Mostrar 867 resultados

Descrição arquivística
865 resultados com objetos digitais Mostrar resultados com objetos digitais
NAM DOC-MN-F5-18 · Item · 1954
Parte de Documents

1374ހ ރަބީލްއައްވަލް 20(1954މ ނޮވެންބަރު 16)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ އައްޔަފުޅު ކޮއިގެ މިލްކެއްކަމުގާ، އައްނައިބު ސަލާހުއްދީނު ފަތްލިޔެދެއްވާ، 1373ހ ސަފަރު 4(1953މ އޮކްޓޯބަރު 12)ގާ، އެފަތުގެ ނުފުށުގާވާ މަހްކަމަތުލް ޝަރީޔާގެ ލިއުމަކުން، އައްނަބީލް އިބްރާހީމް ހަސަން ދިދީއަށް މިލްކުވެފާވާ، ހެންވޭރު ހިތަށްފިނިވާމަގާއި އިންވެ އޮތް ކަރަންފޫ ގޯތި؛ އަދި 1208ހ(1794މ)ގާ، ބުރަކި ހާޖީގެ މިލްކެއްކަމުގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާ، 1368ހ ޖުމާދިލްއާހިރު 5(1949މ އޭޕްރިލް 4)ގާ، އިބްރާހީމް ހަސަން ދީދީއަށް ވިއްކާ އޭނާގެ މިލްކެއްކަމުގާ، މަހްކަމަތުލް ޝަރީޔާގެ ލިއުމަކުން ސާބިތުވާ، ހެންވޭރު މުޅަދޫގެއާ ގުރާތުންގެއާ އިންވެ އިރުންއޮތް، ބުރަކިގޯތި؛ އަދި، އަލްއަމީރު ހަސަން ފާށަނާކިލެގެފާނުގެ ދަރި ނޫމަރާގަނޑުވަރު ތުއްތުމަނިއްޕުޅުގެ މިލްކެއް ކަމުގާ، އައްނައިބު ސަލާހުއްދީނުގެ ޝަރީޔަތު މަޖިލީހުން ފަތްލިޔެދެއްވާ، އެ ތުއްތުމަނިއްޕުޅު، ފިހާރަކޮއިގޭ އާދަމްފުޅުއަށް ވިއްކާ، އިބްރާހީމް ހަސަން ދިދީ އޭނާ އަތުން ގަނެ، މިލްކުރެއްވިކަމުގާ، 1370ހ ރަބީލްއާހިރު 23(1951މ ޖަނަވަރީ 31)ގާ، އެގޯތީގެ ފަތުގެ ނުފުށުގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިއުމުން ސާބިތުވާ، ހިރުނދުގޯޅިއާ އިންވެގެން އޮތް ފިހާރަގޯތި؛ 1208ހ(1794މ)ގާ، ބަންޑާރަ އެދުރުގޭ ދޮންމަނިކުގެ ދަރީންގެ މިލްކެއްކަމުގާ، އައްސުލްތާނު ހަސަން ނޫރައްދީނު ފަތްލިޔެދެއްވާ، 1317ހ ޖުމާދިލްއައްވަލް 15(1899މ ސެޕްޓެންބަރު 21)ގާ، އޭރުގެ އެގޯތީގެ މިލްކުވެރިޔާ، އަސޭގޭ ދޮށީމަނިކު، އަލްއަމީރު ހަސަން ފާމުލަދޭރިކިލެގެފާނުއަށް ވިއްކާ، އޭނާއަށް މިލްކުވެފާކަމުގާ، ނައިބު ތުއްތުގެ ފަނޑިޔާރު ގެއިން، އެގޯތީގެ ފަތުގެ ނުފުށުގާވާ ލިއުމަކުން ސާބިތުވެ، އެކިލެގެފާނު ނިޔާވުމުން، އޭނާގެ ބެހެނިވެރިން ކަމުގާވާ، އޭނަގެ ދަރިން، އިބްރާހީމް ހަސަން ދީދީ، މުހައްމަދު ހަސަން ދީދީ އަދި އަލްމަރްހޫމް އައިމިނަތު ދީދީގެ ފާތުމަތު ދީދީގެ މިލްކުވިކަމުގާ، 1374ހ ސަފަރު 11(1954މ އޮކްޓޯބަރު 8)ގާ މަހްކަމަތުލް ޝަރީޔާއިން ފޮނުއްވި، ހ-2/10ނަންބަރު ސިޓީން ސާބިތުވެ، ފާތުމަތު ދިދީއަށްވީ ބައި، އޭނާ، އިބްރާހީމް ދީދީ އާއި މުހައްމަދު ދީދީ އަށް ހިބައިން ދެއްވާ، މުހައްމަދު ދީދީއަށްވީ ބައި، އިބްރާހީމް ދީދީ އަށް ވިއްކަވާ، މުޅިގޯތި އިބްރާހީމް ހަސަން ދީދީ އަށް މިލްކުވެއްޖެކަމުގާ، 1374ހ ރަބީލްއައްވަލް 14(1954މ ނޮވެންބަރު 10)ގާ، މަހްކަމުތުލް ޝަރީޔާއިން ފޮނުވި، ހ-2/18ނަންބަރު ސިޓީން ސާބިތުވާ، މެދުޒިޔާރަތް މަގާ އިންވެގެން އޮތް، މަދްރަސާފެހި ކިޔާތަނުގާ އޮތް ގޯތި؛ އަދި އަބާ އީސާ ހާޖީގެ ދަރި އާދަމް ފުޅުގެ މިލްކެއްކަމުގާ، އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބު މަނިކުފާނުގެ ޝަރީޔަތު މަޖިލީހުން ފަތްލިޔެ، އާދަމްފުޅު ނިޔާވުމުން އޭނާގެ ދަރި އިބްރާހީމް ރަޝީދުއަށް މިލްކުވީ ކަން، އެ ފަތުގެ ނުފުށުގާ، 1365ހ ރަޖަބް 5(1946މ ޖޫނު 5)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިއުމުން ސާބިތުވެ، ރަޝީދު ނިޔާވުމުން އޭނާގެ އެއްބަނޑު، އަބާ މޫސާފުޅުއަށް މިލްކުވެ، އޭނާ، އިބްރާހީމް ހަސަން ދީދީ އަށް ވިއްކާ، އިބްރާހީމް ހަސަން ދީދީއަށް އެގޯތި މިލްކުވީ ކަމުގާ، 1373ހ ޒުލްގައިދު 24(1954މ ޖުލައި 25)ގާ، މަހްކަމަތުލް ޝަރީޔާއިން ލިޔެފާވާ ލިޔުމަކުން ސާބިތުވާ، މައްޗަންގޯޅި އަޅިވިލާގޯޅި އާއި އިންވެ އުތުރުން އޮތް، އަބާ މޫސާފުޅު ހުރި ގޯތި ކިޔާ ގޯތިއާއި، މި 5 ގޯތި؛ ހިތަށްފިނިވާމަގާ އިންވެ ދެކުނުން ހަދީބީމަގާ އިންވެ އިރުން އޮތް، ބަންޑާރަގޯއްޗާއި ބަދަލުކޮށް، ލާޖައްސާ، އެ 5ގޯތި ދައުލަތުއަށް މިލްކުވެ، އެހުރިހާ ގޯތިތަކުގެ ބޮޑުމިނުން އިތުރުވީ ބައި، ބުރުނީގޭ ދެކުނުގެއާ ލާޖައްސާ؛ އެ މުޅިގޯތި(ހ.ބުރުނީގެ އާއި އެގޭ ދެކުނުގެ) އައްނަބީލު އިބްރާހީމް ހަސަންދީދީ އަށް މިލްކުވެއްޖެ ކަމުގާ ބަޔާންކޮށް، އެތާގެ އިމާއި މިން ހިމަނާ، ލިޔެދީފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 16 November 1954 about the transfer of ownership of the land Henveiru Buruneege till the latest Owner. (Size: 10" X 7.35)K.Male' - H.Buruneege (with Dhekunuge) Housing Plot) - Private Property, Housing plot (government)

Sem título
NAM DOC-MN-F3-17A · Item · 1950
Parte de Documents

1369ހ ޝައްވާލް 6(1950މ ޖުލައި 22)ގާ، މަހްކަމަތުލް ޝަރިއްޔާގެ، އަލްގާޒީ އަބްދުލް ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތު މަޖިލީހުން، ހެންވޭރު ކަޅުހުރާގޭ އިރުން އޮތް މަގާ އިންވެ އިރުން އޮތް މެދުރީމުސްކުޅިގޭ އުތުރުން އޮތް ވަގުފް ގޯއްޗާއި އެތާގާވާ ގެ، ގަލޮޅު ހުސްނުހީނާމަގާ އިންވެގެން އިރުން، އަންނާރުގެއާއި އިންވެގެން، އުތުރުން އޮތް، ހެންވޭރުގާ ވާގޯތީގެ ވަގުފްވެރީން ކުރެ ކެރަފާ މުހައްމަދު ކަލޭފާނު މިލްކުގާވާ، ގ.ހިކިފިނިފެންމާގެ(މިހާރުގެ އެންޓާރިސް) ގޯއްޗާއި، ލާޖައްސައި ދިނުމަށް، އެދުމުން؛ މިދެގޯތި އަގުކޮށް ދެގޯތީގެ އަގުން އިތުރުވީބައި، މިވަގްފު ގޯތީގެ މައްޗަށް މުހައްމަދު ކަލޭފާނުން ދޫކޮށްލުމުން، މި ހިކިފިނިފެންމާގެ ކިޔާ ގޯއްޗާ އެތާގާވާގެ، މީނާގެ މިލްކެއް ކަމަށް ނިޔާކުރަށްވާ، އެގޯތި ވަގުފްފަތުގެ (F3-17) އަސްލުފަތުގެ އަނެއްފުށުގާ، އެ ޝަރީއަތު މަޖިލީހުން، ޖަލާލުއްދީނު ސޮއިކުރައްވާ، ލިޔެފާވާ ލިޔުމުގެ ނަކަލެއް. F3-17B)) (Size: 8.8" X 6.7") Chief Justices - Al Ghaazee Abdul Jalaluddin
K.Male' -G.Hikifinifenmaage/G.Antaaris (Housing Plot) - Deed for housing plot

Sem título
NAM DOC-MN-F3-9 · Item · 1915
Parte de Documents

1339ހ ޒުލްޙައްޖު(1921މ އޯގަސްޓު)ގާ، މޫސާމަހައްލީ ގެދަރި ހުސެން ސަލާހުއްދީނު ބަންޑާރަނައިބުގެ ޝަރީއަތު މަޖިލީހުގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު ގެދަރި އަލްހަތީބު ހުސެއިން ގެދަރި ވެލިދޫގޭ މުހައްމަދު ދީދީ އައިސް؛ އޭނާގެ މައިފުށު މީހުންގެ، މައްޗަންގޯޅި އައުގެގެ ފަތް ބާވެގެން، އެފަތް އާކޮށްދެއްވުމަށް އެދުމުން، އެފަތް ބެއްލެވިއިރު، އެއީ 1242ހ(1827މ)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަފަނޑިޔާރު މަނިކުފާނުން، އަހްމަދު މާލިމީގެ ދަރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނާއި، އޭނާގެ އެއްބަނޑުއެއްބަފާ މަރިޔަމްފާނު އާއި އެދެބެންގެ މަންމަގެ ގޯތިކަމަށްވާ މައްޗަންގޯޅި އައުގެ، އެދެބެންނަށް އެއްވަރަށް ބައްސަވާ، އުތުރުބައި މަރިޔަންފާނަށް އަދި ދެކުނުބުރި އިބްރާހީމް މާކޮށާރު ބަނޑޭރި ތަކުރުފާނަށް ލިބި، އެދަބައި އެއްކޮށް ވަގުފްކޮށް، މުޅި އެ ގޯއްޗާއި އެގޯތީގާވާހާ ތަކެއްޗެއްގެ ހަވާލުވެރިކަން، އެދެބެއިންނާއި އެދެބެންގެ ދަރިފަސްކޮޅަށް ލައްވާ، އައްނައިބު މުހައްމަދު ބަންޑާރަނައިބު ލިޔުއްވާފާވާ ސައްހަ ފަތެއްކަމަށް ސާބިތުވުމުން އެފަތް އޮތްގޮތަށް އެމަޖިލީހުން ލިޔެދެއްވި ފަތުގެ ނަކަލެއް. (Size: 8.8" X 6.7") Chief Justices - Al Naaibu Hussain Salahuddin
K.Male' - H.Kudafareege - Private Property

Sem título
NAM DOC-MN-F1-97 · Item · 1959
Parte de Documents

1959މ ޖަނަވަރީ 28(1378ހ ރަޖަބް 18)ގާ، (ވަކިމީހަކަށް މުހާތިބުކޮށްފައެއް ނެތް) ރުޑޮލްފް ޝްޓާލް ކިޔާ މީހަކު،ބިދޭސީއަކު ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމުގެ ގަސްތު އޭނާގާ އޮވެގެން، ރާއްޖޭގެ އެކިއެކި ހިސާބުގަނޑުގާވާ، އެކިއެކި ދަރަޖައިގެ ހޮޓަލުގެ އެޑްރެހާ އަދި، އެތަންތާގެ އިތުރު މައުލޫމާތަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Rudolf Stahl, inquiring about hotels and restaurents in the Maldives (Size: 11.65" X 8.25")
Germany - letter (Foriegn)

Sem título
NAM DOC-MN-F3-8 · Item · 1952
Parte de Documents

1371ހ ޒުލްގައިދު 3(1952މ ޖުލައި 25)ގާ، ވުޒާރަތުލް ދާހިލިއްޔާ އިން؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ ކަނޑައެޅުނު، ސަރުކާރުގެ އާ ގަވައިދުގެ ދަށުން، ގަލޮޅު ޖަހާހަގުބިމުގައި އޮތް އާއިޝަތު އަޅާގެ ގަތްގޯތި ކިޔާ ގޯތި("ޑޭޒީފެހި" ގޯތި)، 1208ހ(1794މ)ގާ އައްސުލްތާނު ހަސަން ނޫރައްދީނު ވަގުފް ފަތް(F0-42) ލިޔެދެއްވާފާވާ ގޯތީގެ ބޮޑުމިނަށް، ތ.އެލާއިން ނަގާ، ލާޖައްސާ، އެތާގެ ވަރުވާއިން، އެ އިހުފަތުގާވާ ގޮތަށް ވަގުފް ފުއްދުމަށް މަހްކަމަތުލް އައުގާފާ ހަވާލުކުރިކަމަށް، ވުޒާރަތުލް ދާހިލިއްޔާ އިން ލިޔެފާވާ ފަތުގެ ނަކަލެއް. Size: 8.8" X 6.7"
K.Male' - G.Daisyfehige (Housing Plot) - Deed for housing plot

Sem título
NAM DOC-MN-F3-16B · Item · 1781
Parte de Documents

1195ހ ރަމްލޯނު(1781މ ސެޕްޓެންބަރު)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ ޝަރީއަތު މަޖިލީހުގާ، ފިހާރަ ހަސަން ކަލޭފާނު، އޭނާ ތުނބުޅި ކާސިން ތަކުރުފާނުގެ މަންމަ ބީފާނު އަތުން ގަތް މާފަންނުގާ އޮތް ގޯތި، ވަގުފްކޮށް، އޭނާ ދަރިޔެއްހެން ބޮޑު ކުރި އިބްރާހީމް ކަލޭފާނު އަށް ހިބައިންދީ، އެތަނުގެ ހަވާލުވެރިކަން، މި އިބްރާހީމް ކަލޭފާނުގެ ދަރިކޮޅަށް ލަށްވާ، އެގޮތަސް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެމަޖިލީހުން ދެއްވި ފަތުގެ ނަކަލެއް. (Size: 10" X 7.4") Chief Justices - Al Ghaazee Ibrahim Majduddin
K.Male' - M.Fihaara Hassan Kaleygefaanu Goathi (Housing Plot) - Deed for housing plot

Sem título
NAM DOC-MN-F1-47 · Item · -
Parte de Documents

(ތާރީހެއް ނެތް) ސަރުދާރު މުހައްމަދު ނަމަކަށް ކިޔާ މީހަކުގެ ނަން ޖަހާ، އުރުދޫއިން ލިޔެފާވާ ލިޔުމެއް. The name Sardar Muhammad' written in Urdu script (Size: 1.5.5" X 6.3", 2.8" X 6.2", 3.8" X 6.2")
Pakistan - letter (Foriegn)

Sem título
NAM DOC-MN-F6-7 · Item · -
Parte de Documents

• (ތާރީހެއް ނެތް)، 'ލިއުންނެތިހުރި ވަގުފް ނުވަތަ އަމިއްލަ ތަންތަނާ ބެހޭ އިތުރު މައުލޫމާތު' މިހެން ބޮޑުއަކުރުން ސުރުހީކޮށް،

• 'މާޅޮސް' މިހެން ލިޔެ، އޭގެ ދަށުގެ، ހ.ގާ، އެރަށުގާ އޮންނަ ވިޔޯރްދަޑު ކިޔާ ދަނޑަކީ، އެރަށު ކޮށްޓޭތެރެ ކިޔާ ތަން، ބަންޑާރަކޮށް، މާފަތްކިލެގެފާނު އެރަށުގާ ތައްޖެއްސެވި(ބަންޑާރަރުއްގަހާއި އަމިއްލަރުއްގަހާ ދެބައިވަކިކުރުމަށް ރުކުގައި ޖަހާފާހަގަ ޖެހުން)ދުވަހު، އޭގެބަދަލުގާ އަމިއްލަކޮށްދެއްވާފާ ތަނެއްކަމާ، އެތަނުގެ ލިއުމެއްނެތްކަމުގާ ބުނެފާވާ ލިއުމެއް.
• 'ފެންފުށި' މިހެން ލިޔެ، އޭގެ ދަށުގެ، ހ.ގާ، ކަކާގޭ ބޭފުޅުންގެ ކުޑަގަނޑުވަރު ކިޔާ ތަނެއް، އެރަށުގާ އޮތްކަމާ، އެތަން ވަގުފްކުރިކަން އިނގެން ނެތްކަމާ، އެތަނަކީ އަމިއްލަ ބިމެއް ގޮތުގާ ވަކިކޮށްފާވާ ތަނެއް ނޫންކަމުގާ ބުނެ، އަދި ށ.ގާ، އެރަށު ފިނިފެންމާގެ، ފެންފުށީ މުހައްމަދު އަލީ، އެމީހުންގެ އަތުގާ، ވަގުފްފަތެއް އޮތް ކަމުގާ ބުނިކަމާ، އަދި އެފަތްވީ، އޭނާގެ ބޭބޭ އަބޫބަކުރު އަލީގެ އަތުގާ ކަމާ، އޭނާ އޭރުވީ މާލެގާ ކަމުގާ ބުނެފާވާ ލިއުމެއް.
• 'ދަގެތި' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށު އަހުމަދު އަބޫބަކުރުގެ މުދާކޮޅެއް، އެއީ ވަގުފްކޮށް، އޭނާގެ ދަރިންނަށް ހަވާލުވެރިކަންދީފާވާ އެއްޗެއްކަމުގާ، އެމީހުން ބުނާ ކަމުގަޔާ، ނަމަވެސް އެކަމުގެ އެއްވެސް ލިއުމެއް ނެތްކަމުގާ ބުނެފާވާ ލިއުމެއް.

• 'ހަންޏާމީދޫ' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގާވާ ކަލާފާނު ޒިޔާރަތުގެ ބައެއް ލިއުން ހުރިކަމާ، އެއެއްޗެތިވީ، ވުޒާރަތުލް އައުގާފަށް ގެންގޮއްސާ ކަމުގާ ބުނެފާވާ ލިއުމެއް.
• 'ތޮއްޑޫ' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގާ، ކަމަނާގޯތީގެ ވަގުފް ކިޔާތަނެއް އޮންނަކަމަށްވާ ކަމުގަޔާ، އެހެނަސް، އެކަމުގެ އެއްވެސް ލިއުމެއް ނުވާކަމުގާ ބުނެފާވާ ލިއުމެއް. އަދި، ށ.ގާ، އެރަށުގެ ގޮއިއާއި، 8 ހިންނަ ފިޔަވާ، އެހެންތަންތަނަކީ، އެރަށުގެ ހުކުރު މިސްކިތުގެ ފަތުގާ ލިޔެވި، ރައްޔިތުންނަށް އެއްޗެހި ހަށްދަން، އަމިއްލައެއްގޮތުގާ ދޫކޮށްފާވާ ތަންތަންކަމާ، އެ ފަތްތައް ވީ މާލެ ފޮނުވާފާވާ ކަމުގާ، ބުނެފާވާ ލިއުމެއް.

• 'މާމިގިލި' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގެ ވަށާއޮތް ހޭޅި އެއީ ވަގުފެއް ކަމުގާ ބުނާކަމާއި، އެއީ ރަށު މިސްކިތުގެ ބޯގައެއް ކަމާ، އެކަމުގެ ފަތްތައް ވަނީ މާލެ ގެންގޮސްފާ ކަމުގާ، ބުނެފާވާ ލިއުމެއް.
• 'މަތިވެރި' މިހެން ލިޔެ، އޭގެ ދަށުގާ، ހ.ގާ، އެރަށުގެ މިސްކިތަށް، އ.މަތިވެރި އާއި އެމަތިވެރީގެ ފަޅުގާވާ ފިނޮޅުއާއި ކުޑަފޮޅުދޫ، ވަގުފްކޮށްފާވާ ކަމާއި، އެވަގުފްގެ ފަތް ވީ، ވުޒާރަތުލް ދާހިލިއްޔާއަށް ގެންގޮސްފާ ކަމުގާ ބުނެފާވާ ލިއުމެއް.
Size: 8.8" X 5.4"
1.A.Maalhos, 2.A.Dh.Fenfushi, 3.A.Dhan'gethi, 4.A.Hangnyaameedhoo, 5.A.Thoddoo, 6.A.Maamigili, 7.A.Mathiveri - 1. Viyoz dhan'du (plot) and Kottethere, 2.Kuda Gan'duvaru (Palace), 3.Dhangethi Ahmed Aboobakuruge Kuda Gan'duvaru , 4.Kalaafaanu Shrine, 5.Kamana Goathi (Housing Plot), 6.Maamigili vashaaoi Heylhi, 7.Mathiveri Miskiiy (Mosque) - 1.Writing (Endowed housing plot) and Writing (Private Property), 2.Wriiting (Endowment for property)

Sem título
NAM DOC-MN-F5-28 · Item · 1928
Parte de Documents

1347ހ ރަބީލްއައްވަލް 25(1928މ ސެޕްޓެންބަރު 10)ގާ، މަހްކަމަތުލް ޝަރީޔާގެ އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބުގެ ޝަރީޔާ މަޖިލީހުން؛ މީދޫ އިބްރާހީމްގެ ދަރި އިސްމާއީލް ތައްހާނު، ހެންވޭރު އަރޮޅިގޯއްޗާ އިންވެ ދެކުނުން އޮތް، މިލަދޫ ޔޫސުފްގެ ދަރި އަބްދުއްރަހްމާނުގެ ދަރީންގެ އަތުން، އޭނާ ގަތް ގޯތި، ފަސްބިތަށް އޮއްވާ، އަވަށުވެރިން އެގޯތި ހަތަރު ބިތަށް ހެދުމުން، މިން ތަފާތުވެފާވާތީ، އަލުން، އެތާގެ އިމާއި މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެ ގޯތީގެ 1334ހ(1916މ)ގާ، ހަމަ އެ މަޖިލީހުން، އެގޯތީގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތަކުން، އެތަނަކީ، މިލަދޫ ޔޫސުފްގެ ދަރި އަބްދުއްރަހްމާނުގެ މިލްކެއްކަން ސާބިތުވެ، އަދި 1340ހ(1922މ)ގާ، ހަމަ އެފަތުގާ، ހަމަ އެ މަޖިލީހުން ލިޔެފާވާ ލިޔުމަކުން، އެގޯއްޗާ، އެތާގާ ހުރި ގެއާ ދެ ފެންވަޅާއި، އަބްދުއްރަހްމާނުގެ ދަރިން، އިސްމާއީލް ތައްހާނަށް ވިއްކާ، އަގުހިފާ ހަލާސްވެފާވާކަން ސާބިތުވުމުން؛ އެގޯތީގެ މިން އަޅާ، ހަމަކޮށް، ހެންވޭރު އަރޮޅިގޯއްޗާއި އުތުރުން އިންވެ، ހުޅަނގުން ތުރުކީގޯއްޗާ އިންވެގެން އޮތް ގޯއްޗަކީ މީދޫ އިބްރާހީމްގެ ދަރި އިސްމާއީލް ތައްހާނުއަށް މިލްކެއްކަމުގާ ބަޔާންކޮށް، އެތާގެ، އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 10 September 1928 regarding the ownership of the land Henveiru Chanpaapoolge (Size: 10.01" X 7.5") Chief Justices - Al Ghaazee Hussain Salahuddin K.Male' - H.Champaapooluge (Housing Plot) - Private Property

Sem título
NAM DOC-MN-F5-27 · Item · 1926
Parte de Documents

1345ހ މުހައްރަމް 27(1926މ އޯގަސްޓް 6)ގާ، މަހްކަމަތުލް ޝަރީޔާގެ، ހުސެއިން ސަލާހުއްދިނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކަނޑޫދޫ ހަސަން ކަލޭފާނުގެ ދަރި އަހުމަދު ކަލޭފާނުއާއި، މާފަންނު ސަރުދާރު އިބްރާހީމް ކަލޭފަނުއާއި، ތުލުސްދޫ އުމަރުގެ ދަރި މުހައްމަދުގެ ދަރި ޔޫސުފް ފުޅުއާއި، 3 މީހުން ހާޒިރުވެތިބެ، ހެންވޭރު ކަޅުހުރާގެ އިރުންއޮތް މަގާ އިންވެ، އިރުން އޮންނަ މެދުރީމުސްކުޅި މަނިކަގެ ވަގުފް ގޯތީގެ އުތުރުން އިންވެ އޮތް، އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދަރި އަތިރީގޭ އަބްދުއްލޯ ދީދީ ބައްލަވައިގަނެ މިލްކުވެފާވާ، ލޮނު ގޮއްޔެގޯތި ކިޔާ ގޯތި، އެގޯތީގާ ހުރި ރުއްގާހާ، ފެންވަޅާ އަދި ގެޔާ އެކު، -/300ރުފިޔާ އަށް، ޔޫސުފްފުޅުއަށް ވިއްކާ، އަގުހިފާ ހަލާސްވެފާވާ ކަމުގާ ބުނެ، ޔޫސުފްފުޅުގެ މައްޗަށް އެގޯތީގެ ފަތް ލިޔެދެއްވުމަށް، އޭނާގެ ފަރާތުން އެދުމުން؛ 1339ހ(1921މ)ގާ، ހަމަ އެ މަޖިލީހުން، އިމާއި މިން ހިމަނާ ލިޔެދެއްވާފާވާ އެގޯތީގެ އިހު ފަތުން، އެތަނަކީ އަބްދުއްލޯ ދީދީގެ މިލްކެއް ކަމުގާ ސާބިވެ، ކޮށްފާވާ އެވިޔަފާރި ސައްހަކަމުގާ ނިޔާކުރަށްވާ؛ އެގޯއްޗާއި، އެތަނުގާ ވާހާ ތަކެތި، ޔޫސުފް ފުޅުއަށް މިލްކުވީ ކަމުގާ، އެ މަޖިލީހުން، އައްނައިބު އަބްދުއްލޯ ލިޔެދީފާވާ ފަތުގެ ނަކަލެއް. އަދި
1345ހ ރަމްލޯނު 15(1927މ މާޗް 19)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ފާދިއްޕޮޅު، ވާރުވެރި އަލީބޭ އާދަމް ކަލޭފާނުއާއި، ތޮއްޑޫ އިބްރާހީމް މަނިކުއާއި، 2 މީހުން، ތުލުސްދޫ މުހައްމަދުގެ ދަރި ޔޫސުފްފުޅުގެ މިލްކުގާވާ، މަތީގާ ބުނެވިފާވާ ފަތުގާ އެވާ ގޯއްޗާ، އެތާގެ ހުރި ގެޔާ، އޭނާގެ ދަރިފުޅަށް، އެދަރި ނެތުމުން އެދަރީގެ ދަރިންނަށް، އަދި އެދަރިކޮޅު ނެތްނަމަ، ޔޫސުފްފުޅުގެ މަންމަގެ ދަރިކޮޅަށް ވަގުފްކޮށްފި ކަމުގާ، ބުނުމުން، އެކަމުގެ މައްޗަށް؛ މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
A copy of the report originally written on 6 August 1926 about the ownership of the land Henveiru Hikifinifenmaage and all the assets in it. (Size: 10.01" X 7.5") Chief Justices - Al Ghaazee Hussain Salahuddin
K.Male' - H.Hikifinifenmaagege (Housing Plot) - Private Property

Sem título