1957މ ސެޕްޓޭމްބަރު 23(1377ހ ސަފަރު 28)ގާ، އައްސުލްތާނު މުހައްމަދު ފަރީދު ދީދީ އަށް، ވިލާރޑް އެފް.ގޮފް (އެމް.ޑީ) ކިޔާ ޑޮކްޓަރަކު، އޭނާ، އެކި ގައުމުތަކާ ބޭހޭގޮތުން، ކިޔަވާކުދިންނަށް 'ލެކްޗަރު' ދޭއިރު، އެކި ގައުމުތަކުގެ ދިދަ ބޭނުންކުރާ ކަމާ، އޭނާ ގެންގުޅެނީ ފޮތި ދިދަކަމާއި، ދިވެހި ދިދައިގާ އެކުލެވޭ ކުލަތަށް ރަމްޒުކުރަނީ ކޮންކޮން އެއްޗެއްތޯއާ، ކަނޑުމަތީގާ ވަކި ދިދައެއް ގެންގުޅޭތޯ އަހާ، ރާއްޖޭގެ ދިދަޔެއް ލިބޭނޭގޮތް ހަމަޖަށްސާދެއްވުމަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Willard F Goff MD to Sultan Muhammed Fareed Didi on December 23, 1957, requesting a Maldivian flag and the meaning of its colors (Size: 9" X 6.25")
America - letter (Foriegn)
1959މ މޭ 24(1378ހ ޒުލްގައިދު 16)ގާ، ދިވެހިރާއްޖޭގެ ރަދުންނަށް، އާރޑަން ޕީ. ޓިޓްލައު، 'ޓްރެވަލް' ކިޔާ މަޖަށްލާ އެއްގާ ދިވެހިރާއްޖެޔާ ބެހޭގޮތުން ލިޔެފާވާ ލިޔުމެއް، އޭނާ ކިޔާ، ރާއްޖެއަށް ޒިޔާރަތް ކުރަން ބޭނުންވެ، އެކަން އޮންނަނީ ކޮންގޮތަކަށްތޯ އޮޅުންފިލުވުމަށާ، އަދި ރަދުންގެ 'އޮޓޯގްރާފް' އާއި ސްޓޭމްޕަށް އެދި، ފޮނުވާފާވާ ސިޓިއެއް. Letter sent by Arden P Titlow to Sultan Muhammed Fareed Didi on May 24, 1959, requesting information about travel to the Maldives, his autograph and Maldivian stamps (Size: 8.35" X 7.3")
America - letter (Foriegn)
1279ހ ސަފަރު 24(1862މ އޯގަސްޓް 20)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރުގެ ޝަރީޔަތު މަޖިލީހުން؛ ދުނބުރި އަލީ ކަލޭފާނު، އޭނާގެ މާމާ، ދުނބުރިގުދު ދަލޭކާފާނުގެ މަންމަ ތޮއްޑޫ ސަންފާ ކަނބުލޭފާނުން، ހައިވަކަރު ދައިތަ އަތުން ގަނެ މިލްކުކޮށްފާވާ ގޯތިން، އޭނާގެ މަންމަ ފާތުމާފުޅަށް އޭނާގެ މާމަ ހިބައިން ދިން ބަޔާ، މާމަ މަރުވެގެން ގޯތި ބަހައި، އޭނާގެ މަންމަޔަށް ލިބި މަންމަ ފަރާތުން އޭނާޔަށް ލިބުނު ބަޔާ، އޭނާގެ ބޮޑުދައިތަ ސައީދު ކަތްދާފާނަށް ލިބުނު ބައި، އޭނާގެ ދަރީން އަތުން ގަނެ މިލްކުކޮށްފާވާ ތަނާ، އޭނާގެ ބޮޑުބޭބެ މޫސާފުޅަށް ލިބުނު ތަނުގެ 5/1، އެބޭބެގެ ދަރިން އަތުން ގަނެ މިލްކޮށްފާވާ ތަނާ، މި ހަތަރުބައި އެއީ އޭނާގެ މިލްކެއްކަމުގާ ދައުވާ ކުރުމުން، އެކަން ބަށްލަވާ، ސާބިތުވުމުން، އަލީ ކަލޭފާނު އޭނާގެ މުޅި އެގޯތި ވަގުފްކޮށް އެތާގެ ހަވާލުވެރިކަން އޭނާގެ ދަރިކޮޅަށް ލަށްވާފި ކަމުގާ ބުނެ، އެއެންމެ ކަންކަމުގެ މައްޗަށް ފަތް ލިޔެދެއްވުމަށް އެދުމުން، އެ މަޖިލީހުން ލިޔެފާވާ ފަތެއް.
އަދި މިފަތުގެ ނުފުށުގާ:
1959މ ނޮވެންބަރު 10(1379ހ ޖުމާދިލްއައްވަލް 9)ގާ، ވުޒާރަތުލް ދާހިލިއްޔާއިން، މަތީގާ ބުނެފާއެވާ ގޯތި، ތ.އެލާއިން ނަގާ، އަލުން ފަތް ލިޔެދިންކަމުގާ ބުނެފާވާ ލިޔުމެއް.
(Size: 13.25" X 9.55") Chief Justices - Al Ghaazee Mohamed Muhibbuddin
K.Male' - H.Garan'bu Goathi (Housing Plot) - Deed for housing plot
1959މ އޭޕްރިލް 8(1378ހ ރަމްލޯނު 29)ގާ، ދިވެހިރާއްޖޭގެ ރަދުންނަށް، ތޯމަސް އެޗް ސްކަލިއަން، އޭނާގެ ކަލެކްޝަނަށް ލުމަށްޓަކައި، އެރަދުންގެ ސޮއެ(އޮޓޯގްރާފް) އޭނާއަށް ފޮނުއްވާދިނުމަށް އެދި، ފޮނުވާފާވާ ސިޓީއެއް. Letter sent by Thomas H Scullion to Sultan Muhammed Fareed Didion on April 8, 1959, requesting an autograph (Size: 8.6" X 6.8")
United Kingdom - letter (Foriegn)
1344ހ ޒުލްގައިދު 25(1926މ ޖޫނު 6)ގާ، F3-2ގާ 3ބަޔަށް ބެހި ގޯތިން، ކަނޑޫދޫ ދޮށީތުއްތުގެ ބައިގެ ފަތުގެ ނަކަލެއް. Size: 8.8" X 6.7"
K.Male' - M.Dhooriyaage (Housing Plot) - Deed for housing plot
(ތާރީހެއް ނެތް) 'ފުރަމާލޭގެ އަމިއްލަ ގޯތިތައް' މަތީގާ ޖަހާފާވާ، 8 ފަށްޗަކަށް ބަހާ، ފަތީގެ ސުރުހީއަށް، 'ނަންބަރު'، 'އަވަށް'، 'އިމާރާތުގެ ވެރިޔާ'، 'ގޯތީގެ ވެރިޔާ'، 'ފަތުގެ ނަންބަރު'، 'އިމާރާތް ހުރިގޮތް'، 'ގޯތިއޮތް ގޮތް'، މިނަންނަނަން ދީ، ސީރިއަލް ނަންބަރު 1-130 ދީފާވާ، މާލޭގެ ގޯތިތަކެއްގެ ލިސްޓެއް. List of private properties in Malé, with details on the property name, district, building owner, land owner, and condition of the land and building (Size: 13" x 8.3")
K.Male' - list(Private Property)
(ތާރީހެއް ނެތް) އާ އަހަރާއި ކްރިސްމަސްގެ ތަހުނިޔާ އަރިސްކުރުމަށްޓަކައި ފްރެންކީ ނޯރޓަން ކިޔާ މީހަކު ފޮނުވާފާވާ(ކޮން ފަރާތަކަށް ކަން އިނގޭކަށް ނެތް) ކާޑެއް. Christmas and New year greeting card sent by Frankie Norton (Size: 8.35" X 7.3")
America - card (foriegn)
Manuscript fragment -- އެކިއެކި ފަތުގެ ކުދިވެފާވާ ކަރުދާސްކޮޅުތަކެއް.
Sin títuloManuscript fragment -- އެކިއެކި ފަތުގެ ކުދިވެފާވާ ކަރުދާސްކޮޅުތަކެއް.
Sin título1379ހ ޖުމާދިލްއައްވަލް 24(1959މ ނޮވެންބަރު 26)ގާ، ވުޒާރަތުލް ދާހިލިއްޔާއިން؛ 1279ހ ސަފަރު 24(1862މ އޯގަސްޓް 20)ގާ، އަލްގާޒީ މުހައްމަދު މުހިއްބުއްދީނު އުއްތަމަ ފަނޑިޔާރު މަނިކުފާނު ލިޔެދެއްވާފާވާ ފަތުން(F0-147)، ދުނބުރި އަލީ ކަލޭފާނުގެ ގަރަބު ގޯއްޗޭ ކިޔާގޯޗަކީ، އަލީ ކަލޭފާނުގެ މާމަ، ތޮއްޑޫ ސަންޕާ ކަލޭފާނު، ހައިވަކަރު ދައިތަ އަތުން ގަނެ، އަދި އެތަނުގެ ބެހެނިވެރިން، މި އަލީ ކަލޭގެފާނަށް ބައިބައި ހިބައިންދީ، އަނެއް ބައިބައި، އޭނާ ގަނެ، މިލްކުވެ، ވަގުފްކޮށް، ހަވާލުވެރިކަން، އޭނާ އަށާއި، އޭނާގެ ދަރިކޮޅަށް ލަށްވާފާވާ ގޯއްޗެއް ކަމާ، އަދި 1282ހ ޖުމާދިލްއައްވަލް(1865މ އޮކްޓޯބްރު)ގާ، ހަމަ އެގާޒީގެ ޝަރީއްޔަތުގެ މަޖިލީހުން ލިޔެދިން ފަތަކުންނާއި، ދުނބުރި އަލީ ކަލޭގެފާނާއި ކުޑަފަރީ މަލިންތަކުރުގެ ދަރީންނާ، އެގޭގެ ބަޔެއް އެއީ، ކުޑަފަރީ ސަންޕާގެ ހިބައެއްކަން ސާބިތުކޮށް ފަތް(F0-15) ލިޔެ، އަދި 1285ހ ޝައްވާލް 29(1869މ ފެބްރުވަރީ 11)ގާ، އަލްގާޒީ މަޖުދުއްދީނު ލިޔެދެއްވާފާވާ ފަތުން، އަލީ ކަލޭގެފާނަކީ ދުނބުރިގުދުގޭ ފާތުމާފުޅުގެ ދަރިޔެއްކަމާއި، އަދި އެގޯތިން، ކުޑަފަރީ މަލިންތަކުރުފާނުގެ ދަރިކޮޅުގެ މިލްކު ނޫން ހުރިހާތަނަކީ، މިއަލީ ކަލޭފާނުއަށް މިލްކުވެ، އޭނާގެ ދަރިކޮޅަށް ވަގުފްކޮށްފާވާ ގޯއްޗެއްކަން ސާބިތުވެ؛ 1370ހ ޒުލްގައިދު 28(1951މ އޯގަސްޓް 31)ގާ، ސަރުކާރުގެ، ވަގުފްގޯތީގެ އާ ގަވާއިދުގެދަށުން، އެގޮތީގެ ބޮޑުމިނަށް ކޮޅުމަޑުލު(ތ.) އެލައިން ގޯއްޗެއް ދެއްވާ، ލާޖައްސާ ހަމަކޮށް، އެތަނުގެ އަކަމިން ބަޔާންކޮށް، އަދި 6ވަނަ ސަފްހާގާ، މަހްކަމަތުލް ޝަރީޔާގެ ތައްގަނޑުގެ ދަށުގާ، މިފަތުގާ ބުނެވިފާ އެވާ ގޯތީގެ ކަންކަން ޝަރީއަތުގެ ސައްހަ މަގުން ނިމިފާކަމުގާ ލިއެފާވާ ފަތެއް.Size: 10" X 7.5"
K - Male' - H. H.Garabu Goathi (26 number Housing Plot) - Deed for housing plot (Th.Elaa)