1349ހ ޝައުބާން 9(1930މ ޑިސެންބަރު 29)ގާ، ބޮޑުބަނޑޭރިގެއިން، އަރިއަތޮޅު ދިއްދޫގެ ހަތީބު، މުދިމުން އަދި ރައްޔިތުންނަށް؛ ޝަމްސުއްދީނު ރަދުން 3(ރަދުންގެ ނަމެއްނެތް.. ތާރީހަށް ބަލާފާ)ގެ ރަސްކަމުގެ 30ވަނަ އަހަރުގެ ރަޖަބް މަހުން ފަށައިގެން، އެރަށުގެ ބިންބަޔަށް ވީހާ ރުއްގަހާ، ރަށު މަހުގެ 2/1ގެ ވަރުވާ، ހަންޏާމީދޫގެ ރައްޔިތުންނަށް އަހަރުންއަހަރަށް ހަމަޔަށް ދެއްކުމަށް؛ އަންގާ، ލިޔެފާވާ ފަތެއް.Size: 6.5" X 4.2"
A.Dh.Dhi'dhoo - Housing Plot - Tax
54/2/22މ(18.6.1373ހ) ތާރީހުކޮށް، 'ބާރަ މައުލޫދުއަށް އެތެރެ ބަނޑަހަލަށް' ސުރުހީކޮށް، އެކިއެކި ތަންތަނަށް އެކެއެކި ކެއިން ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 13.2" X 8.3")
K - Male' - Royal Palace - list
1349ހ ޝައުބާން 13(1931މ ޖަނަވަރީ 2) ތާރީހުކޮށް، 'ބޮއިދޮންތުއްތުއަށްބަހެ' ޝުރުހީކޮށް، 'އެތެރެބަޑަހަލަށް' އަރިމަތީ ޝުރުހީއަކަށް ޖަހާ، އެކިއެކި ކެއުމުގެ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.List of ingredients (Size: 13.2" X 8.3")
K - Male' - Royal Palace - list
1344ހ ޝައުބާން 18(1926މ މާޗް 3) ތާރީހުކޮށް، 'ރަންފުޅު ދޮންމަނިކުއަށް ބަހެއް' ޝުރުހީކޮށް، 'އެތެރެބަޑަހަލަށްރޯދަމަހުގެ' އަރިމަތީ ޝުރުހީއަކަށް ޖަހާ، އެކިއެކި ކެއިމުގެ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، ނިސްބަތްވާ އަދަދު ޖަހާ ލިސްޓުކޮށްފާވާ ލިޔުމެއް.List of ingredients (Size: 12.9" X 8.2")
K - Male' - Royal Palace - list
1372ހ(1953މ)ގެ އެކި މަސްމަހުގެ ތާރީހުޖަހާފާ، ގަނޑު ދިގަށް ދެބައިކޮށް، ކޮންމެބަޔެއް 4ފަތި(ކޮލަމް)އަށް ބަހާ، 'ލެޖާ'އެއް ގޮތަށް، ހިސާބު ބަލަހަށްޓާފާވާ ކަރުދާހެއް.Size: 12.7" X 7.56"
K - Male' - Writing(Account)
1346ހ ޝައްވާލް 6(1928މ މާޗް 28)ގާ، 'އެތެރެބަޑަހަލުން ފިތުރު ދޭނެ ތަންތަނާއި ދޭނޭ އަދަދު'، މިހެން ސުރުހީކޮށް، ގަނޑު ދިގަށް ދެބައިކޮށް ކޮންމެބަޔެއްގާ 4ފަތި(ކޮލަމް)އަށް، ތަންތަނުގެ ނަމާއި، ނިސްބަތްވާ ދިމާލުގާ، ހަނޑުލުގެ އަދަދު ނާޅި-ލާހިން ޖަހާ ލިސްޓުކޮށްފާވާ ކަރުދާހެއް.
List of places where Zakat Fitr is collected (Size: 13.2" X 8.25")
National Archives of Maldives1347ހ ރަބީލްއާހިރު 23(1928މ އޮކްޓޯބަރު 7)ގާ، އެތެރެބަޑަހަލުން ފޭލިދޫކުރި ވަރާއި، އަދި ހުދުރާތުއް(ގުދުރާތުން؟؟) އުއިލިބާސް ގެނައިވަރު ޖަހާފާވާ ކަރުދާހެއް.
List of clothes (Size: 7.8" X 6.3")
1350ހ ރަބީލްއައްވަލް 3(1931މ ޖުލައި 19)ގާ، '(ކުޑަ މުހައްމަދު ކަލޭގެފާނައް ބަހެ.' '(ބާރަ މައުލޫދުއަށް އެތެރެބަޑަހަލަށް ދޭނޭ ތަކެތި' ދެފޮޅުވަތަށް މަތީގާ ޖަހާ، އެކިއެކި ކެއިމުގެ ނަން މަތީޖަހާ، ކާއެއްޗެތީގެ ނަމާއި އަދަދު ޖަހާ، ލިސްޓުކޮށްފާވާ ކަރުދާހެއް.
Food ration list (Size: 13.2" X 8.3")
ހިސާބުތަކެއް ޖަހާފާވާ ކަރުދާހެއް.
Note with mathematical calculations (Size: 6.3" X 4.2")
މަސްއަލަ ބައްލަވައިދެއްވުމަށް ޝަރުއިއްޔާގައި ދެންނެވުނު ގޯތިތަކާއި ގޯތި ތަކުގެމަސްއަލަ ނިމެމުންދާގޮތް' ނަމަކަށް ޖަހާ، ވައަތު ތިރީ ކަނުގާ 'ވަޒީރުލް އައުޒަމްގެ އޮފީސް' ޖަހާފާވާ، ފޮތެއްގެ ބަނޑޭރިގަނޑެއް ކަހަލަ ކަރުދާހެއް.
Book cover (Size: 12.9" X 8.1")