.ޑަބްލިއު.ވޮލަސް އެންޑް ކޮންޕެނީ ކިޔާ ކުންފުންޏެއްގެ ހިސާބުކިތާބު ބަލަހަށްޓާފާވާ، ބާކީ(ބެލަންސް)އަށް،45/926 ރުޕީޒް އޮތް، ހިސާބުކިތާބު ކަރުދާހެއް.(Size:7.5" x 8.95")
Sri Lanka - S.W.Wallis & Company - Account
1908މ އޭޕްރިލް 7(1326ހ ރަބީލްއައްވަލް 5)ގާ، ކޮޅުނބުން، ވޯކާ ސަންޒް އެންޑް ކޮންޕެނީ ލިމިޓަޑް އިން، މޭރީ ކިޔާ ބޯޓަކުން، ރާއްޖެޔަށް ފޮނުވި މުދަލެއްގެ އެކްސްޕޯޓް ފޯމެއް.(Size: 7.5" x 8.95")
Sri Lanka - Walker Sons & Co. Ltd - Form(Package)
1321ހ(1903މ އޮކްޓޯބަރު 7)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު އިސްކަންދަރު، ކުލަސުންދުރަ ކައްތިރި ބޮވަނަ މަހާރަދުން؛ ޝްރީލަންކާގާ ހުންނަ ރާއްޖޭގެ މަރައްކާރުކަން(އިހުގާ، ޝްރީލަންކާގާ ހުންނަ ދިވެހިރާއްޖޭގެ ވިޔަފާރިއާބެހޭ އެޖެންޓް) އެގައުމުގެ އެން.އެމް އަބްދުލްކަރީމު އަށް، ދެއްވައިފި ކަމާ، އަދި، ދިވެހި އޮޑި އަދި ނާ ފަހަރުން އެ މަގާމްގާ ހުންނަ މީހަކަށް، އިހުއްސުރެ، އޮންނަ ކޮންމެ ކަމެއް އޮންނާނެ ކަމާ، އަދި ދިވެހިރާއްޖޭގެ މީހަކު ކޮޅުނބުގަ ހާލުގާ ޖެހިގެން އުޅޭނަމަ، އެބަޔަކު ކޮޅުނބުގާ ތިބިހާ ދުވަހަކު، އެކަށީގެންވާ ގޮތުގާ، ވެވެންހުރި އެންމެ ރަންގަޅަކަށް، އެ މަރައްކާރުގެ އެހީ ލިބި، ބެހިގެން ދިޔަ ބަޔެއްނަމަ އެމީހުން މާލެ ފޮނުވާދޭން ޖެހޭނެ ކަމާއި، މި އެންމެ ކަންކަމުގެ އަމުރަށް ލިޔެފާވާ ފަތެއް..
Sri Lanka - Designation
(Size: 7.95" x 5")
(ތާރީހެއް އިނގޭކަށް ނެތް)، 'އައްއްސުލްތާނު މުހައްމަދު އިމާދުއްދީނު'، މިނަން 11ވަނަ ފޮޅުވަތުގާ، އަދި 'އައްސުލްތާނު މުހައްމަދު'، މިނަން، ފަހަތުން 5ވަނަ ފޮޅުވަތުގާ، އަރިބިން،ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
Dh.Hulhudheli - Endowment for Shrine (ziyaaraiy)(Size: 21.8" x 16.55")
1220ހ(1805މ)ގާ، އައްސުލްތާނު މުހައްމަދު މުއީނުއްދީނު އިސްކަންދަރު ކުލަސުންދުރަ ކައްތިރި ބޮވަނަ މަހާރަދުންގެ ރަސްކަމުގެ 6ވަނަ އަހަރުގާ، ނިލަންދެ އަތޮޅު(ދ.)ހުޅުދެލި އޮޅިގިނައި{އޮޅުގިނަ؟؟...(ގަވާއިދެއްގެ މައްޗަށް އެކުލެވިގެންވާ ބަޔަކުމީހުންގެ ތެރެއިން މީހެއް)} ގެދަރި މަރިޔަމް ގެދަރި ހަތީބު މޫސާ ގެދަރި އިބްރާހީމް ހަތީބު ގެދަރި އިސްމާއީލް ހަތީބު ގެދަރި ހުސެއިން، އެ ރަދުންގެ ދަރުބާރަށް އައިސް، 1039ހ(1630މ) ގާ، ހުޅުދެލި އޮޅުގިނައި ލިޔެދީފާވާ ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދިދެންނެވުމުން، އެފަތް ބަށްލަވާ، އެފަތުގާ ވާފަދައިން؛ ނިލަންދެ އަތޮޅު (ދ.)ހުޅުދެލި މޭނާ ގެދަރި އޮޅިގިނައި އާއި، ކުލަރަންމީބަ ކަނބާ އައިސަ ރަނިކިލެގެފާނު އާއި، ނަސްރަތު މާވާ ކިލެގެފާނު އާއި މިތިން ފަރާތް، ނަރަކައިން މިންޖު ކުރަށްވާތޯ، އެ އޮޅިގިނައިގެ މުދާ ވަގުފްކޮށް، އަދި ނިލަންދެ އަތޮޅު (ދ.)މާދެލީގާ ހުރި އޭނާގެ ތަކެއްޗާ، އެރަށު މިސްކިތާ ޖެހިގެން އޮތް، ބެރެބެދިގަސް ހުރި މަގުން ގޮސް ފޫރުއްބަ(އިރު)އިން މޫސާ ކަލޭގެ ގެވަޅުގެ އަރިމަތީން މޫދާ ޖެހެންދެން އޮތްތަނުގެ ދެމެދުގާ އޮތް ހިންނައިގެ 2/1އާއި، އޭގާވާހާ ރުއްގަހާ، އެތާގެ އުތުރުން ގޮސް ދެކުނުފަރާތުގާ އޭނާ އިންދި ރުއްގަނޑާ އިންވެގެން އިރުން އޮތް މަގާ ޖެހިގެން ފަކުސަމަ(ހުޅަނގު)އަށް ދާއިރު އެދެމެދުގާ އޮތް ހިންނައިގެ 5/2އާއި، އެތާގާ ވާހާ ރުއްގަހާއި، އަދި އެރަށުގެ އެހެންތަނެއްގާ ވިޔަސް، ހުރި، އޭނާގެ ރުއްގަހާއި، އަދި ހުޅުދެލީގާ ވީހާ އޭނާގެ މިލްކުގާވީ އެންމެހާ ރުއްގަހާ، އޭނާގެ މިލްކު އެންމެހާ ތަކެއްޗެއް ވަގުފްކޮށް، އެއެއްޗެތީގެ މަންފާއިން ކޮންމެ ރަބީލްއައްވަލް މަހަކު، ވެވުނު ދުވަހަކު، 3 މީހުން ލައްވާ ސޮލަވާތް ކިޔެވުމަށާ، އޭނާގެ ރުއްތަކުން، އަހަރަކު، 4، 6 އަގި(ބޮލިގުނުމުގެ ފުރަތަމަ މިން...ފަސްފުއްބޮލި)ތެޔޮ، ހުޅުދަލީ މިސްކިތަށް ދިނުމާއި، އަދި މާދެލި، މަތި ހިންނައިގެ ތަކެތިން އެމިސްކުތު ފުރާޅު ފަންޖަހާ، ކުނާ ލާ، އަދި 3ނާޅި (ކޯޗެއްކަމެއްނެތް..ކާށިތެޔޮ؟؟) ދީ، އޭނާޔަށާ، އޭނާގެ މައިންބަފައިންގެ މައްޗަށް 3 މީހުން ލަށްވާ ޔާސީން ކިޔަވާ، އަދި އޭނާ މަރުވުމުން، ކޮންމެ ހުކުރުވިއްލޭރެއަކު، އޭނާޔަށް ފާތިހާ ކިޔެވުމަށާއި، އަދި، އޭނާޔަށް، ހުޅުދެލި މަރިޔަމް ކަނބުލޮގެ ބަނޑުން އުފަންވި މުހައްމަދު ހަތީބު، ފާތުމަތު ކަނބުލޮ ބަނޑުން އުފަންވި މަރިޔަމް ކަނބުލޮ، މާފިލާފުށި ހައްވާ ކަނބުލޮ ބަނޑުން އުފަންވި ހަދީޖާ ކަނބުލޮ އާއި އަދިވެސް އޭނާޔަށް ބަލަދުވެރިކަން އަރާ، މީހަކު ހުޅުދެލީގާ އުޅޭނަމަ އެމީހަކާ، އަދި ފަހުން އޭނާޔަށް ދަރިޔަކު ލިބިއްޖެ ނަމަ އެ ދަރިޔަކާ، އެ އެންމެގެ ދަރިކޮޅަށް، އެ ވަގުފްގެ ހަވާލުވެރިކަން ލަށްވާ، އާފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން، އަލްހާޒިން އަލްކަބީރު މޫސާ ކިޔުމުން މާލެ މާމުދިން ހަސަން ލިޔެފާވާ ދިވެސްއަކުރު ފަތުގެ، 1340ހ ޝައުބާން 9(1922މ އޭޕްރިލް 7)ގާ ކުރެވިފާވާ، ތާނަ ތަރުޖަމާއެއް.
Dh.Hulhudheli - Hulhudheli Mosque - Endowment for Mosque
(Size:16.5" x 13.25)
(ތާރީހެއްނެތް) އައްސުލްތާނު ހަސަން ނޫރައްދީނު، ކައްތިރި ބަވަނަ މަހާރަދުންގެ ދަރުބާރުގާ، އަރިއަތޮޅު ދަނގެތި ރައްޔިތުން، އެރަށުގާ ބޮޑުކަނބާފާނު ބިނާކުރެއްވި ދަނާރު(މިސްކިތް)އަށް، އައްސުލްތާނު އިބްރާހީމް އިސްކަންދަރު ނަވަލޯކަ މަހާ ރަދުން ދެއްވި ފަތްކޮޅު ވަނީ އުވިފާކަމުގާ ބުނެ، އެ މިސްކިތް ބެލޭނޭ ފަދަ ގޮތެއް ހައްދަވާދެއްވުމަށް އެދުމުން، އެމިސްކިތަށް ބޮޑުކަނބާފާނުންވެސް ލެއްވި ވަގުފްކަމުގާވާ، ރަށު ގޮއިރުކާ...(މިފޮޅުވަތުގާ މެދުބައި އޮތީ ހުހަށް... ލިޔެފާވާ އެއްޗެއް ތަރުޖަމާނަށް ނޭގިފަކަމުގާ ދެކެން).. އަދި ރުއްއަރައިފި ދުވަހަކުވެއްޖެއްޔާ، ރާ އަޑުބައެއް، ބީރަށްޓެއްސަކު ރުއް އެރިއްޔާ ރާ ކުޅަ(ކުޅައި..ރުނބާއެއް)ލެއް، އެރަށު މީހަކު އެހެން ރަށެއްގެ ރުއްއަރައިފިއްޔާ ބޮލި ކޮއްޓޭއެއް ދޭންޖެހޭނެ ކަމާ، އެރަށާ ޖެހިގެން އޮތް ކުޑަފުށި ކިޔާ ރަށް ލަށްވާ، އެރަށުގެ ކަތީބު އަލީ އާއި އޭނާގެ ދަރިކޮޅު މަތިކޮށް، އަދި ކަނބާފާނުގެ ދަރިކަލަކު ނުވަތ ދަރިކަނބަލަކު ވިޔަސް، އެ ވަގުފްއާ ދެކޮޅުހަދައިގެން ނުވާނެ ކަމުގެ އަމުރުނެރުއްވުމުން، އަހުމަދު ހަނދޭގިރި ކިޔުމުން، ފަތްލިޔާ ހަސަން ދިވެސްއަކުރުން ލިޔެ، އެރަދުންގެ ސިއްކަ ޖަހާފާވާ، ދިވެސްއަކުރު ފަތުގެ، 1340ހ ޝައުބާން 25(1922މ އޭޕްރިލް 23)ގާ ކޮށްފާވާ ތާނަ ތަރުޖަމާއެއް.
A.Dh.Dhan'gethi - Mosque - Endowment for Shrine (ziyaaraiy)
(Size: 12.2" x 16.2")
1332ހ ޖުމާދިލްއައްވަލް 16(1914މ އޭޕްރިލް 12)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު، މާލެ މެދު ޒިޔާރަތް ދެމިއޮންނަނިވި ރަނގަޅު ގޮތުގާ ބެލެހެއްޓުމަށްޓަކާ، ކ.ގާފަރު އާއި އަދި ރާއަތޮޅު، ކޮންމެސް ރަށެއްގެ(ނަމެއް ނެތް) ގޮއިފާލައްބައާ، އެ ޒިޔާރަތަށް ނަދުރަށް ގެންނަހާ ތަކެއްޗެއް، އެޒިޔާރަތުގެ ބޯގަޔަށް ލައްވާ، އެއިރަކު ތަހުތުގާ އިންނެވި ރަސްކަލަކު އެޒިޔާރަތް ބަލަހަށްޓާ މީހަކު އިސްކުރަށްވަން ޖެހޭނެ ކަމާ، ކޮންމެ ހުކުރުހޯމަ ވިއްލޭރޭ، ޒިޔާރަތުގެ ދޮރޯށީގެ ދެ ބަނޑިޔާ ކޮޅާ، އެތެރެ ވޮއްކޮޅު އަދި ބޭރު ފާރު ވަށާ ހުރި 7 ލަންޓަނު ދިއްލާ، ކޮންމެ ފަސްހެއުރެއަކު، އެތެރެ 7 ފާނޫޒު އަދި ހުޅަނގު އުތުރުކޮޅުގާ ހުންނަ ބަނޑިޔާކޮޅު ދިއްލާ، ހެންވޭރު ބޮޑުހިތި، އަދި ކުޑަހިތި ވިލޭރޭ، ކުރީގާ ބުނެވި ކަންތައްތަކުގެ އިތުރުން، ބޭރުފާރުގާ 150 ލެންޓަން އާއި، ދޮރޯށީގާ 6 ބަނޑިޔާ ދިއްލާ، ހަނދުވަރު ނުދޭ ކޮންމެ ރެޔަކު ބޭރު އުތުރު ފާރުގެ ދެކަނުގާ ހުރި ދެ ލެންޓަނު ދިއްލާ، ކޮންމެ އަހަރަކު، ފާރުތަކުގާ ހުދުއުވަލާ، ކޮންމެ އަހަރުމަތިފުޅުދުވަހަކު، އަސުރު ނަމާދަށް ފަހު 10 މީހުން ލައްވާ ޒިޔާރަތް ކާރީގާ ގުރުއާން، އަދި އެރޭ، 40 މީހުން ލައްވާ ފާތިހާ، ކިޔަވާ، ކޮންމެ ހުކުރުހޯމަ ވިލޭރޭ، ޒިޔާރަތް ދޮށުގާ ޔާސީން ފާތިހާ ކިޔާ، ކޮންމެ ހުކުރު ދުވަހަކު، މުޅި ޒިޔާރަތް ސާފުކުރުމާ، ބައިތުލްމާލުން، ޒިޔާރަތުގެ ދިދަ އާއި ދަވާދު އަދި، ބާވެއްޖެ ކޮންމެ އެއްޗެއް އާކުރުމާއި، އަދި، ކުރަންވި ކޮންމެ މަރާމާތު ކުރަންޖެހޭނެ ކަމާއި، ގާފަރު މީހުން ކޮންމެ އަހަރަކު 2ކަނޑި އުވަޔާ، ދޮންވެލި، ޒިޔާރަތަށް ގެނެސް ދޭންޖެހޭނެ ކަމާއި، ގާފަރުގާ ފުރާތަދަތުރުއޮޑި އޮންނަންޖެހޭނެ ކަމާއި، މިއެންމެކަންކަން، ދާއިމަށް އޮންނަން ޖެހޭނެ ކަމުގެ އަމުރުނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، އައްނައިބު ހުސެއިން ސަލާހުއްދީނު ލިޔެފާވާ ފަތެއް.
K.Male' - Medhu Ziyaaraiy (Mausoleum) - Endowment for Shrine (ziyaaraiy)
(Size:19.05" × 12")
(ތާރީހެއް ނެތް)، އައްސުލްތާނު މުހައްމަދު އިމާދުއްދީނު، ނިލަންދެ(ފ.،ދ.)އަތޮޅު ރައްޔިތުންނަށް، އެއަތޮޅު(ދ.)މަތިމުރުކާލި ކިޔާ ފަޅުން، (ދ.)ބަނޑިދޫގެ ރައްޔިތުން، ބޮލިހިލާ އަދި މަސް ބާނާ ހެދިޔަސް، އެއްވެސް މީހަކު އެމީހުންނާ ބެހި، ދެކޮޅުވެރިކަމެއް ނުވުމަށް، އަމުރުކުރައްވާފާ ފަތެއް.
A royal decree written in thaanascript stating that Dhaalu Mathimurakaali reef is open for fishing and other uses for Dhaalu Ba'ndidhoo people (Size:5.05" × 4.35")
Dh.Ban'didhoo - Mathi Muraka Lagoon - Order (Falhu)
1253ހ(1837މ)ގެ ތާރީހު ތިރީގާ ޖަހާ، މަތީގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނު ނަމުގާވާ ދެ ވައްތަރުގެ ދެ ސިއްކަޔާ، އައްސުލްތާނު ހަސަން އިއްޒުއްދީނުގެ ސިއްކައެއް ޖަހާ، 6ވަނަ ފޮޅުވަތުގާ، 'އައްސުލްތާނު ހަސަން ނޫރައްދީނު' މިނަން އަދި 18ވަނަ ފޮޅުވަތުގާ، އަލީ ހަތީބު، މިނަން އަރަބިން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.(Size:18.8" x 14.85")
Sans titre