(Size: 5.6" × 6.75") -- 1344ހ ޒުލްގައިދު 28(1926މ ޖޫނު 9)ގާ، މާކަނާ މަނިކުގެ ދޮންތުއްތު ދީދީ ނިޔާވުމުން، ކިނބިގަސްދޮށުކޮށިން އޭނާއަށް ވީތަނުން، ވަލުގަނޑުވަރު ތުއްތުދީދީއަށް ވާރުތަވީ ބައިގެ 2/1، ކުއްޅަވަށް އަލީ ދީދީ އާއި ތަކަންދޫ މުހައްމަދު ކަލޭފާނު ހެކިކޮށް، އެދުރު ހުސެއިން ދީދީގެ މުހައްމަދު ދީދީއަށް، ރިޔަނަކަށް -/3ރުފިޔާގެ މަގުން، -/16ރުފިޔާއަށް، އޭނާ ވިއްކިކަމުގާ ލިޔެފާވާ(ދިންވަކިފަރާތެއް ނެތް) ލިޔުމެއް.
K.Male' - Kin'bigasdhashu Koshi (A plot of land in Male)
(Size: 15.3" × 11.85") -- (ތާރީހެއް އިނގޭކަށް ނެތް) ދިވެސްއަކުރު ފަތެއް.
National Archives of Maldives(Size: 12.9" × 8") -- 1339ހ(1921މ)ގާ، އައްނައިބު ހުސެއިން ސަލާހުއްދީނުގެ ޝަރީޔަތު މަޖިލީހުގާ، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ ދަރިކޮޅުމީހުން ތެރެއިން، ރޯނުގޭ އަލީދީދިގެ ދަރި ސަންޕާ ދީދީގެ ފިރި ފޫޅުމާގޭ އަލީ ދީދީއާ، އެދެމީހުންގެ ދަރި އަހުމަދު ދީދީ އާއި، ދެމީހުން، އެމީހުންގެ ވަގުފް ގޯތި ރޯނުކޮށީގެ މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން، އެތަނުގެ އިހުގެ ފަތް ބެއްލެވިއިރު އޮތީ، 1208ހ(1794މ)ގާ، އަލްގާޒީ މޫސާ ނަޖުމުއްދީނު އަލްނަދުވީ، އެގޯތީގެ އިން ހިމަނާ، ލިޔެދީފާވާ ފަތެއްކަމުން، އެގޯތީގެ މިންއެޅި ކަމާއި، މުހައްމަދު ރޯނުބަނޑޭރި ތަކުރުފާނުގެ ދަރިކޮޅު މީހުން އޭނާގެ ތަރިކަ ބަހާ، އެގޯތި 4 ބަޔަކަށް ބެހެވިފާވާ ކަމާއި، ބެހިފާވާނީ، ދެކުނު މަތީ ބައި، ބިލާލުގޭ އަލިމަނިކުގެ މައިފުށު މާމަގެ ދަރިކޮޅަށް، އެތަނާ އިންވެ ހުޅަނގަށްއޮތް ބައި، ވެޔޮގޭ މަނިއްޕުޅުގެ މަންމަ، ވެލާނަގޭ ދީދީގެ ދަރިކޮޅަށް، އުތުރު މަތީ ބައި، ރޯނުގޭ އަލީ ދީދީ އާއި މޫސާ ދީދީގެ މަންމަ، ރޯނުގޭ ބޮޑު ދީދީގެ ދަރިކޮޅަށް އަދި އެތަނާ އިންވެއޮތް ހުޅަނގު ބައި، މާލޭގެ ރަންފުޅުގެ މަންމަގެ ދަރިކޮޅަށް، ކަމުގަޔާ، އެ ތަނުގެ ވަގުފުން، ކޮންމެ ރަބީލްއައްވަލު މަހުގެ 12ދުވަހު، ސޮލަވާތް ކިޔަން ވާނެކަމާ، މިއެންމެހާ ކަންތައްތައް ލިޔެ، އެ ޝަރީއަތު މަޖިލީހުން ލިޔެފާވާ ފަތެއް.
އަދި، މިފަތުގެ ނުފުށުގާ، 1959މ ނޮވެންބަރު 9(1379ހ ޖުމާދިލްއައްވަލު 8)ގާ، 'މިގޯތި އެލައިން ނަގާ، އަލުން ފަތް ލިޔެ(ނަންބަރު 127) ލިޔެފާވާ ކަމުގާ ލިޔެފާވާ ލިޔުންކޮޅެއް ވެއެ.
K.Male' - H.Roanukoshi (A plot of land in Male) - Deed(Housing Plot)
(Size: 21.3" × 16.5") -- (ތާރީހެއް އިނގޭކަށް ނެތް) ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'އުތީމް މިސްކިތު ބޯގަ، ނަންބރު 79'، މިހެން ލިޔެފާވާ، ދިވެސްއަކުރު ފަތެއް.
H.A.Utheem - Endowment for Shrine (ziyaaraiy)
(Size: 23.6" X 18") -- (ތާރީހެއް އިނގޭކަށް ނެތް)9ވަނަ ފޮޅުވަތުގާ، 'އައްސުލްތާނު މުހައްމަދު އިމާދުއްދީނު' އަދި 16ވަނަ ފޮޅުވަތުގާ، 'ޒުލްގައިދު'، އަރަބިން ލިޔެފާވާ، ބަކަރިހަމުގެ ފަތެއް.
އަދި މިފަތުގެ ނުފުށުގާ، ފަހުގެ ތާރީހެއްގާ، 'ނަންބަރު 89، ކޮޅުމަޑުލު ދިޔަމިގިލި، މާލިޔާ ށ.1-59/89' މިހެން ލިޔެ، މިނިސްޓްރީ އޮފް އެގްރިކަލްޗަރުގެ ތައްގަނޑު ޖަހާފާވާ ދިވެސްއަކުރު
ފަތެއް
Th.Dhiyamingili
(ތާރީހު ރަދުންނަށް ބަލާފާ)1352ހ(1933މ)، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 33ވަނަ އަހަރު، އެރަދުންގެ ހިރިޔާފާތުރާދަށުގާ(ދަރުބާރުގާ)، 1134ހ(1722މ)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު، ހއ.އުތީމު މިސްކިތުގެ ބޯގަޔަށް ލަށްވާފާވާ، ކުރީގާ ފަޅަށްއޮތް، ހއ.ދިއްދޫގެ އެއިރުގެ ރައްޔިތުން؛ އެރަށް ބޯގަޔަކަށް އޮތުމުން، ދިރިއުޅެން ދަތިކަމުގާ ދެންނެވުމުން؛ އެކަމާ، މާލޭގެ އިލްމުވެރިންގެ ޖަމާއަތަކުން އެރަށަކީ ވަގުފެއް ނުވަތަ ބޯގަޔެއްތޯ ބެއްލެވުމަށް އަމުރުކުރެއްވުމުން، އެކަން ބެލިއިރު އެއީ ބޯގައެއް ކަމާ، އުތީމު މިސްކިތަށް، ދިއްދޫގެ ބަދަލުގާ އެހެން ރަށެއް ނުވަތަ އެހެން އެއްޗެއް، ދެއްވުމަކީ ސައްހަކަމެއް ކަމުގާ އިރުޝާދު ދިނުމުން، އެ މިސްކިތަށް ހުރި ބޯގައިގެ ތެރެއިން، ދިއްދޫ ނަގާ، އޭގެ ބަދަލުގާ، ހއ.މުލިދޫ ލަށްވާ، އެމިސްކިތުގެ ބޯގަޔަށް ވަނީ، އުތީމު ގޮއިފާލައްބައިގެ ވާރުދުރޯ، ހއ.ފަރިދޫ ގޮއިފާލައްބަ، ރަހުރާ(ރަލުން ނަގާ ޓެކްސް)، ކޮންމެ އަހަރަކު އަތޮޅުވެރިންގެ އަތުން 3 ތުޅު(1ފައުލާ، 28ރާތާ)ރޯނު އަދި އުތީމުން މަހަށް ދިޔަ ކޮންމެ އޮޑިޔަކުން މަސް ބައެއް ކަމާ، އަދި އެތަނުގެ ހަވާލުވެރިންނަކީ އުތީމުގެ ރައްޔިތުން ކަމާއި، އުތީމުގާ ކޮންމެ މީހަކު ގޮވާމެއް ކޮށް، ރުއް އިންދާ ހެދިޔަސް އެއެއްޗެތިން އެމިސްކިތުގެ ބެލެނިވެރިންނަށް ދޭންޖެހޭނެ ކަމާ، އަދި އުތީމު ރައްޔިތުން ބަންޑާރަ މަސައްކަތަށް ނުކުންނަން ނުޖެހޭނެ ކަމާ، އުތީމު ގަނޑުވަރަކީ އެރަށު އެންމެންގެ މައްޗަށް އޮތް ތަނެއް ކަމާ، އައްސުލްތާނު އަލްގާޒީ މުހައްމަދު ތަކުރުފާނު (ސިރީ ސަވާދީއްތަ މަހާރަދުން)ނަށް ކޮންމެ އަހަރަކު ފާތިހާ ކިޔަވާ، އެރަދުންނަށް ދިޔަފުރަސޫތާވެ(އަށަގަނެ)އުފަން އައްސުލްތަނު އިބްރާހީމް އަށް، ވީވަރަކުން، ކޮންމެ ރަބީލްއައްވަލް މަހަކު ދުއާއެއް ކިޔާ، އިހުފަދައިން މާލޫދު ކިޔާ އަދި މި އެންމެހާ ކަންކަން ކުރުމަށް، އެއިރަކު މާލޭގެ ރަސްކަމުގާ އިންނެވި ރަސްކަލަކު، އުތީމު މީހަކާ ހަވާލުކުރައްވާ، އެމީހަކު އެކަން ކުރަންޖެހޭނެކަމާ، އެޔަށްފަހު އުތީމު މީހުން ދިއްދޫއަށް، ކުރީގާ ގޮސްއުޅުނުހެން ގޮސްގެންނުވާނެ ކަމާ، މިއެންމެހާ ކަންކަމުގެ އަމުރު ނެރުއްވުމުން؛ އެރަދުންގެ ސިއްކަ ޖަހާ، ފަތެއްލިޔުމަށް، ވަޒީރުލް އައުޒަމް އަލްއަމީރު މުހައްމަދު ފަރީދު ދީދީ އެންގެވުމުން، ހުރާ ހަސަން ގެދަރި ފަތްލިޔާ މޫސާ މަލިން ލިޔުނު ފަތެއް. (Size: 19.25" × 12")
H.A.Utheem - Mosque in Utheemu - Endowment for Shrine (ziyaaraiy)
(ތާރީހެއް އިނގޭކަށް ނެތް) 12ވަނަ ފޮޅުވަތުގާ 'އައްސުލްތާނު އިބްރާހީމް އިސްކަންދަރު' މިހެން އަރަބިއަކުރުން ޖަހާފާވާ، ދިވެސްއަކުރު ފަތެއް.(Size: 28.7" × 14.4")
National Archives of Maldives1352ހ ރަބީލްއައްވަލް(1933މ ޖުލައި)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު، އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ޝަރީޔަތު މަޖިލީހުގާ، ކަންދޫގެ އައިމިނާ މަނިކެ، އެމީހުންގެ ކާބަފައިން ވަގުފްކޮށްފާވާ، ގަލޮޅު، ތުއްކަނބާ ހިންނައިގެ ދެކުނުން، ކޮލިހިނގާ މަގާ އިންވެ އިރުން، ކަޅުތުއްކަލާ މަގާއިންވެ އޮތް، ގޯތީގެ ވަގުފް ފަތުގާ އެގޯތީގެ މިން ނެތުމުން އެގޯތި ކުޑަވަމުން ދާތީ، މިން ބަޔާންކޮށް ފަތެއް ދެއްވުމަށް އެދުމުން، އެގޯތީގެ، އިމާއި، މިން ހިމަނާ، އެ މަޖިލީހުން ލިޔެދީފާވާ ފަތެއް.(Size: 12" × 8.15")
K.Male' - G.Kandhoo - Deed for housing plot
(ތާރީހެއް އިނގޭކަށް ނެތް)، ދިވެސްއަކުރު ފަތެއް.(Size: 28.8" × 10.6")
National Archives of Maldives1310ހ ރަބީލްއާހިރު 24(1892މ ނޮވެންބަރު 14)ގާ، އަބްދުލް ގާދިރު އަލްނަސްކީ އަލް ގާހިރިއްޔާ ގެދަރި އަލްގާޒީ އަލީ ހިސާމުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ޝަރީޔަތު މަޖިލީހުގާ، ހެވިގޭ ހުސެއިން މަނިކުފާނު ގެދަރި މީރުބަހުރު މުހައްމަދު މަނިކުފާނު ގެދަރީން، އެމީހުންގެ ކާފަ، ފެންފުށި މަލިން ތަކުރުފާނުގެ ދަރި މަލިން އެދުރު ހަސަން ތަކުރުފާނު އަށް ހަވާލުވެރިކަން ދީފާވާ .....(ވީދިގޮސްފާ)ކުޑަފަރީ މުދިން ތަކުރުފާނުގެ ދަރި މަރިޔަމް ފާނު ވަގުފްކޮށްދީފާވާ .....(ވީދިގޮސްފާ)މައިޒާނުގެ ވަރިންމަ(އުތުރާއި ހުޅަނގާ ބެދުނުކަން)އިން، ކޮލިހިނގާ މަގާ އިންވެ އުތުރުން .....(ވީދިގޮސްފަ)... ދާންނަގެޔާ އިންވެ ދެކުނުން އޮތް ގޯތި ބަށްސަވާ، އެމީހުންނަށް ވީތަން ވަކިކޮށް، އެތަނުގެ މިން ހިމަނާ ފަތެއް ދެއްވުމަށްއެދުމުން، އެގޯތި ބައްސަވާ، އެގޯތީގެ ހުޅަގުން ....(ވީދިގޮސްފަ)، އެ މުހައްމަދު މަނިކުފާނު ބައްލަވައިގަތްފާވާ ތަންކޮޅަކާ އެކު އެއީ، އޭނާގެ ދަރިންގެ މިލްކެއްކަމުގާ، ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ ފަތެއް ލިޔުމުގެ އަމުރުނެރުއްވުމުން؛ ހަސަންލް މުލައްގަބް މާރާދަލް މުލަކީ ގެދަރި އައްނައިބުލް ކަބީރު މުހައްމަދު މިން ނަވާއިބުލް މަހްލީ ލިޔެފާވާ ފަތެއް.
(Size: 8.89" × 7.3")
K.Male' - A.Dh.Fenfushi Malin Thakurufaanu Goathi (Housing Plot) - Housing plot (Endowed)