1351ހ ޖުމާދިލްއާހިރު 7(1932މ އޮކްޓޯބަރު 8)ގާ، މަހްކަމަތުލް ޝަރީޔާއިން؛ އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނުންގެ ޝަރީޔަ މަޖިލީހުގާ، އަލްވަޒީރު މޫސާ ދަހަރަދަ ކަލޭފާނުގެ ދަރި މުހައްމަދު މަނިކުގެ ދަރި އިބްރާހީމް ދީދީ، މައްޗަންގޯޅި މައިޒާންދޮށަށް ހިނގާމަގާއި، އެމަގުން ހުޅަނގަށް ހިނގަން އޮތް މަގާއި، 2މަގު ދައުލަތުން ސީދާކުރިއިރު، އެދެމަގާ އިންވެގެން އޮތް، އޭނާ މާމަ، ބޮޑުފުޅަށްގޭ އައިޝަތު މަނިކަގެ ގޯތީގެ ބޮޑުމިން ތަފާތުވެފާވާތީ، އެތަނުގެ މިން ހަމަކޮށްދެއްވާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބެއްލެވުމަށްޓަކާ، އެގޯތީގެ، 1318ހ(1900މ)ގާ، އައްސުލްތާނު މުހައްމަދު އިމާދުއްދީނުގެ ސިއްކަޖަހާ، އަލްފަގީހު އަލީ ދީދީ އާއި އަލްފަގީހު އައްޝެއިހު މުހައްމަދު އާއި ދެބޭފުޅުންގެ މަޖިލީހުން ލިޔެފާވާ ފަތަކުން، އެގޯއްޗަކީ ބޮޑުފުޅަށްގޭ އައިޝަތު މަނިކެގެ މިލްކެއް ކަމާއި އަދި އެގޯތީގެ އިމާއި މިން ސާބިތުވާން އޮތުމުން، އެފަތުގާވާ ބޮޑުމިން ހަމަކުރައްވާ، އެގޯއްޗަކީ، ބޮޑުފުޅަށް އައިޝަތު މަނިކެގެ ދަރި މުހައްމަދު މަނިކުގެ ދަރީންނަށް މިލްކުވެފާވާ ގޯއްޗެއް ކަމާއި، އެތާގެ އިމާއި މިން ހިމަނާ، އެމަހްކަމާއިން، އައްނައިބު އަބްދުލް ގައްޔޫމު ލިޔެދެއްވާފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 8 October 1932 regarding the ownership of the land Machchangoalhi Kudadhaharaage (Size: 10" X 7.35) Chief Justices - Al Ghaazee Hussain Salahuddin
K.Male' - Ma.Kudadhaharaage (Housing Plot) - Private Property
1380ހ މުހައްރަމް 28(1960މ ޖުލައި 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ މައްޗަންގޯޅި ޗާންދަނީމަގާއި އިންވެ ހުޅަގުން ކުދިރަތްމާގޯޅި އާއި އިންވެ ދެކުނުން ދެވިނަމަގެއާއި އިންވެ އުތުރުން އޮތް ގޯއްޗަކީ، ބަނޑޭރި ތަކުރުފާނުގެ ދަރި އަހުމަދު ކަލޭފާނުގެ ދަރި މުހައްމަދު މަނިކުގެ ދަރި ހިތިލާގޭ އިބްރާހީމް ދީދީ އަށް މިލްކުވެފާވާ ގޯއްޗެއްކަމުގާ، 1362ހ ޒުލްހައްޖު 14(1943މ ޑިސެންބަރު 12)ގާ، ދާހިލިއްޔާއިން ލިޔެދީފާވާ ފަތަކުން ސާބިތުވެ، 1379ހ ސަފަރު 18(1959މ އޯގަސްޓް 23)ގާ، އައްޝެއިހު މުހައްމަދު ޖަމީލު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތުގެ މަޖިލީހުން އެފަތުގެ ނުފުށުގާވާ ލިޔުމަކުން، މއ.ހިތިލާގެ ކިޔާ ގޯއްޗާއި އެގޯތީގާވާ ގެ، ހިތިލާގޭ އިބްރާހީމް ދީދީ، އޭނާގެ ދަރި އައިމިނަތު ދީދީއަށް ހިބައިން ދީ، އޭނާއަށް މިލްކުވެފާވާ ކަން ސާބިތުވެ، އަދި އޭގެ ފަހުން، އޭނާ، ހަމައެކަނި، އެގޯތި، ހއ.ދިއްދޫ ދޮންއަލީ ހާޖީ ކަލޭފާނުގެ ދަރި އިބްރާހީމް ކަލޭފާނުއަށް ހިބައިން ދިންކަމުގާ، އއަލްފާލިލް ލާމީގޭ ސީދީ އާއި އުނގޫފާރު މޫސާފުޅު އާއި ދެމީހުންގެ ހެކިބަހުންނާ، އަދި އައިމިނަތު ދީދީ އާއި އިބްރާހީމް ކަލޭފާނުގެ އިއުތިރާފުން ސާބިތުވުމުން؛ މއ. ހިތިލާގެ އެއީ، ހއ.ދިއްދޫ ދޮންއަލީ ހާޖީ ކަލޭފާނުގެ ދިއްދޫ އިބްރާހީމް ކަލޭފާނުގެ މިލްކެއް ކަމުގަ ބަޔާންކޮށް، ގޯތީގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.
އަދި މި ނަކަލުގާ 'ނޯޓް'އެއްގެ ގޮތުގާ: އެގޯތީގެ އަސްލު މިނަށް ވުރެ، 47.75އަކަފޫޓު ބޮޑުވާނެކަމާއި، އެހެން ވެފާއެވަނީ ގޯތީގެ ތިންފަރާތުގާ މަގު އޮވެފާ، ގޯތީގެ މެދު ފުޅަފުގެ ފާރުވެސް 2/1ވުރެ ބޮޑަށް ރޭނިފާވާތީވެ، އެޔަށްވުރެ ކުޑަކުރެވެން ނެތިގެން ކަމުގާ، ލިޔެފާވެއެ.
A copy of the report originally written on 23 July 1960 regarding the owernship of the land Machchangoalhi Hithilaage (Size: 10" X 7.35)
K.Male' - Ma.Hithilaage (Housing Plot) - Private Property
1375ހ ޝައުބާން 1(1956މ މާޗް 14)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ ޒަމާނީ ހިނގުމާ އިންވެގެން އުތުރުން، ބުލްބުލް ގޯޅިޔާ އިންވެގެން އިރުން އޮތް ގޯއްޗަކީ، 1329ހ ސަފަރު 11(1911މ ފެބްރުވަރި 11)ގާ، އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގާ، އަލްހަތީބު ހުސެއިން އާއި ހުސެއިން ބަންޑާރަނައިބާއި ދެ ބޭފުޅުނުންގެ ޝަރީއަތު މަޖިލީހުން، ބޯހުދު ދޮންފުތުގެ މިލްކެއް ކަން ސާބީތުވެ، 1375ހ މުހައްރަމް 23(1955މ ސެޕްޓެންބަރު 10)ގާ، މަހްކަމަތުލް ޝަރީޔާ އިން ފޮނުވާފާވާ، ހ-2/11ނަންބަރު ސިޓީއިން، އެ ގޯތި ބޯހުދު ދޮންފުތު އަތުން، އިންނަތުއްތުގެ އަނބި، އިންނަ ތުއްތު އައިޝަތު ފުޅު(ލަންގަރު އައިޝަތު ފުޅު) ގަތް ކަމުގާ ސާބިތުވެ، އޭނާ ބަލިވެގެން ތަރިކަ ބެހުމުގާ، އޭނާގެ ބެހެނިވެރިން ކުރެ، އޭނާގެ ދަރި ކުޑަ ހާޖީގެ ތުއްތު، -/250ރުފިޔާ އަށް އެގޯތި ގަނެ މިލްކުކުރިކަން، 1366ހ ޖުމާދިލްއައްވަލް 17(1947މ އޭޕްރިލް 9)ގާ، މަހްކަމަތުލް ޝަރީޔާއިން ތުއްތުއަށް ދީފާވާ ލިޔުމަކުން ސާބިތުވެ؛ އެގޯއްޗަކީ އިންނަ ތުއްތުގެ ކުޑަ ހާޖީގެ ތުއްތު އަށް މިލްކުވެފާވާ ގޯއްޗެއް ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތެއްގެ ނަކަލެއް..
A copy of the report originally written 14 March 1956 regarding the ownership of the land Machchangoalhi Iraakuge (Size: 10" X 7.35)
K.Male' - Ma.Iraakuge (Housing Plot) - Private Property
1371ހ ރަބީލްއާހިރު 24(1952މ ޖަނަވަރީ 22)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1349ހ(1930މ)ގާ، އަލްގާޒީ ހުސެއިން ސަލާހުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ލިޔެދެއްވާފާވާ ފަތަކުން، އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ ދަރި އަލްހަތީބު ހުސެއިންގެ ދަރި ވެލިދޫގޭ މޫސާ ދީދީގެ މިލްކެއް ކަމުގާ ސާބިތުވާ، މާފަންނު ކުޑަކޮށީގާ އޮތް ކާނޭޝަންމާގެ(ކުރީގެ ކުޑަކޮށީފަނޑިޔާރުގެ)، ދައުލަތަށް ބޭނުންވުމުން، އެތަނުގެ ބަދަލު، މާފަންނު ކަނޑޫދުގެ ކިޔާ ބަންޑާރަ ގޯތި އާއި، މުލީގޭ އައިޝަތު ފުޅުއަށް މިލްކުވެފާ ވަނިކޮށް، 1371ހ(1952މ)ގާ، މ.ސައްކެޔޮގަސްދޮށުގެއޭ ކިޔާ ގޯއްޗާއި ލާޖައްސާ ދައުލަތަށް ނެގިފާވާ، މާފަންނު ބޮނޑިބަތްގެއާ، މިދެގޯތިން ދެއްވުމަށް، މޫސާ ދީދީ ވިދާޅުވެ، ކުޑަކޮށީފަނޑިޔާރުގެ ދައުލަތަށް ނަންގަވާ، ކަނޑޫދޫގެ އާއި ބޮނޑިބަތްގެ މިދެގެއިން، އެގޯތީގެ ބޮޑުމިނަށް ތަންނަންގަވާ، ލާޖައްސާ؛ އޯކިޑްމަގާ އިންވެގެން އުތުރުން އަސުރުމާގެއާ އިންވެގެން ހުޅަނގުން އޮތް ގޯތީ، މ.ކާނޭޝަންމާގެ އެއީ، ވެލިދޫގޭ މޫސާ ދީދީގެ މިލްކެއްކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally writen on 22 January 1952 regarding the ownership of the land Maafannu Kaanashionmaage (Size: 10" X 7.35)
K.Male' - Ma.Carnationmaage (Housing Plot) - Private Property, Housing plot (government)
1371ހ ޝައުބާން 6(1952މ މޭ 1)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1339ހ ޒުލްގައިދު 6(1921މ ޖުލައި 12)ގާ، ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެދެއްވާފާވާ ފަތަކުން، ސޯޅިއާ އަބްދުއަށް މިލްކެއްކަމުގާ(ނަކަލުގާ 'އަބްދުތުއްތުއަށް މިލްކުވެ'ޖެހިފާވަނީ އޮޅުމަކުން ކަމުގާ ބެލެވޭ) ސާބިތުވެ، 1367ހ ރަޖަބް 27(1948މ ޖޫނު 5)ގާ، އެފަތުގެ އަނެއްފުށުގާވާ ޝަރީޔަތުގެ މަޖިލީހުގެ ލިޔުމަކުން، އެތަން އަބްދުތުއްތުގެ އަނބި މާލޭއަލީ ކަތްދައަށް މިލްކުވެ އޭނާ ނިޔާވުމުން، އެތަނުގެ 4/1، އެތުއްތުއަށް މިލްކުވެފާވާ ކަމުގާ ސާބިތުވެފާވާ، މާފަންނު އަލްފަގީހު ސުލޭމާނުލް މަދީނީގެ ޒިޔާރަތްދޮށުން ހުޅަނގަށް ހިނގާންއޮތް ފިޔާތޮށިމަގާ އިންވެގެން ދެކުނުން އޮތް ޝާރިއުވަރުދީ ގޯތީގެ 4/1؛ އަދި އެތަނާ އިންވެ އިރުން އޮތް، 1339ހ ޒުލްގައިދު 6(1921މ ޖުލައި 12)ގާ، ހުސެއިން ސަލާހުއްދީނު ބަންޑާރަނައިބު ލިޔެދެއްވާފާވާ ފަތަކުން، ތުއްތުގެ މަންމަ އަބްދު ކަމަނާގެ މިލްކެއްކަން ސާބިތުވެ، އަދި އޭނާ ނިޔާވުމުން އޭނާގެ ދަރި، ސޯޅިޔާ އަބްދުގެ ތުއްތުއަށް މިލްކުވެފާވާ ކަމުގާ، އެފަތުގެ އަނެއްފުށުގާވާ ލިޔުމަކުން ސާބިތުވާ، ގޯއްޗާއި، މިދެތަން(މ.ކުއްޅަވަށްގަސްދޮށުގެ) ދައުލަތައް ނަންގަވާ، މާފަންނު ކާނޭޝަން މަގާ އިންވެ ދެކުނުން ނޫބަހާރުގެއާ އިންވެ އިރުން އޮތް ބަންޑާރަ ގޯއްޗާ ބަދަލުކޮށް، ލާޖައްސާ، އަކަމިނުން އުނިވެފާވާ ބަޔަށް ދައުލަތުން އަގުދައްކަވާ، އެތަން(މ.ޏަމްޏަމްގެ) އަބްދު ތުއްތުއަށް މިލްކުވީ ކަމުގާ ބަޔާންކޮށް، އެތަނުގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް. އަދި
1371ހ ޒުލްހައްޖު 3(1952މ އޯގަސްޓް 24)ގާ، އަލްގާޒީ އަބްދުއްލާ ޖަލާލުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުން، ސޯޅީޔާ އަބްދުގެ ތުއްތުގެ ޝަރީއީ ވާރުތަވެރިޔެއް ނެތުމުން، އޭނާގެ ވަސީޔަތާ އެއްގޮތަށް، އެގޯތި، ކޮލަމާފުށީ ދޮންބެގެ ހުސެއިންއަށް މިލްކުވީކަމުގާ، ލިޔެފާވާ ލިޔުމެއްގެ، މިކަރުދާހުގެ 3ވަނަ ސަފްހާގާވާ، ނަކަލެއް.
A copy of the report originally written on 1 may 1952 regarding the ownership of the land Maafannu Yamyamge (Size: 10.01" X 7.5")
K.Male' - Ma.Yamyamge (Housing Plot) - Private Property, Housing plot (government)
1380ހ ޖުމާދިލްއާހިރު 17(1960މ ޑިސެންބަރު 7)ގާ، މަހްކަމަތުލް ޝަރީޔާގެ އައްޝެއިހު އަލީ ހުސެއިން ދީދީގެ ޝަރީއަތު މަޖިލީހުގާ، މ.ދަނބުގޭގާ ހުރި އިމާރާތަކީ، ވެލިދޫގޭ އަލީ ދީދީ އެގޭގާ ހުންނެވިއިރު ހެއްދެވި އިމާރާތެއް ކަމާއި، ވެލިދޫގޭ އިބްރާހީމް ދީދީ އަވަހާރައިގެ ދާންކޮޅުގާ އޮންނެވިއިރު، އަބްދުއްލޯ ފަހުމީ ދީދީ ހެކިކޮށް، ދަނބުގޭ ގޯތީގާ ވާހާ އިމާރާތަކީ އޭނާގެ ބޭބެ އަލީ ދީދީގެ އަމިއްލަ އެއްޗެއްކަމުގާ ވަސީއަތް ކުރިކަމަށާއި، ވީމާ، އެގޯތީގާވާ އިމާރާތަކީ އަލީ ދީދީގެ މިލްކެއްކަމުގާ ބަޔާންކޮށް ލިޔުމެއް ދެއްވުމަށް، ވެލިދޫގޭ އަލީ ދީދީގެ ދަރި ހުސެއިން ދީދީ، އެދުމުން؛ އެ މަޖިލީހަށް އަބްދުއްލޯ ފަހުމީ ހާޒިރު ކުރުމުން، އިބްރާހީމް ދީދީ އަރިހަށް އޭނައާ، ވެލިދޫގޭ މޫސާ ދީދީއާ، ޖައުފަރު ކަމާލުއްދީނުއާ ގެންދަވާ، އޭނާގެ މިލްކު ދަނބުގޭގޯތީގާ ވާ ގެޔާ، ގެވެހި ކަންވާރަކީ، އަލީ ދީދީ އަށް ދެއްވާފާވާ އެއްޗެތި ކަމާއި، އެކަމަކު ގޯއްޗަކީ އޭނާގެ މިލްކެއް ކަމާއި އިބްރާހީމް ދީދީ ވިދާޅުވިކަމަށް، އަބްދުއްލާ ފަހުމީ ވިދާޅުވި ކަމާއި، އެކަމަކު ވެލިދޫގޭ މޫސާ ދީދީ، ފަހުމީ އެވިދާޅުވި ބަސް ދޮގުކުރަށްވާ، އެހެންނަމަވެސް، ދަނބުގޭގޯތީގާ ހުރި ގެޔަކީ، އަލީ ދީދީގެ ތަނެއް ކަމުގާ، އިބްރާހީމް ދީދީ ވިދާޅުވާ އަޑު އައްސަވާފާ ހުރިކަމަށާއި، އަދި ޖައުފަރު ކަމާލުއްދީނުވެސް ފަހުމީގެ ބަސް ދޮގު ކުރެއްވުމުން، ހުސެއިން ދީދީގެ ދައުވާޔަށް ހެކިބަސް ނުލިބުނު ކަމުގާ ޝަރީޔަތު މަޖިލީހުން އެންގެވުމުން، ބިލާލު އަލީ ދީދީ އާއި ބޮޑުކުޑޭ އިބްރާހީމް ފުޅު، ހެކިން ގޮތުގާ، ހާޒިރުކޮށް، ވެލިދޫގޭ އަލީ ދީދީ ދަނބުގެޔަށް ވަޑައިގެން އިރު، އެތާގާ ހުރި ގޭގެ ތަފްސީލު، އެދެމީހުން ކިޔާ، މިހާރު އެހުރި ގެ އެއީ ވެލިދޫގޭ އަލީ ދީދީ އެޅުއްވި ގެޔެއް ކަމުގާ އެދެމީހުން ހެކިދިނުމުން، ކުރީގާ ހުރި ގެ އަގުކޮށް، ވެލިދޫގޭ އަލީ ދީދީ، އިބްރާހީމް ދީދީގެ ދަރިންނަށް -/540ރުފިޔާ ދެއްކެވުމަށް އަންގަވާ، އެ މަހްކަމާގެ އިދާރާޔަށް އެފައިސާ ދެއްކުމުން؛ ދަނބުގޭ ގޯތީގާ މިހާރު އެހެރަ ގެޔަކީ ވެލިދޫގޭ އަލީ ދީދީގެ އަމިއްލަ މިލްކެއް ކަމުގާ ނިޔާކުރައްވާ، އެކަން ބަޔާންކޮށް، އޭނާޔަށް ލިޔުމެއް ދިނުމަށް އަންގާފާވާ، ޝަރީޔަތް ނިމުނުގޮތުގެ ރިޕޯޓުގެ ނަކަލެއް.
A copy of the report orginally written on 7 Decmebr 1960 regarding the ownership of the land Maafannu Dhanbuge (Size: 10.01" X 7.5") Chief Justices - Ah Sheikh Ali Hussain Didi
K.Male' - Ma.Dhan'buge (Housing Plot) - Report (Court case)
1302ހ ޒުލްގައިދު 15(1885މ އޯގަސްޓް 26)ގާ، އަލްގާޒީ އިސްމާއީލް ބަހާއުއްދީނު އުއްތަމަ ފަނޑިޔާރު ތަކުރުފާނުގެ ޝަރީޔަތު މަޖިލީހުން؛ ނެލު މޫސާ ފުޅުގެ ދަރި ފުއްކޭގޭ އަބޫބަކުރު ކަލޭފާނު، އޭނާގެ މައިފަރާތު ކާފަ، މުހައްމަދުގެ މިލްކުގާވާ ގަލޮޅު ފުއްކޭގޭ ގޯތިން އޭނާގެ މައިފަރާތު ބޮޑުދައިތަގެ، އޭނަޔާ އެއްބަފާ، ދަރި އަހުމަދުފުޅުއަށްވީ ބައި، އޭނާ އަތުން ގަނެ، މުޅި އެގޯތި އޭނާޔަށް މިލްކުވެފާވާ ކަމާއި، އެމަގަށް ފަތެއް ނުލިޔެއޮއްވާ، އަހުމަދުފުޅު ނިޔާވެފާވާކަމުގާ ބުނެ، އެކަން ބަށްލަވާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެކަން ބެއްލެވިއިރު، އެގޯތީގެ 2/1ކަމުގާވާ، އަހުމަދު ފުޅުގެ ބައި، އަބޫބަކުރުއަށް ވިއްކާ އަގުހިފާ ހަލާސް ކުރިކަމުގެ އިގްރާރު، އަހުމަދުފުޅު ދުނިޔޭގާ ހުރެ، ނައިބު ބޭކަލުންގެ ޝަރީޔަތު މަޖިލީހަށް އުފުލާފާވާ ކަމުގާ ސާބިތުވެ، އަދި އަހުމަދުފުޅުގެ ދަރި ފާތުމަތުފުޅު އޭނާގެ މަންމަ މަރިޔަމްފުޅުގެ އެއްބަސްވުމާއިއެކު، އައްސުލްތާނު ހަސަން ނޫރައްދީނުގެ ދަރުބާރުން ދެއްވާފާވާ އެގޯތީގެ އިހު ފަތުންވެސް މިލްކުވެރިކަން ސާބިތުވުމުން؛ ގަލޮޅު ބާޑީ ދަށުން ހިނގާ މަގާ އިންވެ އުތުރުން، އައްމާނެވީންހުރިގޯތި ކިޔާ ގޯއްޗާ އިންވެ އިރުން އޮތް ފުއްކޭގެގެ މުޅިގޯއްޗަކީ ނެލު މޫސާފުޅުގެ ދަރި ފުއްކޭގޭ އަބޫބަކުރުގެ މިލްކެއްކަމުގާ ބަޔާން ކޮށް، އެތާގެ އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.
A copy of the report originally written on 26 August 1885 regarding the ownership of the land Galolhu Fukkekeyge (Size: 10.01" X 7.5") Chief Justices - Al Ghaazee Ismail Bahaauddin
K.Male' - G.Fuhkeige (Housing Plot) - Private Property
1345ހ މުހައްރަމް 27(1926މ އޯގަސްޓް 6)ގާ، މަހްކަމަތުލް ޝަރީޔާގެ، ހުސެއިން ސަލާހުއްދިނު ބަންޑާރަނައިބުގެ ޝަރީޔަތު މަޖިލީހުގާ، ކަނޑޫދޫ ހަސަން ކަލޭފާނުގެ ދަރި އަހުމަދު ކަލޭފާނުއާއި، މާފަންނު ސަރުދާރު އިބްރާހީމް ކަލޭފަނުއާއި، ތުލުސްދޫ އުމަރުގެ ދަރި މުހައްމަދުގެ ދަރި ޔޫސުފް ފުޅުއާއި، 3 މީހުން ހާޒިރުވެތިބެ، ހެންވޭރު ކަޅުހުރާގެ އިރުންއޮތް މަގާ އިންވެ، އިރުން އޮންނަ މެދުރީމުސްކުޅި މަނިކަގެ ވަގުފް ގޯތީގެ އުތުރުން އިންވެ އޮތް، އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދަރި އަތިރީގޭ އަބްދުއްލޯ ދީދީ ބައްލަވައިގަނެ މިލްކުވެފާވާ، ލޮނު ގޮއްޔެގޯތި ކިޔާ ގޯތި، އެގޯތީގާ ހުރި ރުއްގާހާ، ފެންވަޅާ އަދި ގެޔާ އެކު، -/300ރުފިޔާ އަށް، ޔޫސުފްފުޅުއަށް ވިއްކާ، އަގުހިފާ ހަލާސްވެފާވާ ކަމުގާ ބުނެ، ޔޫސުފްފުޅުގެ މައްޗަށް އެގޯތީގެ ފަތް ލިޔެދެއްވުމަށް، އޭނާގެ ފަރާތުން އެދުމުން؛ 1339ހ(1921މ)ގާ، ހަމަ އެ މަޖިލީހުން، އިމާއި މިން ހިމަނާ ލިޔެދެއްވާފާވާ އެގޯތީގެ އިހު ފަތުން، އެތަނަކީ އަބްދުއްލޯ ދީދީގެ މިލްކެއް ކަމުގާ ސާބިވެ، ކޮށްފާވާ އެވިޔަފާރި ސައްހަކަމުގާ ނިޔާކުރަށްވާ؛ އެގޯއްޗާއި، އެތަނުގާ ވާހާ ތަކެތި، ޔޫސުފް ފުޅުއަށް މިލްކުވީ ކަމުގާ، އެ މަޖިލީހުން، އައްނައިބު އަބްދުއްލޯ ލިޔެދީފާވާ ފަތުގެ ނަކަލެއް. އަދި
1345ހ ރަމްލޯނު 15(1927މ މާޗް 19)ގާ، މަހްކަމަތުލް ޝަރީޔާއިން؛ ފާދިއްޕޮޅު، ވާރުވެރި އަލީބޭ އާދަމް ކަލޭފާނުއާއި، ތޮއްޑޫ އިބްރާހީމް މަނިކުއާއި، 2 މީހުން، ތުލުސްދޫ މުހައްމަދުގެ ދަރި ޔޫސުފްފުޅުގެ މިލްކުގާވާ، މަތީގާ ބުނެވިފާވާ ފަތުގާ އެވާ ގޯއްޗާ، އެތާގެ ހުރި ގެޔާ، އޭނާގެ ދަރިފުޅަށް، އެދަރި ނެތުމުން އެދަރީގެ ދަރިންނަށް، އަދި އެދަރިކޮޅު ނެތްނަމަ، ޔޫސުފްފުޅުގެ މަންމަގެ ދަރިކޮޅަށް ވަގުފްކޮށްފި ކަމުގާ، ބުނުމުން، އެކަމުގެ މައްޗަށް؛ މަތީގާ ބުނެވިފާވާ ފަތުގެ ނުފުށުގާ، ލިޔެފާވާ ލިޔުމެއްގެ ނަކަލެއް.
A copy of the report originally written on 6 August 1926 about the ownership of the land Henveiru Hikifinifenmaage and all the assets in it. (Size: 10.01" X 7.5") Chief Justices - Al Ghaazee Hussain Salahuddin
K.Male' - H.Hikifinifenmaagege (Housing Plot) - Private Property
1347ހ ރަބީލްއައްވަލް 25(1928މ ސެޕްޓެންބަރު 10)ގާ، މަހްކަމަތުލް ޝަރީޔާގެ އައްނައިބު ހުސެއިން ސަލާހުއްދީނު ބަންޑާރަ ނައިބުގެ ޝަރީޔާ މަޖިލީހުން؛ މީދޫ އިބްރާހީމްގެ ދަރި އިސްމާއީލް ތައްހާނު، ހެންވޭރު އަރޮޅިގޯއްޗާ އިންވެ ދެކުނުން އޮތް، މިލަދޫ ޔޫސުފްގެ ދަރި އަބްދުއްރަހްމާނުގެ ދަރީންގެ އަތުން، އޭނާ ގަތް ގޯތި، ފަސްބިތަށް އޮއްވާ، އަވަށުވެރިން އެގޯތި ހަތަރު ބިތަށް ހެދުމުން، މިން ތަފާތުވެފާވާތީ، އަލުން، އެތާގެ އިމާއި މިން ހިމަނާ ފަތެއް ލިޔެދެއްވުމަށް އެދުމުން؛ އެ ގޯތީގެ 1334ހ(1916މ)ގާ، ހަމަ އެ މަޖިލީހުން، އެގޯތީގެ އިމާއި މިން ހިމަނާ، ލިޔެދެއްވާފާވާ ފަތަކުން، އެތަނަކީ، މިލަދޫ ޔޫސުފްގެ ދަރި އަބްދުއްރަހްމާނުގެ މިލްކެއްކަން ސާބިތުވެ، އަދި 1340ހ(1922މ)ގާ، ހަމަ އެފަތުގާ، ހަމަ އެ މަޖިލީހުން ލިޔެފާވާ ލިޔުމަކުން، އެގޯއްޗާ، އެތާގާ ހުރި ގެއާ ދެ ފެންވަޅާއި، އަބްދުއްރަހްމާނުގެ ދަރިން، އިސްމާއީލް ތައްހާނަށް ވިއްކާ، އަގުހިފާ ހަލާސްވެފާވާކަން ސާބިތުވުމުން؛ އެގޯތީގެ މިން އަޅާ، ހަމަކޮށް، ހެންވޭރު އަރޮޅިގޯއްޗާއި އުތުރުން އިންވެ، ހުޅަނގުން ތުރުކީގޯއްޗާ އިންވެގެން އޮތް ގޯއްޗަކީ މީދޫ އިބްރާހީމްގެ ދަރި އިސްމާއީލް ތައްހާނުއަށް މިލްކެއްކަމުގާ ބަޔާންކޮށް، އެތާގެ، އިމާއި މިން ހިމަނާ، ލިޔެފާވާ ފަތުގެ ނަކަލެއް.A copy of the report originally written on 10 September 1928 regarding the ownership of the land Henveiru Chanpaapoolge (Size: 10.01" X 7.5") Chief Justices - Al Ghaazee Hussain Salahuddin K.Male' - H.Champaapooluge (Housing Plot) - Private Property
National Archives of Maldives1380ހ ޒުލްގައިދު 7(1961މ އޭޕްރިލް 23)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، 1302ހ ޒުލްހައްޖު 4(1885މ ސެޕްޓެންބަރު 13)ގާ، އިބްރާހީމް ސިރާޖުއްދީނު ފަނޑިޔާރުމަނިކުފާނުގެ ދަރިން ކުރެ، ހައްވާ މަނިކުފާނު އާއި، ޒައިނަބު މަނިކުފާނުގެ ދަރިކޮޅުގެ ތެރެއިން، ޒައިނަބު މަނިކުފާނުގެ ދަރި، އަލިމަނިކުފާނުގެ ދަރިން ކުރެ، މުހައްމަދު މަނިކުފާނު، ހުސެއިން މަނިކުފާނު އަދި އިސްމާއީލް މަނިކުފާނު ނޫން އެހެން އެންމެހާ ދަރިންނަށް އެގޯތިން ވާ، ގޯތީގެ4/3، ވަގުފްކޮށް، އެ އަލިމަނިކުފާނުގެ ދަރި ފާތުމަތު މަނިކުފާނަށާ، އޭނާގެ ދަރިކޮޅަށް ހަވާލުވެރިކަން ލަށްވާފާވާ ކަމުގާ ސާބިތުވާ، މަޖީދީމަގާ އިންވެ އެމަގުގެ އުތުރުން، ޗަންޕާމަގާ އިންވެ އިރުން، ބަގުފަޑިއަތްގޭ ހުޅަނގުން އޮތް، ފާވާ، މއ.'ފަސްގެރިގެ' ކިޔާ ގޯތި، 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 23)ގެ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ތ.އެލާއިން ނަގާ، ލާޖައްސާ ހަމަކޮށް، އެވުޒާރާއިން ލިޔެފާވާ ފަތެއް. Size: 10" X 7.5"
K.Male' - Ma.Fasgeri Goathi (G.40 No. Housing Plot) - Deed for housing plot