Mostrando 867 resultados

Descripción archivística
865 resultados con objetos digitales Muestra los resultados con objetos digitales
NAM DOC-MN-S2-35 · Unidad documental simple · 1906
Parte de Documents

1324ހ(1906މ)ގާ، އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރި އައްސުލްތާނު މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ 4ވަނަ އަހަރު، ކޮޅުމަޑުލު(ތ.) އޮމަދޫ، ހަސަން ގެދަރި މުހައްމަދުއަށް އޮމަދޫގެ މާމުދިންކަން ދެއްވާ، އެރަށު އެންމެން އެކަން ގަބޫލުކުރަންވާނެ ކަމާ، އޭނާގެ މައްޗަށް އޮތް ޒިންމާތަށް ބަޔާންކޮށް، އަދި އިހުއްސުރެ ކަތީބަކަށް އޮންނަ ކޮންމެ އެއްޗެއް އޭނާޔަށް އޮންނަންވާނެ ކަމާއި، އަދި އެނާ ނުކުމެ ބަންޑާރަ ނުވަތަ ރަށު މަސަތްކަތަކަށް ގޮވާލައިފި ނަމަ، އެކަމަށް އިޖާބަދޭންޖެހޭނެ ކަމާއި، 2 މީހުންނަށްވުރެ އިތުރުވާ ކޮންމެ ޖަމާއަތަކުން ކުރާ އެއްވެސް ކަމެއް އޭނާޔާ ނުލާ ނުކުރެވޭނެ ކަމާއި، މި އެންމެހާ ކަންކަމުގެ އަމުރުނެރުއްވުމުން، މާލޭ ފަތްލިޔާ އިބްރާހީމް މާބަނޑޭރި ލިޔެ، އެރަދުންގެ ސިއްކަޖަހާފާވާ ފަތެއް.
Letter of appointment for an Imam (Size: 13.2" X 8.2")
Th - Omadhoo - Shrine endowment letter

Sin título
NAM DOC-MN-N-88 · Unidad documental simple · 1908
Parte de Documents

1908މ ޑިސެންބަރު 10(1326ހ ޒުލްގައިދު 16)ގާ، ، ރާއްޖޭގެ ސަފީރު، އީ. އަބްދުލް ހަމީދު ދީދީ، ބޮޑުބަނޑޭރިގެޔަށް؛ ޒުލްގައިދަ 9ގާ، ތިރިނާކޮޅު، ވެދުން ހިފައިގެން، ކޮޅުނަބަށް ގޮސް، އެއިން ފޮނުވި، ޝައްވާލް 21ގާ ލިޔެފާވާ ސިޓީ، -/4500ރުފިޔާ، ވެދުމުގެ ސާމާނު، ސަރުކާރުގެ މަސް، ކޮފުރާ އަދި ލޮނުމަސްވެސް ހަމަޔަށް ލިބުނު ކަމާ، އެއެއްޗެތި ވިއްކާ، އެއިރު ހުރި ހިސާބު، އެ ނާކޮޅުން ފޮނުވާނެ ކަމާ، އަދި އެނަވުން ފާމުދޭރި ކިލެގެފާނުގެ ދަރިކަލުން، އަބްދުލް މަޖީދު ދީދީ އަދި ކަކާގޭ އިސްމާއީލް ދީދީގެ ދެބަފައިން ވެސް ކޮޅުބަށް ދިޔަކަމާ، އަދި ހައްދުންމަތީގާ ބައިތް އޮޑިޔާ، ފަތުހުލް ރަހްމާނު ނާކޮޅާ ބަންގާޅަށް ދިޔަކަމާ ދެން ފުރި ނާކޮޅު އަދި ނުދާ ކަމުގެ ހަބަރު، މުހައްމަދު ކަލޭފާނު، ތެލިގިރާފުން25، ޑިސެންބަރުގާ، އެންގި ކަމާ، ވެލާނާގޭ މުހައްމަދު ދީދީ މެން އުޅޭނޫޅޭގޮތް ބަލާކަމުގާ އަންގާ ޝްރީލަންކާ ސަރުކާރުން ފޮނުވާފާވާ ސިޓީއެއްގެ ކޮޕީއެއް ފޮނުވިކަމާ، މިސިޓީ ލިޔެނިކޮށް ބަންގާޅުން ލިބުނު މުހައްމަދު ކަލޭފާނުގެ ސިޓީއެއްގާ، ނުގޮސްގެން އުޅުނު އޮޑިޔަށް ދެވުނީ ބައެއް މުދަލާ މަތީ ހުރި ކެބުސަލާމަތިތަކާ އުކާލާފާ ކަމާ، އަދި އަމާނަތުލް ރަހުމާނު ނާކޮޅު ކޯރަކަށް ފެތިއްޖެޔޭ ކިޔާ މާލެޔަށް ލިބިފާވަނީ ދޮގު ހަބަރެއް ކަމާ، ހަނޑުލުގެ އެކި ބާވަތުގެ އަގާއި، އަލި-ހަނޑޫ ކިޔާ ބާވަތެއްގެ ހަނޑުލުގެ ނަމޫނާ، އެއޮޑިން ފޮނުވާނެ ކަމާ، މިސިޓީގެ މިހިސާބުން މުހައްމަދު ކަލޭފާނުގެ ތެލިގިރާފެއް ލިބި، އަމާނަތުއް ރަހުމާނު ނާކޮޅު ސެޓިގަމަށް ވަދެ، އެތަނުން ދެން ދާނީ ބަންގާޅުއަށް ކަމުގާ އޭގާ އޮތް ކަމާ، އަދި އެދުވަހު، ގާލީގެ ގަންދަރަ ކިޔާ ހިސާބަކުން، ރާއްޖޭގެ ބޮއްކުރައެއް ފާޑު އެއްޗެއް ފެނިގެން އުޅޭކަމުގެ ވާހަކަ މުހައްމަދު އިސްމާއީލް ލިޔެފާވާތީ، އެއްވެސް ނާކޮޅަކުން ދޯންޏެއް ގެއްލުނުތޯ އަހާ، ބަންގާޅަށް، އެސަފީރު ސިޓީއެއް ލިޔުނު ކަމާ، މި ހުރިހާ ކަމެއް ތަފްސީލުކޮށް ބަޔާންކޮށް؛ ފޮނުވާފާވާ ސިޓީއެއް.
(Size: 10.15" x 7.35")
Sri Lanka - Maldivian Embassy - letter(Official)

Sin título
NAM DOC-MN-N-105 · Unidad documental simple · 1907
Parte de Documents

1325ހ ޝައުބާން 26(1907މ އޮކްޓޯބަރު 4)ގާ، ސްރިލަންކާގާ ހުންނަ ދިވެހި އެނބަސީގެ 'ލެޓާހެޑް'ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ، މާލެ ބޮޑުބަނޑޭރިގެއަށް؛ ކަރާ ބޯޓުން އޭނާޔަށް ފޮނުވި ސިޓީ ލިބުނުކަމާއި، މިއީ އޭގެ ޖަވާބުކަމުގާ ބުނެ، ވާކަރަށް އަންގަން ބުނެފާވާ ކަންކަން އަންގާ، ބަންނަމުން ގެންދާ ބޯޓު، މުޅިން ދަގަނޑުން ބަނދެ 10ދުވަހުގެ ތެރޭގާ ނިމޭނެ ކަމާ، އެއުޅަނދު މާލޭ ގެންދާނީ ރޫޅާލައިގެން ކަމަށްވާތީ، މީހުންނާ އިންޖިނޭރަކާވެސް ދާންވާނެކަމާ، އެކަމާ މެދު ފެންނަގޮތެއް ބުނެ އެންގުމަށާ، އަދި، ގުޅީ އަލީކަލޭފާނުގެ ކުޑަބައްތެލި މާލެއިން ފާދިއްޕޮޅަށް ދާން ދިޔަ މަގުމަތީ ކާށިދޫއަށް ޖަށްސާ، އެތަނުން ފުރައިގެން ދަނިކޮށް ގަދެވެގެން، ބެހިގެންގޮސް 5 ދުވަހު ކަނޑުމަތީ ވެފާ، ޖަފްނާކައިރީގާ އޮންނަ ތާވަށްކަޑޭ ކިޔާ ތާކަށް އުރި، އެތާ އެއްދުވަހު ތިބެފާ އެތަނުން މަންނާރު ކިޔާ ހިސާބެއްގާ 9 ދުވަހު ތިބެފާ، ޝްރީލަންކާ ސަރުކާރުގެ ހަރަދުގާ ރޭލުން ކޮޅުބަށް، ސެޕްޓެންބަރު 21ގާ ގޮސް، މަރައްކާރު( އިހުގާ، ޝްރީލަންކާގާ ހުންނަ ދިވެހިރާއްޖޭގެ ވިޔަފާރިއާބެހޭ އެޖެންޓް)ގެ ގޭގާ، ހެޔޮ ހާލުގާ ތިބި ކަމާ، އޭގާ ތިބީ ނައިފަރު 6، ކުޅުދުފުށި 2 އަދި ނޮޅިވަރަމު 1 މީހެއް ކަމާ، އަދި އޭގާ ގެންދިޔަ އެއްޗިއްސާ، އެތަކެއްޗަށް ވީގޮތް އަދި އެމީހުންނަށް ކަންތައްތައް ކުރާނޭގޮތް ބުނެ، އަދި ޝްރީލަންކާޔަށް ދާ ބޯޓުން ދާ ޕެސެންޖަރުންގެ އަތްނުކަނޑާ(ކަށިވިދުރި ވެކްސިން) ދޫނުކުރާ ކަމާ، އަދި އެތާގާ ބަލިމަޑުކަން ގިނަވެފާވާ ދުވަސްކޮޅަކަށް ވާތީ، ރާއްޖޭގެ ސަރުކާރުން އެކަމަށް ވިސްނަންޖެހޭނެ ކަމާއި، އދވސ. ލިޔެ؛ އެސަފީރު ސޮއިކޮށް، ފޮނުވާފާވާ ސިޓީއެއް.
(Size: 10.45" x 8.2")
Sri Lanka - Dhivehi Embassy - letter(Official)

Sin título
NAM DOC-MN-N-101 · Unidad documental simple · 1908
Parte de Documents

1326ހ ރަބީލްއައްވަލް 13(1908މ އޭޕްރިލް 15)ގާ، ޝްރީލަންކާގާ ހުންނަ ރާއްޖޭގެ އެންބަސީގެ 'ލެޓާހެޑް'ގާ، ދިވެހި ސަފީރު، އަބްދުލް ހަމީދު ދީދީ، މާލޭ ބޮޑުބަނޑޭރިގެޔަށް؛ މަތީގާ ' އިސްކޫނަރު މޭރީ އިން'، މިހެން މަތީގާ ޖަހާ، ސަފަރު 3ގާ ލިޔެފާވާ ސިޓީއާ 3 ފޮށި ލިބި، އެއްފޮށީގާ އޮތް ކޮތަޅުގާ ހުރި، އިސްޓޭންޕަށް އަގު ދެއްކުމަށް ފޮނުވި ލާރި އެތާގެ ޓްރެޝަރީއަށް ގެންގޮސް އެމީހުން އޭގާވާ ލާރި ގުނިއިރު -/100ރުފިޔާ މަދުވެ އަދި އެއިން ވަގު ނޫޓެއް ފެނުނު ކަމާ އެކަމާބެހޭ އެކިއެކި ވާހަކަޔާ، އަދި 900ބަސްތާ ހަނޑޫ، ބަސްތާއަކަށް -/11 ރުފިޔާވެސް ނުޖެހޭ އަގެއްގާ، ނާކޮޅަށް ލީ ކަމާ، އިސްޓޭންޕަށް -/2500 ރުފިޔާ ދީ އަދި ތިންމަހެއްހާ ދުވަހުން އެތަކެތި ލިބެންވާއިރަށް މާލެއިން ލިޔާނެ ކުއްޖެއް ފޮނުއްވެވުމަށް އެދި، އަދި އެއްގަމުގޭ އަބްދުލޯހި ދީދީ، ކާލީކޯޓު(ކެލިކަޓް)އަށް ވަޑައިގަތުމަށް، ސޫދުކުޅި(ޓުޓިކޯރިން)އަށް ވަޑައިގެން ހަބަރު ލިބޭ ވާހަކަޔާ، އެނާކޮޅުން ހެންވޭރުގަނޑުވަރުގެ އަދި ފަޅުކޮންނަ ބޯޓުގެ ސާމާނު ފޮނުވިކަމާ، މުހައްރަމް މަހު، މުލަކުން ބެހިގެން ޖާވާޔަށް ދިޔަ މީހުންގެ ތެރެއިން ސަލާމަތްވީ 9 މީހުން ފޮނުވާ ވާހަކަޔާ، އަދި އޭގެ 6 މީހުން، ކަޑުމަތީ ބަނޑަށް މަރުވިކަމާ، އެ 9 މީހުން، ކޮޅުބަށް ދިޔައީ ޖާވާއިން ޕިނާގު(ޕިނޭންގް)އަށް ގޮސްފާކަމާ، އަދި ބަނޑޭރިގެއިން ފޮނުވަން އެންގެވި ހުސެއިން ތަކުރުފާނު އާއި އިބްރާހީމް މަނިކުވެސް އެނާކޮޅުން ދާނެ ކަމާ، ފައިސާކޮޅެއް ފޮނުވަން އެދިފަޔާ، ކަންތައްތައް ލަސްވި ސަބަބާ އަދިވެސް އެހެނިހެން ވާހަކަ ލިޔެ؛ ފޮނުވާފާވާ ސިޓީއެއް.Sri Lanka - Maldivian Embassy - letter(Official)
(Size: 10.15" x 10.85)

Sin título
NAM DOC-MN-N-100 · Unidad documental simple · 1914
Parte de Documents

1332ހ ޒުލްހައްޖު 4(1914މ އޮކްޓޯބަރު 24)ގާ،(ލިޔުނު ފަރާތެއް އިނގޭކަށް ނެތް)އަތިރީގޭ އަބްދުލް ހަމީދު ދީދީޔަށް؛ ދޮންމަނިކުގެ އަބްދުއްލޯގެ ސަލާމްއާއި، އަބްދުލް މަޖީދު ދީދީ ހާލު ރަނގަޅުކަމުގާ ބުނެ ފަށްޓާފާވާ، ދިއްދޫ އޮޑި އުރުނީ ޒުލްގައިދު 30 މެންދުރު 12 ޖެހިއިރުގާ ކަމާ، އެވާހަކަ، ހައްޖުމަހުގެ 2ވަނަރޭ، އިނގުމުން، އެދުވަހު ނާޖޫއާ، އޭނާޔާ(ލިޔުނުފަރާތް)، އަބްދުއްލޯ އަދި އެނަވުގެ މާލިމީއާ އެންމެން، އެބޯޓު ފުންވޭތޯ އާގު ބޯޓެއް ހޯދަން އުޅެނިކޮށް، އުރުނު ބޯޓުގެ 3 މީހުންނާ ދިމާވެ، އެއޮޑި އޮތީ އެއްގަމުގައޭ ބުންޏަސް ރަނގަޅުވާނޭ ބުނުމުން، އެ ހަތަރު މީހުން އެއޮޑި ކައިރިޔަށް ގޮސް ބަލާ އަދި ދެން އޮތްގޮތަކީ، މާލުބަނޑެއް ހިފައިގެން މުދާ ބާލާ އޮޑި ފުންކުރަން ޖެހުން ކަމުގަޔާ، އެވަރުންވެސް އޮޑި ސަލާމަތްވާނެހެން ހީނުވާ ކަމުގާ ބުނެ، އޮޑި ބީހިފާއޮތް ގޮތް ތަފްސީލުކޮށް ބަޔާންކޮށް، އަދި އެހާދިސާ ހިނގީ އޮޑީގާ އާރުކާޓީ(ދަތުރުކުރާ އެއްޗެތި ބަނދަރަށްވަދެ ނިކުމެވާ މަގު ދައްކާން އަރާމީހާ) ހުއްޓާ ކަމާއި، ބޯޓު ބީހެންއުޅޭތީ ނަގިލިލާން، ބޯޓުގާ ތިބި މީހުން ބުނުމުންވެސް އެ އާރުކާޓީ އެ އަޑުނާހާ، އަދި ބީހުމުންވެސް މުދާކޮޅުވެސް ބާލާދޭން ނޫޅޭ ކަމާ، އަދި މުދާ ބާލަން ކުލީ މީހުންނާއި ސާމާނު ބޭނުންވާ ކަމުގަޔާ، އޮޑީ މީހުންނަށާ އަދި އެމީހުން ގެންގޮއްސާވާ ކާއްޓަށް ހަދާނީ ކިހިނެތްތޯ އަހާ، ތިރީގާ ނޯޓެއްގެ ގޮތުގާ، މިސިޓީ ލިޔުނުއިރުވެސް އަބްދުއްލޯ ދީދީ ވަޑައިނުގަންނަވާކަމާ، އަމާނަތުއްރަހުމާނުގެ ހަބަރެއް ނުވާ ކަމާ، ދިޔައީ ބޮޑުނާކޮޅު އާއި ހައްދުންމަތީ އޮޑިޔާ ކަމުގާ ލިޔެފާވާ، އަދި ސިޓީގެ ތިރީގާ އެހެން ދެއްޔެއް އަދި އަތުލިޔުމަކުން، 'ޒުވާބުދިނީ 1914 އުކްތޫބަރު 28'(1332ހ ޒުލްހައްޖު 8)ސިޓީއެއް. (Size: 10" x 8")
letter(Official)

Sin título
NAM DOC-MN-N-45 · Unidad documental simple · 1728
Parte de Documents

(ތާރީހެތް ނެތް..ރަދުންގެ ކޮލިނަން އަދި ވެރިކަމުގެ އަހަރަށް ބަލާފާ)1140ހ ޒުލްގައިދު(1728މ ޖޫނު 23)ގާ، އައްސުލްތާނު އިބްރާހީމް އިސްކަންދަރު(ސުވަސްތިސިރީ، މަތަމަހާސިރީ ރަންނަވަލޯކަ އަބާރަނަ ސިޔާކަ ސާސްތުރަ އައުދަކީރިތި ކައްތިރި ބަވަނަ މަހާރަދުން)ގެ ރަސްކަމުގެ 7ވަނަ އަހަރު، އެރަދުންގެ ދަރުބާރުގާ، މުލަކުއަތޮޅު ވާރިޔާފުށި(ކޮޅުވާރިޔާފުށީ/ކޮޅުފުށި)ރައްޔިތުން، އެމީހުން ފަރުހިލާ ފަޅުގެ މައްޗަށް ފަތްކޮޅަކަށް އެދުމުން؛ އެ ވާރިޔަފުށީގެ ގޮނިނެރުން(މޫދުން ރަށުގެ ތެރެއަށް ވަދެފައިވާތަން) ރަށުދެކުނުގާ އޮތް ހާފުށީ ދެކުނުކޮޅު މާބަދީ(އުސް ފަސްގަނޑެއް)އިމުގެ ފަޅުން ފަށައިގެން، އެރަށުގެ އުތުރުގާ އޮތް ދޫނިފުށި އާ ހަމަޔަށް އޮތް ފަޅާއި، އެ ދެ ރަށާއި، އަދި އެދިމާލުން ތޮވަރުފަޅު އުތުރުކޮޅުން ފަށައިގެން އެފަޅުގެ ދެކުނުކޮޅަށް ދާންދެން އޮތް ފަޅާ، އެފަޅުގާވާހާ ރަށްތަކާއި، އެ އެންމެހާ ތަންތަން، ވާރިޔާފުށި ރައްޔިތުންނަށް ދެއްވިކަމާ، އަދި ތޮވަރު ފަޅު ދެކުނުން އޮތް ކުރެލި އާއި، އެދެމެދު އޮތް ކުޑަހިނި ފަޅު، މާހިނި ފަޅު، ފުށިގާފަޅު، އަދި ބޯމާ ފަޅު އާއި މި ފަޅުތަކަށް، ވާރިޔާފުއްޓާ، މިދެ؟؟ރަށުގެ އަޅުތަކުންގެ އަމުރުނެތި، އެއްވެސް އެހެން މީހަކަށް ނުވަދެވޭނޭ ކަމާ، މިހުރިހާ ކަމެއްގެ އަމުރަށް، އެރަދުންގެ ސިއްކަ ޖަހާ، ފެންފުށީ އަހުމަދު ލިޔުނު ދިވެސްއަކުރު ފަތުގެ، 1979މ މާޗް 6(1399ހ ރަބީލްއާހިރު 7)ގާ، ހުސެއިން ފަހުމީ ކުރެއްވި ތާނަ ތަރުޖަމާ.
(Size: 8.9" x 7.3")
M - Vaareyaafushi - gift

Sin título
NAM DOC-MN-F0-21 · Unidad documental simple · 1819
Parte de Documents

1234ހ ޝައުބާން 27(1819މ ޖޫނު 20)ގާ، އަލްގާޒީ އިބްރާހީމް ސިރާޖުއްދީނު އުއްތަމަ ފަނޑިޔާރުގެ މަޖިލީހުގާ، ފީވަކު ތުނބުޅި ހަސަން ތަކުރުފާނުގެ ތިން ދަރިން، ހެންވޭރު ލޮނުޒިޔާރަތްކޮޅަށް އެރޭ މަގުގެ ކަނާތް ފަރާތުގާވާ ބުރެކިގެއާއި އިންވެ އިރުން އޮތް، އެމީހުންގެ ވަގުފް ގޯތީގެ ހަވާލުވެރިކަން، ފައިނު އަހުމަދު ފާށަނާ ކަލޭފާނުއާއި، އެކަލޭފާނުންގެ ދަރިކޮޅަށް ދީފި ކަމުގާ ބުނެ، އެމަގަށް ފަތެއް ލިޔެދެއްވުމަށް އެދުމުން، އެމަގަށް، އެތަނުގެ އިމާއި މިން ހިމަނާ، އެފަނޑިޔާރު މަނިކުފާނު ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
(ތާރީހެއް ނެތް) މަހްކަމަތުލް ޝަރީޔާއިން، މިފަތު މައްޗަށް އަލުން ފަތް ލިއެވުނީ 1356ހ ރަބީލްއާހިރު 24(1937މ ޖުލައި 3)ގާ ކަމުގާ ބުނެފާވާ ލިޔުމެއް.
(Size:10.5" X 5.7) Chief Justices - Al Ghaazee Ibrahim Sirajuddin
K.Male' - Deed for housing plot

Sin título
NAM DOC-MN-N-27 · Unidad documental simple · -
Parte de Documents

(ތާރީހެއް ނެތް)، 'ރަސްކަމަށް ކޮލިލުމާ ގުޅިގެން ކުރާންވީ ކަންތައް' މިހެން ސުރުހީއަކަށް ޖަހާފާވާ، އަރަބި އަކުރުން ނަންބަރު ޖަހާ، 12 ނުކުތާއަކަށް ލިސްޓުކޮށްފާވާ، އެދުވަހުގެ ހަރަކާތްތަކުގެ ޕްރޮގްރާމުގެ ބައެއް.(Size: 13.3" x 8.25")
K - Male' - Royal Palace - Coronation(Programme)

Sin título
NAM DOC-MN-N-50C · Unidad documental simple · 1905
Parte de Documents

1905މ އޯގަސްޓް 8(1323ހ ޖުމާދިލްއާހިރު 3)ގާ، 'ގުންޖާ ހުސެއިނީ'ގާ، ޝެލް ޓްރާންސްޕޯޓް އެންޑް ޓްރޭޑިންގް ކޮންޕެނީގެ އެޖެންޓުން ކަމުގާވާ، މެސާޒް ޑެލްމެގޭ ފޯސީތު ކޮންޕެނީގެ ހިސާބުގާ، ކޮޅުނބުއިން، 1904މ ޑިސެންބަރު 8(1322ހ ރަމްލޯނު 30)ގާ ރާއްޖެއަށް ފޮނުވާ އަދި ވިއްކާފާވާ 500 ކޭސް ޕެޓްރޯލްގެ ހިސާބު ކޮށްފާވާ، ޖުމްލަ ބާކީ އަދަދަކަށް(ބެލަންސް) 680.86 ރުޕީޒް އޮތް، ހިސާބުކިތާބު ކަރުދާހެއް.(Size: 10.25" x 7.95")
Sri Lanka - Delmege Forsyth Company - Account

Sin título
NAM DOC-MN-N-103 · Unidad documental simple · 1906
Parte de Documents

(N-90)ގެ ޑުބްލިކޭޓެއް... 4ވަނަ ސަފްހާގެ ތިރީގާ އަތުލިޔުމުން، މިކަރުދާހުގެ އަސްލު، ޕޯސްޓުން ފޮނުވާކަމުގާ، އިނގިރޭސިން ލިޔެފާވެއެ. (Size: 10.95" x 8")
Sri Lanka - Delmege Forsyth & Company Agent - letter(Official)

Sin título