(ތާރީހެއް ނެތް) އެއްފުށުގާ، 'ސާދަ ރުފިޔާ ތިރީސްލާރި ފަސްބަޔަށް ބެހީމާ ބަޔަކަން ދެރުފިޔާ ނުވަދިހަ ލާރި' އެއްކޮޅުގާ އަދި އަނެއްކޮޅުގާ 'އަށާވީސް ރުފިޔާ އޮނަތިރީސް ލާރި ފަސްބަޔަށް ބެހީމާ ބަޔަކަން ވީ ފަސްރުފިޔާ ބާއި ސަތާރަލާރި' މިހެން ލިޔެފާ، އަނެއްފުށުގާ ހިސާބު ހަދާފައިވާ ކަރުދާހެއް.Note with mathematical calculations (Size: 8.65" X 2.45")
K - Male' - Account
1353ހ ރަޖަބް 2(1934މ އޮކްޓޯބްރު 11)ގާ، ގަނޑުމާލޫދު ނިންމާ ކެއިން ތައްޔާރުކުރުމަށާއި މިސްކިތު މާލޫދަށް ތައްޔާރުކުރުމަށް، އެތެރެބަނޑަހަލަޔަށް ބޭނުންވާ ތަކެއްޗާއި އެތަކެތީގެ އަދަދު ޖަހާ، ލިސްޓުކޮށް، ހަސަން ފަރީދު ދީދީގެ ތައްގަނޑު ޖަހާފާވާ ލިޔުމެއް.List of ingredients for meals provided for a religious ceremony (Mauloodh) (Size: 13.0" X 8.3")
K - Male' - Royal Palace - list(food)
1355ހ ޝައުބާން 18(1936މ ނޮވެންބަރު 3)ގާ، 'ކުޑި މުހައްމަދުއަށް ބަހެއް' މަތީގާ ޖަހާ، އެތެރެބަޑަހަލަށް ރޯދަމަހުގެ އަސީދާއަށް ބޭނުންވާ ތަކެއްޗާއި، އެތަކެތީގެ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 20.0" X 5.45")
K - Male' - Royal Palace - list
(ތާރީހެއް ނެތް) އެއްފުށުގާ، ހުކުރު ހަޑޫ، ފޮއި ހަޑޫ، އީދު ހަޑޫ، އަހަރުމަތި ހަޑޫ އަދަދާއެކު ނޯޓްކޮށް އަދި އަނެއް ފުށުގައި ހިސާބުތަކެއް ޖަހާފާވާ ކަރުދާހެއް.List of the amounts of rice used for ceremonies (Size: 8.3" X 6.7")
K - Male' - list
1346ހ(1928މ)ގާ، (ހަނޑޫ ކަނޑިން)ފިތުރު ޒަކާތް ދޭން ބަނޑޭރިގެއިން ދެއްވި ލިސްޓުގާ މީހުން ތިބި އަދަދާއި(334)، 1348ހ(1929މ)ގާ، ފިތުރު ޒަކާތް ގެންދިޔަ މީހުންގެ އަދަދު(275) އަދި އެއަހަރު ޒަކާތް ދީ ބާކީވީ ވަރު(ނާޅި-ލާހިން) ޖަހާފާވާ ލިޔުމެއް.Note on the number of people who received Zakat Fitr, the amount distributed, and the balance remaining (Size: 8.0" X 6.4")
K - Male' - Writing
1952މ ފެބްރުވަރީ 6(1371ހ ޖުމާދިލްއައްވަލް 10)ތާރީހުކޮށް، މަތިގެއިން، ކަކާ ބޭކަލުން ކަމުގާވާ،(ނަމުގެކުރިޔަށް 'ކަކާ' ޖަހާ)، އަލިފުޅު، ހަސަން މަނިކު، ދޮންމޫސާ ކަލޭފާނު، މުލީ ހަސަންފުޅު، މި މީސްމީހުންގެ ނަންޖަހާ، އެއިން ކޮންމެ ބޭކަލެއް ފޮނުއްވަން ވީ އެއްޗެތި ކަމުގާ ތިރީގާ ދުފާ ސާމާނުގެ ބާވަތްތައް ޖަހާ، އެއެއްޗެތި، ހުކުރުދުވަހު ހަވީރު 4ޖަހަން ވާއިރަށް ފޮނުވަން އެދިފާވާ، ކަރުދާހެއް.List of ingredients for dishes to be provided for a ceremony (Size: 13.2" X 7.8")
K - Male' - Royal Palace - list
1952މ ފެބްރުވަރީ 6(1371ހ ޖުމާދިލްއައްވަލް 10)ތާރީހުކޮށް، މަތިގެއިން، ކަކާ ބޭކަލުން ކަމުގާވާ،(ނަމުގެކުރިޔަށް 'ކަކާ' ޖަހާ)، އަލިފުޅު، ހަސަން މަނިކު، ދޮންމޫސާ ކަލޭފާނު، މުލީ ހަސަންފުޅު، މި މީސްމީހުންގެ ނަންޖަހާ، އެއިން ކޮންމެ ބޭކަލެއް ފޮނުއްވަން ވީ އެއްޗެތި ކަމުގާ ތިރީގާ ދުފާ ސާމާނުގެ ބާވަތްތައް ޖަހާ، އެއެއްޗެތި، ހުކުރުދުވަހު ހަވީރު 4ޖަހަން ވާއިރަށް ފޮނުވަން އެދިފާވާ، ކަރުދާހެއް.List of ingredients and their costs (Size: 6.3" X 4.05")
K - Male' - Royal Palace (Mathige) - Note
މަތިގެއިން ''ބޮޑުކިބާ ބަޑޭރި ތުއްތުދީދީ އަތަށް'' މިހެން ލިޔެފައިވާ މުށި ކުލައިގެ ސިޓީއުރައެއްގެ ބަޔެއް. Envelope addressed to Bodukiba Badeyri Thuththu Didi (Size: 3.5" X 4.8")
K - Male' - Royal Palace - Envelope
(ތާރީހެއް ނެތް) 'ސަފަރުމަހު ހަތަރެއް ވީ ހޯމަދުވަހު ފުރަތަމަ ފޮއިގެ ހަޑުލުން ކަށްކާން ފެށިކަމުގެ ހަދާން' މަތީގާ ލިޔެ، ދުވަހު ނަން(މސލު: ހޯމަޖަހާ، ނިސްބަތްވާ އަދަދު ޖަހާ، ބަޑަހަލުންނާއި ކުދިބޭކަލުން ކެއްކި އަދަދު ޖަހާފާވާ ކަރުދާހެއް.List of dishes served on an occasion (Size: 8.9" X 6.7")
K - Male' - Royal Palace - list(food)
1952މ ފެބްރުވަރީ 6(1371ހ ޖުމާދިލްއައްވަލް 10)ތާރީހުކޮށް، މަތިގެއިން؛ 'މީރުބަހުރު މުހައްމަދު ދީދީ ފޮނުއްވަވާންވީ ތަކެތި' މަތީގާ ލިޔެ، ފޮނުވާނެ ތަކެތި ބަޔާންކޮށް، އެއެއްޗެތި ނުފޮނުވެވެންޏާ، އެޔަށްވަ ފައިސާ(8ރުފިޔާ)، ދެންއަންނަ ހުކުރުދުވަހު 4ޖަހާއިރަށް ބޮޑުކިބަޔަށް ފޮނުންވާން އެދި؛ ލިޔެފާވާ ކަރުދާހެއް.Note to Meerubahurur Muḥammad Didi requesting that he pay the listed items or money in compensation (Size: 6.2" X 4.1")
K - Male' - Royal Palace (Mathige) - Note